މާލެ އިން ކޮވިޑް-19 އަށް ފައްސި (ޕޮޒިޓީވް)ވި މީހާ އާ ބައްދަލުވި މީހުން އައްޑޫ އާއި ގދ. ވާދޫގައި އެބަތިބި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި "ވަގުތު" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، އަތޮޅު ތެރޭގައިވެސް މި ކޭސްއާ ގުޅުން ހުރި ބަޔަކު އެބަތިބި ކަމަށެވެ. އަދި އެ މީހުންވެސް އައިސޮލޭޓްކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

"އެގޮތުން އައްޑޫގައި ދެ މީހަކު އެބަ އެސެސް ކުރެވެމުންދޭ، އަދި ގދ. ވާދޫގައި ދެ މީހަކު އެސެސް ކުރެވެމުން އެބަދޭ". ނަޒްލާ ވިދާޅުވިއެވެ.

ނަމަވެސް މި ދެ ސަރަޙައްދުން އައިސޮލޭޓްކޮށްފައިވާ ފަރާތްތަކާއި ބެހޭ މަޢުލޫމާތެއް ޑރ. ނަޒްލާ ހާމަކުރައްވާފައެއް ނުވެއެވެ.

ނަޒްލާ މިގޮތަށް ވިދާޅުވިއިރު، އެ މީހާއާ ކޮންޓެކްވިކަމަށް ބެލެވޭ މީހަކު ކ. ކާށިދޫއަށް ދަތުރު ކޮށްފައިވާތީ އެރަށް މިހާރު ވަނީ ކަރަންޓީންކޮށްފައެވެ.

މާލެއިން މިއަދު ފުރަތަމަ ފަހަރަށް ކޮވިޑް-19 ފެނުމާއި ގުޅިގެން މާލެ މިހާރު ވަނީ 24 ގަޑިއިރަށް ފުރަބަންދުކޮށްފައެވެ. މާލެ ފުރަބަންދުކޮށް އިދާރާތައް ގުޅިގެން، މާލެއިން ފައްސިވި މީހާގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންދާއިރު، މި ވައިރަސް މުޖުތަމަޢުތަ ފެތުރިފައިވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

މާލެއިން ކޮވިޑް-19 އަށް ފައްސިވި މީހާ އާއި ބައްދަލުވެފައިވާ ބައެއް މީހުން އައްޑޫ އާއި ވާދޫ އިން އެކަހެރިކޮށްފައި ވީނަމަވެސް، އައްޑޫ އާއި ވާދޫގައި އަދި އިތުރު ފިޔަވަޅުތަކެއް އަޅާފައިވާކަމެއް ނޭނގެއެވެ.

ރާއްޖޭގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށްޓަކައި މިދިޔަ މަހުގެ 12 ވަނަ ދުވަހު ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާންކޮށް، އާންމު ސިއްހަތުގެ ގާނޫގެ ދަށުން ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަށް ވަނީ ބޮޑެތި ބާރުތަކެއް ދީފައެވެ.

ރާއްޖެ އިން މިހާތަނަށް 21 މީހެއްގެ ގައިން ކޮވިޑް-19 ބަލި ވަނީ ފެނިފައެވެ. އޭގެތެރޭގައި ހަ ދިވެއްސަކު ވެސް ހިމެނެއެވެ. އެންމެ ފަހުން ރާއްޖެ އިން މި ބައްޔަށް ފައްސިވެފައި ވަނީ މާލެ ފުލޫ ކްލިނިކަށް ދައްކަން ދިޔަ ދިވެއްސެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. no

    avas kameh dhw thi

  2. ދަނޑުގޮވާން

    އެއީ އެސްޓިއޯގެ މުއައްޒަފެއް، ދަނޑުވެރިންނާ ބައްދަލުކުރުމަށް އެރަށް ރަށަށް ގޮސްފަވަނީ

    18
    1
  3. ރައްކާތެެރިކަމުގެ ފިޔަވަޅު

    މާލެއިން ކޮވިޑް-19 އަށް ފައްސިވި މީހާ އާއި ބައްދަލުވެފައިވާ ބައެއް މީހުން އައްޑޫ އާއި ވާދޫ އިން އެކަހެރިކޮށްފައި ވީނަމަވެސް، އައްޑޫ އާއި ވާދޫގައި އަދި އިތުރު ފިޔަވަޅުތަކެއް އަޅާފައިވާކަމެއް ނޭނގެއެވެ. ކިހާވަރެއްވީމަތޯ ރައްކައުތެރިކަމުގެ ފިޔަވަޅު އަޅާނީ.

    42
    4
  4. މޫސަ

    އޭނާ އާއި ބައްދަލުވި މީހެއް ކާށިދޫއަށް ދަތުރުކޮށްފައިވާތީ އެ ރަށް ކަރަންޓީނު ކުރެވިފަ. އޭނާ ޢާއި ސީދާ ބައްދަލުވި މީހުން އައްޑޫ އާއި ވާދޫ ގައި ތިބީ މަ އެ މީހުން އެކަހެރި ކުރެވިފަ.

    16
  5. ޙީލް

    ވާދޫގައި، މިހާރުވަނީ ފިޔަވަޅު އަޅާފައި ވާދޫ ކޮވިޑް ފޯސްގެ ވެރިޔާ ޑރ.ޑީ.ޑީ ވިދާޅުވީ އެމީހާ ހޯމް އައިސޮލޭޓް ކުރެވިފައިވާ ކަމަށް..

    13
    1
  6. އުތުރުން

    ރާއްޖެއަށް މިނުރައްކާތެރި ވަބާ އެތެރެވީ ސަރުކާރުގެ މަތި
    ފަޑީގައި ތިބިމީސްމީހުންނާއި އެމީހުންގެ އާއިލީމީހުން
    ރާއްޖެއިން ބޭރުން އައުމުގައި ހިފަހައްޓަންޖެހޭ ރައްކާތެރި
    ކަމުގެ މިންގަނޑުތަކުން އެމީހުން އިސްތިސްނާކުރެވިފައި
    ވާތީއެވެ ސަރުކާރު ތެރޭގައި އެހެން ސަރުކާރެއްގެ ނުފޫޒާއި
    ބާރުގަދަވެ ކަންކަން ބޮއްސުންލައިގެން ދިއުމުން ހުރިހާ
    ގެއްލުމަކާއި ހަލާކެއް ރައްޔިތުންނަށެވެ

    21
    1