ހިތް ކުދިކުދިވާ ވަރުގެ ކަންކަން ރާއްޖޭގައި ދަނީ ހިނގަމުން ކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

އަވަށްޓެރި ސްރީލަންކާގެ އެންމެ ބޮޑު އެއް ކުންފުނިކަމަށްވާ ކެޕިޓަލް މަހާރާޖާ ގްރޫޕްގެ އަހަރީ ޖަލްސާގައި މެހުމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ރާއްޖޭގައި މިހާރު ޖެހިގެން އުޅޭ މައިގަނޑު މައްސަލަތަކަކީ ދާދި ފަހުން އުފެދުނު 2 މައްސަލައެއް ކަމަށެވެ.

ނަޝީދު ވިދާޅުވީ ރާއްޖޭގައި ހިނގަމުންދާ ކަންކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާކަމަށާއި، އެވާހަކަ ދެއްކެވުން ހުއްޓަވާ ނުލައްވާނެކަމަށެވެ.

"އެއީ ދައުލަތުގެ ތެރޭގައި އިތުރު ދައުލަތެއް އުފެއްދުމާއި، ބިންތައް ފޭރިގަތުމަށް އިރުމަތީގެ ޤައުމުތަކުން ގެންގުޅޭ ސިޔާސަތުގެ ދަށުން ދައުލަތަށް ނުފޫޒު ފޯރުވުމަށް ކުރަމުންދާ ކަންތައްތައް" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ބިންތަކަށް ވެރިވެގަތުމުގެ ސިޔާސަތުގެ ދަށުން ބައެއް ޤައުމުތަކުން ހުދުމުޚުތާރު ވެރިން އެހެން ޤައުމުތަކުން ހޯދައި، އެވެރިންނަށް މަދަދުވެރިވާކަމަށެވެ.

"އުޞޫލުތަކުން ބޭރުން ކޮންޓްރެކްޓްތައް ހޯދައި، ބޮޑު އަގުގައި މަސައްކަތް ނަގާ, މަސައްކަތްތަކުގެ އަގު ބޮޑުވެފައިވާ މިންވަރަކީ އެއަގަކީ އަނބުރާ ދެއްކޭނެ ވަރުގެ އަދަދެއް ނޫން" ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މިއީ ހިތާމަހުރި އަދި ގެއްލުންހުރި ކަންތައްތައްކަމަށެވެ. އަދި ރާއްޖޭގައި ހިނގަމުންދާ ކަންތައްތަކަކީ ހިތް ކުދިކުދިވާ ކަންކަން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެދަރަނިތައް އަދާނުކުރެވުނީމަ ދޫކޮށްލަން ޖެހެނީ ޤައުމުގެ އިސްތިޤްލާލުކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. މޫސަ

    މިކަލޭގެ ހިތް ކުދި ކުދި ވިއްޔާ ރަނގަޅީ އެހެނީ މީނާގެ ހިތް ކުދި ކުދި ވަނީ ދީނީ ކަންކަން އިތުރުވާ ކަހަލަ ކަންތައްތައް ވާތީ ކަމަށް ފާހަގަކުރެވޭތީ.

  2. ހަލާކު

    އެއީ ބޭނުންވާގޮތަކީވެސް އިގިރޭސިވިލާތުން ހިތްހަލާކވީމަ ލަންކާއަށް،,، ލަންކާތް ހިތްހަލާކުވީމަ އިންޑިޔާއަށް ،، ރާއްޖެނާންނާތި ހަމައަންނަ ތަނުންވަގުތުން ޖަލަށް...

  3. އަހަންމާ

    މީނާ މީ ހަމަ ބުރާންޗެއް.

  4. ބޮޑުބެ

    ކަލޭ ވެރިކަމަށް އަތުވެއްޖެނަމަ ބޭރަށް ދައްކަންޖެހޭ ފައިސާ ނުދައްކާނެ ކަމުގެޔަގީންކަން ދެއްވީތޯއެވެ؟ އިންޑިޔާއިން ނަޝީދު ހޯދި 100މިލިޔަން ޑޮލަރުވެސް ދެއްކީ ރައީސް ވަހީދެވެ.

  5. ޙުއްބުލް ވަތަން

    ކިހާ ބޮޑުބައްޔެއް މިދެން

  6. ޟަރީ

    އާން އުޅެއުޅެ ވެރިކަން ނުލިބުނީމަ ހިއްކުދިކުދި ވެދާނެ. ޢެކަމަކު ދިވެހިންތިބީ އުފަލުން.

  7. އަލީ

    ކަލޭގެ ހިތް ކުދި ކުދި ވިޔަސް އޯކޭ.

  8. Anonymous

    ވަގުން ހިތްކުދިކުދިވާނެ ކެނެރީގޭވަގު ލާދީނީ މީހާ ދަންޖަސާ މިހާރުން މިހާރަށް

  9. މުހައްމަދު

    އެއްވެސް ކަމެއް ވެގެނެއް ނޫން މިތާ އިސްލާދީން އޮތީމާ

  10. ހަމްބެ

    ބަކަރީ ބޯގޮވީ ހަހަހަހެހެހެ

  11. ބުއްޅަބޭ

    މިހުރަ މިހުރަ ކޮމެންޓްތައް ކިޔާފަ އަހަރެންވެސް ހިތްކުދި ކުދި ވެއްޖެއެވެ!

  12. ހިތްހަލާކު

    މަނިކުފާނު ހިތް ކުދިކުދިވަނީ ވެރިކަން ނުލިބިގެންނޫންތޯ ހިތްގަދަކުރައްވާ ﷲ ތަޢާލާގެ ވާގިފުޅުން ދެން މިގައުމުގެ ވެރިކަމެއް މަނިކުފާނަކަށް ނުލިބޭނެ. އިންޝާއަށްލާހް.

  13. ހިތްހަލާކު

    މަނިކުފާނު ހިތް ކުދިކުދިވަނީ ވެރިކަން ނުލިބިގެންނޫންތޯ ހިތްގަދަކުރައްވާ ﷲ ތަޢާލާގެ ވާގިފުޅުން ދެން މިގައުމުގެ ވެރިކަމެއް މަނިކުފާނަކަށް ނުލިބޭނެ. އިންޝާﷲ.

  14. ޑާކު

    ވަރަށްދެރަވޭދޯ ރާއްޖެ ތަރައްޤީވަމުން ރައްޔިތުންގެ ފުދުންތެރިކަން އިތުރުވަމުން އަންނާތީ، އުޅެއުޅެވެސް ރާއްޖެ އިނދެ ޖެއްސޭގޮތެއްނުވިދޯ؟

  15. ފިރާސާ ހަސަން

    ގަންޖާބެއަށް މިގައުމަކު ޖާގައެއްނެތް ދެލޯުއުފުރާލެވިދާނެ ނާންނާތި މިތަނައް ފެސިގެން ސޮނިބާލަން އުޅުނަސް ހެޔޮ

  16. ޙަސަން

    މިކަލޭގެ އެންމެ ހިތްދަތިވަނީ ރާއްޖޭގައި މީހުން އިސްލާމްދީނަށް އުޅޭތީ.

  17. މޫސާ

    ތިދަނީ ރަނގަލަށް. ކަލޭގެ ހިތް ކުދިކުދި ވެގެން މިދުނިޔެއިން ކަލޭ ނެތިދިޔައްޔާ މި ޤވްމަށް ފައިދާބޮޑީ.

  18. ކަލޯ

    ކަލޯތީ މާޒީ

  19. ދޮންބެ

    އެއްމެ އުފާވެރި އެއްދުވަހަކީ ކަލޭގެ ވެރިކަން ބަލަބަލާތިއްބާ ގެއްލުނު ދުވަސް

  20. ބާލިދީ

    ޖީއެމްއާރަށް އެއާޕޯޓް ދިން ވާހަކަ އަމިއްލަފުޅަށް ވިދާޅު ވެވުނީ ކޮންކަހަލަ ހާލަތެއްގައި ހުންނަވައިގެންތޯ