ރައްތިރުންގެ ބާރު ނެތްތަނެއްގައި ވެރިންގެ ބާރުގަދަވާނެ ކަމަށާއި، ވެރިންގެ ބާރުގަދަ ވެއްޖެއްޔާ ރައްޔިތުންގެ މުދަލަށް އަރައިގަންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕާޓީތަކުން އއ ރަސްދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަލީ ނިޒާރު ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތަކަށް އޮތް ހައްލަކީ ވާދަވެރި ސިޔާސީ ފިކުރު ކަމަށެވެ. ރައްޔިތުންނަށް ފައިދާ ލިބޭނީ ވާދަވެރި ފިކުރު އޮތުމުން ކަމަށްވެސް ވިދާޅުވިއެވެ.

"ރައްތުންގެ ބާރެއް ނެތްކަން ޔާމީނަށް ފެނިވަޑައިގަންނަވާ, ރައީސް ޔާމީން ހުދުމުޚުތާރު ވާހަކަފުޅުތައް ދައްކަވަނީ އެހެންވެގެން" އަލީ ނިޒާރު ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ މިހާރު ފެންނަމުންމިދާ ކަންތައްތަކަކީ ތަހުޒީބު އެއްވެސް މުޖުތަމައަކުން ފެންނާނެ ކަންތައްތަކެއް ނޫން ކަމުން، މިކަންކަން ބަލަން ތިބެވޭން ނެތްކަމަށެވެ.

"ހުދުމުޚުތާރު އެތައް ވާހަކަފުޅެއް ރައީސް ޔާމީން ދައްކަވަމުން ގެންދަވާ، ރާއްޖޭގައި މިހާރު މިހިންގަމުންދާ ކަންތައްތަކަކީ ގާނޫނުތަކުގެ ތެރެއިން ކުރެވޭނެ ކަންތައްތަކެއް ނޫން, ވެރިކަން ކުރެއްވުމުގައި ރިވެތި އެއްވެސް ސިފައެއްނެތް. ބައިތުލްމާލުން މިލިއަނުން ބިލިއަނުން ޚިޔާނާތް ވެފައިވަނީ, އަދުލެއް އިންސާފެއްނެތް" ނިޒާރު ވިދާޅުވިއެވެ.

ކުރިއަށްއޮތް ރިޔާސީ އިންތިޚާބަށް އިޝާރާތް ކުރައްވައި އަލީ ނިޒާރު ވިދާޅުވީ، އެއްވެސް ހަމައެއް، އިންސާފެއްނެތް ބަޔަކަށް ހަމަހޭގަ ތިބެގެން ވޯޓުދޭން ހެޔޮވެސް ނުވާނެ ކަމަށެވެ.

ނިޒާރުގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ރައްޔިތުން އަދުލުއިންސާފަށް ބޭނުންވާ ކަމުގެ 117 އަހަރު ކުރީގެ މިސާލެއްވެސް ވިދާޅުވެދެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ނަބީލާ

    ތެދެއް އެބުނީހަމަ! އަންނިގެ ބާރުގަދަވެ ރަށްރަށުގަޔާ އަތޮޅުތަކުގައި ހުރި ރައްޔިތުންގެ އެކައުންޓްތައް ވަނީ މަޅާލާފަ! އެވާހަކަ މީނަ އެބުނީ!

    • Anonymous

      ވަގަށް ގޮވަނީ. ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީނަށް. އެކަމަކު، ރޯމާ ދުވާލު ވަކަށްކޮށް ރައްޔިތުން އެތަށްހާލަކުން ހޯދާ ޖަމާކޮށްފަ ހުރި، ރައްކުރިއަރުވާ ކޮމިޓީތަކުގެ ފައިސާތަކާއި، ބިދޭސީން ގެންނަންދެއްކި އެޑްވާންސް ފައިސާތަކާ ދިރާގާ އެމް.ޑަބްލިޔުއެސްސީގެ ހިއްސާ ވިއްކާލައިފަ ލިބުނު ފައިސާތައް ކައިލީ ނަޝީދު އާ އޭނާގެ އައުވާނުން.

  2. ވަކަރުބޭ

    ހެހެހހެހެެހހހހެހެހެހެހެހ. ދައްކާނެ ވާހަކަ ހުސްވީކަން ޔަގީން.

  3. ރެޓޭ

    އައްޑޫ އަށް ޖެހިފަ ހުރި ވަބާއެއް މި ނިޒާރަކީ.

  4. ހުސޭނުބޭ

    މިސާލަކަށް މަންދުކޮލެޖް ހިންގި ކުރީގެ އެމްއީއެސް އިމާރާތަށް އަރާގަނެ އެތަން ދޫނުކޮށް، ވެރިކަން ބަދަލުވުމުން އެތަން އަތުލާގަނެފާނޭތީވެ ވެރިކަން ވެއްޓުމުން އެކަމާ ބެހޭ ބޮޑުވަގު ޕޯޑިއަމަށް އަރައި ރައީސް ވަހީދަށް އަވަގުރާނަ ގޮވި ދުވަސް........

  5. ކެރޭ

    ވަރަށް ތެދުވާހަކައެއްތީ ބާރުގަދަވެގެންގޮސް ރ.ކ ކޮމެޓީތަކުގަހުރި ތައްޔެތުމީހާގެލާރިކޮޅުވެސްކާލި

  6. Anonymous

    ދައުލަތުގެ ހަޒާނާގަ ހުރި ހުރިހާ ފައިސާއެއް ހުސްކޮށްލީ އެމް.ޑީޕީ ސަރުކާރުގަ. އެކަމަކު، ރައީސް ޔާމީންއޯ ތިޖޫރީ ހުރިތާ ވަޅުގަނޑު ބަހައްޓަނީ. މިހުރީ ދައްކާ ވިޔާނުދާ ވާހަކަ. ރައީސް ޔާމީން ސަރުކާރުންވަނީ، ދިވެހިރައްޔިތުންގެ ހަޒާނަށް 8 މިލިޔަން ޑޮލަރަށް އިތުރުކޮށްދީފަ. މިއީ. 6 މިލިޔަނުގެ ކުރިއެރުމެއް. މައުމޫނުގެ 30 އަހަރު ނިމުނު އިރު ހުރީ 6 ބިލިއަން. ނަޝީދު ވެރިކަން ނިމުނުއިރު، މައުމޫނު ޖަމާކޮށްދިން ފައިސާކޮޅުވެސް ނަގާ ދައުލަތުގެ ހަޒާނާ ހުރީ 2 މިލިޔަނަށް ހަދާލާފަ. މިހިސާބުތަކުން ފެންނަގޮތުން ކާކުބާ ރައްޔިތުންގެ ތިޖޫރީ ދަވާލާފަ ހުރިކަމަށް މިފެންނަނީ. މިމައުލޫމާތު އެބަހުރި އެމް.އެމް.އޭ ސައިޓުގަވެސް.

  7. Anonymous

    ނިޒާރޫ ރައްޔިތުން ދޭ ބާރެކޭ ވެރިކަމުގަ ހުންނަ މީހާ އެ އެކްސަސައިޒް ކުރަނީ. ހަމަހޭގަ ނެތްވަގުތުކޮޅު އައިސްތަ؟