ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ނުރައްކަލާއި ގުޅިގެން، ރާއްޖެއަށް ބޭނުންވާ އެހީގެ ތަކެއްޗާއެކު ބްންގްލަދޭޝް އަސްކަރިއްޔާގެ މަނަވަރެއް، ރާއްޖެ އައުމަށް ދަތުރު ފަށައިފިއެވެ.

ބަންގްލަދޭޝްގެ މީޑިއާތަކުން މިކަން ހާމަކޮށް ބުނެފައިވަނީ، އެޤައުމުގެ ބޮޑުވަޒީރު، ޝެއިޚް ހަސީނާގެ އިރުޝާދުގެ ދަށުން މިއަދު ބަންގްލަދޭޝް އިން 100 މެޓްރިކްޓަނުގެ ކާބޯތަކެއްޗާއި، ކޮވިޑް-19 އާއި ގުޅިގެން ބޭނުންކުރާނެ ސިއްޙީ ސާމާނު ހިފައިގެން އެޤައުމުގެ ނޭވީގެ މަނަވަރެއް ރާއްޖެއަށް އައުމަށް ދަތުރު ފަށާފައިވާ ކަމަށެވެ.

މިކަމާއި ގުޅޭގޮތުން ބަންގްލަދޭޝްގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ، އެޤައުމުން ރާއްޖެއަށް އެހީގެ ތަކެތި ހަމަޖައްސާފައި ވަނީ، އެޤައުމުގެ އަސްކަރިއްޔާ އާއި މިނިސްޓްރީ އޮފް ޑިޒާސްޓަރ މެނޭޖްމަންޓް އެންޑް ރިލީފް އާއި ޑިރެކްޓަރޭޓް ޖެނެރަލް އޮފް ޑްރަގް އެޑްމިނިސްޓްރޭޝަންގެ އިތުރުން އެޤައުމުގެ ބޭސް އުފައްދާ ބައެއް ކުންފުނިތަކާއި ގުޅިގެން ކަމަށެވެ.

ރާއްޖެއަށް ކޮވިޑް-19 އިން ކުރިމަތިވެފައިވާ ނުރައްކަލުން އަރައިގަތުމަށް ބަންގްލަދޭޝް އިން މަސައްކަތް ކުރާނީ ރާއްޖެއާއެކު ކަމަށައި، މިކަމާއި ގުޅިގެން ރާއްޖެއިން ބޭނުންވާ އެހީތެރިކަން އެންމެ ގާތުން ފޯރުކޮށްދޭ އެއް ޤައުމެއްގެ ގޮތުގައި ބަންގްލަދޭޝް އޮންނާނެ ކަމަށް އެޤައުމުގެ ފޮރިން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ބަންގްލަދޭޝް އަށް ނިސްބަތްވާ ލައްކައެއްހައި މީހުން ރާއްޖޭގައި ދިރިއުޅެމުން ދާއިރު، އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް އެޤައުމުން ތައްޔާރުވަމުން އަންނަކަން ކުރިން ބަންގްލަދޭޝްގެ ސަރުކާރުން ހާމަކުރައްވާފައި ވެއެވެ. ނޫސްތަކުގައި ބުނެފައިވާ ގޮތުން ރާއްޖޭގައި މިވަގުތު މަސައްކަތް ނުކޮށް ތިބި އެގައުމުގެ ރައްޔިތުން އެގައުމަށް ގެންދިއުމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ އެގައުމުގް ފޮރިން މިނިސްޓަރަށް އެދިފައެވެ.

ކޮވިޑް-19 އިން ރައްކާތެރިވެ އެ ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން މާލެ ސަރަހައްދުގައި ތޮށްޖެހިފައިވާ ތަންތަނުގައި ދިރިއުޅެމުން އަންނަ ބިދޭސީން، ހާއްސަ ފެސިލިޓީއަކަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ.

މި މަސައްކަތް ކުރަމުން ދަނިކޮށް، ފުރަތަމަ ފަހަރަށް މާލެއިން މިއަދު މީހަކު ވަނީ ކޮވިޑް-19 އަށް ފައްސި ވެފައެވެ. މިއާއެކު މިހާރު މާލެ ލޮކްޑައުންކޮށް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިޔަށްދާއިރު، މުޖުތަމަޢުގެ ތެރޭގައި ބަލި އިތުރަށް ފެތުރިފައި ވެދާނެ ކަމުގެ ބިރު މިހާރު ވަނީ ބޮޑުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. މުހައްމަދު

  މިތިބަ ހުރިހާ ބޮނދުންތަށް ގޮވާއިގެންދޭ!!
  މިދަނޑިވަޅުގާ މިމީހުން ނުބެލެހެއްޓޭނެ.
  ައވަސްކުރޭ..
  ކުރިންވެސް ޑޮކުޓަރުން މިމީމީހުންގެވާހަކަ ދެއްކި.

  31
  6
  • ފަގީމަ

   ދެން ޑެލިވަރީކޮއް ހޮޓަތަކޔގެ ބަދިގޭގަ ތިބޭނީ ކިންބަޔެއް. ނަރުހުންނައަ ތިބީ ކޮންބަޔެއް.. ދަނޑު ހައްދާނީ ކޮންބަޔެއް..؟

   21
   14
 2. ރައްކާތެެރިކަމުގެ ފިޔަވަޅު

  ބަލި ހިފައިގެންތޯ

  2
  14
 3. ޢައްޓަމަސް

  ފަގީގަ ކުޑަތަ ޑެލިވަރީކުރަން

  1
  4
 4. ޚ

  އިންޑިޔާ އަށްވުރެ ރަނގަޅުތާ ޝުކުރިއްޔާ
  ބަންގާޅު މީހުން އަ މިއްލައަށްތަ ރާއްޖެ އައީ ދިވެހިންނަށް ގުލާނު ކޮއްދޭން

  8
  2
 5. ހަސަން

  ހެޔޮނުވާނެ އެގައުމުގަ އަޅުގަޑުމެންގެ މަތީތައުލީމް ހާސިލް ކުރަމުން ގެންދާ ދިވެހި ދަރިވަރުން އުޅޭ ހާލު ބަލާލަ ދެއްވާ!!!!

 6. Ahmed

  މީ ކޮންހާ ބޭކާރު ވާހަކައެއް ބަންގާޅީން ނެތް ނަމަ މިހާރު އަހަރުމެން އެއް ނުތިބޭނެ!!އާ އެހެޏާ އަޅުގަނޑުމެން ދިވެހިންއަށް(ހުރިހާ އެންމެނެއް ނޫން!) މިހާރު ކާއެތި ކޮޅެއް ކީއްކުރަން އަރުން ފެންފޮދެއް ވެސް ދަނީ ބަންގާޅީން ތުބުގަޖައްސާ ދިނީމަ!!

  =މީ ވަރަށް ވާހަކަ!!=

  8
  2