މިހާ އަނިޔާވެރި އަދި މިހާ ބިރުވެރި ވެރިކަމެއް ފަހުގެ ތާރީހުގައި ރައްޔިތުން ދެކިފައިނުވާ ކަމަށް ރައްޔިތުން މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
ރޭ އިދިކޮޅު ފަރާތް ތަކުން އއ. ރަސްދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ އެއް ސަރުކާރެއް އެއްވެރިކަމެއް ހިނގަމުންދާއިރު ރެކޯޑް އަދަދަކަށް ގިނަ ރައްޔިތުންތަކެއް މަރައި ކޮށާލާފައިވާއިރު ވެސް އެއިން އެއްވެސް ކަމަކަށް މިހާތަނަށް އިންސާފު ލިބިފައިނުވާ ކަމަށެވެ.
އިންތި ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމެއްގައި ދައުލަތް އޮތީ ސުންނާފަތިވެ، ވީރާނާވެ، ބީވެ ގޮސްފައި ކަމަށެވެ. އަދި އެކަމުގެ ފުރިހަމަ ޒިންމާ ރައީސް ޔާމީން ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށް އިންތި ވިދާޅުވިއެވެ.
"މިހާ ބިރުވެރި މިހާ ނާމާން ރާއްޖެއެއް, ދިވެހި ރައްޔިތުން މިފަހުގެ ތާރީހެއްގައި، އަޅުގަނޑުގެ ހަދާނަށް އަންނަ ގޮތުން ވެއްޖެއްޔާ ދުވަހަކު ވެސް ދެކިފައެއް ނުވޭ" އިންތި ވިދާޅުވިއެވެ.
އިންތި ވިދާޅުވީ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު މަރުޙޫމް ޑރ. އަފްރާޝީމް އަލީ އާއި ބްލޮގަރ ޔާމީން ރަޝީދުގެ އިތުރުން ވަގަށް ނަގާފައިވާ ނޫސްވެރިޔާ ރިލްވާން އަށް ވެސް މިއަދާ ހަމައަށް އައިރު އިންސާފު ލިބިފައެއް ނުވާކަމަށެވެ.
ރޭގެ ޖަލްސާގައި ވާހަކަ ދައްކަވުން އިންތި ވަނީ ދައުލަތުގެ މުއައްސާގެ ހިމެނޭ ފަރާތްތައް އަލުން އެނބުރި ޤާނޫނުގެ ތެރެއަށް ރުޖޫއަވުމަށް ގޮވާލައްވާފައެވެ.
"އަޅުގަނޑުމެންގެ ހަށި ފުރާނަ ހުރިހައި ދުވަހަކު އަޅުގަނޑުމެން މި މަސައްކަތެއް ދުލެއް ނުކުރާނަން. އަޅުގަނޑުމެން އެކޮޅުކޮޅުން އެލުވިޔަސް، އުމުރު ދުވަހަށް ޖަލަށް ފޮނުވި ކަމުގައިވީނަމަވެސް އަޅުގަނޑުން ކުރާނީ މި މަސައްކަތް އެނބުރި އައިސް ވެސް ކުރާނީ މި މަސައްކަތް" އިންތި ވިދާޅުވިއެވެ.
އިންތި ވިދާޅުވީ ރައީސް ޔާމީން ޖަވާބުދާރީ ކުރުވޭނެ ދުވަހަށް ވަރަށް އަވަހަށް އަންނާނެ ކަމަށެވެ.
އަތަށް ގޮވަނީ! އަތަށް ގޮވަނީ! އަތަށް ގޮވަނީ!
ރައްޔިތުންނެއްނޫންދޯ އިންތިމެންނޭ ކިޔާ. ރައްޔިތުން މިތިބީ އުފަލުން.
އަންނިގެ ވެރިކަމަށްވުރެ ބިރުވެރި ވެރިކަމެއް މިދުނިޔެ ވެސް ދެކެފައެއް ނުވޭ.
ތިކަލޭގެއަށްވުރެ ބިރުވެރި ބުހުތާން ދޮގުހަދާ މުނާފިގަކު އަދި ނުފެނޭ!
އަނިޔާވެރި ބައެއްގެ ކިބައިން ގައުމެއް ސަލާމަތް ކުރަން ﷲ ގެ އިރާދަ ފުޅު އޮތީމަ މިގައުމުގެ ވެރިކަމަށް ޔާމީނަށް ވަޑައިގަނެވުނީ.ޔާމީނަކީ އެމްޑީޕީ ގެ އަނިޔާ އިން ގައުމު ސަލާމަތް ކުރެއްވި އާޒީ އެއް.
ތިޔަށް ވުރެ ކަނޑުކޮސް މީހަކުވެސް ދިވެހިރައްޔިތުން ނުދެކޭ.
25 ބުރީގެ އުސް އިމާރާތް ފެނިގެންތަ ބިތުގަތީ؟ ނޫނީ ކުޅުދުއްފުއްޓާ އޭދަފުއްށިންނާ ހޅުމާލޭ 2 ވަނ ފިޔަވަހިން ހިއްކި ބޮޑުބިން ފެނިގެންތަ ބިރުގަތީ. ނޫނީ ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ބޮޑުވެގެންތަ ބިރުގަތީ؟
ގައުމަށް ހަލުވި ތަރައްގީ އަންނައިރު ކީއްވެ ރައްޔިތުން ބިރުގަންނަންވީ؟ ނޫނޭ ރައްޔިތުން ތިބީ އުފަލުން. މިއަދު މިބިންމަތީގައ މާތްވެގެންވާ އިސްލާމް ދީނަށް ރައްކައުތެރިކަން އެބައޮތް.
.އީޔޫ ރިޕޯޓޭ ގޮވާބަލަ، މާތާހިރުވާނެ. ބިރުވެރި ކަންތައް ވެސް ވަކިކުރަން ނޭގޭ ހާލުގަ ހުރި މީހެއް.
މިސަރުކާރު މަށަކަށް ބިރުވެރިއެއްނޫން. އިންތިމެންގެ ވެރިކަން ހަމަގައިމުވެސް މަށަށް މާ ބޮޑުތަނުންވެސް ބިރުވެރި.
މި ކަހަލަ ދެއުޅި އެއްނުވާ މީހުން ގިނަވީމަ ރާއްޖެ ތަރައްގީ ނުވެގެނެން މިއުޅެނީ...