މަގުމަތިން ފެންނަ މީހުންނާ ސުވާލުކޮށް ދާ ތަނާއި ބޭނުން އޮޅުންފިލުވާނެ ކަމަށާއި ފުލުހުންނަށް އެންގުމެއް ނެތި ނުކުމެ އުޅޭ މީހުން 1000ރ. އިން ޖޫރިމަނާކޮށް ނުވަތަ ކަރަންޓީން ފެސިލިޓީއަކަށް ގެންދަން ޖެހިއްޖިއްޔާ އެކަން ވެސް ކުރާނެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ މިފަހަރު ފިޔަވަޅު އެޅުން ވަރަށް ހަރުކަށިވާނެ ކަމަށެވެ. "ވަގުތުން ކަރަންޓީން ސެންޓަރަކަށް ގެންދަން ވިޔަސް އެ ފިޔަވަޅު އަޅާނެ. މަގުމައްޗަށް ނުކުންނަ މީހުން ވެސް 14 ދުވަހަށް ކަރަންޓީން ކުރާނެ." އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވިއެވެ.

މިިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

އޭޕްރީލް މަހުގެ 02 ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރު 17:00 އިން 20:00 އަށް އޭޕްރީލް 09 ވަނަ ދުވަހާއި ހަމައަށް މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ކާފިއު ހިންގިއެވެ. އޭރު މަގުމައްޗަށް ނިކުންނަ މީހުން ޖޫރިމަނާ ކުރާނެ ކަން ފުލުހުން އިއުލާން ކުރި ނަމަވެސް ޖޫރިމަނާ ކުރީ ދެތިން މީހެކެވެ. ގިނަ މީހުންނަށް ނަސޭހަތް ދިނުމަށް ފަހު އެއްވެސް ފިޔަވަޅެއް ނާޅައެވެ.

މިއަދު މާލެ އިން ކޮވިޑް-19 ޖެހިފައި ހުރި މީހަކު ފެނުމާއި އެކު މިއަދު މެންދުރުފަހު 15:30 އިން ފެށިގެން 24 ގަޑިއިރަށް މާލެ ވަނީ ފުރަބަންދު (ލޮކްޑައުން) ކޮށްފައެވެ. ފުރަބަންދު ކޮށްފައި އޮންނަ ވަގުތު ކޮންމެހެން ގެއިން ނިކުންނަން ޖެހިއްޖެނަމަ އެކަން ފުލުހުންނަށް އެންގުމަށް ފަހު ނޫނީ ގެއިން ނުނިކުތުމަށް ފުލުހުން ވަނީ އެދިފައެވެ. ގެއިން ނިކުންނަކަން ފުލުހުންނަށް އަންގަން ގުޅާނެ ނަމްބަރެއް މިރޭ އިއުލާން ކުރާނެ ކަމަށް ފުލުހުން ވިދާޅުވެއެވެ.

މާލެ އިން ކޮވިޑް-19 ޖެހިފައި ހުރި މީހަކު ފެނުމުން މިހާރު ކުރިއަށްދަނީ ކޮންޓެކްޓް ޓްރޭސިން މަސައްކަތްތަކެވެ. ސަރުކާރުން ވިދާޅުވެފައި ވަނީ މާލެ ބަންދުކޮށްފައި އޮތް ގަޑި އިތުރު ކުރަން ޖެހޭނަމަ އެކަން މާދަމާ އިއުލާން ކުރާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އއއއިބްރާހީމް

    ވރށ ރނގޅ ނނމމއ.

  2. ޯބޯޖަލީލު

    މަޖުބޫރު ހާލަތެއްގައި ބޭރަށްދާ ޖެހިއްޖެ ނަމަ ފުލުހުންނަށް ފަށޭހައިން ގުޅޭނެ ގޮތެއް ބުނެދީ ބަލަ...

    10
  3. އަދާލަތު

    ބަނގުލަދޭޝްގެ މީހުންނާއި ސުވާލުކުރެވޭތަން ނުފެނު މާއި، އެ މީހުން ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވަޢިދުތަކަށްވުރެ، މަތީގައި އުޅެވުމ މަކީ ބިރުވެރިކަ މުން ފުރިގެންވާކަ މެއް.

  4. ގޮމޭޒް

    ހަދާނެ ނަހަދާނެ ގޮތެއް ނޭނގިގެން އުޅޭތަން މި ފެންނަނީ..
    ދެން ބަބުރޫކް އަރާ މޮޅުވާހަކަ ދެއްކީމަ ހަމަވީ

    4
    5
  5. ނިކަމެތި މީހާ

    ތީ ހާދަ ސަޅި ކަމެކޭ ދޯ. މަ މިއުޅެނީ ވަރައް ނިދާނެ ތަނެއް ވެސް ނެތި . ކާނެ ލާރައެއް އަތަކު ނެތް. މަ ތި ކަރަންޓީނު ރިސޯޓް ގަ ތަންކޮޅެއް ގިނަ ދުވަހަށް ބަހައްޓާލަދީ

  6. ކަންމަތި

    ކަންމަތީ ބިއްޖެހިފަ ތިބޭމީހުންނަށް ހަރުކަށި ފިޔަވަޅު އަޅާކަށް ނުކެރެ. ނިކަމެތި ރައްޔިތުންނަށް ބިރުދެއްކުން ނޫން ކަމެއްނޭގޭބައެއް ޕޮލިހުންނަކީ. އަހަރެން އުޅޭގޭ ދޮރުމަތީގަ ކޮފީބޯން ތިބޭނެ ގުރޫޕެއް، ގެއަށްވަންނާނެ ޖާގައެއްވެސް ނުދޭ، ޕޮލިހުންގެ ތިހުރި ބާރެއް ނުދެއްކުން. އެއްޖެކޭބުނީމަ ބުނިމީހާ ކަރުގަ ވަޅިޖައްސަނީ. މީ މާފަންނުކޮޅު މައްސޫރު ހިސާބެއް.

    1
    1