މާލެ ފުރަބަންދު (ލޮކްޑައުން)ކޮށްފައިވާ ވަގުތު ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ލުއި ފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފިއެވެ.

އެ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، 24 ގަޑިއިރުގެ މުއްދަތަށް އިޢުލާނު ކުރެވިފައިވާ ލޮކްޑައުންގެ ސަބަބުން މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް އެތައް ދަތި އުނދަގުލަކާއި ކުރިމަތިލާން ޖެހުމުގެ އިތުރުން، ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އިންތިހާއަށް އިތުރުވެގެންދާނެކަމެއް ކަމަށެވެ.

"ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅާ އެންމެހާ މުހިންމު ފިޔަވަޅުތަކުގައިވެސް ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް އިޚްތިޔާރުކުރުމާއެކު، ރައްޔިތުންނަށް ބޭނުންވާ ޞައްޙަ މަޢުލޫމާތުތައް ލަސްކުރުމެއް ނެތި ގުތުން ވަގުތަށް ހާމަކުރަމުން ގެންދިއުމަކީވެސް މުހިންމުކަމެއް". އިދިކޮޅު ކޯލިޝަންގެ ބަޔާނުގައި ވެއެވެ.

އެ ކޯލިޝަނުން ވަނީ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ކަމާ ބެހޭ އެންމެހާ ފަރާތްތަކުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމާއެކު، އެޗް.ޕީ.އޭ އިން ދެއްވާ ޞިއްޙީ އިރުޝާދުތަކަށް ބޯލެނބުމަށް އިލްތިމާސްކޮށްފައެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ، ރާއްޖެއިން ބޭރުން އައި ފަރާތްތަކާއި އެފަރާތްތަކުގެ ކޮންޓެކްޓް ޓްރޭސިންގގެ ބޭރުން ދިވެއްސެއް ފުރަތަމަ ފަހަރަށް ކޮވިޑް-19 އަށް ފައްސިވިވުމުން އެކަމާއި ކަންބޮޑުވާ ކަަމަށެވެ. އަދި މިކަމާއި ގުޅިގެން ހަރުދަނާ އަދި އަވަސް ފިޔަވަޅުތަކެއް މިދަނޑިވަޅުގައި ނޭޅިއްޖެ ނަމަ، ރާއްޖޭގައި، އަދި ވަކިން ބައިބޯ ވެރިރަށް މާލޭގައި، ގިނަ ބަޔަކަށް ބަލި ފެތުރިގެން ދިއުމުގައި ފުރުޞަތު އެބަ އޮތް ކަމަށް އެ ބަޔާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ގަމަރު

    މީ އަންނިޔާޖެހުނު އަނެއްބައިގަނޑު

    24
    18
    • އައިން

      މީ އަންނިއަށްވުރެ މާ ނުބައި ބައިގަނޑެއް. މިފަދަ ވަގުތުވެސް ބަލަނީ ސިޔާސީ ފައިދާއެއް ނެގޭތޯ. ރައްޔިތުންގެ ބޯކާލެވޭތޯ. މި ބައިގަނޑަކީ ދިވެހިރާއްޖޭގެ ހަލާކު

      29
      24
  2. އަލްޖިބްރާ

    ކަލޭމެންނަށް ނޫސްތަކަށް ނާރާ މާގިނަދުވަސްވީ ދޯ ؟ އަވަހަށް ޔާމީނު ދޫކުރާށޭ ގޮވަންފަށަންވީނު ؟ ރައްޔިތުންނަށް ލުއިފަސޭހަ ގޮތް ހޯދާދޭން ގޮތް ކިޔާކަށް ކަލޭމެނަކަށް ނޭގޭނެ ! އަގަހިމޭނުންލައިގެން ތިބޭ !

    23
    9
  3. ދަރަނި ދަންތުރަ

    ބަޔަކަށް ރަނގަޅު ގޮތެއްބުނެދިނުން ވެސް އެއީ ސިޔާސީ ފައިދާ ނެގުންތަ؟ ކަމެއް މެދުވެރިވާހިދު އެކަމެއް ދިމާވި މީހާޔަށް އެއްމެ ރަނގަޅަށް އެކަމާ ވިސްނާލާ ފިޔަވަޅުނޭޅިދާނެ ހާސްކަމުގެތެރޭ ، ރައީސް ކުރެއްވި ކަންތަށް ގޯހެކޭ އިދިކޮޅު ބޭފުޅުން ނުބުނޭ މިފިޔަވަޅު އެޅިއިރުވެސް އާއްމުންނަށް ވީހާވެސް ލުއިފަށޭހަ ގޮތަކަށް ކަންތަށްތަށް ކޮންދޭށޭ އެބުނަނީ ރީދޫކުދިންނަށް ތިޔަވިސްނޭ ގޮތެއްތާދޯ

    14
    21
  4. ދަރަނި ދަންތުރަ

    ކުއްލިޔަކަށް ލޮކުޑައުން ކޮށްލުމުން އެތަށްބަޔަކަށް ދަތިތަކާކުރިމަތިވާނެ މިސާލަކަށް މާލޭގައި ދިރިއުޅޭ ބިދޭސީ މީހާ ހުޅުމާލޭގައި ހުއްޓާ ދެން މާލެ ނުދެވޭނޭ ބުނީމަ ދެން އޭނަޔަށް ވާނީ ކިހެނެއް އޭނަ ނިދާ ފެންވަރާ ހަދާނީ ކޮންތާކުން ، އަހަރެންމީ ދިވެއްސެއް ލޮކުޑައުން ކޮށްފިޔޭ ބުނިއިރު މެންދުރު ނުކައި ހުރީ ވަރަށް ބަނޑުހައިވެފަ ޑިއުޓީގައި ހުރީމައި ކާއެއްޗެއްހޯދަން ދެވޭކަން ވެސްނެތް އޯޑަރ ދޭން ގުޅާނެ ތަނެއްވެސް ނޭންގޭ ، މިހާލަތުގައި ކިތަށް މީހުން ތިބިބާ ލޮކުޑައުން ވީއިރު ؟

    3
    1
  5. ފެކްޓް

    ކަލޭމެން އެދުނަސް ނޭދުނަސް އެކަންކަން ކުރާނެ!
    ދެން ބުނާނެ ތިމަންނަމެން ބުނެގެންނޭ މިވެނި ކަމެއް ކުރީ! އެހާވެސް ހޭބަލި ބައެއް

    1
    3
  6. ުއުނދުޅި

    ސަރުކާރުން ނިންމާނިންމުންތަކައް ކިޔަމަންވެގެން ތިބެންވީ.
    މީކީ ސިޔާސީގޮތުން އިދިކޮޅޭ އަނެކައްޗޭކިޔަންވީ ވަގުތެއްނޫން. ކެތްތެރިކަމާއެކު.
    ﷲ އައް ދުއާކޮއް މުޅިދުނިޔެއިން މިވާބާއިން ސަލާމަތްކޮއްދެއްވާތޯ ދެންނެވުން

    1
    1
  7. އަދުރޭ

    މިވަގުތު ޔާމީނު ވެރިކަމުގައި ހުރިނަމަ ބޭހާއި ކާޑާއި ވެންޓިލޭޓަރު ވެސް ދޫކުރާނީ މެޑަމްގެ އޮފީހުން މެޑަމް ބޭނުންވާ ބަޔަކަށް

    5
    2
  8. ތިރިބެ

    އުދަގޫ ދަތިވުވަސްވެސް އަންނާނެ ކެއްތެރިވާން ދަސްކުރޭ މިއީ ގުދުރަތް ތެރިކަން ، ބޮޑުފިލާވަޅެއް އިންސާނާގެ އާރެއް ބާރެއްނެތްކަން

    2
    1
  9. މަންޖެ

    ކަލޭމެންވެސް ކިޔެއްތަވީ ރައްޔިތުންނަށް ފަސޭހަ ކޮށްދޭން މި ހަމަ އެންމެންވެސް އެހީތެރިވާންވީ ވަގުތެއްނު.

  10. ފެކްޓް

    ތިތަށް ކިޔާނެ ގޫ އުނދުޅި ބޭނުމޭ ވެސް

  11. ޙޭބަލި

    ޢިދިކޮޅަށް ތިތިބީ މޮޔަގެރިތަކެއްބާ!

    1
    1
  12. ސައީދު

    މިދަޑިވަޅުގައި މާބޮޑަށް ސިޔާސީ ނުވާތި ސަރުކާރުން ނިންމާ ނިންމުނަތަކާއި އިރުޝާދަށް ތަބާވުމަށް އިލްތިމާސް ކުރަން.