އދ.މަހިބަދޫގައި ރޭ ފަތިހު ފަސް ލޯންޗަކާއި ދެ ޑިންގީއެއްގައި އަލިފާން ރޯވެ އަނދައިގެން ދިޔަ ހާދިސާ އަކީ ގަސްދުގައި ބަޔަކު ކޮށްފައިވާ އަމަލެއް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު މިހެން ވިދާޅުވީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

"ލޯންޗުތަކުގައި ރޯކޮށްލީ ބައެއްގެ މުދަލަށް ގަސްދުގައި ގެއްލުން ދިނުމަށް. މިއީ ގަސްދުގައި ހިންގާފައިވާ އަމަލެއް." ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވިއެވެ.

އަލިފާން ރޯވެގެން އެނދި އުޅަނދުތަކުގެ ތެރޭގައި ސީ އެމްބިއުލާންސް އާއި ފުލުހުންނާއި އަތޮޅު ކައުންސިލްގެ ލޯންޗެއް ހިމެނެއެވެ. އަދި މަޝްހޫރު ތެޔޮ ކުންފުނި އެޗްއެމްއެޗްގެ ދެ ލޯންޗާއި އެ ފަޅުގައި އޮތް ދެ ޑިންގީއެއްގައި އަލިފާން ރޯވެ ބޭނުން ނުކުރެވޭ ވަރަށް އެނދިއެވެ. މިއީ ބަނދަރުގައި ޖެހިޖެހިގެން އަޅާފައި ހުރި އުޅަނދުތަކެކެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ލޯންޗްތަކުގައި ރޯކޮށްލި ހާދިސާ އަކީ ޓެރަރިޒަމްގެ އަމަލެއްގެ ސިފަތައް ހިމެނޭ ހާދިސާއެއް ކަމަށާއި ނަމަވެސް އެއީ ޓެރަރިސްޓް ހަމަލާއެއް ކަމަށް ސީދާ ދަންނަވަން އެނގޭނީ ފުލުހުންގެ ތަޙްޤީޤުގައި އެކަން ކުރި މީހުންގެ ނިއަތް ދެނެގަނެވުމުން ކަމަށެވެ.

ކޮމިޝަނަރ ވިދާޅުވީ ފަހަކަށް އައިސް ހިންގާފައިވާ މިފަދަ އަލިފާނުގެ ހާދިސާތަކަކީ ފުލުހުން ކުރަމުން ގެންދާ މަސައްކަތްތަކާއި ދެކޮޅަށް ކޮށްފައިވާ ކަންކަން ކަމަށެވެ. އެގޮތުން ލ.އަތޮޅުގައި ދާދިފަހުން ފުލުހުންގެ ލޯންޗެއް އަންދާލާފައި ވާކަން ވެސް ކޮމިޝަނަރ އޮފް ޕޮލިސް ފާހަގަ ކުރެއްވެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އަސްލު

    ރާއްޖޭ އައިއެސް ޖަމާއަތުން ތޯ ހުޅު ޖެހީ

    16
    1
  2. ޙަމަހަމަ

    ލަފާކުރެވެނީ ތިއީ އިންޝުއަރަންސް ލާރި ހޯދަން ކުރިކަ މަކާ.

    20
    6
  3. އާމިނާ

    ތީ ސަރުކާރުގެ ބޮލުގަ އަޅުވަން ކުރާ ކަންކަން.?

    10
    11
  4. ގަސްދު

    ގަސްދުގައި ހުޅުޖަހަމުން އަންނަތާ ކިތަންމެ ދުވަހެއް. އެއީ އިއްޔެއަކު މިއަދަކު ވެގެން އުޅޭ ކަމެއް ނޫން. ގަސްދުގައި ބަޔަކު މީހުން މާލޭގައި ވިލީ ޕޮލިސްތަކުގައިވެސް ހުޅުޖެހި. ރަށްރަށުގައި ހުރި ރައްޔިތުންގެ އެތައް މުދަލެއްގައި ހުޅުޖެހި. ހިތާމައަކީ މުޅި ގައުމުގައި ހުޅުޖެހީމާވެސް އެކަކަށްވެސް އެއްވެސް ކަމެއް ނުވުން. ހުޅުޖަހާ އެންމެން ހިފައި ހައްޔަރުކޮށް އަދަބު ދެވުނު ނަމަ މިއަދު މިހާލަތަކަށް މިގައުމެއް ނުދާނެ. މިއަދު ތިޔަ ބޭފުޅުން ތިހެން ވިދާޅުވިޔަސް މާދަމާ ތިޔަ މީހުން މަގުމައްޗަށް ނުކުމެ އަނެއް ޖަރީމާ ހިންގާނެ. ހައްލަކީ ކްލެމެންސީ ގާނޫނު އުވާލުން. އެމީހަކު ކުރި ކުށެއްގެ އަދަބު ހަމަވަންދެން ޖަލުގައި ހުރުން.

    37
    1
    • ސީސީ

      އެދުވަހު އައިސިސް ޖަމާއަތް އަތް އޮތްނަމަ އެމީހުން ޒިންމާ ނެގީސް ކަންނޭގެ

  5. Anonymous

    ކުރިން ހުޅުޖެހި ކަންކަން ބަލަންވީ .

    44
  6. ލޮކް

    ގަސްތުގައި ރާވައިގެން ހުޅުޖެހުމާއި އިންޝޫރަންސް ފައިސާ ހޯދާ ގޮތެއް! ފެރީނުކުރެވޭ ތީ އަދި ބޭންކް ލޯން ނުދެއްކުނީމަ ވާ ގޮތް ތީ..

    18
  7. ކުޑޭ

    އަޑިންދާއަށް ފިޔަވަޅު ނެޅިއޮތްގޮތެއް ނުބުނެދެވުނު

    12
  8. ޑީ

    މި ރޯދަ މަހު ޖަލަށް ވަންނަ ހިތްވެގެން އުޅެނީ ކޮން ބައެއް.