ކޮވިޑް-19 އާ ގުޅިިގެން ސިފައިންނާއި ފުލުހުން އެލާޓަށް ގެނެސްފިއެވެ.

މިހާރު ދަރުބާރުގޭގައި ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި "ވަގުތު"އިން ކުރި ސުވާލަކަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ، މިއަދު މާލެއިން ކޮވިޑް-19ގެ ކޭސްއެއް ފެނުމާއި ގުޅިގެން ސިފައިން އޮތީ އެލާޓް ލެވެލް ބްލޫ ވަން ގެނެވިފައި ކަމަށެވެ.

ބްލޫ ވަންއަކީ ކާރިސާއަކާއި ގުޅިގެން ގެންނަ އެލާޓެކެވެ.

އަދި މި އެލާޓާށް ގެނައެމާއެކު ހުރިހާ ސިފައިން މި އޮޕަރޭޝަންގައި ހަރަކާތްތެރިވާނެ ކަމަށާއި، އަދި އެކި ދިމާލުގައި ސިފައިން ހަރަކާތްތެރިވަމުންދާނެ ކަމަށް ޝަމާލް ވިދާޅުވިއެވެ.

"އިތުރަށް އަޅުގަނޑުމެންގެ އެންޖޭޖްމެންޓް ބޮޑުވެގެންދާނެ، އޭގެ ތެރޭގައި މިހާރުއެއް ފެމެލީއާއެކީގައެއް ސިފައިންނެއް ނުތިބޭނެ، ސިފައިން ތިބޭނީ އެ ތިބެން ޖެހޭ ހެޑް ކުއާޓާތަކާއި، ބެރެކްސްތަކުގައި މޮބިލައިޒް ކުރުމުގައި ތައްޔާރަށް". ޝަމާލް ވިދާޅުވިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، ފުލުހުން މަސައްކަތް ކުރަމުން ދަނީ އޮޕަރޭޝަނަލް އެލާޓް ލެވެލް 2 ގައި ކަމަށެވެ. އެއީ އެލާޓް އޮރެންޖެވެ.

"އެ ލެވެލްގައި ވެއްޖެއްޔާ ފުލުހުންގެ އެވޭލިބިޓީ އޮންނާނެ އެއިރެއްގައި ހިނގާ އޮޕަރޭޝަނަކަށް، މާނައަކީ ފްރޮންޓް ލައިން ރިސޯސެސް މުޅިން މަދުވިޔަ ނުދީ ދެން ސެކަންޑް ކުރާނެ އެހެން ފަރާތްތައްވެސް ހިމެނޭ ގޮތަށް ވަކި އަދަދެއްގެ ފުލުހުން ސްޓޭންޑްބައިގައި ބޭތިއްބޭ ގޮތަށް މި ހަރަކާތްތެރިވަނީ". ހަމީދު ވިދާޅުވިއެވެ.

ޝަމާލް ވިދާޅުވީ، ކޮވިޑް-19ގެ ކޭސްތައް ރާއްޖެއިން ފެނުމާއި ގުޅިގެން، އެ މުވައްސަސާގެ ޕްލޭނިންގ ޓީމްތަކުން ތިން ވަރަށް މުހިންމު ޕޮލިސީއެއް ތައްޔާރު ކުރި ކަމަށެވެ.

އެ ތިން ޕޮލިސީ، ފޯސް ޕްރޮޓެކްޝަން ޕޮލިސީ، ފޯސް ސަސްޓެނެންސް، ފޯސް އިކޮނޮމައިޒް ކުރުމެވެ.

މި ތިން ޕޮލިސީ ގުޅޭ ތަފްސީލު ދެމުން ޝަމާލް ވިދާޅުވީ، ފޯސް ޕްރޮޓެކްޝަން ޕޮލިސީއަކީ ސިފައިން ފްރޮންޓްލައިންގައި އެހެން މުވައްސަސާތަކާއެކު ދާއިރު، ސިފައިންގެ ރައްކާތެރިކަމާއި ގުޅޭ ޕޮލިސީއެއް ކަމަށެވެ.

"އެ ޕްރޮޓެކްޓް ކުރުމަށްޓަކައި ކުރަން ޖެހޭ ފިޔަވަޅުތަކާއި، މިހާރު އެބަހުރި ޖެނެރަލްކޮށް މިކަމުގައި ޝާމިލުވާ އެންމެންނަށް ހުރި މެޝާތައް އެބަހުރި". ޝަމާލް ވިދާޅުވިއެވެ.

ޝަމާލް ވިދާޅުވީ، ފޯސް ސަސްޓެނެންސް ޕޮލިސީއަކީ މިކަން ދިގުމިގެން ދާނަމަ، ސިފައިންގެ ބާރު ދެމެހެއްޓުމަށްޓަކައި ކުރެވޭނެ ކަންތައްތަކާއި ގުޅޭ ޕޮލިސީއެއް ކަމަށެވެ.

ފޯސް އިކޮނޮމައިޒް ޕޮލިސީއަކީ މިއީ ހަރަދުތަކާއި ކަންކަން ކުޑަކުރުމަށްޓަކައި ހެދި ޕޮލިސީއެއް ކަމަށް ޝަމާލް ވިދާޅުވިއެވެ.

އަދި ސިފައިން މި ދަނޑިވަޅުގައި އާއިލާއާއި އެކު ނުވުމަށްވެސް އެދިފައިވާނެ ކަމަށް ޝަމާލް ވިދާޅުވިއެެވެ.

"އަޅުގަނޑުމެން ގަބޫލުކުރާގޮތުގައި، އަޅުގަނޑުމެންވެސް އެހެން ހިދުމަތްތަކާއި އެކީގައި ކޮމިޓްވެގެންދާވަރު ބޮޑުވާނެ، އެހެންވީމަ ސިފައިން، ސިފައިންގެ މަރުކަޒުތަކުގައި ތިބުމަށް މި އެޑްވައިޒް ކުރަމުން މި ދަނީ،". ޝަމާލް ވިދާޅުވިއެވެ.

އަދި ސިފައިންގެ ފޯކަސް ކޮވިޑް-19 އާ ދިމާލަށް އޮތްކަމުގައިވިޔަސް ގާނޫނީ ޒިންމާތައް އާދަ ކުރަމުންދާނެ ކަމަށް ޝަމާލް ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    100 ޕަސެންޓ ސަރުކާރުގެ އިހުމާލު. ސަރުކާރުގެ މަތީ ފަޑި ގައި ތިބި މީހުންގެ އާއިލާ މީހުން ޔޫކޭއިން ސީދާ ގެއަށް ނިކަމެތި ރައްޔިތުމީހާގެ ދަރި ކަރަންޓީނަށް ކޮންމެވެސް ތަނަކަށް. މީ އަދުލު އިންސާފު ތޯ..

    40
    4
    • ފުނަދޫ

      މިވާހަކައިގެ ހަޤީގަކީކޮބައިތޯ

      9
      3
  2. Anonymous

    ކޮންމެވެސް މޮޅެތި ވާހަކަ ދައްކާ ލޮލުން ކަރުނަ ފާއްދާ ރައްޔިތުންގެ ލޮލުގައި އަދުން އަޅުވަން އުޅެނީ. ހަޤީޤަތަކީ ސަރުކާރުގެ އިހުމާލު

    29
    4
  3. ދުާާޑަ

    ސަރުކަާރުގެ އިހްމާލް ވަރަށް ބޮޑު އިނގޭތޯ. ދެން ބުނާނި އެއްޗެއް ނެތް. ނުވިތާކަށް ބައެއް ސަރުކާރު އޮފީސް ތަކުން ދަނީ މުވައްޒަފުން އޮފީހަށް ނިކުތުމަށް ދަންނަވަމުން

    1
    1