މާލެ އިން މިއަދު ކޮވިޑް-19 އަށް ފައްސިވި މީހާ އާއި ޑައިރެކްޓް ކޮންޓެކްޓް ވެފައި ހުރި މީހަކާއި ސެކަންޑްރީ ކޮންޓެކްޓް ވެފައިހުރި މީހަކު އައްޑޫ ސިޓީ ހިތަދޫގައި ހުރުމުން އެމީހުން ދިރިއުޅޭ ގެ ކަރަންޓީން ކޮށްފިއެވެ.
އެގެއަށް ވަދެ ނިކުމެ އުޅުން މިހާރު ވަނީ މަނާކޮށްފައެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭ އިން ވެސް ވަނީ ހިތަދޫގެ ގެއެއް މޮނޮޓަރިންގެ ހާލަތައް ގެނެސްފައިވާ ކަމަށް ވިދާޅުވެފައެވެ. އެޗްޕީއޭ އިން ވިދާޅުވީ މޮނިޓަރިންގެ ހާލަތައް ގެނެސްފައި ވަނީ ނޫމަސްވާދީ، ނަމަކަށް ކިޔާ ގެއެއް ކަމަށެވެ.
މިއަދު މާލެ އިން މީހަކު ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވުމުން އޭނާ އާއި ބައްދަލުވެފައިވާ މީހުން ދެނެގަތުމުގެ މަސައްކަތް މިހާރު ގެންދަނީ ކުރަމުންނެވެ. މިހާތަނަށް އޭނާ އާއި ބައްދަލުވި މީހުންނާއި އަދި އޭނާ އާއި ކައިރީގައި އުޅުނު މީހުންނާއި ބައްދަލުވި 180 އަށް ވުރެ ގިނަ މީހުން ވަނީ ފާހަގަ ކޮށްފައެވެ.
އޭނަ އެކަނިތަ އައީ؟ ކޮބާ މަތިންދާބޯޓުން ދަތުރުކުރި އެންމެން؟ ކޮބާ ވައިގެ ބަނދަރުން ދިމާވި އެންމެން؟