ކޮވިޑް-19 ޖެހިފައި ހުރި މީހަކު މިއަދު މާލެ އިން ފެނުމުން މާލޭގެ އެލާޓް ލެވަލް ރެޑަށް ޖައްސައިފިއެވެ. މިއީ ހަތަރު ވަނަ ދަރަޖައިގެ އެލާޓެވެ.

ކޮވިޑް-19 އާއި ގުޅިގެން ނެރެން އޮންނަނީ ހަތަރު އެލާޓެކެވެ. އެއީ ހުދު، ރީނދޫ، އޮރެންޖް އަދި ރަތެވެ.

ރާއްޖެ އިން ފުރަތަމަ ކޮވިޑް-19 އަށް މީހަކު ފައްސި (ޕޮޒިޓިވް) ވެފައި ވަނީ މާޗް މަހުގެ 07 ވަނަ ދުވަހު އެވެ. އޭގެ 39 ދުވަސް ފަހުން މިއަދު ވަނީ ފުރަތަމަ ފަހަރަށް މާލެ އިން މީހަކު ކޮވިޑް-19 އަށް ފައްސިވެފައެވެ. މިއީ ކޮވިޑް-19 ޖެހިފައި ހުރިކަން އެނގުނު މީހަކާއި ޑައިރެކްޓް ކޮންޓެކްޓެއް ވެފައި ނެތް މީހަކު ރާއްޖެ އިން މިބައްޔަށް ފައްސިވި ފުރަތަމަ ފަހަރެވެ.

ކޮވިޑް-19 އާއި ގުޅޭ މައުލޫމާތު މީޑިއާ އާއި ހިއްސާކުރައްވާ ތަރުޖަމާން މަބްރޫކް އަޒީޒް "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މާލޭގެ އެލާޓް ލެވަލް ރަތައް ޖައްސާފައި ވަނީ މިއަދު މާލެ އިން ކޮވިޑް-19 އަށް ފައްސިވި މީހަކީ ލޯކަލް ޓްރާންސްމިޝަނެއްކަން ކަށަވަރު ވުމުން ކަމަށެވެ.

ލޯކަލް ޓްރާންސްމިޝަނެއް ނުވަތަ އެކަކުގެ ގައިން އަނެކަކުގެ ގަޔަށް ބަލި ފެތުރުން ކަމަށް ބަލަނީ ކޮވިޑް-19 ޖެހިފައި ހުރި މީހަކާއި ބައްދަލުވިކަން އެނގިފައި ނެތް މީހަކުގެ ގައިން ބަލި ފެނުމުންނެވެ. މިއަދު މާލެ އިން ކޮވިޑް-19 އަށް ފައްސިވި މީހަކީ ރާއްޖެ އިން ބޭރަށް ދަތުރުކޮށްފައި ނެތް އަދި ބަލި ޖެހިފައި ހުރި މީހަކާއި މީގެ ކުރިން ބައްދަލުވިކަން އެނގިފައި ނެތް މީހެކެވެ.

ރާއްޖެ އިން ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައި ވަނިކޮށް މާލެ އިން ކޮވިޑް-19 ޖެހިފައި ހުރި މީހަކު ފެނުމާއި އެކު މާލެ މިހާރު ވަނީ މާދަމާ 15:30 އާއި ހަމައަށް ފުރަބަންދު (ލޮކްޑައުން) ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކޮތަރު

    އެލާރޓްގެ ކުލަތައް ކިތައްމެ ގިނަވެފައި ރީއްޗަސް މަގުމަތީގަ މީހުން އުޅެނީ ހެސްކިޔާފަ. ސައިކަލްތަކުގަ ދެކޮޅަށް ދުއްވާނަގަނީ. ބޮންދުންވެސް ބައިސްކަލްތަކުގަވެސް މިތިބަ ތެޅިބާލަނީ. ފުލުހުންނާ ސިފައިން ތިޔަބުނާ އެޓެންޑެއްވަނީ ބޮޑުންގެ ގޭގޭގެ ކުޑަދޮރުތަކުން ބަލާލީމަ ފެންނަ ހިސާބުތަކުގަހެން ހީވަނީ.

    26
    4
    • Anonymous

      މިހާރު ބޮންދުން ނޫޅޭނެ ބައިސްކަލްތަކުގައި އެ މީހުން އުޅެނީ ބޮޑެތި ސައިކަލްތަކުގައި

  2. ކާފަ

    ފުރަބަންދު އުވަިނުލާ... ޕލޒ... ބަނޑުހައި ހޫނުކަމަށަ ކެއްކިރެވިދާނެ،،، އެކަމުގެ ފަރުވާވެސް އެނގޭ.. އެކަމަކު ތި ވައިރަސްއެއްނޫން......

    7
    1