މާލޭގައި އެކަކު ގައިން އަނެކަކު ގަޔަށް ކޮވިޑް-19 ފެތުރެން ފަށައިފިކަން ކަށަވަރު ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއަދު މާލެ އިން ކޮވިޑް-19 އަށް ފައްސިވި ދިވެއްސަކީ ލޯކަލް ޓްރާންސްމިޝަންއެއްކަން މިހާރު ކަށަވަރުވެފައިވާ ކަމަށެވެ.
"އެކަން ކަށަވަރުވުމުން ރެޑް އެލާޓް ނެރުނީ." ވަގުތު އަށް މައުލޫމާތު ދެއްވަމުން ކޮވިޑް-19 އާއި ގުޅޭ މައުލޫމާތު ދެއްވާ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވިއެވެ.
ކޮވިޑް-19 ފެތުރެމުންދާ ގައުމަކަށް ދަތުރުކޮށްފައި ނެތް، އަދި ބަލި ޖެހިފައި ހުރި މީހަކާއި ބައްދަލުވެފައި ހުރިކަން ވެސް ނޭނގޭ މީހަކަށް ކޮވިޑް-19 ޖެހުމަކީ ލޯކަލް ޓްރާންސްމިޝަންއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަލީ ލަތީފް ވިދާޅުވީ، މާލެއިން ފައްސިވި މީހާއަށް އެ ބަލި ޖެހުނު ގޮތެއް އަދި ނޭނގޭ ކަމަށެވެ. އޭނާ ވިދާޅުވީ މިހާރު ހޯދިފައިވާ މައުލޫމާތުތަކަށްބަލާއިރު، އެ މީހާއަށް ބަލިޖެހިފައިވުމުގެ ފުރުސަތު ބޮޑި، އެ ބައްޔަށް ޕޮޒިޓިވްވެ، އެކަމަކު ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ މީހެއްގެ ފަރާތުން ކަމަށެވެ.
ނަމަވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން "ވަގުތު" އަށް މައުލޫމާތު ދެއްވަމުން މިރޭ ވިދާޅުވީ މިއަދު މާލެ އިން ކޮވިޑް-19 އަށް ފައްސިވި ދިވެއްސަކީ ލޯކަލް ޓްރާންސްމިޝަންއެއްކަން މިހާރު ކަށަވަރުވެފައިވާ ކަމަށެވެ.
ކޮވިޑް-19 މުޖުތަމަޢުގެ ތެރޭގައި ފެތުރުން ހުއްޓުވަން ކުރެވޭނެ ކަމަކީ އާއްމުން ބޭރަށް ނިކުމެ އުޅުން ހުއްޓާލުމެވެ. އެންމެ ބާރަށް ބަލި ފެތުރެމުންދާ ގައުމުތަކުގައި ވެސް ބަލި ކޮންޓްރޯލް ކުރެވޭ މަންޒަރު ފެންނަން ފަށާފައި ވަނީ އާއްމުން ބޭރަށް ނިކުތުން ހުއްޓާލުމުންނެވެ.
ކޮންމެހެން ގެއިން ބޭރަށް ނިކުންނަން ޖެހިގެން ނިކުތް ނަމަވެސް ގެއަށް އާދެވުމާއި އެކު އެންމެ އިސްކަމެއް ދީގެން އަތް ދޮވެ، ސާފުތާހިރު ވާން ޖެހެއެވެ. އެއީ ބޭރުން ވައިރަސްގެ އަސަރެއް ކޮށްފައި ހުރިނަމަ އެކަމުން ސަލާމަތްވުމަށްޓަކައެވެ.
ލޯކަލް ޓްރާންސްމިޝަން ގެ މާނަޔަކީ ކޮބާކަން ބުނެލަދީބަލަ ކޮންމެވެސް ކުއްޖެއް.
މާނަ އަކީ އެމީހާ ގަޔަށް ވައިރަސް އެރީ މާލޭ އެހެން މީހެއްގެ ފަރާތުންނޭ .
ކަލޯ! މިއަދު ލޮކްޑައުން ކުރާކަން އެނގިގެން ރަށްރަށަށް ފުރައިގެން ދިޔަމީހުންކޮބާ؟ އެމީހުންގެ ފަރާތުން ރަށްތަކަށް މިބަލި ފެތުރުމުގެ ވަރަާްބޮޑު ފުރުސަތެއް އެބައޮތް! އެރަށްރަށުގެ ރައްޔަތުން ފަރުދީޒިންމާ އަދާކުރުމުގެ ގޮތުން އެ ރަށްރަށަށް ދިޔަމީހުން ހޯދާ ރަށުންބޭލުމަކީ ވަރަށް މުހިންމުކަމެއް!
ކީކޭތަ މި ޚަބަރުގަަ މި ބުނަނީ
މާނައަކީ އެއްވެސް ގައުމަކަށް ދަތުރުކޮށްފަ ނުވާ މީހަކަށް ބަލިޖެހުމޯ.
ބަލި އެރިގޮތެެއް ނޭގި ނުވަތަ ބަލި ޖެހި އެކަމުގެ އެއްވެސް އަސަރެއް ނުފެނިފައިވާ މީހެއްގެ ފަރާތުން އަނެއްމީހާ އަށް ބަލި ޖެހުން!
އެތެރޭގެ ކޯލުތައް
ބައްޔަށް ޕޮޒިޓިވްވެ، އެކަމަކު ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ މީހެއްގެ ފަރާތުން އެހެންމީހުންނަށް ބަލިފެތުރުން
ކޮވިޑް19 ޖެހިފައިވާ ދިވެއްސެއްގެ ގައިން ފެތުރެމުންދާ ވާހަކަ އެއީ
ކެނެރީގޭ ދަންނަ ކަލޭގެ ނުވެގެން އުޅުނު ކަންތައް މިވީ މިހެން މިބުނެލީ މިކަން ސިޔާސީ ކަމަކަށް ހެދުމުގެ ބޭނުމަކު ނޫން ކޮންމެ ދިވެހިރައްޔިތަކުވެސް ގަބޫލުކުރަން ޖެހޭނެ ހަގީގަތް މިހެން މިކަން ވާން ދިމާވީ ކޮންމެވެސް ބައެއްގެ އިހުމާލުންކަން ހޯމް އައިސޮލޭޝަން މިއޮތީ އަތައް ގޮވާފަ މިއީ ކަނޑައެޅިގެން ކުރި ކަމެއް ކޮށްފަ މިވެނި ވަރަކަށް މީހުން މަރުވާނެ އޭ ރައްރަށުގައި ފެތުރޭނެއޭ ކިޔާފަ މޮޅެތި ވާހަކަ ދެއްކީމަ އަހަރުމެން ވެސް އެންގޭ ވާހަކަ ދައްކާނަން
ޢައްނި ފުރަތަމަ ބުނީ ކޮވިޑު ރާއްޖެ އަންނާނެ ވާހަކަ. މިހެން ބުނިތާ ދެތިން ދުވަސް ތެރޭ ކޮވިޑު ފެނުނު. ދެން ބުނީ 2000 މީހުންނަށް މި ބަލި ޖެހޭނެ ވާހަކަ. މިހެން ބުނިތާ މާގިނަ ދުވަހެއް ނުވަނީސް މާލެއިން މިބަލި ފެނިއްޖެ. މީނައަށް މިހުރިހާ ކަމެއް އިނގެނީ ކިހިނެއްބާ؟؟؟
އަންނި އެބުނި އެއްޗެއް ނަފީކޮށްލެވޭ ވަރުގެ މޮޅު ޒިކުރެއް މުއްލާއިންނަކަށް ނޭނގުނު ދޯ؟
މި ބަލިމަޑުކަމުން އަޅަމެން ސަލާމަތް ކޮށް ދެއްވާށި ޔާ ﷲ. އިބަރަސްކަލާނގެ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އަށްޓަކާ.....
ނިކަމެތިންނަށް ރާއްޖެ ނާދެވިފަ ވަނިކޮށް މިވެރިންގެ އާއިލާތައް ބޭރު ޤައުމުތަކުން ރާއްޖެ ގެނެސް އުސޫލުތަކާ ހިލާފަށް ކަރަންޓީނަށް ނުފޮނުވާ އައިސޮލޭޝަނަށް ގެޔަށް ފޮނުވީމަ ވާނެ އެއްޗެއް ވެފަ މިއޮތީ
އޭނާ ރާއްޖޭގެ ރިސޯޓަކށް ނުވަތަ ގެސްޓު ވިޔަފާރޮ ކުރާ ރަށަކށް ދިޔަބާ. ނުވަތަ ރިސޯޓެއްގަ ހުރިފަ އައި މީހަކާ ބައްދަލު ކުރިބާ
މިޔަދު މާލެއިން ވަރައްގިނަ ބަޔަކުވަނީ ފައިބާފަ ރައްރަށައް ފުރާފަ މީ ވަރައް ނުރައްކާކަމެއް މާލެ ލޮކުޑައުން ކުރާނެކަން އިގިގެން ވަރައް މީހުން.ފޭބި
އައްނީގެ އަނގަ ވިހަކަން މި މީހުން ކަންކަން ސިއްރު ކުރަން ހަދައިގެން ޖެހޭ މުސީބާތް މާތްﷲ ދިވެހި މުސްލިމް އަޚުންނާއި އުހުތުން އަދި ދުނިޢޭގެ އެންމެހާ އިންސާނުން މި ބަލިމަޑުކަމުން ސަލާމަތް ކުރައްވާށި، އާމީން
އެއީ ޓީވީ މެދުވެރިކޮއް ކޮވިޑުގެ ވާހަކަ ޓުރާންސްމިޓް ކުރާވާހަކަ...
މިވަގުތު މީ އެބަޔަކު ތިބި ތާކު މަޑުން ތިބެންވީ ވަގުތު. ރަސޫލާ(ސ) އަންގަވާފައިވާ ގޮތަށް އަމަލު ކޮށްގެން ލިބޭނެ ދެރައެއް ނޯންނާނެ. މިވަގުތު ފުރަފުރައިގެން ރައްތަކަށް ދިޔުން ބުއްދިވެރިޔެއް ނުން. ބައްޔަށް ފިލަން ކަމަށް ކޮންމެ ތާކަށް ދިޔަސް ﷲ ގެ އިރާދަފުޅާއި މިންވަރުފުޅު އިންނާނީ. ޢެކަމަކަށް އެންމެ މުނާސަބު ވަގުތުގައި އެކަމެއް ވާނެ. ޢެހެންކަމުގައި ސަބަބު ތަކުގައި ހިފައި އެބަޔަކު މިވަގުތުގައި ތިބި ތާނކު މަޑުން ތިއްބަވާ. މިވަގުތުގައި އަމިއްލަ އެދުން އިސްނުކޮށް އެންމެންގެ ސަލާމަތާއި ރައްކާތެރިކަން އިސްކުރަށްވާ. ރަސޫލް (ސ) ގެ ނަބަވީ އިރުޝާދު ތަކަށް ބޯލަނބާ.
މީ ގޭގަ ތިބެންވީ ވަގުތު މިއީ ޕިކުނިކު ދާންވީ ވަގުތެއް ނޫން އަދި ޢެހެން ތަނަކައްވެސް ދާންވީ ވަގުތެއްނޫން މިޔަދު މާލެއިން ފެނުނު ކޭހަކީ ވަރައް ނުރައްކާ ކޭހެއް އަދި މިޔަދު މާލެއިން ފުރާފައިވާ މީހުން ދިޔަ ރައްރަށަކީ މިކަމުގެ ނުރައްކާ ނެތް ރައްތަކެކޭ ނުބުނެވޭނެ ތިމާގެ ސަބަބުން ތިމާގެ މައިން ނުވަތަ ދަރިން މިދުނިޔެ ދޫކޮއް ދާން ނޭދޭނަމަ ގޭގަ މަޑުކުރޭ ނޫނީ ވަގުތު ފާއިތުވެދާނެ
ރައްޔިތުން ނުރައްކލަށް ހުށަހެޅީ ސަރުކާރުން.
ވަގުތު ލިބި އެއްވެސް ތައްޔާރީއެއްނުވޭ. ލޮކްޑައުން ކުރަން އެގުނީ އެތައް ގަޑިއިރެއް ފަހުން. ކާެއްޗެހި ލިބޭނެޔޭ ކިޔަމުން ދިޔައީ. ގެއިން ނުނުކުމެ ތިބި މީހުނަށް ފެން ފޮދެއްވެސް ނުލިބުނު. ޑެލިވަރީ ކުރާނެ ކަމަށް ސިޓީކައުންސިލުން ވީ ވައުދުތައް ކޮބާ؟މާލެޔަށް ހައެއްކަ ފިހާރައިން ޑެލިވަރ ކޮށްދެވޭތަ؟ ޜައްޔިތުން ކައިރީ ގޭގަތިބެން ބުނީމަ ވާޖިބު އަދާވީ ބާ؟
ޔާﷲ އަޅަމެން އެންމެހައި މީހުން މި ބަލިތަކުން ރައްކާތެރި ކުރައްވަދޭ
ސަރުކާރުގެ އިސްމީހުން ލޮކްޑައުން ނުގޮސް އެމީހުން މާލެތެރެއަށް ދޫވުމުގެ ހިތި ނަތީޖާ މިއީ....