ރާއްޖެ އާއި އިންޑިއާގެ މަސްލަހަތު ނަގާލަން ނަޝީދު ކުރައްވާ އެއްވެސް ކަމެއް ކާމިޔާބެއް ނުވާ ކަމަށް ވެރިކަން ކުރާ ޕީޕީއެމް އިން ބުނެފިއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ ކުރީގެ ރައީސް ނަޝީދުގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖޭގެ ރައްޔިތުންނާއި އެހެންގައުމުތަކުގެ ރައްޔިތުންނާއި ޖެއްސުން ކަމަށެވެ.

"މިކަހަލަ ވާހަކަތައް ދައްކައިގެން މިކުރާ މައްސަކަތަކީ ރާއްޖެއާއި އިންޑިއާ ދެމެދު އޮތް އެކުވެރި ގުޅުން ކަޑާލުމަށް ކުރެވޭ މައްސަކަތް ތަކެއް ނަޝީދު އެކުރައްވަނީ" ހަލީލް ވިދާޅުވިއެވެ.

ހަލީލް - ވަގުތު އިމޭޖެސް: އަޝްހާދު އަބްދުﷲ

ހަލީލް ވިދާޅުވީ ނަޝީދު އެ ހީކުރައްވަނީ އެގޮތަށް ރާއްޖެއާއި އިންޑިއާ ގުޅުން ގޯސްކުރުވުމަށް ފަހު އިންޑިއާގެ އެހީތެރިކަމާއެކު ވެރިކަމަށް އާދެވޭނެ ކަމަށެވެ.

ހަލީލް ވިދާޅުވީ ޗައިނާގެ އިންވެސްޓަރުން އިންވެސްޓު މި ކުރަނީ ހަމަ އެހެން ގައުމުތަކުގެ ފަރާތްތަށް ވެސް އިންވެސްޓް ކުރާ ގޮތަށް ކަމަށާއި ސަރުކާރުން ހުރިހާ އިންވެސްޓަރުންނަށްވެސް ފުރުސަތު ދެނީ އެއް އުސޫލަކުން ކަމަށާއި އަދި ފުރުސަތު ދެނީ ވެސް އެގޮތަށް ކަމަށެވެ.

އަވަށްޓެރި ސްރީލަންކާގެ އެންމެ ބޮޑު އެއް ކުންފުނިކަމަށްވާ ކެޕިޓަލް މަހާރާޖާ ގްރޫޕްގެ އަހަރީ ޖަލްސާގައި މެހުމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ރާއްޖޭގައި މިހާރު ޖެހިގެން އުޅޭ މައިގަނޑު މައްސަލަތަކަކީ ދާދި ފަހުން އުފެދުނު 2 މައްސަލައެއް ކަމަށެވެ.

ނަޝީދު ވިދާޅުވީ ރާއްޖޭގައި ހިނގަމުންދާ ކަންކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާކަމަށާއި، އެވާހަކަ ދެއްކެވުން ހުއްޓަވާ ނުލައްވާނެކަމަށެވެ.

"އެއީ ދައުލަތުގެ ތެރޭގައި އިތުރު ދައުލަތެއް އުފެއްދުމާއި، ބިންތައް ފޭރިގަތުމަށް އިރުމަތީގެ ޤައުމުތަކުން ގެންގުޅޭ ސިޔާސަތުގެ ދަށުން ދައުލަތަށް ނުފޫޒު ފޯރުވުމަށް ކުރަމުންދާ ކަންތައްތައް" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މިއީ ހިތާމަހުރި އަދި ގެއްލުންހުރި ކަންތައްތައްކަމަށެވެ. ނަޝީދު ވިދާޅުވީ އެދަރަނިތައް އަދާނުކުރެވުނީމަ ދޫކޮށްލަން ޖެހެނީ ޤައުމުގެ އިސްތިޤްލާލުކަމަށެވެ.

ނަޝީދު ވިދާޅުވީ ބިންތަކަށް ވެރިވެގަތުންމުގެ ސިޔާސަތުގެ ދަށުން ބައެއް ޤައުމުތަކުން ހުދުމުޚުތާރު ވެރިން އެހެން ޤައުމުތަކުން ހޯދައި، އެވެރިންނަށް މަދަދުވެރިވާކަމަށެވެ.