މިއަދު މާލެ އިން ކޮވިޑް-19 އަށް ފައްސިވި މީހާއާއި ބައްދަލުވި މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ ވިދާޅުވީ މިއަދު މާލެ އިން ކޮވިޑް-19 އަށް ފައްސިވި މީހާ އާއި ޑައިރެކްޓް ކޮންޓެކްޓްވި މީހަކުގެ ސާމްޕަލް ނަގައިގެން ޓެސްޓް ކުރިއިރު އޭނާ އަށް ބަލި ޖެހިފައި ހުރިކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ.
އެހެންކަމުން މާލެ އިން ކޮވިޑް-19 ދެމީހަކަށް ޖެހުނުކަން މިހާރު މިވަނީ ކަށަވަރު ވެފައެވެ. އަދި ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިވަނީ 22 އަށް އަރާފައެވެ.
މާލޭގައި އެކަކު ގައިން އަނެކަކު ގަޔަށް ކޮވިޑް-19 ފެތުރެން ފަށައިފިކަން މިހާރު ވަނީ ކަށަވަރު ވެފައެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން "ވަގުތު" އަށް މައުލޫމާތު ދެއްވަމުން މިރޭ ވިދާޅުވީ މިއަދު މާލެ އިން ކޮވިޑް-19 އަށް ފައްސިވި ދިވެއްސަކީ ލޯކަލް ޓްރާންސްމިޝަންއެއްކަން މިހާރު ކަށަވަރުވެފައިވާ ކަމަށެވެ. އޭނާގެ ގައިން އިތުރު މީހަކަށް އަނެއްކާ ބަލި ޖެހުނު ކަން ކަށަވަރު ވުމުން ރާއްޖޭގެ ހާލަތު މިހާރު އޮތީ ނުރައްކާތެރި ފައްތަރެއްގައި ކަމަށް ބެލުމުގެ ޖާގަ އެބައޮތެވެ.
ކޮވިޑް-19 ފެތުރެމުންދާ ގައުމަކަށް ދަތުރުކޮށްފައި ނެތް، އަދި ބަލި ޖެހިފައި ހުރި މީހަކާއި ބައްދަލުވެފައި ހުރިކަން ވެސް ނޭނގޭ މީހަކަށް ކޮވިޑް-19 ޖެހުމަކީ ލޯކަލް ޓްރާންސްމިޝަންއެވެ.
ކޮވިޑް-19 މުޖުތަމަޢުގެ ތެރޭގައި ފެތުރުން ހުއްޓުވަން ކުރެވޭނެ ކަމަކީ އާއްމުން ބޭރަށް ނިކުމެ އުޅުން ހުއްޓާލުމެވެ. އެންމެ ބާރަށް ބަލި ފެތުރެމުންދާ ގައުމުތަކުގައި ވެސް ބަލި ކޮންޓްރޯލް ކުރެވޭ މަންޒަރު ފެންނަން ފަށާފައި ވަނީ އާއްމުން ބޭރަށް ނިކުތުން ހުއްޓާލުމުންނެވެ.
ކޮންމެހެން ގެއިން ބޭރަށް ނިކުންނަން ޖެހިގެން ނިކުތް ނަމަވެސް ގެއަށް އާދެވުމާއި އެކު އެންމެ އިސްކަމެއް ދީގެން އަތް ދޮވެ، ސާފުތާހިރު ވާން ޖެހެއެވެ. އެއީ ބޭރުން ވައިރަސްގެ އަސަރެއް ކޮށްފައި ހުރިނަމަ އެކަމުން ސަލާމަތްވުމަށްޓަކައެވެ.
ކޮން ފައްސިި އެއްތަ. ޕޮޒިޓިވް ލިޔެބަ ހެޔޮނުވާނެ.
ސަރުކާރު ގޯހީ، މި ކަމަކީ ސަރުކާރުން ގެނެސްގަތް ކަމެތް، އެންމެ ފުރަތަމަ ދުވަހުވެސް ރާއްޖެ އައް ވަދެ ނުނުމެވޭ ގޮތް ހެދިނަމަ މިހިން ނުވީސް.
ވަގު ނުރަބޯ ހަމަ މިހާރު އިސްތިއުފާ ދޭންޖެހޭ! ގޯތި ކުދިންކޮޅު ބޭރުންގެނެސް ކަރަންޓީނަށް ނުފޮނުވާ ގެއަށް ގެންދިޔަ ނުރައްކާތެރި އަމަލު އޭނަ ބޮލު އަޅަންޖެހޭ!
ރިޒޯޓު ތަކުގަ ތިބި މުއައްޒަފުން ދޫކުރުމުގެ ސަބަބުން އެތައްބަޔަކަށް އޭގެ އަސަރު ކުރުން ކައިރި ކަމަށް ބެލެވޭ، އަދި ބޭރުން އެތެރެވިމީހަކު ކަރަންޓީނު ނުކޮށް ދޫކުރެވިފަވުން.
ނުވެގެން އުޅުނު ކަންތައް ވެ ނިމުނީ. އަލިފް ހާ !
މީހަކުތަ ނުވަތަ އޭނަގެ ދަރިފުޅުތަ.. ؟ މައުލޫމާތު ލިބޭގޮތުގަ އޭނަގެ ދަރިފުޅު ޕޮޒިޓިވްވީ
މިބަލި ރާއްޖޭގައި ކޮންޓްރޯލް ކުރެވޭނީ ރާއްޖޭގެ ހުރިހާތަނެއް އެއްމަސް ދުވަސްވަންދެން ލޮކްޑައުންކޮށްގެން. ކާބޯއެއްޗެހިވީ ޑެލިވަރކޮށްދޭން. ޑެލިވަރީ ކުދިންކޮޅު ފުލްހަޒްމަޓް ކިޓުގައި. ވަޒީފާއަށް ނުނިކުންނަންވީ. ކޮންމެހެން ނުކުންނަންޖެހޭ ހާލަތެއްގައި ފުލް ކިޓުގައި ނުކުންނަންވީ. އާދައިގެ މާސްކުން ބަލިޖެހުމުގެ ފުރުސަތުއޮވޭ. N95 Respirator Mask އެޅިޔަސް ލޮލުގައި އަތްލުމުން އިންފެކްޓްވީ. ސާޖަރިކަލް މާސްކް އެޅީމަ ބަލި ފެތުރުން ކުޑަކުރެވުނަސް ފެތުރުން ނުހުއްޓުވޭ. އެންމެ ރަނގަޅުގޮތަކީ ގޭގައި މަޑުކުރުން. ބަލި ނުޖެހި 1މަސް. ބަލި ޖެހިއްޖެއްޔާ، ނޫނީ ބަލީގެ އަލާމާތެއް ފެނިއްޖެއްޔާ މުޅިގެ ލޮކްޑައުން ކުރަންވީ. މާލެއަކީ އެންމެން ފިތިބާރުވެގެން އުޅެންޖެހޭ ތަނެއްކަމުން އެކަކަށް ޖެހިއްޖެނަމަ އެންމެނަށްވެސް ޖެހުނީކަމަށް ބަލަންވީ. ބަލި ރަނގަޅުވުމަށްފަހު 1މަސްދުވަސްވަންދެން ގޭގައި މަޑުކުރަންވީ. މިއީ ބޮޑާވާންވީ ވަގުތެއް ނޫން. މިބަލިމަޑުކަން ސުނާމީ ކާރިސާއަށް ވުރެ ބޮޑުވެދާނެ. އެދުވަސްވަރު ދިވެހިން ދެއްކި އެއްބައިވަންތަކަން މިއަދު ދައްކަންވީ. މިގޮތަށް އަމަލު ކޮށްފިއްޔާ އިރާދަކުރެއްވިއްޔާ ރޯދަ ނިމެންވާއިރަށް ރާއްޖެ ސަލާމަތްވެދާނެ. ނަޝީދުގެ ބަދުބަސްތަކުންވެސް ސަލާމަތްވެދާނެ. އެކަމަކު މިގޮތަށް ކަންތައް ނުކޮށްފިއްޔާ އަމިއްލަ ހިތަށްގެންނަވާ ވާނޭގޮތް. ކޮންމެހެން ސަރުކާރު ފިޔަވަޅު އަޅަންދެން މަޑުކުރަންވީއެއް ނޫން. އަމިއްލައަށް ފިޔަވަޅު އަޅަންވީ.
މާތްﷲ ހުރިހާ ރައްޔިތުންނަށްވެސް އަމާންކަމާއި ރައްކާތެރިކަން މިންވަރުކުރައްވާންދޭވެ.
މމމމމމއެ މީހާގެ 3 އަހަރުގެ ދަރިފުޅޭ ކިޔާ އަޑު އިވޭ. އަވަސް ޝިފާއެއް މިންވަރު ކުރައްވާޝި. އާމީނަ
އަލް ބަޤަރާ ގެ 155 ވަނަ އާޔަތާއި 156 ވަނަ އާޔަތުލް ވެސް މިއީ އިމްތިޙާނެއްގެ ކަން އެނގޭ