މާލެއިން އަނެއްކާ ވެސް އިތުރު މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިހާރު މިކަން ކަށަވަރުކޮށްދީފައި ވާއިރު، މިއީ މާލެ އިން މި ވައިރަސް އަށް ފައްސިވި 3 ވަނަ މީހާއެވެ.
މިކަން ހާމަކޮށް އެޗްޕީއޭއިން ދާދި ދެންމެއަކު ކުރި ޓްވީޓެއްގައި ބުނެފައިވަނީ، މާލެ އިން ކޮވިޑް-19 އަށް ފައްސިވި ތިންވަނަ މީހާއަކީ މާލެ އިން އެންމެ ފުރަތަމަ މި ބަައްޔަށް ފައްސިވި މީހާ އާއި ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ މީހެއް ކަމަށެވެ.
Samples taken from a Maldivian national who was a Direct Contact of Case: MAV021 has tested POSITIVE for #COVID19.
This is the 3rd person to became POSITIVE for COVID-19 in Malé.
— Health Protection Agency (@HPA_MV) April 15, 2020
މާލެއިން އެންމެ ފުރަތަމަ ކޮވިޑް-19 ޖެހިފައިވާ މީހަކު ފެނުނީ އިއްޔެ ހެނދުނު އެވެ. ދެވަނައަށް މި ބައްޔަށް މާލެ އިން ފައްސި ވެފައިވަނީ އޭނާގެ އުމުރުން ދެ އަހަރުގެ ތުއްތު ދަރިފުޅެވެ.
"ވަގުތު" އަށް އެނގިފައިވާ ގޮތުން މާލެ އިން ކޮވިޑް-19 އަށް ފައްސިވި ތިންވަނަ މީހާ އަކީވެސް، މި ބައްޔަށް އެންމެ ފުރަތަމަ މާލެއިން ފައްސިވި މީހާ އާއި އާއިލީ ގޮތުން ގުޅުން އޮންނަ މީހެކެވެ.
BREAKING NEWS: Covid-19: Maaleyge Furathama 3 Case Ves 1 Aaailaa Akunhttps://t.co/vH4Ti4J2pc
— Vaguthu Online (@VaguthuOnline) April 15, 2020
މާލެ އިން ތިންވަނަ މީހަކު ކޮވިޑް-19 އަށް ފައްސިވުމާއި އެކު މިހާރު ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިވަނީ 23 އަށް އަރާފައެވެ. މީގެ ކުރިން މާލެ ފިޔަވައި މި ބަލި ފެނިފައި ވަނީ ރިސޯޓު ތަކުންނެވެ. މާލޭގެ ތިން ކޭސްވެސް ފެންމަތި ވެފައި މިވަނީ 24 ގަޑިއިރު ތެރޭގައެވެ.
މާލެ އިން ކޮވިޑް-19 އަށް އެންމެ ފުރަތަމަ އިއްޔެ އަންހެނަކު ފައްސި ވުމާއި ގުޅިގެން އިދާރާތަކުން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކޮށް، އޭނާ އާއި ބައްދަލުވެފައިވާ ފަރާތްތަކުގެ ޓެސްޓުތައް ހަދަމުންދާއިރު، އޭނާގެ ފިރިމީހާގެ ޓެސްޓާއި، އޭނާ އާއި ސީދާ ބައްދަލުވި އިތުރު 9 މީހެއްގެ ޓެސްޓްތަކުގެ ނަތީޖާ ވަނީ ނައްސި ވެފައެވެ. "ވަގުތު" އަށް އެނގިފައިވާ ގޮތުން އަންހެން މީހާގެ ބޮޑު ދަރިފުޅުގެ ނަތީޖާވެސް ވަނީ ނައްސިވެފައެވެ.
މާލެއިން އިއްޔެ ހެނދުނު ކޮވިޑް-19 އަށް ފައްސިވި މީހާއަކީ ފާއިތުވެދިޔަ ދުވަސްތަކުގައި ރާއްޖެއިން ބޭރަށް ދަތުރުކޮށްފައިވާ މީހަކަށް ނުވާއިރު، މުޖުތަމަޢުގެ ތެރޭގައި ފުރަތަމަ ފަހަރަށް ވައިރަސް ފެތުރެން ފަށާފައިވާކަން ވަނީ ޔަޤީންކުރެވިފައެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން "ވަގުތު" އަށް މައުލޫމާތު ދެއްވަމުން މިރޭ ވިދާޅުވީ މާލެ އިން ކޮވިޑް-19 އަށް ފުރަތަމަ ފައްސިވި ދިވެއްސަކީ ލޯކަލް ޓްރާންސްމިޝަންއެއްކަން މިހާރު ކަށަވަރުވެފައިވާ ކަމަށެވެ. އޭނާގެ ގައިން އިތުރު މީހުންގެ ގަޔަށް ބަލި ޖެހުނު ކަން ކަށަވަރު ވުމުން ރާއްޖޭގެ ހާލަތު މިހާރު އޮތީ ނުރައްކާތެރި ފައްތަރެއްގައި ކަމަށް ބެލުމުގެ ޖާގަ އެބައޮތެވެ.
ކޮވިޑް-19 ޖެހިފައި ހުރި މީހަކު މާލެ އިން ފެނުމުން މާލޭގެ އެލާޓް ލެވަލް އިއްޔެ ވަނީ ރަތައް ޖައްސާފައެވެ. ރަތް އެލާޓް ނެރެނީ އެއްވެސް ގައުމަކަށް ދަތުރުކޮށްފައި ނެތް މީހުންގެ މެދުގައި ބަލި ފެތުރެން ފެށުމުންނެވެ.
ޙަބަރު ގެނެސްދޭތީ ގޯސް މިވަނީ ވަގުތު ނޫސް. ކޮން މެވެސް ބައެއްގެ އިހު މާލުން މިބަލި މިފެތުރެނީ. ބަލި މީހުން ހާ މަ ނުކޮށް މިޅި މާލެ އޭރިޔާ ލޮކްޑައުން ކޮށްގެން މިޖަހާ ސަކަރާތް މާލަސް. ނަން ހާ މަ ކުރީ މަ އެހެން މީހަކަށް ވެސް އިނގޭނީ އެ މީހަކު ކައިރިއަށް ދެވިފައި ހުރެއްޖެނަ މަ. އަވަހަށް ބަލި ޓްރޭސްކުރުން މުހިން މީ.
ޕޭޝެންޓުގެ މައުލޫމާތު ހިއްސާ ނުކުރިޔަސް އެއީ ކޮން އޮފީހެއްގަ އުޅޭ މީހެއްތޯ ބުނެބަލަ
އިލެކްޝަނެއް އަންނައިރަށް ނަމާއި އެޑްރެހާއި އައިޑީ ނަންބަރާއި ވޯޓުލާންޖެހޭ ތަނާއި ފޮޓޯ ހާމަކުރެވޭ. އާންމުކުރެވޭ. އާންމު ޞިއްޙަތަށް ބޮޑު މުޞީބާތެއް ކުރިމަތިވީމާ ނަމެއް ހާމައެއް ނުކުރެވޭ. މީހެއްގެ ނަމަކީ ޒާތީ މައުލޫމާތެއް ނޫން. އެކަމަކު އެމީހާގެ ހާލަތު ބަޔާންކުރުމަކީ ޒާތީ މައުލޫމާތެއް. ތިމާމެން ހިތަށް އެރީމާ މީހާގެ ނަން ޒާތީ މައުލޫމާތަށް ވެފައި، ތިމާމެން ބޭނުންވީމާ މީހާގެ ނަން ޒާތީ މައުލޫމާތަށް ވަނީ ކީއްވެ؟
Test kit thah hama rangalhutha
ރައްބުލް ކާއިނާތުގެ އަމުރުފުޅު ތަކަށް ފުރަގަސްދީ ޑިމޮކްރަސީ ކުރިއަށްނެރެ ހުޅަނގަށް ބޯލެނބި އިންސާނުންތައް މިއަދު ކޮބައިތަ ކަލޭމެންގެ އެކުވެރިން މިއަދު ކޮބައިތަ ލޮލަށް ނުފެންނަ ކުޑަކުޑަ މަޚްލޫގެއް މެދުވެރި ކުރައްވާ ބޮޑާވެގަތް އިންސާނާގެ އާރެއް ބާރެއް ނެތްކަން ހާމަކުރެއްވި މާތްﷲ ގެ ކުޅަދުންވަންތަވެރި ކަމާއެވެ !
ކަލޭ ކިޔަމަން ވެގެން ހުރިމީހާ ދެން ރައްބުލް ކާއިނާތު ސަލާމަތް ކުރައްވާނެތާ
ފުލުހުންގެ ބޮޑުން ސިޔާސީނުވެ މާލެއައް މިބަލި ފެތުރެންދިމާވިސަބަބު ތަހުގީގުކޮއްދޭންޖެހޭ ސަރުކާރުންވަނީ ބައެއްމީހުން އެއާރްފޯޓް ބަންދުނުކޮއްވަގުތުދީ އެތެރެކޮއް ދޫކޮއްލާފަ ވީމަ އަމިއްލަފަރާއްތަކުންވެސް ކޯޓްތަކައްގޮސް މިއަމުރު ފުލުހުންގެ މައްޗައްނެރެންވެއްޖެ ކުރެއްދޫ މައްސަލަބެލިހެން ސަރުކާރުން މިބަލި ރާއްޖެ އެތެރެވީ ސަރުކާރުން ބަލަހައްޓަމުން ދާވައިގެ ބައަނދަރުން ރާއްޖެއައް ބަންގާޅީންވެސް އެތެރެކުރީ މިތަނުން މީމިވަގުތު ގައުމައްދިމާވި އެއްމެ ބޮޑު ދެކާރިސާ ވީމަ މިނިވަން ކޮމިޝަނަކުން ޖެހޭތަހުގީގުކުރަން ނޫންނަމަ މާލެއައް ރާޖެއައްމިބަލި ނުފެތުރޭނެ ލެއްގީ އެއްނޫން ޕާސްޕޯޓްބޭނުން ކޮއްރާއްޖެއައް އެތެރެކުރެވުނީ ބޭރުމީހުންވެސް ދެމަސްވަންދެން ގެނެވުނު އެތެރެކުރެވުނު ޓުވަރިސްޓުން ނައްވުރެ މުޅިގައުމައް ރައްޔިތުންނައްލިބުނު ގެއްލުންބޮޑުއެހާ
މާލެއިން އިތުރު މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އޭ ކިޔާފައި ހެޑިން ޖެހިއަސް ކުރާނެ ވަކި ކަމެއް ނެތް! މީގެ ދުވަސް ކޮޅެއް ކުރީން އަޅުގަޑުމެން ކިޔަމުން ދިޔައީން ބޭރުން މީހުން ލަވަޖަހަމުން ނުގެނައުމަށް، މީގެ ނުރައްކާ ބޮޑުކަމަށް، އެކަމަކު އެކަމަށް އެއްވެސް މީހަކު އަޑެއް އެހިތަނެތް ނުފެނު، މީހާރު ދެން މިކަމާ ދައްކާނެ މާގިނަ ވާހަކައެއް ނެތް! والله أعلم
އަސްލު މިލޯކަލް ޓްރާންސްމިޝަން ފެށުނީ މިކުދިންގެ އާއިލާގެ ތެރެއިން ރާއްޖެއިން ބޭރުންއައި ކުދިން ހޯމް އައިސޮލޭޝަނަށް ފޮނުވުމުގެ ސަބަބުން ހެނދުނު ގޯހަކުންބާ.. . އަޑެއްކިޔާފިއްޔާ ރެދެއްލާނެ ..ރާއްޖޭގައި ރައްކާތެރިކަމުގެ ފިޔަވަޅުއެޅިފައި އޮއްވާ ރ.ނަޝީދު ޔޫކޭއިން ވަޑައިގެންނެވީ.. އައިސޮލޭޓްވީ މަޖްލިސްކުރާ ގޭގަތޯ...ޓެސްޓު ކުރެއްވީ ވެސް ހޫނުފެނަށް ވެއްޓުމުން ...އިންޝާﷲ މިހުރިހާ ބޭފުޅުންނާއި އަޅުގަނޑުމެން ސަލާމަތް ކުރައްވާށި....
އަވަހައް މުޅި ރާއްޖެތެރޭ ރަށް ރަށް ވެސް ލޮކްޑައުން ކުރާންޖެހޭ.
ރާއްޖޭގަ މިގޮތައް ފެތުރޭ ކަމައް ވައްޏާ، ކޮންޓްރޯލެއް ނުކުރެވިދާނެ. މިވަގުތައް ހަމަ އެންމެ ރަނގަޅީ ރަށް ރަށް ވަކިން ލޮކްޑައުން ކުރީޔާ. ސަރުކާރުން ބުނާ އެއްޗެއް ގަބޫލު ނުކޮއް، ކައުންސިލުން އެ ރަށެއް ލޮކްޑައުން ކުރުން.
ސުވާލަކީ މީގެކުރިން ޕޮޮޒިިޓިިއުކޭސް އެއް މާލެތެރެއިން ނުުފެެނިި އެއްވެސް ކޮންޓެކްޓެއްް ނެެތިި އަދި ރާއްޖެން ބޭރައްނިުގޮސް ބަލިޖެހުނީ ކިހިނަކުންތޯއެވެ. ބޭރުތެރޭން އިވޭއަޑުތަކަށް ބަލާއިރު އެގޭތެރޭގައި ޔޫރަޕުގެބަޔެއް ނުވަތަ އާއިލީ ބަޔަކު 14ދުވަހުގެކަރަންޓީން އެއްނުވެ އެގޭގައި ހަރަކާތްތެރިވެ އުޅުނުވާހަކައެވެ.މިއީ ކިހާވަރެއްގެހަގީގަތެއްތޯ ބަލަން އެޗުޕީއޭއިން ތަހުގީީގެެއްް ހިންގުން މުހިއްމުކަމެކެވެ މިއީ އެޗްޕީއޭގެ އެއްގުމާއި ހިލާފަށް ރާއްޖެޔައް މީހުން އެތެރެކުރަނީތޯ ދެނެގަތުމަށެވެ.
ނަތީޖާ ނެގެޓިވް ވިޔަސް އަދި އެމީހުން އިތުރަށް ޓެސްޓް ކުރަންޖެހޭނެ އަދި ގެއަށް ފޮނުވާކަށްނުވާނެ
މީގަ ކޮންމެސް ބަޔެއްގެ އިޙްމާލް އޮތްކަމީ ޝައްކެއްއޮތް ކަމެއްނޫން ކޮންމެއަކަސް މިނުރައްކާތެރި ބަލި މިވަނީ މާލޭގަފެތުރެންފަށާފަ ދެން މިބަލިން ރައްކާތެރިވުމައް ކުރަންވީ ކަމަކީ މީޤައުމީ ކާރިސާއެއްކަމައްބަލާފަ އެއްވެސްބޭފުޅަކު ގެއިންބޭރައް ނުނިކުންނަވައި ގޭގަމަޑުކުރެއްވުން މިވޭތުވެދިޔަ ތިންމަސްދުވަހު މާލޭގަމިބަލިނެތިފަ ކުއްލިޔަކައް ނުރައްކާތެރިގޮތަކައް މިބަލިފެތުރެންފެށި ގޮތް ކަމާބެހޭފަރާތްތަކުން ބައްލަވާ އިހްމާލްއެއް އޮތްކަމައްވާނަމަ އެފަރާތަކާދޭތެރޭ ހަރުކަށިފިޔަވަޅުއަޅުއްވާ
ނިއުމަތްތަކަށް ޝުކުރުވެރިވުމުގެ މުހިއްމުކަން އިހްސާސް ވާނީ ބޮޑެތި މުސީބާތްތައް އައިމަ. އެހެންނޫނީ ފަގީރު ބިދޭސީންގެ ފާއިދާ ނަގައިގެން ހެނދުނާ ހަވީރު ބުފޭ ކާނީ. ދެން މި ބިދޭސީންވެސް ސަހަލެއް ނޫން.
ދުއާ ކުރުމުގެ އިހްލާސްތެރިކަންވެސް އަންނާނީ މިކަހަލަ ދުވަސްވަރެއްގަ
ގައިގޯޅިވެ އުޅުން ދުރުކުރާށޭ ކިޔާ އަޑުއަހަށް، އެކަމު ތިބި ތަނަކު ތިބެފަ އައިސް ޕާޓީކުރުމުގައި، އެއްމެ އެއްތަނަކަށް ޖަމާވެ ސަކަރާތްޖެހުމުގަ، ހިތަށް އަރާ ހަމަ އެއާ ބައެއްގެ ޓެސްޓްތަށް ހަދާ ކަރަންޓީން ކުރަން އޗ.ޕ.އ އަށް ކުރެވުނު ބާއޭ.. މާލެ ތެރޭގަ މި ފެތުރުނީ ވެރިންގެ އާއިލާތަކުގެ ފަރާތުން.
ސުވާލަކީ ތިއަންހެން މީހާއަށް ތިބުނަނީ މީހެއް ފަރާތުން ޖެހުނީ އޭ؟ ވީމާ ތިއަންހެން މީހާއަށް ތިވަރު ވީއިރު ކޮބާހޭ
ތި.މީހާގަޔައް ތިބަލި އަރަން މެދުވެ ރިވިމީހާ އެމީ ހާހަމަ ކެތް ކޮށް ގެން އަދި ވެސް ހަމަހުރީ ހޭ ! ތިބުނާ މީހާ ޑޮކަށް ނުދައް ކާ ހުރެވި ދާނެތޯއޭ ؟ ސިކުނޑިން ވިސް ނީމަ އެހެން މާނަ އެއް ނުކުމޭ ! ތިބޭފުޅުން އަޅެބުނެބަލަ!
އެމީހާ، މިމީހާ، އެއްކަލަ މީހާ، ތިމީހާ ހަމަޖެހިބަލަ މީހާ?
އެމެރިކާއިން އިނގިރޭސިވިލާތުން އިޒްރޭލުން ބަޔަކު ބަލި ޖެހުނު ޚަބަރު ލިބޭއިރަށް އަލްހަމްދު ކިޔައި އެމީހުންނަށް މަލާމާތް ކޮށް ހެދި މީހުން މިތާ ތިބޭނެ. ދެން އަލްހަމްދު ކިޔަން އަވަސްވެގަނެއު.
ތީ ރަތް ފުއްޕާ ހަމެއްތާ...
ނަތަންޔާހޫ ދެފައިގަ އެލިގަނެގެން އޮތީމަ ދޯ ތިއޮތީ ކޮރޯނާ ނުޖެހި...
ފުރޭތައިންތަކާ މިހާރު ދެން ކަލޭމެން ޝިފާކޭ ފާކޭ ފޭކޭ ކިޔާނެ ކަމެއް ނެތް. މިއޮތްހާ ދުވަހު ބަޔަކަށް އެބަލި ޖެހޭ އިރަށް ކަލޭމެން އެޅީ ހަމްދު. މިވެނި ކަމެއް ނުކުރާތީ އޭ އެވެނި ހެދުމެއް ނާޅާތީއޭ ކާފަރުންނޭ އެހުރިހާ އެއްޗެއް ކި. މިހާރު މިއީ މާތް ދިވެހި މުސްލިމުން. ކޮންމެހެން އަންނި އެއްޗެއް ބުނެގެންނެއް ނޫން. މިއިން ދައްކަނީ ކަލޭމެން ތީ ތިޔަބުނާހާ މާތް ބައެއް ނޫންކަން.
ފުރޭތަޔަށް އެނގޭތަ ބައްޔަކީ މުއުމިނުންނަށްވާ ރަހުމަތެއް...
ގޭގައި މަޑުކުރަންވީ ހަމަ އެކަނި މާލޭގައި ދިރިއުޅޭ މީހުނެއް ނޫން.
ރަށްރަށުގައި ތިބި މީހުންވެސް ފަރުދީ ޒިންމާ އަދާކުރުމަށް ގޭގައި ތިބެންޖެހޭ.
މާލޭގައި ވީހެން ކޭސްއެއް ފެންނަންދެން މުޅި ރަށުގަ ދުވަންވީ ވަގުތެއްނޫން މީ...ރައްކާވެ ތިބިއްޔާ ދަތުރެއް...
މި ބައްޔާކީ މާތްﷲ ގެ ކޯފާފުޅެއްނަމަ މި ކުޑަ ދިވެހިރާއްޖޭގައި މި ބަލި ފެތުރުމަކީ ވެދާނެ ކަމެއް ސަބަބަކީ ވެރިން ﷲގެ ޝަރީޢަތަށް ހުކުމެއްނުކުރޭ ދިވެހި އިގްތިސާދު ތެރޭ ރިބާގެ ފައިސާ ދައުރުވޭ ބަނގުރާ އާއްމު
ޚަބަރުގެ ސުރުހީ ގައި ނަމްބަރު ޖެހުމަށް އެދެން. އަބަދުވެސް ވަންނަ އިރު "އިތުރު މީހަކު ވެއްޖެ" ކަމަށް ދަންނަވަންޏާ ޖެހެނީ ޚަބަރަށް ފިތާފައި ބަލަން މީ ތިންވަނަ މީހާތޯ ނުވަތަ ދިހަވަނަ މީހާތޯ.
ރާއްޖޭން ބޭރުން އައި މީހުންގެ ފަރުދީޒިންމާ ނުއުފުލުމުގެ އިތުރުން ތިމާވެސް މިފަދަ މީހުން ތިބޭ ގޭގެއަށް ނުވަނުން ވަރަށް މުހިންމު އެވެ.އަދި ސީޔާސީ ގޮތުން ޚިޔާލު ތަފާތުވިއަސް
ސޯޝަލް މީޑިއާގަވެސް ހިތްހެޔޮ ޝުޢޫރު ފާޅުކުރުމަކީ އިސްލާމީ ރީތި އަޚްލާޤީ ސިފައެއްކެވެ.
ސުރުހީގައި އިތުތު މީހަކު ފައްސިވި ވާހަކަ ނުޖަހާށެވެ. 3 ވަނަ މީހާ ފައްސިވީމާ އެއީ އިތުރު މީހެކޭ ނުބުނާށެވެ. 3 ވަނަ މީހާއޭ ބުނާށެވެ. އޭރުން ތަންކޮޅެއް ބޮޑަށް އަންޑަސްޓޭންޑްވާނެ އެވެ.
މިހާރު ބިރުބޮޑީ ރާއްޖެތެރެއަށް އިއްޔަ މާލެއިން މީހަކު ޕޮޒިޓިވްވި ހިސާބުން މާލެއިން ހާދަގިން ބަޔަކު ރާއްޖެ ތެރެއަށް ދިޔައޭ ކުޑަކުޑަ ރަށްރަށުގައި ދިރިއުޅޭ މީހުން މިހާރުތިބީ ވަރަށްބިރުން ރައްކާތެރިކަމެއްނެތް.
ކީއްވެތޯ އައްޑޫގެ ސާމްޕަލް ޓެސްޓު ލަސްވަނީ!