ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ ފޮޓޯއާއި، އެހެނިގެން ޒާތީ މައުލޫމާތު މީސް މީޑިއާގައި އާންމުކުރުމަކީ ދަށުދަރަޖައިގެ އަމަލެއް ކަމަށް ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާލެއިން އިއްޔެ މީހަކު ކޮވިޑް-19 އަށް ފައްސިވުމާއެކު، އޭނަގެ ފޮޓޯކަމަށް ބުނެ މީސް މީޑިއާގައި ފޮޓޯތަކެއް ދައުރުވާން ފެށުމާއި ގުޅިގެން ޖެންޑަރ މިނިސްތަރ ކުރައްވާފައިވާ ޓްވީޓެއްގައި ކޮންމެ މީހަކަށްވެސް ކޮވިޑް 19 ޖެހިދާނެ ކަމަށާއި އެހެންކަމުން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ފޮޓޯ މީސް މީޑިއާގައި ހިއްސާ ކުރުމަކީ ދަށު ދަރަޖައިގެ އަމަލެއް ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަދި މިފަދަ ދަނޑިވަޅެއްގައި އެކަކު އަނެކަކަށް އެހީތެރިވުމަށް މިނިސްޓަރު ވަނީ އިލްތިމާސްކޮށްފައެވެ.

"ކޮވިޑަކީ ވަކި މީހަކަށް ޖެހޭ އެއްޗެއް ނޫން... ކޮންމެ މީހަކަށްވެސް އެބަލި ޖެހިދާނެ... އެ ބަލި ޖެހިފައިވާ މީހުންގެ ފޮޓޯ މީސް މީޑިއާގައި ހިއްސާކުރުމަކީ ދަށު ދަރަޖައިގެ އަމަލެއް،" ޖެންޑަރ މިނިސްޓަރު އާއިޝަތު ދީދީ ވިދާޅުވިއެވެ.

މިހާތަނަށް މާލެއިން ތިން މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އެ ތިން މީހުންނަކީވެސް އެއް އާއިލާއަކަށް ނިސްވަތްވާ ތިން މީހުންނެވެ. އަދި އޭގެ ތެރޭގައި މަންމައަކާއި، އޭނަގެ ދެއަހަރުގެ ދަރިފުޅު ހިމެނޭކަމަށްވެއެވެ.

މާލެ އިން ތިންވަނަ މީހަކު ކޮވިޑް-19 އަށް ފައްސިވުމާއި އެކު މިހާރު ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިވަނީ 23 އަށް އަރާފައެވެ. މީގެ ކުރިން މާލެ ފިޔަވައި މި ބަލި ފެނިފައި ވަނީ ރިސޯޓު ތަކުންނެވެ. މާލޭގެ ތިން ކޭސްވެސް ފެންމަތި ވެފައި މިވަނީ 24 ގަޑިއިރު ތެރޭގައެވެ.

މާލެއިން އިއްޔެ ހެނދުނު ކޮވިޑް-19 އަށް ފައްސިވި މީހާއަކީ ފާއިތުވެދިޔަ ދުވަސްތަކުގައި ރާއްޖެއިން ބޭރަށް ދަތުރުކޮށްފައިވާ މީހަކަށް ނުވާއިރު، މުޖުތަމަޢުގެ ތެރޭގައި ފުރަތަމަ ފަހަރަށް ވައިރަސް ފެތުރެން ފަށާފައިވާކަން ވަނީ ޔަޤީންކުރެވިފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން "ވަގުތު" އަށް މައުލޫމާތު ދެއްވަމުން މިރޭ ވިދާޅުވީ މާލެ އިން ކޮވިޑް-19 އަށް ފުރަތަމަ ފައްސިވި ދިވެއްސަކީ ލޯކަލް ޓްރާންސްމިޝަންއެއްކަން މިހާރު ކަށަވަރުވެފައިވާ ކަމަށެވެ. އޭނާގެ ގައިން އިތުރު މީހުންގެ ގަޔަށް ބަލި ޖެހުނު ކަން ކަށަވަރު ވުމުން ރާއްޖޭގެ ހާލަތު މިހާރު އޮތީ ނުރައްކާތެރި ފައްތަރެއްގައި ކަމަށް ބެލުމުގެ ޖާގަ އެބައޮތެވެ.

ކޮވިޑް-19 ޖެހިފައި ހުރި މީހަކު މާލެ އިން ފެނުމުން މިހާރު މާލޭގެ އެލާޓް ލެވަލް ވަނީ ރަތައް ޖައްސާފައެވެ. ރަތް އެލާޓް ނެރެނީ އެއްވެސް ގައުމަކަށް ދަތުރުކޮށްފައި ނެތް މީހުންގެ މެދުގައި ބަލި ފެތުރެން ފެށުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޝިދާތާ

    ކާކު ކަން އެނގުނީމަ އެމީހާ އާއި ބައްދަލުވިކަން ނުވަތަ ނޫންކަން އިނގޭނީ!

    41
    2
    • ޟ

      ސާބަހޭ. ތިހާ މަރުދެކެ ބިރުގަނާކަށްނުވޭ. ﷲ އިރާދަކުރެއްވި އަޅަކު މަރުވެސްވާނީ. ބަލިން ފަސޭހަވެސްވާނީ. މީހާގެ ފޮޓޯ ވަގުތުގަ ނުޖަހާނެކަމައް އުއްމީދުކުރަން. މީވާ ގައުމެއް.

  2. ޟ

    ސާބަހޭ. ތިހާ މަރުދެކެ ބިރުގަނާކަށްނުވޭ. ﷲ އިރާދަކުރެއްވި އަޅަކު މަރުވެސްވާނީ. ބަލިން ފަސޭހަވެސްވާނީ. މީހާގެ ފޮޓޯ ވަގުތުގަ ނުޖަހާނެކަމައް އުއްމީދުކުރަން. މީވާ ގައުމެއް.

  3. އަހުމަދު

    ޢެހެން ނޫނަސް ވިލާތުން އެބަލި ހިފައިގެން އަައިސް ޕާރޓީ ބޭއްވި ބުއްޅަބޭ އާއިލާ އެއްކޮށް ފޮޓޯ އާއް މުކުރު މަކީ މުހިއް މުކަ މެއް

  4. މުނީ

    މި ބައްޔަށް ފައްސިވި މީހުނަށާ އެ އާއިލާ އަށް ކެއްތެރިކަން ދެއްވާށި، ޝަފަކަﷲ،އާމީން،،، މި ބަލީގެ ބާވަތުން އަޅުގަނޑު ބުނަން އޮތީ، މި ބަލިޔަށް ފައްސި ވާ މީހުން ރަައްޔިތުންނަށް އެނގި ހާމަ ކޮށް ދިނުމަކީ ހުރިހާ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކާ ކުރަން ޖެހޭނެ ކަމެންހެން، ސިއްރު ކުރިވަރަކަށް އޮންނާނީ ނޭގި ބަލި ފެތުރޭލެއް ބޮޑުވެފަ، އެ ގެޔަކަށް ކޮންމެ މީހަކު ގޮސް ވަދެފަ ނުހުރެދާނެ، އެކަމަކު މާލޭ ގެ ގޮތުން މަގުމަތިން ވިޔަސް ފިހާރަތަކާ މާރުކޭޓް އަކުން ދިމާވެފަ ހުއްޓަސް ނޭގޭނެ، ދުނިޔެ ދޫކުރާ މީހާގެ މައުލޫމާތު ހާމަ ކުރެވެނީވެސް ދިރިތިބީންނަށް އެންގުމަށްޓަކާ، އެހެންވީމަ އެކަކަށް ވުރެގިނަ ބައެއްގެ ފުރާނަ އެއްފަހަރާ ގެއްލިގެންދާ މިނުރައްކާތެރި ބައްޔާމެދު ދިވެހި ރައްޔިތުން ބިރުވެރި ހާސް ކަމެއްގަ ތިބިއިރު ބައްޔަށް ފައްސިވާ މީހާ ރައްޔިތުންނަށް އަންގައިދިނުމަކީ ސަރުކާރުން ރައްޔިތުންގެ ސަލާމަތަށްޓަކާ ކުރަށް މުހިންމު ކަމެން ހެންހީވަނީ، އެއީ އެބަލިޖެހޭ މީހާޔަށް ދެރަގޮތެއް ހެދުން ކަމަކަށް ނުވާނެ، ޔާﷲ އަޅަމެންގެ ތެރެއިން ގިނަ ބަ ޔަކަށް ނުޖެހެނީސް ދުނިޔެއިން މިބަލި ފިއްލަވާއްދޭވެ، މާތް ރަމަޝާން މަހައްޓަކާ މުސްލިމުނަށް މިސްކިތްތައް ހުޅުއްވަވާދެއްވާށިއެ، އާމީން

  5. ލިމަނިކު

    ޢެއީ ވަރަށް ރަނގަޅު ވާހަކަައެއް ސަބަބަކީ އޭރުން އޭނަޔާ ބައްދަލުވި ގިނަމީހުން ހޯދަން ފަސޭހަވާނެ

    5
    1
  6. ޢެޑްމުންޑޯ

    މިވަގުތަކީ ދަށުދަރަޖާގެ އަމަލޭ ކިޔާފައި ތިބޭފުޅުންނަށް ރީތިއަމަލު ދައްކަން އޮތްވަގުތެއްނޫން ، މިގައުމުގެ ރައްޔިތުންގެ ފުރާނަ ތިބުނާ ދަށުދަރަޖާގެ ފޮޓޯތަކަށް ވުރެ ބޮޑުވާނެ ، ބަލިޖެހޭ އެންމެން އާއްމުރައްޔިތުންނަށް އެގެންޖެހޭނެ ،

    • މުނިީ

      ބައްޔަައް ފައްސިވި މީހާޔާ ސެކަންޑު ކޮނޓެކްޓް ވީ މީހަކު، އޭނާޔައް އެބައްދަލުވި މީހާ ގައިގަ އެބަލި ހުރިކަން ނޭގި މިހާރުވެސް ވަނީ އަހަރެމެން އަތޮޅަށް، ރ. އަތޮޅަށް ދެވިފަ، ނޭގި ކިތައް މީހުނާ ބައްދަލުވެފަ ހުންނާނީ ދެވޭއިރު، މިހާރު ރ އަދި ބ އަތޮޅު ގެ ހާލެއް ނޭގެ، ރ.އިންނަމާދޫ މި ބޯޓް ބ އަތޮޅަށް ވެސް ޖައްސާ،
      މިހާރު ބަލަންޖެހޭނެ ގިނަ ބަޔެއްގެ ސަލާމަތާ ރައްކާތެރިކަމަށް،،،،،،،،،،،،،

  7. ދަރަނި ދަންތުރަ

    މިވާގޮތަކީ ކުށްވެރިޔާ ޔަށް ހުރިހާ ހައްގެއް ، ކުށްވެރިނުވާ މީހާގެ އެއްވެސް ހައްގެއް ނެތް ، ބަލިވާ މީހާޔަށް ހުރިހާ ހައްގެއް ، ބަލިވެދާނެތީ ބިރުން އުޅޭމީހާޔަށް އެއްވެސް ހައްގެއްނެތް ، ބަލިން ސަލަމަތްވާން ރައްކާތެރިވުމުގެ ހައްގުވެސް ، ބަލިނުވާމީހާ ގޮސް ވަދެގަންނަންވީ ބަލިވެއުޅޭ މީހާގެ މުށުތެރެޔަށް ވެސް ، ވާނެ ހައެއްޗެއް ވީމަ ދެން މިބުނަނީ ކަލޭ ކީއްކުރަން މިތަނަށް ވަނީ އިނގެންޖެހޭނެ ނޫންހޭ މަމިހިރީ ކޮވިޑު ޖެހިފަކަން ...