ފުލުހުންގެ ގާނޫނީ ޒިންމާއަކީ ވަކި ކުށްތަކަކަށް ލޯމަރައިގެން ތިބުން ނޫން ކަމަށާއި އިސްލާމް ދީނަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ރިޕޯޓެއް ނެރުނު މައްސަލަ ވެސް ބަލަމުންދާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު (އެމްސީ ހަމީދު) ރޭ ވިދާޅުވެއްޖެއެވެ.
ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީއެން މައްސަލައިގައި ޝާމިލްވާ މީހުންނާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް ނާޅައި ލަސް ކުރަނީ ކީއްވެތޯ ނޫސްވެރިއަކު ކުރި ސުވާލުގެ ޖަވާބުގައި ޕޮލިސް ކޮމިޝަނަރު ހަމީދު ވިދާޅުވީ އިސްލާމް ދީނާ ދެކޮޅަށް ނުވަތަ ދީނަށް ތައުހީން ކުރުމާއި، ރާއްޖޭގައި އޮތް އިސްލާމީ ސަގާފަތަށް ގޮންޖަހާ ހިންގާ އަމަލުތައް އެއީ ތަހުގީގުކުރަމުން އަންނަ މައްސަލަަތައް ކަމަށާއި އެ މައްސަލަތައް ގާނޫނާ އެއްގޮތްވާ ގޮތަށް ބަލާނެ ކަމަށެވެ.
"އިސްލާމް ދީނަށް ތައުހީން ކުރުމާ އިސްލާމް ދީނަށް ހަޖޫ ޖެހުމާ ގާނޫނުލްއުގޫބާތުގެ 617 ވަނަ މާއްދާގައި އެ ބަޔާން ކުރާ ކުށްތަކަށް އަރައިގަންނަ މީހުންނާ މެދު މިދިޔަ ހަފްތާގައި ވެސް އަޅުގަނޑުމެން ވާނީ ދައުވާ އުފުލާފައި. ފާޅުގައި ސޯޝަލް މީޑިއާ ޕްްލެޓްފޯމްގައި އެ ވާހަކަ ދައްކާ މީހުންނަށް ވެސް. އެހެންވީމަ މިއީ އަޅުގަނޑުމެންގެ ގާނޫނީ މެންޑޭޓުގައި އޮންނަނީ ވަކި ކަންތައްތަކަކަށް ލޯ މަރާލައިގެން ތިބޭކަށެއް ނޫން،" ހަމީދު ވިދާޅުވިއެވެ.
ހަމީދު ވިދާޅުވީ އެމްޑީއެން މައްސަލައިގައި މަސައްކަތް ކުރަނީ ގާނޫނީ ހުދޫދުގެ ތެރެއިން ކަމަށާއި މައްސަލަ ބެލުމަށް ކުރަން ޖެހޭ ކަންކަން ކުރާނެ ކަމަށެވެ.
"އެމްޑީއެންގެ މައްސަލަ ތަހުގީގު ކުރަމުން ދަނީ. ދެން މީހުންނާ މެދުގައި އަޅުގަނޑުމެންނަށް ލިބިދޭ ގާނޫނީ ހުދޫދުގެ ތެރެއިން ގާނޫނުތަކުގެ ތެރެއިން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނަން. މިސާލަކަށް އެއީ އެހެން ގައުމެއްގައި އެހެން ޓެރިޓަރީއެއްގައި ހުންނަ މީހެއް ހާޒިރުކުރަން ޖެހޭ ހާޒިރުކުރުމުގައި އޮންނަ އިޖުރާއަތުތަށް ވެސް އަޅުގަނޑުމެން ފޮލޯ ކުރާ ނަން" ހަމީދު ވިދާޅުވިއެވެ.
އެމްޑީއެން އިން ބުނާ ގޮތުގައި، އެ ޖަމިއްޔާ އުވާލާފައި ވަނީ، އުސޫލުން ބޭރުންނެވެ. އެ ޖަމިއްޔާ ރަސްމީކޮށް އުވާލާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ.
ފެންނަނީ ލޯހުޅުވައިގެން ބަލަހައްޓައިގެން ތިބޭ، އެކަމަކު އަތުން ފައިން އަމަލުން އެކަން ނުދެއްކޭ މަންޒަރު. ތިޔަ ތާނގެ އެތެރެ އޮތްގޮތް ނުފެނުނަސް މާލޭގެ މަޖީދީ މަގުން ފެންނަނީ މި މަންޒަރު. ވަކިގޮތަކަށް ތިބޭ ވަކި ވައްތަރެއްގެ ގްރޫޕެއް މަގުމަތީގައި އެއުޅޭ ގޮތެއް ލޯހުޅުވައިގެން ހުއްޓަސް ފެންނަ އެއްވެސް ފުލުހަކު ނުދެކެން. މަގުމަތީގައި ކަންފަތުގައި ފޯނުޖަހައިގެން ވާހަކަ ދައްކަމުން ދުއްވާއިރު އަދި ބާރުބާރަށް ކަތިކައްޗަށް ހިތުހުރި ގޮތަކަށް އޯވަރޓޭކް ކުރަމުން ދުއްވާއިރު ލޯހުޅުވައިގެން ތިއްބެއްކަމަކު ފެންނަ ފުލުހަކު ނުދެކެން.
ފުލުހުންވެސް އޮތީ ވަރަށް ބޮޑަށް ސިޔާސީ ވެފައެވެ
ބައެއްކަންކަމަށް ވަރުގަދައަށް އިސްކަންދޭއިރު ބޮޑުމީހާ ރުހޭ
މީހުން ތިބެނީ ދުވެފައެވެ ބޮޑެތި ކުށްވެރިންނަކީ އެމީހުން
ކަމަށް ވިއަސްވެހެ.
ތިބެގެން ވުވެސް ވާނެކަމަށް މަ އިއްޔެއާ ހަމަށްވެސް ޔަގީންކޮށްގެން މިހުރީ.. ބޮޑު މުސާރަދީފަ ބައިތިއްބާފަ ތިތިބެނީ ރަާްޔިތުންނާ މުދާ ހިމާޔަތްކުރަން. އެކަން ނުކުރެވެންޏާ އަމިއްލަޔަށް ދާނީ، ނުވަތަ ބޭރުކުރާނެ. ތީ ދައްކަން ޖެހޭވެސް ވާހަކައެއްނޫން.
އިސްލާމްދީނަާް ފުރައްސާރަކުރި ނެޓްވޯކްގަ ތިބިމީހުން އަދަބެއް ނުލިބި، މިހާއޯޕަންކޮށް އެހެންމީހުަނަށް ނަސޭހަތްދޭން، ރައްޔިތުން ކުރިމަާްޗަާް އަރާ ތިބޭތީ ހިތާމަކުރަން. އެހެން ކުއްތަކުގަ ތިބޭމީހުން އެހެންކުއްތަކުގަ ތިބޭމީހުން އެމައްސަލަ ބަލާނިމެންދެން މަސްއޫލިއްޔަތުން ދުރުކުރެވިފަ ތިބޭތަން ފެނޭ. މިކަމުގަ އެކަން ނުފެންނަނީ ީއްވެބާ؟
ދެން ކަލޭގެ މައްސަލަ ނުބެލެނީ ކީއްވެޔޯ؟ ކަލޭ ތިހިރީ މައްސލަ ނުބެލެޭހިސާބުގަ ދުނިޔޭގެ އަނެއްކޮޅުގަތަ؟
ކޮބާ ދީނަށް ފުރަސް ސާރަަކުރި މީހުންގެ މައްސަލަ ބެލުނުތަ. އެކަ މުގަ ލޯ މަރާލީދޯ
ﷲގެ ބިމުގައި އެކަލާންގެ ނަބިއްޔާ އަށް ފުރައްސާރަ ކުރުމަށްވުރެ ބޮޑު ކުށެއް ނުކުރެވެއެވެ ދިވެހިން ބިރުވެތިވެ ފާފަ ފުއްސަވައި ދެއްވާ ރަހުމަތް ލައްވާތޯ ދުއާކޮށް ދަންނަވާށެވެ
ތީވެސް އެމްޑީއެން ގެ މެމްބަރެއް..ދެންސަހިންދާ ގެންނާނީ ކިހިނެއް..؟ ކަލޭއަ ކީވެސް އަދަބުލިބެންޖެހޭމީހެއް...؟! ރ،އޮފީސް ތެރޭގަވެސް ތިބައިގަނޑު...ރައްޔިތުން ގުނބޯ ހައްދަންވެގެން...ސުބުހާނަﷲ
ނޫނޭ ހަރުކަށި ހިފާ ދުވޭ މަޑުކަށި ފިނިކޮޓަެިއައްލާ
މިކަހަލަ ވާހަކަ ދައްކާލާއިރު ލަދެއް ހަޔާތެއް ޖެހިލުމެއްވެސް މިމީހުން ނުވެޔޭދޯ؟ މި ދިވެހިންނަކީ ހަމަ އެހާފަސޭހައިން ކަންކަން ހަނދާންނެތޭ، ގަމާރު، ކުޑަކުދިންނަށް ދޯ މިމީހިން މިހަދަނީ؟ ކުލަޓޭޕުއެޅި ޔުނީފޯމެއްލާފަތިއްބަސް ކަލޭމެންތީ ސިކުނޑީގެ ގޮތުން ހަރުމީހުނަށްވުރެ ވަރަށް ކުޑަކުދިން. އެހެންވީމަ އެހެންމީހުންނަކީ ގަމާރުންކަމަށްހަދައިގެން ތިހެން ވާހަކަ ނުދައްކާތިބޭ.
ހަމީދު ވިދާޅުވީ އެމްޑީއެން މައްސަލައިގައި މަސައްކަތް ކުރަނީ ގާނޫނީ ހުދޫދުގެ ތެރެއިން ކަމަށާއި މައްސަލަ ބެލުމަށް ކުރަން ޖެހޭ ކަންކަން ކުރާނެ ކަމަށެވެ.
(މިހާރު ރާއްޖޭގެ ގާނޫނުތަކަކީ ގެރިމޯދީގެ އައުވާނުންގެ ބައިގަނޑެއް ހަދާއެއްޗެއް. ވެރިކަމުގެ އިސްކޮށް ތިބީ އިސްލާމީ ޝަރީޢަތަށް އީމާން ނުވާ ބަޔެކޭ ބުންޏަސް މާބޮޑު ދޮގަކަށް ނުވާނެ.)