މާލެ އިން ކޮވިޑް-19 ޖެހުނު މީހުންނާ ގުޅުން ހުރި 200 އަށް ވުރެ ގިނަ މީހުން ދެނެގެންފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސް އަށް ދެއްވި ފޯން އިންޓަވިއުއެއްގައި އަމީން ވިދާޅުވީ ރޭ ފަތިހާ ހަމައަށް ބަލި ޖެހިފައިވާ މީހުންނާ އެކި ގޮތް ގޮތުން ދިމާވި މީހުން ދެނެގަތުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން 200 އަށް ވުރެ ގިނަ މީހުން ހޯދާފައިވާ ކަމަށެވެ. އަދި އިއްޔެ އިން ފެށިގެން މާލޭގެ ސަރަހައްދު ފުރަބަންދު ކުރަން ނިންމީ އެކަށީގެންވާ ގޮތެއްގައި ކޮންޓެކްޓް ޓްރޭސިން ހެދުމުގެ ބޭނުމުގައި ކަމަށް ވެސް އަމީން ވިދާޅުވިއެވެ.

ކޮވިޑް-19: މާލޭގެ ފުރަތަމަ ތިން ކޭސްވެސް އެއް އާއިލާއަކުން

މި މީހުންގެ ތެރެއިން އަލާމާތްތައް ހުރީ 11 މީހުންގެ ކަމަށާއި އެ އެންމެންގެ ޓެސްޓްތަކުން އެކަކު ބައްޔަށް ފައްސިވެފައިވާ ކަމަށް އަމީން ވިދާޅުވިއެވެ.

ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 ފެނުނީ 23 މީހެއްގެ ގައިންނެވެ. ވެރިރަށް މާލެ އިން ތިން މީހެއްގެ ގައިން މިހާތަނަށް ވަނީ ބަލި ފެނިފައެވެ.

ކޮވިޑް-19: އަލާމާތްތައް ހުރި 14 މީހަކު މާލެ ސަރަހައްދުން ފެނިއްޖެ

މާލެ އިން ތިން މީހެއްގެ ގައިން ބަލި ފެނިފައިވާތީ ކޮންޓެކްޓް ޓްރޭސިން މަސައްކަތް އިތުރަށް ފުޅާ ކުރަން ޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެ މަސައްކަތް ސިއްހީ މަސައްކަތްތެރިން ވަރަށް ހަލުވިކަމާ އެކު ކުރަމުން އަންނަ ކަމަށް ވެސް އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ފުރަބަންދުގެ މުއްދަތާ ގުޅޭ ގޮތުން އަދި މިހާތަނަށް ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށެވެ.

"އާންމުންނަށް ދަތިކަމެއް އެބަހުރި ލޮކްޑައުން އަކަށް ދާންވީމަ. އެކަމަކު މި ހަމަޖައްސަނީ ފިހާރައިން ތަކެތި ގަތުމާއި އާންމު ހިދުމަތްތައް،" އަމީން ވިދާޅުވިއެވެ.

މިވަގުތު އެއްވެސް ވަރަކަށް ބޭރަށް ނުނިކުތުމަށާއި، ގޭގައި ތިބޭއިރު ސިއްހީ ގޮތުން ދުޅަހެޔޮކޮށް ތިބުމަށާއި ގިނަގިނައިން ސާފުތާހިރުވުމަށް އަތް ދޮވުމަށް ސިއްހީ ދާއިރާގަައި މަސައްކަތް ކުރަމުން އަންނަ ފަރާތްތަކާއި ސަރުކާރުން ދަނީ ކެނޑިނޭޅި ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ނަސޭހަތް

    ކޮންމެ ގެއަކުން ވެސް އާންމުކޮއް ބޭނުން ކުރާ ތަކެތިކޮންމެ ވެސް ވަރަކައް ގަނެފާ ރައްކާކޮއްފަ ބަހައްޓާ. ޕލޒ. އަދި ވީހާ މަދުން ބޭނުން ކުރޭ. ޕޮލިހުންނާ ސިފައިންނައް ވެސް ތަންކޮޅެއް މަސައްކަަތް ކުޑަވާނެ އޭރުން ހާލަތު ގޯސް ވެއްޖެއްޔާ. ޚާއްސަކޮއް ކުޑަކުދިން ގެންގުޅޭ ފަރާތްތަކުން.
    މިހާރު އެނގޭނެ އަލީވަހީދު ، އަންނި މެން ބުނި ބަސް އެހީމަ ވީގޮތް. ލޮކްއެއް ނުކުރެ އެންނު

    7
    1
  2. ޣަރީބު

    ކީއްވެތޯ އަބަދު އަމީން ތިތަނަށް ބެކާރު ވާހަކަ ދައްކަން އަރަނީ މިދަނޑިވަޅު؟ ތިތަނަށް އަރަން ޖެހޭނީ ކަމާބެހޭ ޑޮކްޓަރުންނާއި ނަރުހުންނާއި މެޑިކަލް ޕްރޮފެޝަނަލްސް ދޯ. އަނެއްކާ އިއްޔެ ރައީސް ދެއްކެވި ވަަހަކަ ރިޕީޓްކުރެއްވީ އަމިއްލަ ނަމުގައި...ﷲއަށްޓަކައި ކަމުގެ މާހިރުންނަށް ފުރުޞަތުދެއްވާ...

    10
    19
    • ސަޔެއް

      މ. އަމީން ވަރެއް ނެތް. ހަޖަމު ކުރޭ. ރައްޔިތުންނައް ދޮގުހަދާ މިނިސްޓަރުންނައް ބަވާބަލަ ..

      11
      1
    • ޚހ

      ބަލަ އެއީ ހެލްތް މިނިސްޓަރ. ހަނދުމަ ނެތުނީތީ މި ބުނެލަ ދިނީ..

      9
      2
    • ޢަމ

      ކަމުގެ މާހިރަކީ ރަބަރު ހަނމެއްހެން ކޯހަދަމުން ދަބަރުޖަހާފާނެ ކަމަށް އެެއުޅޭ ބުއްޅަ ހޮއްކޮތަ

  3. ހާފިޒް އަބުދުލް ގަނީ

    ކީއްވެތޯ ބުނަން ނުކެރިގެން މިއުޅެނީ ތިމަންނަމެންނައް ހެދުނުގޯހަކުން ކަން މިހެންވާންޖެހުނީ
    މާޗް ފަންސަވީހުގަ މާލެ އައި މީހުންގެ ތެރެއިން ޓެސްޓްކޮފަ ގެޔައްފޮނުވި މަޖިލިސް މެންބަރުންގެ އާއިލާ މިނިސްޓަރުންގެ ދަރިން ވިޔަފާރިވެރިންގެ ދަރިން ގޭގަތިބީ ރޯޔަލްގަ ފަސްކުދިން ތިބިކޮތަރިވެސް ތިބި މަބުރޫކުބުނި ދެމީހުން ތިބި ފަސްކޮޓަރިޔޭ މައުލޫމާތް ހޯދާގެން ވާހަކަ ދެއްކުން ރަގަޅުވާނީ ދޮގުހަދަން މަޖިލީސް އެއޮތީ ހޮވާފަ ރައިޔަތުން........

    8
    2
  4. ާވެރިން

    ފޮނިނުކަންޑާ އަދިވެސް ކަމެއްކުރަންޏާ ރަންގަޅު ނިޒާމެއްގެ ތެރެއިން މުޅިގައުމު ފުރަބަންދުކުރޭ.ކޮއްމެހެން ނުޖެހޭ މަޖިލީސް ރައިސްގެ ވާހަކައަކީ ތެދަކަށް ވާކަށް

    8
    1
  5. ފަދުއާ

    މިއީ ޒާތީވާ ވީ ވަގުތެއްނޫ އަހަރެން ނަކީ ޕީޕީއެމް ވ ސަޕޯޓު ކުރާމީހެއް މިހާރު ވަރަށް ސާފުވެއްޖެ ޕީޕީއެމް އަކީ ރައްޔަތުން ނަން ފައިދާ އަށް އުޅޭބައެއްނޫ އަމިއްލަފައީދާ އަށް އުޅޭ ބައެއް މިފަދަ ނާޒުކުދަދިވަޅެއްގައި ޣައުމުގެ މަސްހަލަތު އިސްނުކޮށް ޕާޓީ އިސްކޮށް ޔާމީނު ކުރިއަށް ނެރެ ތިއި /////؟؟؟؟؟؟؟؟؟؟؟