އިތުރު 24 ގަޑިިއިރަށް މާލެ ފުރަބަންދުކުރުމަށް ނިންމައިފިއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކޮށް ނެރެފައިވާ އެންގުމެއްގައި ބުނެފައި ވަނީ. މާލޭގައި (މާލެ، ހުޅުމާލެ، ވިލިމާލެ) މަގުމައްޗަށް ނުކުމެ އުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާ ކުރުމަށް އެންގި އެންގުމުގެ މުއްދަތު އިތުރުކުރަން ނިންމާފައިވާ ކަމަށެވެ.

އިއްޔެ މާލެ ފުރަބަންދުކޮށްފައި ވަނީ، މާލެ އިން ފުރަތަމަ ފަހަރަށް ކޮވިޑް-19 ޖެހިފައި ހުރި މީހަކު ފެނުމާ އެކީގައެވެ. މިހާރު މާލެއިން ކޮވިޑް-19 ޖެހުނު ތިން މީހަކު ވަނީ ފެނިފައެވެ.

މައިމޫނާ މިއަދު އެންގި އެންގުމުގައި ވަނީ އާންމު ސިއްހަތުގެ ގާނޫނުގެ ދަށުން އޭނާ އަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އިއްޔެ މާލެ ސިޓީ ފުރަބަންދު ކުރުމާއި ގުޅޭ ގޮތުން އަންގާފައިވާ އެންގުމުގެ މުއްދަތު އިތުރު 24 (ސައުވީސް) ގަޑިއިރަށް އިތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން މުހިންމު ތިން ފިޔަވަޅެއް އެޅުމަށް މައިމޫނާ ވަނީ ކަމާބެހޭ ފަރާތްތަކަށް އަންގައިފައެވެ. އެ ތިން ފިޔަވަޅަކީ:

1- މާލެ، ހުޅުމާލެ، ވިލިމާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާކުރުމާއި އާންމުން ތަންތަނަށް ނުކުތުން މަނާކުރުން.

2- މާލެ، ހުޅުމާލެ، ވިލިމާލޭގައި ޕަބްލިކް ޓްރާންސްޕޯޓް (ބަހާއި ފެރީގެ) ހިދުމަތް ހުއްޓައިލުން.

3- މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި، ގުޅިފަޅަށް މީހުން އަރައި ފޭބުން ހުއްޓާލުން.

މާލޭގެ ފުރަބަންދުގެ މުއްދަތު އިތުރުކޮށްފައިވާއިރު، މީގެކުރިން ކޮވިޑް-19 ފެތުރުން ހުއްޓުވުމަށްޓަކައި ހަވީރު 5:00 އިން ފެށިގެން ރޭގަނޑު 8:00 އާ ހަމައަށް މީހުން ބޭރަށް ނުނިކުމެވޭ ގޮތަށް ކާފިއު އިއުލާންކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ބިބޫ

    ފުރަބަންދު ކުރާއިރުކައިގެން ބޮއިގެން އުޅޭނެ ފުރުސަތު ނުދީ ބަންދު ކުރިޔަސް އެގޮތްވެސް ރަގަޅު! ޑެލިވެރީ ކުރަން ރަޖިސްޓްރީ ވެގެން ތިބޭތާކުން ފޯނެއް ނަގަނީކީ ނޫން! ޢަލަނާސި ޗާލުވެފައި ރަޖިސްޓްރީވެގެންތިބީމަ ނިމުނީ! ޅައެއްޗެހި އަޅަމުންގޮސް ގޮބޮޅިއެޅޭއިރުވެސް ނޭގެ!

    72
    6
  2. ޖަޒީރާ

    މައުމޫނާގެ އަތަކައްފަޔަކައް މީހަކުހުއްޓަސް ހާލުގަ ތިބިމީހުން އެބަތިބި މާލެސަރަހައްދުގަ ޑެލިވަރީ ކުރަނީ ވަކިވަރެއްގެ އަދަދައް ވިއަފާރިކުރީމަ ޓީވީތަކައްއަރާ މޮޅުވާހަކަދައްކަނީ ކުނިކިތަޅު ވެސް އަދިވެސް އުކާނުލެވޭ މީވަރައްކުޑަމިސާލެއް 12 01 ބުނި ވިއަފާރިކުރަން ވަގުތެއްދީ ފެއިލްވާނީ ނޫނީ އިބޫ އިސްތިއުފާދީ އަލީވަހިދު ކަރާފަޅާތަނެއް ބަލާކައްވަގުތެއްނެއް ނާގާބިލްވީމަ މާލެއައްފެތުރުނީ

    30
    3
  3. ލޮލްލޮލް

    އެއްވެސް މީހަކަށް ދެރަބަހެއް ބުނާކަށް ނޫން އެކަމަކު މި ހާލަތް އައީ ފެނިގެން. 1 މަސް ލިބުން ތައްޔާރުވާން. 02 ދުވަސް ދޭބަންދުގަ މަޑުކޮއްނުލެވޭ ނަމަ އަހަރެމެންގެ ލައިފް ސްޓައިލްއާ ބެހޭ ގޮތުން އެ ދެވެނީ ވަރަށް ބޮޑު މެސެޖެއް. ވެރިންނަށް ފެލުނަސް ކޮރޯނާ މައިތިރިއެއްނުވާނެ.

    26
    15
  4. Anonymous

    މައިމޫނާ 24 ގަޑިއިރު ނުކޮއް 2 ހަފުތާވަރު ކޮއްލަބަލަ.

    27
    1
  5. ޛޖެޖެ

    އަހަރެމެން ނަށް ހެޔޮ އެއްމަހަށް ލޮކްޑައުންކުރިޔަސް އެކަމަކު ޒަރުރި ބެނުން ތައް ލިބެނެ ފުރިހަމަ ނިޒަމެއް އޮތުމަކި އެންމެ މުހިންމު ކަންތައް ފިހަރަކައް ގުޅިޔަސް ފޮނެއް ނުނަގަ މިއައް ވުރެ ރަގަނޅައް މިކަން ކުރުމަކި މުހިއްމު ކަމެއް

    33
    2
  6. ރަންތިރީސް

    ދޯހަޅި ސިޔާސަތާ އެކު ފެއިލްޑް ސަރުކާރެއް

    35
    4
  7. ާއަލީ

    ބަންގާޅީން ތައް މަގުމަތީގަ އެކަމަކު

    26
    1
  8. Anonymous

    މުޖުތަމައަށް ކުރިމަތިވެފައިވާ ސިއްހީ މައްސަލަ ހައްލުކުރުމަށްޓަކާ ލޮކްޑައުންކުރަންޖެހޭ ނަމަވެސް އިއްޔެއްސުރެން އަންގާފައިވާ 24ގަޑި ހަމަވީމަ ރައްޔިތުން ކާބޯތަކެއްޗެއް އާއްމުކޮށް ކާ މަޖުބޫރު ބޭސް ގަތުންފަދަ ޒަރޫރީބޭނުމެއްފުއްދަން ނިކުންނަންޖެހޭ ޙާލަތަށް 2ގަޑިއިރުހާ ފުރުޞަތެއް ދިނުން ހަމަޖެހޭ ގޮތަކީ، ފިގާރަތަކާއި ކެފޭތަކުގެ ޑެލިވަރީތައް ހުރިހާރައްޔިތުންނަށް ފައިދާވާގޮތައް ނުހިންގޭކަން ޔަގީންކޮށްދެން.

    22
    3
  9. ލަތީފާ

    ޑެލިވަރީ ކޮ އްދޭ ތަންތަނުން ފޯނުގަނޑުވެސް ހި އްލާލާނެ ވަރުހުރި އަތެ އް އޮތް އަންހެނެ އްވެސް ފިރެހެނެ އްވެސް ހުރިހެނެ އް ހިޔެ އްނުވޭ ދެންކާކަ އްތަ ގުޅަންވީ މޭޔަރު ޝިފާ އަ އްތަ ނުނީ މަ އިމުނާ އަ އްތަ ގުޅަންވީ

    23
  10. އެސޮރު

    ފުރަބަންދުކުރިޔަސް ކުޑަވެގެން ފެންކޮޅެއް ލިބޭނެ ގޮއްވިޔަސް ރަނގަޅު.

    8
    1
  11. ައަންނިބެ

    މިހާރު މި އޮތީ ފުޅީގެ ފެނުގެ ބަދަލުގާ ގެޔައް އަޅާފަ އޮތް ފެންހޮޅިން ފެންބޯނވީ ވަގުތު އައިސްފަ، ކާނެ އެއްޗެއް ނެތިއްޔާ ބަނޑަށް ކުޅު ޖަހައިގެއް ހުންނަން އާދަ ކުރަންވެފަ.

    11
  12. މަންނު

    "ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިއަބައިމީހުން އިމްތިޙާން ކުރައްވާހުށީމެވެ. (އެއީ) ބިރުވެރިކަމާއި ބަނޑުހައިހޫނުކަމުގެ ތެރެއިން ކަމެއް މެދުވެރިކުރެއްވުމުންނެވެ. އަދި މުދާތަކާއި ފުރާނަތަކާއި މޭވާތައް އުނިކުރެއްވުމުންނެވެ. އަދި ކެތްތެރިންނަށް އުފާވެރިކަމުގެ ޚަބަރު، ކަލޭގެފާނު ދެއްވާށެވެ!"

    "އެއުރެންނީ އެއުރެންނަށް މުޞީބާތެއް ޖެހިއްޖެނަމަ، ހަމަކަށަވަރުން ތިމަންމެންނީ، ﷲ އަށް މިލްކުވެވޮޑިގެންވާ ބައެކޭ، އަދި ހަމަކަށަވަރުން ތިމަންމެންނީ، އެކަލާނގެ ޙަޟްރަތަށް އެނބުރިދާނޭ ބައެކޭ ބުނާ މީހުންނެވެ."

    (އަލްބަޤަރާ: 155،156)

    34
  13. ޖޯން

    މައިމޫނާ ނަންބަރުލިބިދާނެތަ ، ޑެލިވަރީ އެއް ކޮށްދޭ ތަނެއް ބަލަންވެގެން.

  14. ޜިިޔ

    ޢަޅުގަނޑު މާލޭގައި ނޫޅުނު ކަމުގައި ވިޔަސް މާލޭގައި އުޅޭ މީހުންނައްޓަކައި ވަރަށް ކަންބޮޑުވޭ

    15
  15. ޙުމާމި

    ގިނަބަޔަކައް ހީވެފައި އޮންނަނީ މިދުވަސްވަރު ގޭގަ މަޑުކޮއްފިނަމަ އެއީ އަނބިދަށުވީއޭ ނޫނީ މާ ބޮޑައް އޯވާ ވީއޭ.. ނޫން އެއީ މި ދަނޑިވަޅުގަ ތިމާއައް ނިއްމޭނެ އެންމެ މުހިންމު އެއް ނިންމުން މިޔަދު ރައްޓެހިން ހިތައް އަރާފާނެ އެއްޗަކައް ގޭގަ މަޑުނުކޮއްފިނަމަ ތިމާގެ ސަބަބުން އާއިލާ މިދުނިޔެ ދޫކޮއް ހިގައިދާނެ.... އެދުވަހުން ރައްޓެސަކައް އާއިލާގެ ލޯތްބެއް ތިމާއަކައް ނުދެވޭނެ ޥިސްނާ !!

    3
    1
  16. ޑައެލޯގް

    މިއީ މިސަރުކާރުން އިންޑިޔާގެ ބަހަށް ރާއްޖޭގެ ތިބި މަދުމީސްކޮޅު ފޮހެލައި އިންޑިޔާގެ އޮށްއިންދާ އެމީހުން މިރާއްޖެއަށް ވެރިވާން ކުރިކަމެއް އެހެންވެ ކަރަންޓީނުގެ ފެއިލްއަކުންވީކަމެއް

  17. އެމަންޖެ

    ތިޔަ މާލެއިން ޕޮޒިޑިވް މީހާގެ މަންމައާ އިތުރު މީހަކު މިދިޔަމަހު ލަނކާ އަށް ދިޔަކަމައްވޭ.