އެއްވެސް ވަރަކަށް އަރިދަފުސް ރޯގާގެ އަލާމާތެއް ހުރި ނަމަ ރިޕޯޓް ކުރަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އެދިއްޖެ އެވެ.
މިހާރު ދަރުބާރުގޭގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ، މިހާރު ވިސްނާލަން ޖެހޭ ކަމަކީ އެއްވެސް ވަރަަކަށް އަރިދަފުސް ރޯގާ ނުވަތަ ހުމުގެ އަލާމާތެއް ހުރެއްޖެނަމަ އެކަން ރިޕޯޓް ކުރުމަށް އެދޭ ކަމަށެވެ.
"އެއްވެސް ވަރަކަށް އަރިދަފުސް ރޯގާ، ހުން ކެއްސާ އެފަދަ އަލާމަތެއް ހުރެއްޖެނަމަ، އަޅުގަނޑުމެންގެ ހޮޓްލައިން ނަމްބަރަށް ގުޅުއްވާ ނުވަތަ އެ ނަމްބަރު ބިޒީ ވެއްޖެނަމަ އީމެއިލް އެޑްރެހަށް އެެކަން އަންގާލުން" ޑރ. އަފްޒަލް ވިދާޅުވިއެވެ.
އަފްޒަލް ވިދާޅުވީ، މި ދުވަސްކޮޅު ހޮޓްލައިންއަށް އަންނަ ފޯން ކޯލްތައްވެސް ގިނަވާނެ ކަމަށާއި، އެހެންކަމުން ކެތްތެރިކަން އިހުތިޔާރު ކުރުން ވަރަށް މުހިންމު ކަމަށެވެ.
"މި ދުވަސްވަރަކީ އެކަކު އަނެކަކަށް ވަރަށް އޯގާތެރިކަމާއެކު އަޅުގަނޑުމެން ކަންތައް ކުރަންވީ ވަގުތެއް، އަޅުގަނޑުމެންގެ ސާފްތާހިރުކަން އިތުރަށް ހަރުދަނާ ކުރަން ޖެހޭނެ، ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުމުގެ ކަންކަން ކުރިއަށްގެންދަން ޖެހޭނެ، ގައިދުރުކުރުމުގެ ކަންތައް ކުރަން ޖެހޭ". އަފްޒަލް ވިދާޅުވިއެވެ.
އަފްޒަލް ފާހަގަކުރެއްވިގޮތުގައި، ކަމާއި ގުޅުން ހުރި އިދާރާތަކުން ދެމުންގެންދާ އިރުޝާދުތަކަށް މީހުން ބޯނުލަނބައެވެ.
"މި ފުރުސަތަކީ އާއްމުންގެ ކިބައިން އެހީތެރިކަމެއް މުޅި ގައުމަށް ބޭނުންވާ ވަގުތުކޮޅެއް، އެހެންވީމަ މިވަގުތުގައި އަޅުގަނޑުމެން މި ދޭ އިރުޝާދުތަކަށް ކަންތައް ކުރާނަމަ މިކަން ކޮންޓްރޯލް ކުރެވޭނެ". އަފްޒަލް ވިދާޅުވިއެވެ.
If you have a cough, fever & breathing difficulty and need medical attention or if you had direct contact with a confirmed case:
- Call #COVID19 hotline 1676
- Text your query to 1676
- Email to [email protected]
They will get back to you soon.
— Dr. Mohamed Ali (@Moxamedalu) April 17, 2020
އެހެން ނޫނީ ހީނުކުރާހާ ވަރަށް މި ވައިރަސް ފެތުރިގެން ހިނގައިދާނެ ކަމަށް އަފްޒަލް ވިދާޅުވިއެވެ.
މާލެއިން ކޮވިޑް-19 ޖެހިފައިވާ ތިން މީހަކު ފެނިފައިވާއިރު، ކަމާއި ގުޅުންހުރި ފަރާތްތަކުން ދަނީ އެ މީހުންނާއި ކޮންޓެކްޓްވި ކަމަށް ބެލެވޭ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެެވެ.
ކޮބާތަ މެއިލް އެޑްރެހަކީ
ކޯންޗެއްބާއްވާ ބާއްވާތޯ ފަތްކޮޅުތި ދަނީ؟ ބަލަ މުޅިގައުމުން ތިޔަރޯގާގެ ރިޕޯރޓެއް ނަގަންވެސް ނޭގުނީތޯ؟ ޢެއްކަލަ ރިޕޯޓު ކުރަންޖެހޭ ނަމްބަރު އޮތްތަނުގައި އޮއްވައި ދިޔައީ ފުލޫ ކުލިނިކަށް ނުންބާ!ތިހެންއަރާ އަރާދައްކާވާހަކަ އަޑު އެބައަހާތޯ؟ ބޮޑުދިރާސާއެއްހަދައިގެން ފޮނިކެޑީމަވީތޯ!
ޚީއްކުރާ ހޮޓް ލައިނެއް 20 މޯބައިލް ނަންބަރު ހޮޓް ކޮށްބަލަ
ރޯގަަަަާޖެހިގެން ގުޅީިމަ ގެޔަަަށް އަންނާނަންތަ ޓެސްޓު ކޮއްދޭނ އެޔޮއްބޮޑު ޗައިނާގަވެސްގޭ ގެއަށް ގޮސްގެން އެޓެސްޓުކޮއްދިނީ އެކަހަލަ ހިއްވަރު ގަދަބަޔަކައް މިސަރުކާރުވެސް ވާނެކަމައް މިބަލަނީ އަޅުގަނޑުމެން ދިވެހިރައްޔިތުން
ކޮބާ ޕްރޮސެކިއުޓަރ ޖެނެރަލް. މައިމޫނާ ނެރުއްވާފައިވާ 3 މީހުންނަށްވުރެ ގިނަ މީހުން އެއްވުމުގެ އަމުރާ ޚިލާފުވި މީހުންގެ މައްޗަށް ދައުވާކުރަން ނުފަށާތަ! އަމުރުތަކާ ޚިލާފުވާ މީހުންނަކީ ކޮބައިތޯ ބަލައި މުޖުތަމައުގައި ބިރުވެރިކަން އުފައްދާ މީހުންގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓަރ ޖެނެރަލް ފަސްޖެހޭ ސަބަބު ހާމަކުރަންޖެހޭ.
ތިޔަވިދާޅުވާ ނަންބަރު އޮއްވާ ފުލޫ ކުލިނިކައް ޕޮޒިޓިވްވިމީހާޔައް ދާން ޖެހުނީ ކިހިނެއް ވެގެންތޯ އަދި ރައްޔަތުން ގޭގަ ނުތިބޭ ވާހަކަ އަބަދު ދައްކަވާ ރައްޔަތުންގެ ބޮލުގަ އެކަން އެއަޅުވަނީ ކީއްވެގެންތޯ ތިޔަބޭފުޅުން އެވަރަބައްލަވާ މޮނިޓަރު ކުރެއްވި އިރު ކީއްވެގެންތޯ މާލެ ތެރޭން މިޕޮޒިޓިވް ވިމީހާޔައް މިވައިރަސް ކީއްވެގެންތޯ އެރީ އެއީވެސް ރައްޔިތުންގެ އިހްމާލެއްތޯ ކޮބާތޯ ތިޔަބޭފުޅުންގެ ފަރުދީ ޒިންމާ މިގައުމާ ދޭތެރޭގައި ޒިންމާދާރު ނުވެވުނީ ކީއްވެގެންތޯ މީހައްތާވެސް ޖަވާބް ނުލިބޭ ސުވާލްތައް