މިހާރު މާލެއިން ވެސް ފެނިފައިވާ އކޮވިޑް-19 އާއި ގުޅިގެން މަގުމަތީގައި އުޅުނު 46 ދިވެއްސަކަށް ވަގުތީ ބޯހިޔާވަހިކަން ދީފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ދެންމެ ކުރެއްވި ޓްވީޓެއްގައި ފުލުހުން ވިދާޅުވެފައި ވަނީ އެމީހުންގެ ރައްކާތެރިކަމަށްޓަކާ މަގުމަތީގައި އުޅޭނެ ބޯހިޔާވަހިކަމެއް ނެތް 48 މީހުންނަށް ވާނީ މިހާރު ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައި ކަމަށެވެ.

އެގޮތުން ބޯހިޔާވަހިކަން ފޯރުކޮށްދިން މީހުންގެ ތެރޭގައި ހިމެނެނީ 44 ދިވެހި ފިރިހެނުންނާއި، ދެ އަންހެނުންގެ އިތުރުން ދެ ބިދޭސީ އެއް ކަމަށް ފުލުހުން ދެންމެ ކުރެއްވި ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.

ފުލުހުން ބޯހިޔާވަހިކަން ދީފައިވާ މީހުންނަކީ މާލެ ފުރަބަންދު ކުރި ނަމަވެސް ވަންނާނެ ތަނެއް ނެތި މާލޭ މަގުމަތީގައި އުޅެމުންދާ މީހުންނެވެ. އެމީހުންނަށް މި ދަނޑިވަޅުގައި އެހީތެރިކަމެއް ފޯރުކޮށް ނުދެއްވިއްޖެ ނަމަ ދިމާވެދާނެ ނުރައްކަލަކަށް ބަލައި ހާލަތު މިއަށްވުރެ ރަނގަޅުވުމާއި ހަމަޔަށް އެމީހުނަށް ފުލުހުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ. ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ އިތުރުން ފުލުހުން ވަނީ ހާލުގައި ޖެހިފައި ތިބި މީހުންނަށް ކާބޯތަކެތިވެސް ފޯރުކޮށްދީފައެވެ.

އިއްޔެ މާލެއިން އެއްވެސް ދަތުރުކުރުމުގެ ހިސްޓްރީ އެއް ނެތް މީހެއްގެ ގައިން ކޮވިޑް-19 ފެނުމާއި ގުޅިގެން މި ބަލި ފެތުރެން ދިމާވި ސަބަބު ހޯދުމަށް ކަމާބެހެ އިދާރާތަކުން އަންނަނީ ކެނޑިނޭޅި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ވައިރަހާއި ގުޅިގެން ގްރޭޓާ މާލެ ސަރަހައްދު އެއްކޮށް ވަނީ ބަންދުކޮށްފައެވެ. ކޮވިޑް-19 އިތުރަށް ފެތުރިގެން ދިޔަ ނުދިނުމަށް ސަރުކާރުން އަންނަނީ ސާފްތާހިރުކަން އިސްކުރުމަށާއި، ގެއިން ބޭރަށް ނުނިކުތުމަށް އިލްތިމާސްކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޒަމީރު

    ވަންނާނެ ތަނެއް އުޅޭނެ ގެއެއް އަސާސީ ހައްގުތައް. މިކަހަލަ ކަމެއް ދިމާވީމަ މި އެނގެނީ ގައުމުގެ ހާލަތު

  2. އަދާލަތު

    އަދިވެސް ފުލުހުންނަށް ބަވަ އި، އަނިޔާކުރޭ. ބޮޑުކަމެ އް ކުރިމަތިވެ ގޮތް ހުސްވާ އިރު، ބު އްފުޅި ޖަ އްސަ އިގެން ކޮނޑުމަތީ ބާ އްވަ އި ނާނާ ކިޔާދޭނީ ހަމަ ފުލުހުން.