ދޮގު މައުލޫމާތު ދީފައިވާކަން ސާބިތުވެފައިވާތީ، ކްރިމިނަލް ކޯޓުގެ ގާޒީ ޙަސަން ނަޖީބުގެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހަށް ފޮނުވުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ނިންމައިފިއެވެ.

މި ފިޔަވަޅުތައް ނިންމާފައިވަނީ އިއްޔެ ބޭއްވުމުން އެ ކޮމިޝަންގެ މިއަހަރުގެ 30 ވަނަ ބައްދަލުވުމުގައި އޯޑިއޯ ވީޑިއޯ ކޮންފެރެންސް މެދުވެރިކޮށް، ކޮމިޝަންގެ 8 މެމްބަރުން ބައިވެރިވަޑައިގެން ބޭއްވި ޖަލްސާގައެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން، ބުނެފައިވަނީ 2013 އިން ފެށިގެން ގާޒީ ޙަސަން ނަޖީބު ޖުޑީޝަލް ސާވިސް ކޮމިޝަނަށް ހުށަހަޅާފައިވާ މާލީ ބަޔާންތަކުގައި ދޮގު މައުލޫމާތު ދީފައިވާކަން ސާބިތުވެފައިވާތީ، އެ އަމަލުތަކަކީ ފަނޑިޔާރުންގެ ޤާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ހިލާފު އަމަލުތަކަކަށްވުމުން ތިން މަސްދުވަހަށް މުސާރައާއި އިނާޔަތްތައް ނުލިބޭ ގޮތަށް ވަޒީފާގެ މަސައްކަތަށް ނުކުތުން މަނާ ކުރުމަށް ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން ގާޒީ ޙަސަން ނަޖީބު ފަނޑިޔާރުކަމުގެ ހުރެގެން ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތު ދީފައިވާ މައްސަލަ ތަހުގީގު ކުރުމަށް ފުލުހަށް ފޮނުވުމަށްވެސް ނިންމާފައިވާ ކަމަށް ޖޭއެސްސީ ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދުންތަރި

    ތިޔަ ރޯނު އެދުރުގެ ބަލާއިން ޖުޑިސަރީ ސަލާމަތްކޯށްދެއްވާށި

    3
    1
  2. ޢަބްދުލްޤާދިރު މުބާރިކް ޖީލާނީ

    ފަނޑިޔާރުގެ އިޞްލާޙް ކުރަން ދައުލަތް ހިންގަވާ ވެރިން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ،
    ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ވީއެންމެ އަވަހަކަށް ޤާނޫނީ ހަމަތަކުގެ މަތިން 2 ފަނޑިޔާރުން ޢައްޔަންކުރައްވައި، ބެންޗް 7 އަކަށް ފުރިހަމަ ކޮށްލައްވަންވީ.
    ދިވެހިރާއްޖޭގެ ހައިކޯޓްގައި މިހާރު ތިއްބެވި ހުރިހާ ފަނޑިޔާރުން ދޮވެސާފުކޮށްލައްވަންވީ.
    ކްރިމިނަލް ކޯޓް ހިންގެވުން މިހާރުން މިހާރަށް އާފަނޑިޔާރަކާއި ޙަވާލު ކުރައްވަންވީ.
    ސިވިލް ކޯޓްގައި ތިބި މައްސަލަތައް ހާހުންމަތީގައި ޙަވާލުވެގެން ބައިޤަރުނުވަންދެން ތިބި ފަނޑިޔާރުން ބޭރުކޮށްލަންވީ.
    ފެމިލީ ކޯޓްގައި ތިބި މައްސަލަތައް ލަސްކުރާ ޖުޑީޝަރީ ބަދުނާމްކުރާ ކޮރަޕްޓް ފަނޑިޔާރުން ވަކިކުރަންވީ.
    ޢަދުލުވެރި އިންޞާފުވެރި ފަނޑިޔާރުގެއެއް ދިވެހިރައްޔިތުންނަށް ލިބުން އެދޭނަމަ ފަނޑިޔާރުގެ އިޞްލާޙު ކުރަންވީ