ރާއްޖޭގައި އުމުރުން 3 މަހުގެ ކުއްޖަކު ކަރަންޓީނު ކޮށްފިއެވެ.

”ވަގުތު“ އަށް އެނގިފައިވާ ގޮތުން އެ ތުއްތު ކުއްޖާ އާއި ކުއްޖާގެ މުޅި އާއިލާވެސް މިހާރު ވަނީ ކަރަންޓީނު ފެސިލިޓީ އަކަށް ބަދަލުކޮށްފައެވެ.

އެ އާއިލާގެ މީހުން ކަރަންޓީނު ކޮށްފައި ވަނީ މާލެ އިން ފުރަތަމަ ފައްސިވި މީހާ އާއި ބައްދަލުވެފައި ވާތީއެވެ.

އިއްޔެ މާލެއިން ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައި ވަނީ އެއްވެސް ބޭރު ގައުމަކަށް ދަތުރުކޮށްފައި ނުވާ އަންހެނަކެވެ. އޭނާ އާއި ޑައިރެކްޓް ކޮންޓެކްޓްވި ދެ މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، އިތުރު 10 މީހެއްގެ ނަތީޖާ ވަނީ ނައްސި (ނެގެޓިވް)ވެފައެވެ. މީގެ އިތުރުން، އޭނާއާ ކޮންޓެކްޓްވި 14 މީހެއްގެ ފަރާތުން އަލާމާތްތައް ފެންނާތީ އެމީހުންވެސް ވަނީ އެކަހެރިކޮށްފައެެވެ.

ރާއްޖޭގެ ކަރަންޓީނު ފެސިލިޓީތަކުގައި މިވަގުތު ޖުމްލަ 985 މީހުން ތިބިއިރު 31 މީހަކު އައިސޮލޭޝަންގައި އެބަތިއްބެވެ.

ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 23 އަށް މިހާރު އަރާފައިވާއިރު، މިވަގުތު ރާއްޖޭގައި ފަރުވާދެމުން ގެންދަނީ 5 މީހަކަށެވެ. އިތުރު ދެމީހަކަށް ގައުމުން ބޭރުގައި އަންނަނީ ފަރުވާ ދެމުންނެވެ. އެއީ ވައިރަހަށް ފައްސިވެފައި ވަނިކޮށް ރާއްޖެއިން ފުރައިގެން ދިޔަ 2 ފަތުރުވެރިންނެވެ.

ބަލި ޖެހުނު މީހުންގެ ތެރޭގައި ހިމެނެނީ 8 ދިވެއްސަކާއި 15 ބިދޭސީން ކަމުގައިވާއިރު، މިހައިތަނަށް ފަރުވާދީގެން 16 މީހަކު ވަނީ ރަނގަޅުވެފައެވެ. މާލޭގައި ފުރަތަމަ ފަހަރަށް ގައިން ގަޔަށް ވައިރަސް އަރަން ފެށުމާއިއެކު، މާލެ މިހާރު ވަނީ ރެޑް އެލާޓަށް ގެނެސްފައެވެ.

މިދުވަސްވަރު ވަައިރަހުން ރައްކާތެރިވުމަށް އޮތް ގޮތަކީ ގޭގައި ތިބުން ކަމުގައިވާއިރު، މިފަދަ ވައިރަހެއް އެއްކޮށް ފޮހެލުމަށް ހުރިހާ ރައްޔިތުންގެވެސް އެއްބާރުލުން ބޭނުންވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކުޑޭ

    މީނާއަކީ ރާއްޖެއިން ބޭރަށް ނުގޮސް ރާއްޖެއިން ބޭރަށްގޮސް އައިސްފައިވާ މީހުންނާ ވަރަށް ބައްދަލުކޮށް ފަޔަށް ހިނިއަރާތީ ގޭގަ މަޑުނުވެވިގެން އުޅުނުމީހެއް

    33
    2
  2. ދޮންތަ

    ކިހިނެއްތޯއޭ މާލޭން ފުރަތަމަ ފަރަށް މިވައިރަސް ޖެހުނު ބޭފުޅާއަށް އެވައިރަސް ޓްރާންސްފާ ވީ؟ މި ސުވާލުގެ ޖަވާބަށް ހުރިހާ ދިވެހި ރައްޔިތުން ޖަވާބެއް ބޭނުންވޭ!

    62
    1