ކޮވިޑް-19 އާ ގުޅިގެން މާލެ ފުރަބަންދުކޮށްފައި އޮތް ވަގުތުތަކުގައި އެކަމުގެ ގެއްލުން އެންމެ ބޮޑަށް ލިބޭނެ އެއް ބަޔަކީ ބިދޭސީންނެވެ. އަލިފާން ފޮއްޓެއް ކަހަލަ ތަންތަނުގައި ދިރިއުޅޭ ބިދޭސީންގެ އަދަދު އިންތިހާ އަށް ގިނައެވެ. ބަރިބަރިއަށް ޖަހާފައި ހުންނަ އެނދުތަކުން ބިދޭސީން ދިރިއުޅޭ ގިނަ ކޮޓަރިތައް އޮންނަނީ ތޮއްޖެހިފައެވެ. އެމީހެއްގެ ނިދާ ތަންކޮޅު ފާހަގަކޮށްފައި އޮންނަނީ ފަރުދާއެއްހެން ދަމާލާފައި އޮންނަ ފޮތިގަނޑަކުންނެވެ. އެއީ ކޮންމެ ދުވަހަކު އެތަންތަނަށް ކާ އެއްޗެހި ގެނެސްގެން ކައި އުޅޭ މީހުންނެވެ.

އެމީހުންނަށް ހާއްސަ ހޮޓާތަކެއް ވެސް މާލޭގައި ހުރެއެވެ. އެކަމަކު، މާލެ އިން ފުރަތަމަ ފަހަރަށް އިއްޔެ މީހަކު ފައްސިވުމާ ގުޅިގެން އެ ތަންތަން ވެސް ބަންދެވެ. އެމީހުން ކައިގެން ބޮއެގެން އުޅޭނެ ގޮތްތައް ހޯދަން ވަނީ ޖެހިފައެވެ. ކާބޯތަކެތި ލިބުމުގައި އެމީހުންނަށް ދިމާވެފައި އޮތީ ދަތިތަކާއެވެ.

މާލޭގެ މަގުމަތީގައި ބިދޭސީންތަކެއް މިއަދު މަޑުކޮށްލައިގެން. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

އެ ދަތިތައް އެހެން އޮތުމުން، ބައެއް ބިދޭސީން ވަނީ މާލޭގެ މަގުތަކަށް ނުކުންނަން ފަށައިފައެވެ. ކާބޯތަކެއްޗަށް އެދި އާދޭސް ކުރަމުންނެވެ. ބައެއް މީހުން ގްރޫޕް ހަދާލައިގެން ހަވީރު ގަޑީގައި ކާބޯތަކެތި ހޯދަން ފިހާރަތަކާއި ހޮޓާތަކަށް ދުވިއެވެ. އަނެއް ބަޔަކު ބެލީ އެންމެ ކައިރީގައި ހުރި ތަނަކުން ކާބޯތަކެތި ހޯދުމަށެވެ. މިއަދު މަގުމަތިން ފެނިގެން ދަނީ ގިނަ އަދަދެއްގެ ބިދޭސީން ކާތަކެތި ނުލިބި މަގުތަކުގައި ގިނަވެގެން އުޅޭ މަންޒަރެވެ. މީސްމީޑިއާގައި ގިނަ ބަޔަކު ދައްކަނީ އެ ވާހަކައެވެ.

މަގުމަތީގައި މިއަދު އުޅުނު ބިދޭސީންތަކެއް. --- ވަގުތު އިމޭޖަސް: އަޝްވާގު އިބްރާހިމް

އެމީހުންނަށް އަޅާލާނެ ބައެއް ނެތް ކަން ހީވާ ކަހަލައެވެ!

މާލެ ފުރަބަންދު ކުރުމާ އެކު، ވެހިކަލްތަކާއި މަގުތަކުގައި އުޅުމާއި މާލެއަށް އަރައި ފޭބުން ވަނީ ހުއްޓުމަކަށް އައިސްފައެވެ.

ބައެއް ބިދޭސީ މީހުން ބުނެފައިވަނީ އެމީހުން ފިހާރަތަކަށް ދިއުމުން ބައެއް ފިހާރަތަކުން އެމީހުން ފޮނުވާލާފައިވާ ކަމަށެވެ. އަދި އެމީހުންނަށް ކާބޯތަކެތި ލިބޭނެ އެއްވެސް މަގެއް ފަހިވެފައި ނުވާތީ އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށް ވެސް އެމީހާ ބުންޏެވެ.

މާލޭގެ ގެއެއްގެ ކައިރީގައި ދެ ބިދޭސީއަކު މަޑުކޮށްލައިގެން. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

"އަހަރެން މިއަދު ފިހާރައަކަށް ދިޔައީމަ ބުނީ ވަކި ހުއްދައެއް ބޭނުންވާނެއޭ. އެހެން ކިޔާފައި ފޮނުވާލީ،" ބަންގްލަދޭޝްގެ ރައްޔިތަކު ކިޔައި ދިނެވެ.

މީގެ ކުރިން ފުލުހުން ބުނެފައިވަނީ ފުރަބަންދު ވަގުތު ތަކުގައި ހުއްދަނެތި ބޭރުގައި އުޅޭ މީހުންނާއި މެދު ފިޔަވަޅު އަޅާނެ ވާހަކައެވެ. ނަމަވެސް މިގޮތަށް ކާއެއްޗެއް ނުލިބި ބޭރުގައި އުޅޭ ބިދޭސީންނާއި މެދު ފިޔަވަޅު އަޅާފައިވާ ކަމެއް އަދި ސާފު ވެފައެއް ނުވެއެވެ. އެކަމަކު، ކޮވިޑް-19 އާ ގުޅިގެން މާލޭގެ މަގުމަތީގައި ބޯހިޔާވަހިކަމެއް ނުލިބި އުޅުނު 46 ދިވެއްސަކަށް ކާބޯތަކެއްޗާއި ވަގުތީ ބޯހިޔާވަހިކަން މިހާރު ވަނީ ފޯރުކޮށްދީފައެވެ.

މާލޭގެ ފިހާރައެއް ކައިރީގައި ބަޔަކު މިއަދު ކިއު ހަދައިގެން. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

ބޯހިޔާވަހިކަން ފޯރުކޮށްދިން މީހުންގެ ތެރޭގައި ހިމެނެނީ 44 ދިވެހި ފިރިހެނުންނާއި، ދެ އަންހެނުންގެ އިތުރުން ދެ ބިދޭސީއެކެވެ.

މަގުމަތީގައި އުޅުނު 46 ދިވެހިންނަށް ވަގުތީ ބޯހިޔާވަހިކަން ދީފި

ފުރަބަންދާ ގުޅިގެން ބައެއް ފިހަރާތައް ބަންދުކޮށް ވަނީ ޑެލިވަރީގެ ހިދުމަތް ދޭން ފަށާފައިއެވެ. ނަމަވެސް ޑެލިވަރީގެ ހިދުމަތް ލަސްވުމުގެ ސަބަބުންނާއި، އެ ނަންބަރުތަކުން ފޯނު ނުނުގުމުގެ ސަބަބުން ގިނަ އަދަދެއްގެ ދިވެހިންގެ އިތުރުން ބިދޭސީން ވަނީ ފިހާރަތައް ބޭރުގައި ސަފު ހަދާފައެވެ.

އިއްޔެއިން ފެށިގެން 48 ގަޑިއިރަށް މާލެ ފުރަބަންދު ކުރުމުގެ ކުރިން ސަރުކާރުން ވަނީ ހަވީރު 17:00 އިން ރޭގަނޑު 20:00 އަށް ބޭރަށް ނުކުތުން މަނާ ކޮށްފައެވެ. މި ކާފިއު ގަޑީގައި ސަރުކާރުގެ އިރުޝާދުތަކަށް ފުރިހަމަ އަށް ބޯލެނބި މަންޒަރު ފެނުނެވެ.

މާލެ އިން މިހާތަނަށް ތިން މީހެއްގެ ގައިން ބަލި ވަނީ ފެނިފައެވެ. އޭގެތެރޭގައި ހިމެނެނީ ފުރަތަމަ ބަލި ޖެހުނު އަންހެން މީހާގެ އުމުރުން ދެ އަހަރުގެ ތުއްތު ދަރިފުޅާއި، އޭނާ އާއި އާއިލީ ގޮތުން ގުޅުން އޮންނަ މީހެކެވެ. ރާއްޖެ އިން މިހާތަނަށް 23 މީހެއްގެ ގައިން ބަލި ވަނީ ފެނިފައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. މަދު

    އަދި ބޭރުމީހުންގެނޭ! އަދި މަދު!

    39
    2
  2. Anonymous

    ސަރުކާރުގެ ދޯހަޅި ސިޔާސަތު. ދޮގު ވައުދު ތަކެއް ބުނަމުންދިޔައީ... ދަތި ކަމެއް ނެތި ދޮރަށް ކޮބާ ކޮބާ ކޮބާ ހޭ... ކބޫ. މި ތިބީ ލައިގެން ކާނެ އެއްޗެއް ހަދާނެ އެއްޗެއް ނެތި ހުސް ރޮއްޓާއި ކަޅު ސައި ބޮއިގެން.

    49
    10
  3. ޑައެލޯގް

    މިއީ މިސަރުކާރުން އިންޑިޔާގެބޭނުމަކަށް ކުރާކަމެއް ބޭނުންވަނީ ރާއްޖެ އދ. ގެ ޗާޓަރާއެއްގޮތަށް ހިފަން. ދެން އެމީހުނަށް ރާއްޖޭގެ މަދުއާބާދީ ނައްތާލަން ލިބުނު ރަނުގެ ފުރުސަތުގައި، މިބަލިރާއްޖެގެނެސް ކުރިކަމެއްމިއީ، އެހެންނޫނީ ކީއްވެ 21 މާރޗުގައި ކަރަންޓީނުކޮށް ރަގަޅަށްގޮސްއޮއްވާ މިހެންވާންވީ. މިއީ ކިބުލާއި އަންނިއަށް އިގިރޭސިވލިާތުން ރަށްވެހިކަންދޭން އިންޑިޔާއިން އެދިގެން ދިވެހިންގެ ނަސްލު މިބަލީގައި މަރުވީމަ އިންޑިޔާގެ ނަސްލު މިތާ އާލާކުރަންކުރާކަމެއް

    90
    14
  4. Anonymous

    މާލެއިން ޕޮޒިޓިވު މީހާގެ މަންމަ އާއަދި އިތުރު މީހަކު މި ނިމުނު މަސްތެރޭ ލަނކާއައް ދިޔަކަމަވޭ...ސަރުކާރުން މީ ކިހާވަރެއްގެ ތެދު ދޮގެއްތޯ ބަލައިފިންތޯ.

    59
  5. ޙަސަނު

    ޙެޔޮނުވާނެ މިމަގުތަކުގައި ތޮއްޖެހިފަތިބި ބިދޭސިންނައް ގޮތެއްނިއްމާ. ނުނީ އަލުގަޑުމެންއެންމެން ސަލާމަޢްނުވެ ދާނީ

    28
    1
  6. ޢަލިބެ

    ބިދޭސީން ގިނަވެ އެމީހުންގެ ފަރާތުން ލިބޭ ފަސޭހައަށްވުރެ އުނދަގޫ މިހާރުމިވަނީ ބޮޑުވެފަ. މީ 1978 ގެފަހުން އައި ސަރުކާރުތަކުން ރާއްޖެއަށް ކުރިމަތިކުރުވާފައޮތް ކަމެއް. ބިދޭސީންގެ ކަންތައް ހައްލުކުރާނެކަމަށް ވަޢުދުވެގެން އައި މިސަރުކާރުންވެސް ކުރެވުނުކަމެއްނެތް. ބިދޭސީންގިނަވެ ސަލާމަތްނުވާހިސާބުގައި އޮއްވައި މިފަދަ ކާރިސާއެއް ކުރިމަތިވީމަދޯ ބިދޭސީންގެ އެތައްބަޔަކު ކުދިތަންތަނުގަ އުޅޭކަން ސަރުކާރަށް އެނގުނީވެސް އަދިކިރިޔާދޯ.

    20
  7. Xee

    ކޮބާ ފުލުހުން. ކޮބާ ބޭރަށް ނިކުންނަ މީހުންނާ ދޭތެރޭ ހަރުކަށި ފިޔަވަޅު އަޅާނަމޭ ބުނި ފުލުހުން

    35
    6
  8. އައްޑޫ މީހާ

    ބަލަ މިހާލަތައް ދިއުމުގެ ކުރިން އެމީހުނަ ގައުމަށް ފުރާ ވާހަކަ ދައްކާފަ ނުފޮނުވީ ކީއްވެ؟ މިގައުމަށް ކާބޯތަކެއްޗާއި އެހެނިހެން ވަސީލަތްތައް އެންމެ ގިނަ ގައުމުކަމަށް ދައުވާކޮށް ބޭރުމީހުންނަށްވެސް ބޭނުންވާވަރަށް ކާބޯތަކެތި ހުންނާނެއޭ ކިޔާފަ ތިއްބާ މިކަމެއްމިވީ ހީކޮށްގެން ތިބި ގޮތާއި މުޅިން ހިލާފަށް ކަންތައް ދިމާވީ މިހެން ވާހަކަ ދައްކަން ޖެހެނީ ދައްކުވާތީ މިކަހަލަ ދަނޑިވަޅެއްގައި ދައްކަން ބޭނުން ނުވިޔަސް ކަންތައް ކުރާގޮތުން ދެއްކޭނެ ދެން ދިވެހިން ގޭގައި ތިބެފަ ބޭރު މީހުން މަގުތަކުގަ ވަރަށް ރީތި މަންޒަރު ދެން މިމީހުންގެ ބަލަދުވެރި ފަރަަތްތައް ހޯދައި އެމީހުން ޒިންމާދާރު ކުރުވަން އެބަޖެހޭ ތިމީހުންގެ މެދުގައި މިވައިރަސް ފެތުރިއްޖެ ނަމަ އޭރުން ކުޅިވަރު ފެންނާނެ ސޮރީ މިކަހަލަ ކޮމެންޓް ކުރެވޭތީ

    22
  9. ޢޭތި

    މިހާލަތުގައި ބިދޭސީންގެ މިފަދަ މައްސަލަތައް ހައްލުކުރަން ކަމާއިބެހޭފަރާތްތަކުން މަސައްކަތްކުރަން ޖެހުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް. ބަނގުލަދޭސްއިންވެސް އެމީހުން ގައުމަށް ނުގެންދިޔަތާ، މި ދަނޑިވަޅު ދިވެހި ސަރުކާރުން ކުރާ އަމުރުތަކަށް ބޯލެނބުމަށް އަންގަމުން ދާންޖެހޭ

  10. Anonymous

    ކިބޫ ކަރުނަ

  11. އަބުއާ

    އެންމެހައިރާންވާ ކަމަކީ ދުވާކު ދެދަޅައަށް ޕްރެްސް ދެމުންދާއިރު އެއްވެސް ޖާނަލިސްޓެއްވެސް އަހާވެސް ނުލާ ބަންގާޅުމީހުންގެ ކަންކަން އޮތް ގޮތެއްގެ އެއްވެސް ވާހަކައެއް. ހައްތާވެސް ދިވެހިންނަށް ކާތަކެތި ޕާރުސަލްނުފޮނުވިގެން. ބަންގާޅިންގެ ކަމާކާ އެއްވެސް މީހަކު ކަންބޮޑުވެގެން އުޅޭ ތަނެއް ނުފެނޭ. ހީވަނީ ދިވެހިން ގޭގަ މަޑު ކުރީމަ ހުރިހާކަމެއް ނިމުނިއްޔޭ. މިހުރިހާ ބަންގާޅީންގެ ސަބަބުން މި ހުށައެޅޭ ނުރައްކަލަކަށް އެއްބައެއްގެވެސް ފޯކަސްއެއް ނެތް. ވަރަށް ދެރަވަރު.

  12. އެނޯ

    ސަރުކާރުގެ ޕްލޭންކަމަށް މީޑިއާގައި ރިޕޯރޓް ކޮށްފަ އޮތް ގޮތަށް ބިދޭސީ މަސައްކަތު މީހުންނަށް ތިލަފުށިންނާއި އަދި އެނޫނަސް އެފަދަ އެހެން ސިނާއީ ސަރަހައްދުތަކުން މިދަނޑިވަޅަށް ބޯހިޔާވަހިކަން ދޭންވީ. ބިދޭސީ މަސައްކަތު މީހުންގެ ބޯހިޔާވަހިކަމާބެހޭ ދިރާސާއެއް ހެދިފަ އޮތްނަމަ ހާދަ ރަނގަޅޭ ހިތަށް އަރާފަ އެބަރޮވޭ. މިކަންކަން މިހާރުވެސް ކުރަންވީ. ބިދޭސީންނަށް ބޯހިޔާވަހިކަންވެސް ދޭންވީ. ބަނޑުކޮއްތުވެސް ދޭންވީ. އާނ، ދޭންޖެހޭނެނު؟ އެއީ އަހަރެމެންގެ މެހެމާނުން. އަހަރެމެން އެންމެން އެއް ހާލެއް. ގޮންޖެހުންތައް ގިނަގުނަ.

  13. ގުތަ

    "ބޭބޭ އަހަރެން ކަރަންޓީނު ގެންދަނީ! ޕޮލިސް ބޮޑުބޮސް ބުނީނު މަގުމަތީ ހުންނަނީ ދެން ކަރަންޓީނު ރިސޯޓުގެންދަނީ ފްރީފުޑުދެނީ. ...

  14. ހައިކަލް

    ބިދޭސީންގެ މައްސަލަ ހައްލުކުރަން ޖެހޭ... އެހެން ގައުމްތަކުގަ ވެސް ބިދޭސީންގެ މައްސަލަ ހާއްސަކޮށް ވަގަށް އުޅޭ ބިދޭސީން ގެ ކަންތަށް ވަރަށް ރަގަޅަށް ހައްލުކުރޭ... ދިވެހި ރާއްޖޭގަ ވެސް ހައްލުކުރެވެން ޖެހޭނެ... ޑީޕޯރޓް ކޮށް ލެވެން ޖެހޭނެ... ބިދޭސީންނާމެދު އިންސާނިއްޔަތާ ހިލާފްގޮތަށް އަމަލްކުރާ ބިދޭސީން ގެންގުޅޭ ދިވެހިންނާ މެދު ފިޔަވަޅު އަޅަން ޖެހޭ....

  15. ވިސްނާ

    ރ. މަޑުއްވަރީދާއިރާގެ މެންބަރު މަޖިލީހުގައި މިވާހަކަތައް ދެއްކީމާ މިޤައުމު އެދަރަޖައަކަށް ނުދާނެވާހަކަށް ރީނދޫ ބައިގަނޑުވަނީ ބުނެފައި