މާލެ އިން ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް)ވި ފުރަތަމަ މީހާއާ ގުޅިގެން ރިސްކު އޮތް ކަމަށް ފާހަގަވި މީހުން މަސްދަތުރަކާއި، ޕާޓީއެއްވެސް ބާއްވާފައިވާ ކަމަށް ކޮވިޑް-19ގެ ތަރުޖަމާނު ވިދާޅުވެއްޖެއެެވެ.

މިހާރު ދަރުބާރުގޭގައި ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، މި ކޭސްއާ ގުޅޭ އެކި ކަހަލަ ބޮޑެތި މޫވްމެންޓްތައް ފާހަގަކުރެވިފައިވާ ކަމަށެވެ.

"މިސާލަކަށް ޕާޓީ ބޭއްވުން، މަސްދަތުރު ދިއުން، ދަންނަ ގޭގެއަށް ޒިޔާރަތް ކުރުން، އަދި ބުރު ޖަހަން ދިއުން ކަހަލަ ކަންތައް ފާހަގަކުރެވިފައި ވޭ". މަބްރޫކް ވިދާޅުވިއެވެ.

މިއާއެކު އެތައް ބަޔަކު މިހާރު ވަނީ ނުރައްކަލަށް ހުށަހެޅިފައެެވެ. އެގޮތުން މާލެއިން ކޮވިޑް-19 އަށް ފައްސިވި ފުރަތަމަ މީހާއާ ދިމާވި "ހައިރިސްކް" 75 ފަރާތެއް ފާހަގަކުރެވިފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ.

މީގެ އިތުރުން، މަބްރޫކް ވިދާޅުވީ، އެ އަންހެން މީހާ އާއި ދިމާވި ހައިރިސްކް 75 ފަރާތެއް ހޯދިފައިވާއިރު، މީޑިއަމް-ރިސްކް އޮތް 43 ފަރާތަކާއި، ލޯ-ރިސްކް އޮތް 89 ފަރާތެއް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ހައި-ރިސްކް 7 ފަރާތަކާއި، މީޑިއަމް-ރިސްކް އޮތް 28 ފަރާތެއް، މާލެއިން ކޮވިޑް-19 އަށް ފައްސިވި ތިންވަނަ މީހާ އާއި ވެސް ދިމާވެފައިވާކަން ފާހަގަކުރެވިފައިވާކަމަށް މަބްރޫކް ވަނީ ވިދާޅުވެފައެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ، ނޭނގި ތިބެ ބޮޑެތި ކަންތައްތައް ލައިގެންފައިވާ ކަަމަށާއި،މިކަމަކީ ބޮޑެތި ފިލާވަޅުތައް ނަގައި ދަސް ކުރަން ޖެހޭ ވަގުތެއް ކަމަށެވެ.

"ހާއްސަކޮށް ފަށްފަށުން އަޅުގަނޑުމެން އާއްމުންނަށް މިދޭ އިރުޝާދުތަަކަށް، ބޯނުލަނބާކަން މީގެން މި އެގެނީ، އަޅުގަނޑުމެން މިހާވަރަށް ކިޔަމުން މިދަނީ މީހުންގެ ތެރޭގައި އެއްވެގެން ނޫޅޭށޭ، ގެދަރިންގސްތައް ނުބާއްވާށޭ، ގައިދުރުކަން ބާއްވާށޭ". ޑރ. އަފްޒަލް ވިދާޅުވިއެވެ.

އެހެން ނަމަވެސް ފެންމަންދާ މަންޒަރު ތަކަކީ އެއާއި މުޅިން ހިލާފު މަންޒަރުތަކެއް ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

އަފްޒަލް ވިދާޅުވީ، ކޭސްއެއް ފެނުމުންވެސް ހީކުރި ވަރަށްވުރެ ކޮންޓެކްޓްސްތައް ގިނަކަން ފާހަގަކުރެވޭ ކަމަށެވެ.

"އެއީ އާއްމުންގެ ތެރޭގައި އެއްވުންތަކާއި، ބުރު ޖަހަން ދިއުމާއި، ދަތުރުތަކަށް ދިއުމާއި، ކޮންމެހެން ކުރަން ނުޖެހޭ ގޮތަށް ކުރާ ޝޮޕިންގ ޓްރިޕްސްތައް މި ދުވަސްވަރު އަޅުގަނޑުމެން ބަލަން ޖެހޭނީ ކޮންމެހެން ޒަރޫރީ ބޭނުމެއްގައި ނޫނިއްޔާ ފިހާރައަކަށްވެސް ނުދިއުމަށް".. އަފްޒަލް ވިދާޅުވިއެވެ.

އަފްޒަލް ވިދާޅުވީ، މިހާރު ލޮކްޑައިންގައި އޮތްކަމުގައިވިޔަސް، ފަހުން އެއަށް ބަދަކުތަކެއް އައިކަމުގައިވިޔަސް، ދިރިއުޅުމުގެ ހާލަތަށް ބަދަލު ތަކެއް ގެންނަން ޖެހިފައިވާ ކަމަށެވެ.

"އެހެން ނޫނިއްޔަކާއި އަޅުގަނޑުމެންނަކަށް އެއްވެސް ވަރަކަށް މިކަމެއް ކޮންޓްރޯލެއް ނުވޭނެ. އަދި މިހާރު އެންމެ ކޭސްއެއްގެ ސަބަބުން 207 ކޮންޓެކްޓްސް އެއް ފެނިފައި، އެއީ އަދި މިހާތަނަށް ފެނުނު، އެއީ ބަލާފިއްޔާ ދުވާލަކު 34 މީހުންނަށް، މީހަކު ބައްދަލުވެފައި އިނީމަ އަޅުގަނޑުމެން މި ކުރާ ގައިދުރުކުރުމަށް އަމަލު ކުރެވިފައި ނުވާކަން މި އެނގެނީ". އަފްޒަލް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، މާލެ އިން ފެނުނު ފުރަތަމަ ކޭސްއާ ގުޅިގެން، ކޮންޓެކްޓް ޓްރޭސިން އަދިވެސް ކުރިއަށްދާ ކަމަށެވެ. ނަމަވެސް މާލެ އިން ފެނުނު ތިން ކޭސްއާ ގުޅިގެން، މިވަގުތު ކަށަވަރު ކަމާ އެކީގައި ބުނަން ނޭނގެނީ، ކޭސް 23 ގެ ފަރާތުން ނުވަތަ ކޭސް 21 ގެ ފަރާތުން ބަލި ދިޔައީތޯ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ކޭސް 22 ގައި ހިމެނެނީ މާލެ އިން ކޮވިޑް-19 އަށް ފައްސިވި ފުރަތަމަ މީހާގެ ދަރިފުޅެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

 1. ޛ

  ޒިމާދާރު ކަމެއް ނެތް، ހިތާމަހުރި.. ކިއްވެތޯ އެ އަންހެން ބޭފުޅާ ފްލޫ ކްލިނިކަށް ދުރުވީ.... ބަލި ވެއްޖެނަމަ ގުޅަން ޖެހެނީ އެޗްޕީއޭ އަށް ނޫންތޯ؟ ވަރަށް ޒިމާދަރުކުޑަ ދެރަ އަމަލްތަކެއް.... އެ ބޭފުޅާ ފްލޫކްލިނިކަށް ދުރުވީ ކިހިނެތްތޯ؟ ކާރުގަ ތޯ؟ ދެރަ

  101
  2
  • އަލީ

   ކޮބާތޯ ޒީރޯތް ޕޭޝަންޓް. އޭނާއާއި ކޮންޓެކްޓް ވީ ހަމައެކަނި މި އަންހެން މީހާތޯ އަބަދު އޭނަވާހަކަ އެންމެން މިދައްކަނީ.

 2. ބިތު ފަންގި

  ކޮމިއުނިޓީ ސްޕްރެޑްއެއް ވެދާނެތީ ސިއްހީ މާހިރުން ތާއަބަދު ދެމުން ދިޔަ ނަސޭހަތްތަށް ދެމުން އައީ ބީރު ކަންފަތެއް. އަދިވެސް ހޭއަރާކަށް ނުވޭތަ. ރާއްޖޭގައި ވެންޓިލޭޓަރު އެހައި މަދު. ނުވި ތާކަށް މަހަކަށް ވާވަރަށް ނޫނީ އޮކްސިޖަންއެއްވެސް ނެތް.

  80
  1
  • ފިލްވް

   ެތެރެކުރާ އޮކްސިޖަން ގެ ލެވެލް ދަށްކޮށް އިތުރު އެއއެއްޗަކާ ގަނޑުބަޑު ކުރެއޭ ކިޔާ އަޑު އަހަން. މިކަން ބަލަން ޖެހޭ.

 3. Anonymous

  ރިސްކް އޮތް މީހުންނަށް އެހާމިނިވަންކޮށް އުޅެވުނީ ތިބޭފުޅުންގެ ޒިންމާ ފުރިހަމައަށް އަދާނުކުރެވުނީކަމަށް ތި އެއްބަސްވެވުނީ، އެފަދަ މީހުން ތިބެންޖެހެނީ އައިސޮލޭޓްގަ ނުވަތަ ކަރަންޓީނުކޮށްފައި ނޫންތޯ؟؟ރ.ނަޝީދަށް ހުރިހާކަމެއް ސާފުކޮށް އެގިވަޑައިގެން ވިދާޅުވީ ކޯވިޑް 19 މިގައުމަށް ފެތުރޭނެޔޭ ދޮތެ؟؟

  63
  24
  • ޠޔޔ

   ކޮރޯނާ ބަލި މިގައުމަށް ފެތުރިގެން ދިޔައީ ސަރުކާރުގެ އިސްބޭފުޅުންގެ އާއިލީ ފަރާތަކުން ކަމަށް ބުނެވޭ، ޔޫރަޕް ގައުމަކުންއައި އެމީހާ އިއިސޮލޭޓްވެސްނުކޮށް ޓެސްޓްވެސް ނަހަދާ ދޫކޮށްފައިހުރިކަން ރ.ނަޝީދަށް އެގިފައިވާތީ މީޑިއާ ހޭލުންތެރިކުރުވީ، ދެން ކަމާއިގުޅޭ ޓާސްފޯސްގެވެސް ރާގުބަދަލުވެގެން ދިޔަކަން އެނގުނު، ކަމައިގުޅޭ ކޮންމެވެސް ބައެއްގެ އިހުމާލު ނެތޭ ނުދެންނެވޭނެ، ބަޔަކު ގަބޫލު ކުރިޔަސް ނުކުރިޔަސް

   55
   4
 4. ދިޔާނާ

  ޗައިނާގެ ވުހާންސިޓީން ފެށިގެންއައި މި ވައިރަސްއަކީ އަޅުގަނޑުމެން މުޅި ދުނިޔެ ނުރައްކަލަކަށް ހުށައެޅިގެން ދިޔަ ވައިރަސްއެއް.ދިވެހިރާއްޖޭން މި ވައިރަސް ފުރަތަމަ ފެނިގެން ދިޔަ ދުވަހުން ފެށިގެން ސަރުކާރުގެ ޙާއްސަ މުއައްސަސާތަކުން އާންމު ފަރުދުން ހޭލުންތެރިވެ ތިބުމަށާއި ސާފުތާހިރުވުމަށާއި އަދި ގޭގައި ތިބުމަށް ތަކުރާރުކޮށް ބުނަމުން ދިޔަ.އެހެންނަމަވެސް ދިވެހިންނަކީ މާ މޮޅަށް އެނގިގެން ތިބި މީހުންކަމަށް ހެދިގެންތިބެ ސިއްޚީ މާހިރުން ދެއްވާ އެއްވެސް އިރުޝާދެއް އަޑުނާހާ ހިތަށް އެރި ގޮތަކަށް އުޅެމުން ދިޔައީ ތިމާމެންވަރުގެ ބަޔަކު ނެތިގެން. ކަރުނައަޅާ ނުރޮއި ތިބި ކަމުގައި ވިޔަސް ސިއްޚީ މާހިރުން ބުނަމުން ދިޔައީ ފަރުދީ ޒިންމާ އަދާކުރާށޭ..އާދޭސް ކުރަމޭ ގޭގަ މަޑުކޮށްލައިގެން ތިބެދޭށޭ..އަޅުގަނޑުމެން މިތިބީ ރައްޔިތުންނަށްޓަކައޭ..އެހެންނަމަވެސް ދިވެހިންނަކީ އަބަދުވެސް ބޯމައްޗަށް ރާޅު ޖެހީމަ ފިލަންދުވާ ބަޔަކަށް ވާތީ ތިމާ ދިރިއުޅޭ ތަނުން އެ ވައިރަސް ނުފެންނާތީ އުޅުނީ ހިތުހުރިގޮތަކަށް.މިއަދުވެސް މިއަދުވެސް މި ފަދަ ޙާލަތަކަށް ޤައުމު ދިޔުމުންވެސް ގޮވަމުން އެދަނީ ކޮބާހޭ ކުރިކަމަކީ އެޅި ފިޔަވަޅަކީ...އަޅުގަނޑު ހިތަށް އަރާ މިގޮތަށް މިހެން ކިޔަމުންދާއިރު އެއްމެފަހަރަކުވެސް ތިމާގެ ފަރުދީ ޒިންމާ އަދާކުރެވުނީ ކިތަށް މީހުންނަށްބާވައޭ..ކޮންމެ ތަނެއްގަ ފިލާ އޮތަސް ބަލިޖައްސަވަން ހުރި މީހަކަށް ބަލި ޖައްސަވާނެ.އެހެންނަމަވެސް ރައްކާތެރިވުމަކީ އޮންނަޖެހޭނެކަމެއް.މި ދަނޑިވަޅުގައި ޕާޓީ ކުރުމާއި،ބާބަކިޔު ހެދުމާއި މަސްދަތުރު ދިޔުމާއި ކަންކަން ކުރަން އުޅުމުގެ ނަތީޖާއަކީ މިއަދު އަޅުގަނޑުމެންގެ ދިވެހިންނަށް މިކަމުގެ އަސަރުކުރުން.އާއިލާ މީހަކަށް ނޫވިކަމުގައި ވިއަސް މިއަދު އެމީހުންނަށް ކުރާނެ އަސަރު އިޚްސާސްވޭ. އެކަމާ ދެރަވޭ ...މާތްﷲ އަޅުގަނޑުމެން އެންމެހާ އިންސާނުން މިބަލިން ސަލާމަތްކުރައްވާށި.

  50
  4
 5. ހިކިވާން ހިއްވަރު ކުރާ ކުއްޖާ

  ގޭގަ މައިތިރިވެގެން ތިބޭށޭ އެވަރަށް ކިޔާ އިރުވެސް. މިހާރު ތިޔަ މީހެއްގެ ޑައިރެކްޓް ކޮންޓެކްޓް މުޅި ރާއްޖޭގަ. ހުރިހާ ނިކަމެތިކަމެއް ދިވެހި ރައްޔިތުންނަށް. މަވެސް 100 އަކަފޫޓުގެ ތަންކޮޅެއްގަ މި އޮންނަނީ...

  71
  1
 6. ޗައި

  ބޮޑެތި މީހުންނާ އިމީހުންގެ ގާތް މީހުން ޕާޓީ ބާް އްވާ ކަންކަން ކުރަނީވެސް.

  79
  2
 7. ޢާކް

  ފުލޫ ކްލިނިކަށް ގުޅިމަ ބުނަނީ އަންނާށޭ. މަވެސް އެއ އްފަހަރު ގުޅިން. ބުނީ އަންނާށެ.. ޓީ ވީގަ ދަ އްކާ ވާހަކަޔާ އަމަލާ ދިމާ ނުވޭޔޭ

  64
  5
 8. އެހެނަސް

  ތިއަންހެންމީހާގޭގައި ހުއްޓައެއްނުން ބަލިޖެހުނީ. ޕާޓީތަކަށާއި އެހެނިހެންތަންތަނަށް އޭނާމަޖާކުރަން ދިއުމުގެ ނަތީޖާ ފެނިއްޖެ މިހާރު

  73
  2
 9. އޭން

  އެއްވެސް ޒިންމާދާރުކަމެއްނެއް އަންހެނެއްއެއީ

  64
  9
 10. ނުރަބޯ

  އަދިވެސް ތި ދައްކަނީ މައުލޫ ބަދަލުކޮށްލަން ބޭކާރުވާހަކަ. އޭނާ ޕޮޒިޓިވް ވީ ކިހިނެއް ހޭ ސުވާލަކީ. ކޮބާހޭ ޕޭޝަންޓް 0 އަކީ. އެއީ ޔޫކޭ އިން އައި ބޭބޭފުޅުންގެ ބޭފުޅެއްހޭ؟؟

  84
  4
 11. އަސްލަމް

  ޗަައިނާ ގަ ފުރަތަމަ ފެތުރެން ފެށީމަ ޔާއެކު ޗައިނާއިން ޓޫރިސްޓުން ގެނައުން ހުށޓާލާފި.

  ސުވާލަކީ ކީއވެގެންތަ އިޓަލީގަ ފެތެރެން ފެށީމަ ކީއވެ
  އިޓަލީގެ ފަތުރުވެރިން ނުހުށޓުވުނީ؟

  41
  3
 12. ޜާސް

  ތިމާމެނަށް ކަމެއްކުރަން ނޭގޭހާލުގައި އެގޭމީހެއްގެ ކައިރިން އަހައިގެންވެސް ނުވޭ!މަވެތި ވެފައި ! އިލްމު ލިބިފައިވަނީ އޭގެ ބޭނުންހިފައިގެން ހިލްމު ލިބިގަތުމަށް!އެވަރުވެސް ނުވޭ! މިގައުމުން އެތަށްބަޔެއްގެ ފުރާނަ ދަންދެން ތިބެންވީބާ!ބަލިފެތުރުނީމާ ހެދި މޮޅު ޕްލޭންތަކުގެ ފެންވަރު އެއޮތީ!މެދުޖެހިފަ ދެކޮޅު ނުޖެހި!

  28
  6
 13. ބޭކާރު

  ޢެ އަންހެން މީހާ އާ ބައްދަލުވި ބަލިޖެހިފަ ހުރި މީހާގެ ނަން ނުބުނެވިގެން އުޅެނީ ކީއްވެބާ؟އެ އަންހެބް މީހާ އަށް ވަލި އަޜާނީ ބިލި ހުރި އެހެން މީހަކާ ޕާޓީއަކުން ދިމާވީމަބާ.އެއީކާކު ސްޕެން މަގުން ފްރާންސް ން މާލެ އައި ނަސީދުގެ ނީހަކީ ކާކު ފެައާވެލް ޕާޓީ ބޭއްވީ ކާކު އިއުލާން ނުކުރީ ކީއްވެ އިންޑިޔާ ލަންކާ އިން އުދުހިފަ އައިސް ޖަރީމާގެ އށް ވަދެގެން އަންހެން މީހާ ހޯދައިގެން ބަލި ނުޖެހޭނެކަން 100%ޔަގީން ވޭ .ވީމާ އެމީހަކު ބުނޭ

  47
  1
 14. އަސްލަމް

  ފޫކޮޅުގަ ރޯ ވީމަ ތެޅޭނެ ކަމެނނެ

  36
 15. ޢަހޫ12

  އިރުޝާދުތަކަށް ބޯނުލެނބީމަވެސް ހައްލެއް އޮންނާނެ. ފަރުދީ ޒިންމާ އަދާނުކުރީމަ ޗައިނާގެ ހެދިގޮތް ދިރާސާ ކޮށްފަ އޮންނާނީ ދޯ.. ހަމަ ބުނާހާ އެއްޗަކަށް ހުރިހާ އިންސާނުން އާންކިޔާފަ ޢަމަލުކުރާނަމަ އެއްވެސް މީހަކު ކުށެއްވެސް ނުކުރީސްތާ.. ޤާނޫނާއި، ޤަވާޢިދާއި ދައްކާ ވާހަކަ ތަންފީޒު ކުރުން ހަރުދަނާ ކުރޭ...

  24
  1
 16. ޠޔޔ

  ކޮރޯނާ ބަލި މިގައުމަށް ފެތުރިގެން ދިޔައީ ސަރުކާރުގެ އިސްބޭފުޅުންގެ އާއިލީ ފަރާތަކުން ކަމަށް ބުނެވޭ، ޔޫރަޕް ގައުމަކުންއައި އެމީހާ އިއިސޮލޭޓްވެސްނުކޮށް ޓެސްޓްވެސް ނަހަދާ ދޫކޮށްފައިހުރިކަން ރ.ނަޝީދަށް އެގިފައިވާތީ މީޑިއާ ހޭލުންތެރިކުރުވީ، ދެން ކަމާއިގުޅޭ ޓާސްފޯސްގެވެސް ރާގުބަދަލުވެގެން ދިޔަކަން އެނގުނު، ކަމައިގުޅޭ ކޮންމެވެސް ބައެއްގެ އިހުމާލު ނެތޭ ނުދެންނެވޭނެ، ބަޔަކު ގަބޫލު ކުރިޔަސް ނުކުރިޔަސް

  30
  1
 17. ސަޓޯ

  ހައި-ރިސްކް 7 މީހުން ގުނަކުރަން 50.. ދެން އެފެށުނީ... ދެން ތެޅޭނެ ކަމެއް ނެތް އެކަކުވެސް....

  27
  1
 18. ޖަރީމާ

  ޖަރީމާގޭގެ ދަރޮފަސްކޮޅު ބަލަންވީނުން އެ އިރުން އިނގިދާނެ ބަލި އެރިގޮތެ އް. ފަހަރެ އްގަ ކީރިތި ކުރެ އްވުނީ ހެދުނު ގޯހަކުން ގާތް މީހެ އްގެ ގަޔަށް ބަލި އެރީމަ ކަމަށްވެސް ވެދާނެ والله اعظم

  9
  3
 19. ޙަސަނާ

  ހެޔޮނުވާނެ ޒިންމާދާރު ވަޒީފާތަކައް ސިޔާސީ އެކުޓިވިސްޓުން ނުލާބަލަ ގައުމައް އެއްވެސްކުރިއެރުމެއނުލިބިގެން މިއުޅެނީ އެކުޓިވިސްޓުންގެ ބަލާ އާހެދި ރައީސްވެސް ވިދާޅުވީ ނޫންތޯ އެންމެބޮޑު ދައްޗަކީ ގާބިލު މީހުން ސަރުކާރުގެ ވަޒީފާތަކުގަނެތީމައޭ ރައީސް މައުމޫނު 30 އަހަރުން ސަރުކާރުގަ އުފެއްދި ގާބިލް މީހުންތައް އުކާލާފަ ކޮންމެސަރުކާރަކުންވެސް ޕާޓިގަ އަޑުގަދަ ބައިގަޑު ޖެހޭ ވަޒީފާތަކައް ވައްދަން ދެން މުސާރަނަގައިގެން ޓުވީޓުކުރަންތިބެނީ މިކަން އިބޫސޯލިހު ވެސް ވެއްޖެނޫންތޯ ހަމަޔަކައް އަޅުވަން ލިބޭހުރިހާލާރިއެއް ސިޔާސީ މީހުނައްދީފަ މަސްރޫއު ތައް ހިންގަން ލޯނު ގައުމު ދަރަނި ބޮޑުވުން ނޫން ގޮތެއްނުހޯދޭ..

 20. ބިރަކާނުލައި މަޖާކުރުން

  ބިރަކާނުލައި މަޖާކުރަން ދަސްކޮށްދީފައި، ބިރަކާނުލައި މަޖާކުރުމަކީ މޮޅުކަމެއް ކަމުގައި ކިޔައިދީފައި، މިއަދު ދައްކަން އޮތީ ކޮން ވާހަކައެއްބާ! މިއަދު މިއޮތީ ބިރަކާނުލައި މަޖާކުރުމުގެ އާޚިރު ނަތީޖާ ފެނިފައި. ވެރިންގެ އަމުރަށް ކިޔަމަން ނުވުމާއި ގާނޫނާއި ގަވާއިދާ ޚިލާފުވުމަކީ ޝަރަފެއް ކަމުގައި ހަދާފައި ދަސްކޮށްދިނީމާ ވާންވީ ގޮތް މިހިރަ ވަމުން ދަނީ. ކުށްވެރިންގެ ހައްގަކީ އެންމެ މަތިވެރި އެންމެ އިއްޒަތްތެރި ހައްގުކަމަށް ހެދީމާ ކުށްކުރަން ޖެހިލުން ނުވުމުގެ ނަތީޖާ. ހަގީގަތުގައި މި އިން ކޮންމެ މީހެއްގެ މައްޗަށް މުޖުތަމައު ބިރުވެރިކަމަކަށް ވައްޓާލިކަމުގެ ދައުވާކުރެވެން ޖެހޭނެ.

  3
  1
 21. ސބދުސހެި

  ޕާޓީއޭ މަސްދަތުރޭ ކިޔާނެ ކަމެއްނެތް..ކަލޭމެން ކަރަންޓީނު ކުރަންޖެހޭ ބަޔަކު ކަރަންޓީނު ނުކޮއް އާންމުންގެ ތެރެއައް ދޫކޮއްލީމަ މިހެން މިވީ.. މިއީ ބޭފުޅިޒަމްއާއި ޕޮލިޓިކަލަ އެލީޓިޒަމްގެ ހިތި ނަތީޖާ.. ކޮންމެހެން ޒިންމާއިން ބަރިއްޔަވާނެކަމެއްނެތް..މިކަން އަދި ތަހުގީގު ކުރާނަން.

  10
  1
 22. ަހސިސހ

  މީ ނަޝީދުގެ ސުމްޕާކަން.. އަހަރެމެންނައް އިނގޭ މިކަން ފެތުރެން ޖެހުނީ މީނަގެ ދަތުރަކައަފަހު މީހުންތަކެއް ކަރަންޓީނު ނުކުރީމަކަން.. މިކަން ބަލާ ތަހުގީގު ކުރަންޖެހޭ..

  10
 23. ދުންތަރި

  މަބުރޫކޫ ކަލޭމެން މާ މަތި އޮމާންކޮށްފަ މީޑިޔާގަ މޮޅުވާހަކަ ދެއްކިޔަސް ކަލޭމެން ދައްކާ ވާހަކަޔާ ޢަމަލަކާ ދިމައެއްނުވޭ މާލެތެރެއިން ކޮވިޑު 19 ފެނުމަކީ ސަރުކާރުގެ އިހުމާލުން ނުވަތަ ސަރުކާރުން ގަސްތުގަ ކޮށްފައިވާ ކަމެއްގެ ގޮތުގައި އެންމެން ޤަބޫލްކުރަނީ ދެން ކޮންމެހެން އޮޅުވާލަން މަސަައްކަތްކުރާނެކަމެއްނެތް މާމޮޅަށް ތައްޔާރުވެގެން ދުނިޔެއަށް ނަމޫނާދައްކަން ބޮޑު ބަސްބުނި މީހުން ބަހާ ޢަމަލަކާ ދިމައެއްނުވޭ ހުސް ހޮޅިވާހަކަ ދައްކަނީ

 24. ސަނާމަ

  އޭނަގެ ގައިން އުފެދުނު ވައިރަހެއްތަ އެއީ..؟

 25. ސަކަހޭޖް

  ޕާޓީއާއި މަސްދަތުރު ބާއްވަމުންގޮސް ހޭކެނޑުނަސް އެވައިރަސް އޭނަގަޔައް ޓުރާންސްމިޓު ވެފަ ނެތްނަމަ އެޔެއް ނުފެތުރޭނެ. ބަލި އޭނާޔައް ޓުރާންސްމިޓުވީ ބޭރުންއައި ކަރަންޓީނު ނުވެ ދޫވިމީހުންތަކެއްގެ ސަބަބުން.

  10
 26. Anonymous

  ރާއްޖޭން މި ވައިރަސް ފުރަތަމަ ފެނިގެން ދިޔަ ދުވަހުން ފެށިގެން ރައްޔިތުންނަށް އެޗް.ޕީ.އޭ އިން އިރުޝާދު ދެމުން މިއަދާ ހަމަޔަށް ގެންދިޙާ އަދި ގޭގައި ތިބުމަށް ތަކުރާރުކޮށް ބުނަމުން ދި ސިއްޚީ މާހިރުން ބުނަމުން ދިޔައީ ފަރުދީ ޒިންމާ އަދާކުރާށޭ..އާދޭސް ކުރަމޭ ގޭގަ މަޑުކޮށްލައިގެން ތިބެދޭށޭ..އަޅުގަނޑުމެން މިތިބީ ރައްޔިތުންނަށްޓަކައޭ..އެހެންނަމަވެސް