މާލެ އިން ކޮވިޑް-19 ޖެހުނު ފުރަތަމަ މީހާއާ ގުޅުން ހުރި ކަމަށް ބެލެވިގެން ކަރަންޓީން ކުރި ގެތަކުގެ އަދަދު 22 އަށް އަރައިފިއެވެ.

އޭގެ ތެރޭގައި ހިމެނެނީ މާލެ ސިޓީ 11 ގެއަކާއި، ހުޅުމާލޭގެ ހަތް ގެއަކާއި، ވަށަފަރު ގެއަކާއި، އައްޑޫ ސިޓީ ހިތަދޫ ގެއަކާއި، މަޑިފުށި ގެއަކާއި ކާށިދޫ ގެއެކެވެ.

މިއަދު ދަރުބާރުގޭގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، މާލެ އިން ފެނުނު ފުރަތަމަ ކޭސްއާ ގުޅިގެން، ކޮންޓެކްޓް ޓްރޭސިން އަދިވެސް ކުރިއަށްދާ ކަމަށެވެ. ނަމަވެސް މާލެ އިން ފެނުނު ތިން ކޭސްއާ ގުޅިގެން، މިވަގުތު ކަށަވަރު ކަމާ އެކީގައި ބުނަން ނޭނގެނީ، ކޭސް 23 ގެ ފަރާތުން ނުވަތަ ކޭސް 21 ގެ ފަރާތުން ބަލި ދިޔައީތޯ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ކޭސް 22 ގައި ހިމެނެނީ މާލެ އިން ކޮވިޑް-19 އަށް ފައްސިވި ފުރަތަމަ މީހާގެ ދަރިފުޅެވެ.

އިއްޔެ މާލެއިން ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް)ވެފައި ވަނީ އެއްވެސް ބޭރު ގައުމަކަށް ދަތުރުކޮށްފައި ނުވާ އަންހެނަކެވެ. އޭނާއާ ޑައިރެކްޓް ކޮންޓެކްޓްވި ދެ މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، އިތުރު 10 މީހެއްގެ ނަތީޖާ ވަނީ ނައްސި (ނެގެޓިވް)ވެފައެވެ.

އަދި އެ މީހާގެ ފަރާތުން ބަލި ޖެހިދާނެ ކަމުގެ "ހައި-ރިސްކް" އޮތް 75 ފަރާތެއް ފާހަގަކުރެވިފައިވާކަމަށް މިއަދު ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދ

    ހަރުކަށި ފިޔަވަޅު ތައް އެޅީމަ މަގުމަތީގަ މީހުން އުޅުން ހުއްޓޭނީ.... ބައެއް މީހުން ބުނާގޮތެއް ނަހަދާނެ... ޕާޓީކޮށް މަސްދަތުރު ގޮސް މުޅި މާލެ ތެރޭ އުޅޭނީ.... ޙަރުކަށި އަދަބްދިނީމަ ހުއްޓޭނީ... ޒަރޫރީ ބޭނުންތައް ވެސް ދޫކޮށް ކެއްތެރިވެގެން، ފިހާރައިން އެއްޗެހި ގެންނެވެން ދެން އަޅުގަނޑުމެން ގޭގަ ތިބިއިރު އަނެއް ބަޔަކު މަގުމަތީގަ... މަނާ ކަމެކޭ އަދަބް ލިބޭނެޔޭ ވިދާޅުވީމަ ގޭގަ ހުރިއިރު މަގުމަތީގަ ވެސް ހަމަ އެހާ މީހުން އެބައުޅޭ... މަގުމަތީގަ މިހެން އުޅޭ މީހުންނާ މެދު ފިޔަވަޅު އަޅަން ޖެހޭ.... މާ ދޯދިޔާ ވުމުގެ ސަބަބުން މިހާ ސީރިޔަސް ވީ...

  2. ޑައެލޯގް

    ކޮންކަރަންޓީނެއް ކިޔާކަށް ސަރުކާރަކަށް ތިކަމެއް ނުވާނެ ދެންބުނާނީ ނެސޭހަތްދީފީމޭ ބޭރަށް ނުނިކުތުމަށް ރައްޔިތުންގޯހީއޭ ބަލަ ސަރުކާރެއްގެ ބޭނުމަކީ ހަރުކަށިވާންޖެހޭ ތަންތަނުގައި އެހެންމީހުންގެ ރައްކަލަކަށް ހަރުކަށިވާން އެއީހަރުކަށިކަމެއްނޫން އޯގާތެރިކަން ސްޓިކާޖަހަންވެއްޖެއްޔާ ހަޅޭއްލަވަލަވާ އޮއްވާޖަހާ