މާލެ އިން ކޮވިޑް-19 ފެނުމުގައި އިހުމާލު އޮތްކަމަށް އެތައް ބަޔަކު ބުނާއިރު ވެސް އެމައްސަލަ ތަޙްޤީޤު ނުކުރާތީ ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިން ސުވާލު އުފައްދައިފިއެވެ.

މުހުތާޒް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ކަންބޮޑުވުން ފާޅުކުރެއްވީ ރާއްޖެ އިން ބޭރުން ބިދޭސީން ރާއްޖެ އައުން މަނާކޮށްފައި ވަނިކޮށް އަދި ރާއްޖެ އަންނަ ދިވެހިން ވެސް ކަރަންޓީން ކުރަމުން ގެންދަނިކޮށް މާލެ އިން ކޮވިޑް-19 ފެނުމުންނެވެ. މާލެ އިން ކޮވިޑް-19 ފެނުމުގައި އިހުމާލެއް އޮތްކަމަށް ބުނާއިރު "ކުރެއްދޫ މައްސަލަ ބެލުމަށް ފައިނެންގެވި ބޭފުޅުން" ކޮބައިތޯ މުހުތާޒު ސުވާލު ކުރެއްވިއެިެވެ.

"‏މައިދޮރާށިވަނީ އެތަށްދުވަހެއްކުރިން ބަންދުކުރެވިފައި. ގައުމަށް އޭގެފަހުން ގެނެވުނު ދިވެހިން ވަނީ އެކަހެރިކުރެވިފައި. ނަމަވެސް މާލެއިން މިވަނީ ބަލިފެނިފައި. ބަލި ފެތުރުމުގައި އިހުމާލު އޮތްކަމަށް ގިނަބަޔަކު އެބަބުނޭ. ކުރެއްދޫ މައްސަލަބެލުމަށް ފައިނެންގެވި ބޭފުޅުން މިއަދު ކޮބައިތޯ؟" މުހުތާޒް ވިދާޅުވިއެވެ.

މުހުތާޒް އަކީ ކޮވިޑް-19 އާއި ގުޅިގެން ފުލުހުން ތަޙްޤީޤު ކުރަމުން ގެންދާ ކުރެއްދޫ ރިސޯޓްގެ މައްސަލައިގައި ރިސޯޓް ތަމްސީލް ކުރައްވާ ޤާނޫނީ ވަކީލެވެ.

ކުރެއްދުއަށް އައި ފަތުރުވެރިޔަކު ގައުމަށް ދިޔަ ފަހުން އޭނާގެ ގައިން ކޮވިޑް-19 ފެނުމުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އަމުރެއްގެ ދަށުން ފުލުހުން ގެންދަނީ މައްސަލައެއް ތަޙްޤީޤު ކުރަމުންނެވެ. ފުލުހުން ތުހުމަތު ކުރަނީ ފަތުރުވެރިޔާގެ ގައިން އަލާމާތްތަކެއް ފެނުމުން ރިސޯޓުން އެކަން ކަމާބެހޭ ފަރާތްތަކަށް ނާންގާ އޭނާ ފުރުވާލި ކަމަށެވެ.

ނަމަވެސް އެއާޕޯޓްގައި ހުންނަ ސަރުކާރުގެ ކްލިނިކަކުން ވެސް އޭނާ އަށް ފަރުވާ ދީފައިވެއެވެ. ސަރުކާރުގެ މުވައްޒަފުން ވެސް އޭނާ ކިބައިން ކޮވިޑް-19 ގެ އަލާމާތްތައް ފެންނަކަން ފާހަގަ ކުރެވިގެން އެއްވެސް ތަނަކަށް ރިޕޯޓް ކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ކާފަ

  ތަހުޤީގުކުރެވެން ވާނެ...

  1
  1
 2. އަސަސު

  މިއީ ބަލަން ޖެހެ މައްސަލައެއް. މި މީހުން ޕާޓީ ބާއްވާ މަޖާކޮށް، މަސްދަތުރު ގޮސް، އެއްވުން ބޭއްވީމަ އޭގެ ހުރިހާ ގެއްލުމެއް މުޅި ރާއްޖޭގެ އެންމެނަށް. ރިސޯޓު ބޯއީޒްގެ މައްސަލަ ބެލީ، ސަފާރީން ފޭބި މީހުން ހައްޔަރުކޮށް މައްސަލަ ބެލީ. ހަމަޔާ އިންސާފަކީ މި މައްސަލަވެސް ބެލުން. އެންމެ އާއިލާއެއްގެ ސަބަބުން އެންމެނަށް މީގެ ތުރާ. އެންމެނަށް ނުރައްކާ.

  11
 3. މުޖައްރިބު

  ތިމަ އްސަލަ ބެލޭކަށް ނެތް ކީރިތިކުރެ އްވޭވަރުން

 4. އަން

  ރުހުމުގެ ލޮލަކަށް އައިބެއް ނުފެއްނާނެ. އެމީހަކު ތާއީދުކުރާ ބަޔަކު ކުއްވެރިވާނެ ތަހުގީގެއް ކުރާނީ ކާކު؟

 5. ދަރަނި ދަންތުރަ

  ކޮބާ ހީވޭކަމެއްހެން މަތިފަޑިން ގޯހެއް ހެދީމައި ހުރިހާ އެއްމެން ހައްޕުދޯ ކޮބައިތޯ ޕީޖީ ސަމީމު ގާބިލް މީހާ ، ކޮބައިތޯ ގަލޮޅުދެކުނު މެންބަރ މީކާއިލް ، އުއްޗު ހަންދަމާލަން އުޅުނުއިރު ހީވި ލައްކައެކޭ މިއަދު ރީނދޫ ކުލައިން ވީމައި އެކެެއްވެސް ހަމަނުވި އިބޫ އާ އެއްބައިވެގެން ރޯލާނެ މެންބަރެއްވެސް ނެތްދޯ އޯގާތެރިކަމުގެ އިންތިހާ...

 6. ޢސރ

  މިމައްސަލަ ބަލަން ޖެހޭނެ

 7. މުހައްމަދު

  ސަތޭކައިގެ ވާހަކައެއް.

 8. ނަސީރު

  ތިސުވާލުގެ ޖަވާބު ނުދެވޭނެ. ނުވެސް ދޭނެ! ބޮޑުމީހެއްގެ އާއިލާ މީހަކަށް ވާތީ ދޫކޮށްމުން އެންމެންނަށް ދަތިނއުނދަގޫކަން ތަހަންމަލް ކުރަން މިޖެހުނީ.

 9. މުޚަަޝް

  ނަޝީދު ހައްޔަރުކުރޭ...

 10. މަރީ

  ރާއްޖެ އިން ބޭރުން އައި ބޮޑުންގެ ދަރިންނާ އާއިލާގެ ބައެއް މެންބަރުން ކަރަންޓީނައް މަޑު ނުކޮއް ފޮނުވާލި ވާހަކައިގެ ހަގީގަތް އެނގެން ބޭނުން.

  10
 11. އަލީއިމްރާން

  މަސްދަތުރޭ ޕާޓީއޭ ވިދާޅުވެފައި އާނމް ރަައްޔިތުންގެ ބޮލުގައެއް ނޭޅުވޭނެ ތިޔަ ބުނާމަސްދަތުރު ދާމީހަކައްވެސް ދުވާލަކު 40 މީހުންނައް 30 މީހުންނަކައް ބައްދަލެއް ނުވެވޭނެ ތިމާމެންގެ އިހުމާލުން ބޭރުގައުމަކުން އައިމީހަކު ނުވަތަތަ ގެނައިމީހަކު ތޮއްޑުދޮށުން ނުވަތުބުރަކުންނަމަވެސް ދޫވީމަ ތުހުމަތު ތިއަޅުވަނީ ނިކަމެތި ރައްޔަތުންގެ ބޮލުގަ ބަލަ މީމާލޭގަ ތިޔަބުނާބައްޔެއް އުޅޭނެކަމައް އެއްވެސް މީހަކު ސައްކެއްވެސް ނުކުރާނެ ދެއިރު ދެދަޅަޔައް ނޫސް ކޮންފަރެންސް ބާއްވާ މިތައް މީހުން އައިސޮލޭޓް ކުރެވިއްޖޭ މިތައް މީހުން ކަރަންޓީނު ކޮއްފީޔޭ ދެން ކޮންތާކުން އައި މިހެއްތޯ މިޕޮޒިތިވް މީހާޔައް މިބަލި ފޯރުކޮއްދިނީ

  2
  1