މާލެ ފުރަބަންދު (ލޮކްޑައުން) ކޮށްފައި އޮންނަ ވަގުތުތަކުގައި ބޭރަށް ނުކުންނަ ފަރާތްތަކަށް ފިޔަވަޅު އަޅާނީ ތިން ފަހަރު ނަސޭހަތް ދިނުމަށް ފަހު ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ރަޝީދު ވިދާޅުވީ މިހާތަނަށް އެއްވެސް މީހަކު ޖޫރިމަނާކޮށްފައި ނުވާނެ ކަމަށެވެ. އަދި ފުލުހުން ބޮޑަށް ބާރު އަަޅަމުންދަނީ ނަޞޭޙަތްދިނުމަށްކަމަށާ މި ވަގުތު ފަރުދީ ޒިންމާ ނެގުން މުހިއްމު ކަމަށް ފުލުހުން ވިދާޅުވެއެވެ.

"ހަމަ ކުރިން ވެސް އަޅުގަނޑުމެން އަމަލު ކުރަމުން އައި އުސޫލްގެ ތެރެއިން ތިން ފަހަރު ނަސޭހަތް، މިއީ އަޅުގަނޑުމެން އެންމެ ކުރިންވެސް އަމަލު ކުރަމުން އައި ގޮތަކީ ތިން ފަހަރު ނަސޭހަތް ދީފައި ހަތަރު ވަނަ ފަހަރު އަޅުގަނޑުމެން ނަސޭހަތް ދޭން ޖެހޭ އެ ހާލަތުތަކުގައި ފައިން (ޖޫރިމަނާ) ކުރަމުން މިއައީ. އެހެންނަމަވެސް އިއްޔެއިން ފެށިގެން އަޅުގަނޑުމެންނަށް މިހާތަނަކަށް އަދި ފައިން (ޖޫރިމަނާ) ކުރާ ހިސާބަކަށް އެއްވެސް މީހަކަށް ނަސޭހަތް ދެވިފައެއް ނުވޭ." އޭނާ ވިދާޅުވިއެވެ.

މަގުމަތިން ފެންނަ މީހުންނާ ސުވާލުކޮށް ދާ ތަނާއި ބޭނުން އޮޅުންފިލުވާނެ ކަމަށާއި ފުލުހުންނަށް އެންގުމެއް ނެތި ނުކުމެ އުޅޭ މީހުން 1000ރ. އިން ޖޫރިމަނާކޮށް ނުވަތަ ކަރަންޓީން ފެސިލިޓީއަކަށް ގެންދަން ޖެހިއްޖިއްޔާ އެކަން ވެސް ކުރާނެ ކަމަށް ފުލުހުން ވަނީ އިއްޔެ ވިދާޅުވެފައެވެ.

އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން އިއްޔެ ވިދާޅުވީ މިފަހަރު ފިޔަވަޅު އެޅުން ވަރަށް ހަރުކަށިވާނެ ކަމަށެވެ.

އަދި ވަގުތުން ކަރަންޓީން ސެންޓަރަކަށް ގެންދަން ވިޔަސް އެ ފިޔަވަޅު އަޅާނެ ކަމަށާ މަގުމައްޗަށް ނުކުންނަ މީހުން ވެސް 14 ދުވަހަށް ކަރަންޓީން ކުރާނެ ކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވިއެވެ.

އިއްޔެއިން ފެށިގެން 24 ގަޑި އިރަށް މާލެ ފުރަބަންދުކުރުމަށް ފަހު، އިތުރު 24 ގަޑިިއިރަށް މާލެ ފުރަބަންދުކުރުމަށް މިއަދު ވަނީ ނިންމާފައެވެ.

އިއްޔެ މާލެ ފުރަބަންދުކޮށްފައި ވަނީ، މާލެ އިން ފުރަތަމަ ފަހަރަށް ކޮވިޑް-19 ޖެހިފައި ހުރި މީހަކު ފެނުމާ އެކީގައެވެ. މިހާރު މާލެއިން ކޮވިޑް-19 ޖެހުނު ތިން މީހަކު ވަނީ ފެނިފައެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ޏޮހި

    ނަސޭހަތްދޭނެ ކަ މެއްނެތް!!!! ގޭގަ ބަންދުކުރޭ!

    14
  2. މުހައްމަދު ނަޒީފް ބިން އަބްދުލް އަޒީޒް

    ތިގޯސްވީއޭ ތިންލައިފްލައިން ދޭނަޖެހޭތޯ

    12
  3. ާސަންސިއްޔާ

    ފަހަރަކި ގޮތަކަށް ވާހަކަ ދައްކަނީ. ކުރިން ބޭއްވި ކޮންފަރެންސްގައި ބުނީ އެއްސް އިންޒާރެއްނެތި ހައްޔަރުކޮށް ކަރަންޓީން އޯ ކުރާނީ. އަދިވެސް ނެތް ފެންވަރުން ވާހަކަ ދައްކާތި. ތިޔަހެން ހަދާދީ ރައްޔިތުންގެ އިތުބާރު ގެއްލެނީ

    17
  4. ސަމިި

    ބަލަގަ މިހާރު މީ ރަތް އެލާރޓް ނެރެފަ އޮތް ވަގުތު ދެން ކޮން ެ ފަހަރު ނަޞީޙަތއް ދޭކަށް . މީ އަރަތެ އްނު. ބަންގލަދޭސް މީހުން ނަށް ދޭ 2ވަނަ ފުރުޞަތެކޭ ތިކަމެކޭ ތަފާތެ އް ނެތެ އްނު. ހަރާމް ވާކަމެ އް.

    14
    1
  5. މުގުރު ބާރުހިފާ

    މި މާލޭ ގިނަ މީހުންނަކީ ބުނާގޮތައް ކަންތައްކުރާބައެއްނޫން ގަމާރުން.. އެސް އޯ ފުލުހުން ނުކުމެ މުގުރުބުރިން ތެޅިތެޅިނުން އަތާއި ފައި ބިންދާލަބަލަ..މިހާލަތުގައިވެސް ފުލުހުންނާ ޒުވާބު ކުރާނެ...ފުލުހުން ރަނގަޅު ކަމުން ކިތައް ފަހަރު ނަސޭހަތްލާދެވިއްޖެ.. ބީތާ އިންނާކަށް އަޑެއްނީވެ..

    11
    2
    • Anonymous

      ރާއްޖެ އިންޑިއާއަށް ހަދަން ނޫޅޭ. ގޮސް އިންޑިޔާގަ އޮވެބަލަ.

      3
      6
      • ކޮޔާ

        މިއީ ރާއްޖޭގެ ރައްޔިތުންގެ ސަލާމަތްވުމަށް ދައްކާ ވާހަކަ..ރާއްޖެ އިންޑިއާ އަށް ހަދަން ނޫޅޭ...އަމިއްލައަށް ވިސްނަބަލަ ބުނާގޮތް ނަހަދާ ބޭރު އުޅެންޏާ އެންމެންނަށް ވާނީ ނުރައްކާ..ގޯސްހާލަތަކަށް އެޅިއްޖިއްޔާ ތަރަތަރަޖަހާ ރޯނެ...

  6. ހައިކަލް

    ތިހެން ވެގެންނޭ މީހުން ބޭރަށް ނިކުންނަނީ.... ފުލުހުންނަކަށް ބަސްނާހާ މަގުމައްޗަށް ނިކުންނަ މީހުންނާ މެދު ފިޔަވަޅު އަޅާކަށް ނުކުރޭ... ފުލުހުން ވިދާޅުވާނެ ހަރުކަށި ވާނަމަ، އެކަމަކު އޭގެ ފަހުން ވާހަކަ ބަދަލުވޭ.. ތިހެން ނަހައްދަވާ... ބައެއް މީހުން ބަސް އަހައިގެން ގޭގަ ތިބޭނީ އަދަބް ދިނީމަ... މާލެއިން ކޭސްތައް ފެނުނީމަ ބަސްނާހާ އުޅޭ މީހުންނާ މެދު ހަރުކަށި ފިޔަވަޅު އަޅަން ޖެހޭ.... ނޫނީ އަނެއްކާ މަސްދަތުރަށާ ޕާޓީތައް ބާއްވާ މާ ގޯސް ވެދާނެ...

    16
    1
  7. ??

    ބޮޑު ކަމެއްނުމި ދެން ?
    ކޮން ނަސޭހަތެއް ދޭކައްތަ
    ލާބަަލަ ޖަލައް ނޫނީ 10000 ރފ ޖޫރިމަނާ ކޮއްބަލަ
    ބޮޑު އެދަގުލެކޭ މި މީހުންނަކާހުރެ ބުނާ އެއއްޗެއް އަޑުއަހާގެން ބިނެނީކީ ނޫނޭ
    މި ހީވަނީ ބަޑައް މަރުވާ ބައެއްހެން
    ދެންވިސްނާލބަލަ ދުނިޔޭގަ ކިތައްމީހުން ނުކައި އެތިބެނީ 3 އިރު
    ކެތްތެރިވާންވެސް ނޭންގޭ ބަ އެއ އްމި

    9
    1
    • ސަލާ

      ކިތަންމެ ރުޅިއަޔަސް ބަނޑުހައިވީމައި ކާއެއްޗެހި ހޯދަން މަގުމައްޗަށް ނިކުންނާނެ. ދައުލަތް ފެއިލްވީމައި ފެންނާނެހައި މަންޒަރު މިފެންނަނީ. ރައީސް ނާސިރުގެ ދައުރުގައި މާލޭގައި ބަލިމަޑުކަމެއް ފެތުރިގެން ދިޔަވަގުތު މާލޭގައި ތިބި މަދު ޓެކްސީޑްރައިވަރުން ބުނީ އެބަލިމީހުން ހަސްފަތާލުތަކަށް ނުއުފެލޭނޭކަމަށް. ރައީސަށް މިހަބަރު ލިބުމުން އެންގީ ބަނޑޭރިކޮށީގައި ތިބޭނޭކަމަށް ދައުލަތުން ކާންބޯންދީފައި މަސްފަލަކޮށްފައިވާ މީހުން އެމީހުން ދައުލަތުގެ ވެހިކަލްތަކުގައި ނެރޭށޭ ރައްޔިތުން ހަސްފަތާލަށްގެންދިއުމަށް. މިއަދު މިރާއްޖެއަށް ބޭނުންވަނީ މިކަހަކަ ފިސާރި ވެރިއެއް. ސަރުކާރާއި އެސްޓީއޯ އާއި ބޮޑެތި ފިހާރަތަށް ގުޅިގެން މާލޭގެ ގެތަކަށް ޒަރޫރީ ބޭނުންފުއްދުމަށް ބޭނުންވާ ސާމާނު ލިބޭނޭ ގޮތް ހަމަޖައްސަަންވީނު. އެކަންކޮށްފައި ދެން މަގުމައްޗަށް ނިކުންނަ މީހުންގޮސް ޖަލަށްލީމައި ރަނގަޅުުވާނެ.
      މިއަދުގެ ޒުވާނުންނަށް ކެއްތެރިކަން ދަސްވެފައިނެތުމަކީ އެއީވެސް އެމީހުންގެ މައްސަލައެއްނޫން، އެވެސް ދައުލަތުގެ މައްސަލައެއް، ސިޔާސީ ބޭނުމަށް ޒުވާނުން މިތިބީ ކެއްތެރިކަމާއި ދެކޮޅަށް ތަމްރީންކޮށްފައި. ކިރިޔާ ކަމެއްވާއިރަށް ކަށިމަތިބިންދާލައި ލޯމަތިދުއްވާލާ ހިސާބަށް ޓްރެނިންގެ ކޮށްފައި. ނަމާދު ކުރުމާއި ރޯދަހިފުމަކީ މިއަދުގެ ޖީލަށް ބޮޑުކަމެއް. ދެން ކިހިނެއް ކެތްތެރިވާން އެނގޭނީ.

  8. ސީރިއަސް

    ވަގުތުން ޖޫރިމަނާވެސް ކުރަންވީ . ތަޅާ މަރާ ގެޔަށް ވެސް ވައްދަންވީ. ވަގުތު ފާއިތު ނުވަނިސް ވިސްނާ ދިވެހިންނޭ....

    12
    1
  9. މޫންޓީ

    ނަސޭހަތެއް ނުދީ. 14 ދުވަސްވަންދެން ޖަލުގަ ކަރަންޓީނުކުރޭ.. ދިވެހިންނަށް ފަރުދީ ޒިންމާ ނޭނގޭ. 21 ވަނަ މީހާ 5 ދުވަސްތެރޭ ދިމާވިހާ މީހުން ދުއިސައްތައިން މަތީގަ. ބަސްއަހައިގެން ގޭގައި ހުރިނަމަދޯ

    12
    1
  10. ކޮތަރު

    ތިޔަހާ ލޮނުމަޑުކޮށެއް ތިކަމެއްނުވާނެ. އާނދޮގޭއޭ ތިމަންނައެއް ނުހިފެހެއްޓޭނެއޭ ކިޔާފަ ނުކުންނަ މީހުންނާއި ނުނުކުމެ ތިބޭ މީހުންނަށް ހަޖޫކިޔާ މަލާމާތްކުރާ ބަޔަކުވެސް އެބައުޅޭ. އަނެއް ކޮޅުން ތިންފަހަރު، އެއްފަހަރު ކިޔަން އެނގޭނީވެސް ނަންނޯޓް ކޮށް ނުވަތަ ފޮޓޯނެގުންފަދަ ކަމެއްވެސް ކުރާނަމަތާ. އަމާ ބުނީތީ ފަރަށްދާ އުސޫލުން "ކޮންތާކަށް ތިދަނީ، އަވަހަށް ގެއަށްދޭ" ބުނެފަ ފޮނުވާލަނީ. މިއީ މިއަދު އަޅުގަނޑުގެ ކުރިމަތީގަ އެއް ސަރަހައްދަކުން ތަކުރާރުކޮށް ފެނުނު މަންޒަރެެއް. ފުރަބަންދު ކުރުމުގެ ޙަޤީޤީ މަޤްޞަދު ޙާޞިލްކުރަން ބޭނުމިއްޔާ ފުލުހުން މިއަށްވުރެ ތަންކޮޅެއް ހަރުކަށިވާން އެބަޖެހޭ.

  11. ތުނިޔަ

    ތީމާ ސަޅިގޮތެއް! ފަހަރަކު...އެކަކު އެއްދުވަހަކު ތިންފަހަރު ފެނިގެން ނަސޭހަތްދޭން ޖެހޭނެ ހެނެއްހިޔެއްނުވޭ. ޢޭނަވެސް އެވަރުބަލާނެތާ. ޚކޮބާ ހެލްތުގެ ނިންމުން ތަންފީޒުކުރެވިފަ؟

  12. އަދާލަތު

    ފީރޯޒުމަގު، ޝާރިޢުވަރުދީ، ކާރނޭޝަންމަގު ހެނދުނުން ފެށިގެން މީ ހުން ހުސްނުވޭ. ގިނައީ ބަނގުލަދޭޝް މީ ހުން. ކޮންމެ ނަމާދަކަށް ފަރީދީ މިސްކިތުގެ އަން ހެނުންނަށް ޚާއްޞަކޮށްފައި އޮންނަތަން ފުރިފައި. އެއްވެސް މައްސަލަޔަކާ ކުރިމަތި ނުވާކަމަށް އެމީ ހުން ބުނަނީ. މަނާ ގަޑިއެއްނޫން ހޭ ބުނާއިރަށް ބުނަނީ، " މައްސަލަނެތީ ".

  13. އަދާލަތު

    ފީރޯޒުމަގު، ޝާރިޢުވަރުދީ، ކާރނޭޝަންމަގު ހެނދުނުން ފެށިގެން މީ ހުން ހުސްނުވޭ. ގިނައީ ބަނގުލަދޭޝް މީ ހުން. ކޮންމެ ނަމާދަކަށް ފަރީދީ މިސްކިތުގެ އަން ހެނުންނަށް ޚާއްޞަކޮށްފައި އޮންނަތަން ފުރިފައި. އެއްވެސް މައްސަލަޔަކާ ކުރިމަތި ނުވާކަމަށް އެމީ ހުން ބުނަނީ. މަނާ ގަޑިއެއްނޫން ހޭ ބުނާއިރަށް ބުނަނީ، " މައްސަލަނެތީ ".
    ޝާރިޢުވަރުދީ، މޫންޑްރޮޕްސް އުތުރާއި، ދެކުނުބައި، އަދި މޫން ޑްރޮޕްސް އެއީ ޑިއުޓީ އުޞޫލުން ބަނގުލަދޭޝް މީ ހުން ނިންދަވާ ތަންތަން. އަދި ކާރނޭޝަންމަގު، ޗިޅިޔާޖެ ހިގޭ ދެގޯޅި ޖަގަ ހަޔަކީ، ހުރި ހައި ނުބައި ޢަމަލެއް ހިންގާ، ބަނގުލަދޭޝްމީ ހުން ފޮރުވާ ތިޖޫރި.

  14. ސަންފަ

    10 ފަހަރު ނަސޭހަތް ދީފަ 11 ވަނަފަހަރު ފިޔަވަޅު އެޅީމާ ރަނގަޅުވާނެ ކަމަށްފެނޭ.

    4
    1
  15. ފަހަރު ނާމާ

    ދިވެހިރައްޔިތުންގެ ޓެކްސްލާރިން ފުލުހުންނަށް ބޮޑު ހޭދައެއްކުރަނީ ކަންކަން ތަންފީޒު ކުރުވަން. ތިގޮތަށް ނަސޭހަތްދެވިދާނެ މުނިސިޕަލްޓީ ކުދިންކޮޅެއް ނެރެގެންވެސް.

    4
    1
  16. ޣގޔ

    ބޯންވީނުން ފުލުހުން. އަސާސީ ބޭނުން ނުފުއްދިގެން ހިދުމަތް ނުދެވިގެން ފެން ނުލިބިގެން ނިކުންނަނީ.

  17. ޑައެލޯގް

    ކިހިނެއް 3 ފަހަރުދިންކަން ޔަގީންކުރާނީ ފުރަތަމަ ފަހަރުނަސޭހަތްދިން ޕޮލިހަކަށްނޫންދޯ ދެންފެންނާނީ އަދި ފެނުނަސް ކިހިނެއް އެވަރަށް މެމޮރީ އިންނާނީ ފޭކް ސަރުކާރެއް ދެންރައްޔިތުން ގޯސްކުރޭ

  18. ޣަހުވަ

    ކަރަންޓީނަށް ގެންދިޔައީމާ ކާއެތިކޮޅު އެބަލިބޭތާ! މަގުމަށްޗަށް ނުކުންނަން މިޖެހެނީ އާއިލާއާއި އެކީ!

  19. ދިވެހިން ގަމާރުކަންމަތީ އަބަދަށް

    އަސާސީ ހިދުމަތް ނުލިބޭތީ އެކަންޔެއް ނޫން ނިކުންނަނީ...ތަނަކަށް ސާމްޕަލް ނަގަންދިޔަސް ކުޅިބަލަން ނިކުންނަ މީހުން މަދެއްނޫން...ހީވަނީ މިއުޅެނީ އީދުއައިސްގެންހެން ތަނެއްގަ ޝޯއެއް ދެނީހެން.....ދެންތިބުނަނީ ޖޫރިމަނާ ކުރާށޭ...ޖޫރިމަނާ ކުރިޔަސް ފުލުހުންނަށް ވުރެނުބައި ބަޔަކު ނުތިބޭނެ ބުނާނެ ސަރުކާރުގަ ލާރިނެތިގެން ރައްޔިތުންފެލަނީ އޭ....ހޭބަލިވެގެން ނޫޅެ ގޭގަ ތިބެބަލަ....ކޮންފަދަ ބަލާއެއްތަ މީ.....

  20. ރައްޔިތުމީހާގެ ސިޓީ

    ނަސޭހަތް ދިނުމަކުން ޖޫރިމަނާ ކުރުމަކުން މީހުން ހައްޔަރުކުރުމަކީ އެއީ އަދިހައްލެއްނޫން. ފުރަތަމަ ބަލަންޖެހެނީ ކީއްވެތޯ މީހުން މަގުމައްޗަށް ނިކުންނަނީ، އެއްބޭނުމަކީ ކާބޯތަކެތި ހޯދުން، މާލޭގެ ތޮއްޖެހިފައިވާ މާހައުލުގައި ގޭގޭގައި ހުރީ އެއްވަގުތު ކާނެ ކާއެއްޗެހި ދެން އެހެންވީމައި ގޭގޭގައި ހުރި ކާބޯތަކެތި ހުސްވީމައި ދަރިންނަށް ކާބޯތަކެތި ހޯދުމަށް މީހުން ބޭރަށް ނިކުންނަން މަޖުބޫރުވާނެ.
    އަޅުގަނޑުގެ ހިޔާލު؛
    1. ރާއްޖެއަށް ޓެސްޓް ކިޓް ގެނެސް އެއާޕޯޓާއި މާލެ އަދި ވިލިމާލެ ހުޅުމާލޭގައި ތިބި އެންމެން ޓެސްކުރެވޭނޭ ނިޒާމެއްގާއިމް ކުރަންވީ. ސަބަބަކީ މިހާލަތުގައި މިބަލި މުޅިރާއްޖެއަށް ފެތުރިގެންދާނެ ކަމަށް ބެލެވެނީ މިދެންނެވި ރަށްރަށުންކަމަށް ބެލެވޭތީ.
    2. ރާއްޖޭގެ ކޮންމެ ރަށަކަށް ޓެސްޓްކިޓާއި އެކު ޑަކްޓަރަކު ފޮނުފައި އެރަށަކުން ކިރިޔާ ޝައްކުވާ މީހަކު ފެނުނަސް އެކަހެރިކޮށް ޓެސްޓްކުރެވޭނޭ ނިޒާމެއް ގާއިމްކުރަންވީ. މިއީ ހަރަދު ބޮޑު ކަމެއްކަމަށް ވިޔަކަސް މިއަކީ މިރާއްޖެ މިކުރާބޭކާރު ހަރަދުތަކަށް ބަލާއިރު ގައުމުގެ ރައްޔިތުންގެ ސިއްހަތު ކަށަވަރުކުރުމަށް މިއަކީ ބޮޑު ހޭދައެއްނޫން.
    3. މިހާލަތުގައި މީހުން އެކަހެރިކުރުމަށް ކުރާމަސައްކަތަށް އެމީސްމީހުންގެ ފަރާތުން އެއްބާރުލުން ނުލިބޭނަމަ ގަދަކަމުންވެސް އެމީހަކު އެކަހެރިކުރުމަށް، ފުލުހުންނާއި ސިފައިންނަށް ހާއްސަ ބާރުތަކެއްދިނުން.
    4. މާލޭ ލޯކަލް މާކެޓްގައި މިހާރު ހުރި ހުރިހާ ކާބޯތަކެތި ސަރުކާރުން އެސްޓީއޯއިން ގަނެ އެމާރުކޭޓް މިވަގުތަށް ބަންދުކޮށްލަންވީ. މިވަގުތަށް ރާއްޖޭގެ ރަށްރަށުގައި ހައްދާތަކެތި އެރަށެއްގެ ނުވަތަ އެއަތޮޅެއްގެ ނުވަތަ ކައިރި ރަށްރަށުގެ މީހުންނަށް ގަނެވޭނޭ ނިޒާމެއްގާއިމްކޮށް މާލެއަށް ރަށްރަށުން މުދާގެނައުން މިވަގުތަށް ހުއްޓާލުން. މިހާލަތުގައި މާލެ، ހުޅުމާލެ، ވިލިމާލެ އަދި ކައިރި އެހެނިހެން ރަށްރަށަށް ކޮންމެހެން ބޭނުންވާ ތަރުކާރީގެ ބާވަތްތަށް އެސްޓީއޯ މެދުވެރިކޮށް ޗާޓަރު ފްލައިޓުން ހުޅުލެއަށް ގެނެސް އެތަނުން، ރާއްޖޭގައި އެއާޕޯޓް ހުރިރަށްރަށަށް ފޮނުނޭނޭ ނިޒާމެއް ހަމަޖެއްސުން. މިކަލަ ހާލަތުގައި އެންމެ ބޭނުންވާ މީރުކާނާ ނުލިބުމަކީ އެއީ މައްސަލައެއްނޫން. ކާގޯފްލައިޓްނޭޅޭ ކަމަށްވަންޏާމު އެކަންވެސް ކުރާނެކަމެއްނެތް.
    5. މާލޭގައި ވީހާވެސް ގިނަ ސަރަހައްދުތަކުގައި އެސްޓީއޯއިން ނުވަތަ ސަރުކާރުން ހުއްދަދޭ ބޮޑެތި ދެތިންފިހާރަ އަކުން ރަނގަޅަށް މޮނީޓާކޮށް ކޮންޓްރޯލްކޮށް އެއްއަގެއްގައި ބޭސިކް ކާބޯތަކެތި، ހަނޑޫ ހަކުރު މުގު ހަވާދުގެ ބާވަތްތަކާއި މަސްދަޅާއި ފިޔާއަލުވި އާންމު ބާވަތްތަށް ރައްޔިތުންނަށް ފަސޭހަކަމާއި އެކު ލިބޭނޭ އިންތިޒާމް ހަމަޖެއްސުން.
    6. މިސާލަކަށް އެސްޓީއޯ ސުޕަމާކެޓް ގެ އިތުރަށް ގަލޮޅު ބޯޅަދަނޑު ނުވަތަ ހެންވޭރު މާފަންނު ބޯޅަދަނޑުގައި ސަރުކާރުން އިންތިޒާމްކޮށްގެން ވަގުތީ ކޮށް އެއްޗެއްހި ވިއްކާތަންތަން ގާއިމްކުރަންވީ. އަދި ވަކިވަގުތެއްގައި ވަކި ދުރުމިނެއްގައި ތިބެގެން މީހުންނަށް އައިސް އެއްޗެހި ގަނެވޭނޭ މާހައުލެއް ގާއިމްކުރަންވީ.
    7. މިހާލަތުގައި މާލޭގެ ހުރިހާ ފިހާރައެއް ހުޅުވައިގެން ވިޔަފާރި ކުރުމުގެ ހުއްދަދެވިފައިވާނަމަ އަސްލު މަގްސަދު ހާސިލްނުވާނެ، އަޅުގަނޑުމެން ދިވެހިން ބޭނުންވާނީ ހުރިހާ އެއްޗެހި ލިބޭނޭ ފިހާރައަކަށްގޮސް އެއްޗެހި ގަންނަން. އެހެންކަމުން ކުދި ފިހާރަތަށް ބަނދުކޮށް އެފިހާރަތަކުގައިވާ މުދާ އެސްޓީއޯ އަށް ގަނެ އެމުދާތަށް ކަނޑައެޅޭ ވަކިސަރަހައްދުތަކަކުން ރައްޔިތުންނަށް ލިބޭނޭ އިންތިޒާމެއްް ސަރުކާރުން އިންތިޒާމްކުރަންވީ.
    މާލެ ސަރަހައްދު ކޮންޓްރޯލް ވެއްޖެއްޔާމު ރާއްޖޭގެ އެހެނިހެން ސަރަހައްދު ކޮންޓްރޯލްވާނެ، މާތް ﷲގެ ރަހްމަތުން އަޅުގަނޑުމެންގެ ގައުމު އުފެދިފައި މިއޮތީ މިކަހަލަ ކޮންޓްރޯލިން ނިޒާމަކަށް ވަރަށް ފުރިހަމަކޮށް، އެންމެ ފުރަތަމަވެސް ގޭޓްތަށް ބަންދުކުރެވުނުނަމަ މިހާލަތުނައީސް، އެހެން ނަމަވެސް އެކަންއެއޮތީވެފައި ދެންވެސް އަވަހަށް ކޮންޓްރޯލްކުރަން އިހްލާސްތެރިކަމާއި އެކު މަސައްކަތްކުރަންވީ.
    މިކަންކަމަކީ ކުރަން އުނދަގޫ ދަތިކަންކަން އެހެން ނަމަވެސް މިކަންކަން ނުކޮށް މިއަދު ސަލާމަތެއްނެތް. މާލޭގެ ތޮއްޖެހިފައިވާ މާހައުލުގައި ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ އެއްޗެހި ލިބޭނޭ ނިޒާމެއްނެތި، ގޭގައި ތިބޭށޭ ބުންޏަކަސް އެކަމެއްނުވާނެ. ރަނގަޅު ސިސްޓަމެއް ގާއިމްކޮށްފައި ދެން އެއަށް ފޮލޯކުރާށޭ ބުނީމައި އެ ބަލައިގަންނަން ތަންކޮޅެއް ފަސޭހަވާނެ.
    ޓްރެފިކް ގަވާއިދާއި ހިލާފްވެގެން ސްޓިކާޖަހައިގެން ސަރުކާރަށް މިލިޔަނުން ފައިސާލިބޭވާހަކަ ދައްކަން ދައުލަތުން ލަދުނުގަންނަގޮތަށް، މިހާލަތުގައި މަގުމައްޗަށް ނިކުންނަ މީހުން ޖޫރިމަނާ ކޮށްގެން މިލިޔަނުން ފައިސާ ލިބޭވާހަކަ ދައްކަން ދައުލަތަކުން ލަދުގަންނަންޖެހޭނެ. ރައްޔިތުން ޓްރެފިކް ގަވާއިދާއި ހިލާފްވަނީ ހަމަ އަތުގައި ފައިސާގިނަވެގެން ޖޫރިމަނާ ދައްކާވެގެންނެއްނޫން، ހަމައެގޮތަށް މިހާލަތުގައި ގިނަ މީހުން މަގުމައްޗަށް ނިކުންނާނީވެސް އަތުގައި ފައިސާގިނަވެ ޖޫރިމަނާ ދައްކަން ޖެހުނަސް ހެޔޮކަމަކަށްނޫން، ރައްޔިތުން އެކަން ކުރަނީ މަޖުބޫރީ ހާލަތުގައި ދެން އެހެން ގޮތެއްނެތިގެން.
    ރައްޔިތުންނަށް ކަންކަން އިންތިޒާމްކޮށް ދޭން އެވެރިން އައްޔަންކުރާ ވެރިން އެރައްޔިތުންނަށް ކަންކަން އިންތިޒާމްކޮށްނުދީ ކޮންމެ ކަމަކުން ޖޫރިމަނާނަގާވާހަކަ ދެއްކީމައި އެފެންނަނީ ދައުލަތް ހިންގަންތިބިމީހުންގެ އިހްލާސްތެރިކަމެއްނެތްކަން، ނާގާބިލުކަން، ފެއިލް ވެފައިވާކަން.

    2
    1
  21. ޢައިޝާ

    ނަސޭހައް ދިނުމުގެ ބޭނުމެއް ނެއް. ލޮކްޑައުން ކަން ނޭގެން ކަޑަކުދިންނެއް ނޫން ދޯ!!!

    ޢެންމެ ބުއްދިވެރި ގޮތަކީ ބަންދުކުރުން އިތުރަށް ވިސްނައިދިނުމުގެ ބޭނުމެއް ނެއް!