މިހާރު އޮތް އެންމެ މުހިންމު މަސައްކަތަކީ ކޮވިޑް-19 ފެތުރުން ހުއްޓުވުން ކަމަށް ޓްއަރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަލީ ވަޖީދު މިހެން ވިދާޅުވީ ނިޔޭގެ ފަތުރުވެރިކަމާބެހޭ އ.ދ. ގެ މައި ޖަމިއްޔާ ޔޫއެންޑަބްލިއުޓީއޯ އިން އެކުލަވާލި ގްލޯބަލް ޓޫރިޒަމް ޓްރައިސިސް ކޮމެޓީގެ 3 ވަނަ ބައްދަލުވުމުގައި ސައުތު އޭޝިއާ އަދި ދިވެހިރާއްޖެ ތަމްސީލުކޮށް މިއަދު ދެއްކެވި ވާހަކަފުޅުގައެވެ.

ސަރުކާރުގެ އެންމެ އިސް އަދި އެންމެ މުހިންމު ވާޖިބަކީ ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުންގެ ޞިއްޙަތާއި، ސަލާމަތާއި، ރައްކާތެރިކަން ކަށަވަރުކުރުންކަން ފާހަގަކުރެއްވިއެވެ. އަދި ކޮވިޑް-19 ފެތުރުން ހުއްޓުވިގެން ނޫނީ ރާއްޖޭގެ ފަތުރުވެރިކަން އަލުން ނުފެށޭނެކަމަށާއި، އެދުވަހަށް ތައްޔާރުވުމަށްޓަކައި މިހާރުއްސުރެ "ރައްކާތެރި ފަތުރުވެރިކަން" ފެށުމަށް ކުރަންޖެހޭ އެންމެހައި ދިރާސާތައް ކުރުމުގެ މަސައްކަތް ކުރައްވަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަދި މިދިރާސާ ކުރުމުގައި ޑަބްލިއުއެޗްއޯގެ މިންގަނޑުތަކަށްފެތޭ ގައިޑްލައިނެއް އެޖަމިއްޔާގެ އެހީތެރިކަމާއެކު ތައްޔާރުކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ. މިއަދުގެ ބައްދަލުވުމުގައި ޑަބްލިއުއެޗްއޯ، އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަން، އިންޓަރނޭޝަނަލް އެއަރ ޓްރާންސްޕޯޓް އެސޯސިއޭޝަން، އެއަރޕޯޓްސް ކައުންސިލް އިންޓަރނޭޝަނަލް، ކްރޫޒްލައިންސް އިންޓަރނޭޝަނަލް އެސޯސިއޭޝަން އަދި ވަރލްޑް ޓްރެވަލް އެންޑް ޓޫރިޒަމް ކައުންސިލްގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮވިޑް-19 ފެތުރެން ފެށުމާއި އެކު މުޅި ދުނިޔޭގެ ފަތުރުވެރިކަން ވަނީ ހުއްޓިފައެވެ. ފަތުރުވެރިކަން ހުއްޓުމަކަށް އައުމުން ރާއްޖޭގެ އިޤުތިޞާދަށް ވެސް އަންނަނީ ބޮޑެތި ގެއްލުންތައް ލިބެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. މުހިންމު

    އެންމެ މުހިންމު ކަމަކީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ އަމުރަށް ނުކިޔަމަންތެރިވި މީހުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައި ވީހާވެސް އަވަހަކަށް ޖިނާއީ ދައުވާކުރުން. މިކަން މިހާރުން މިހާރަށް ފަށަންޖެހޭ. މިހާރު މިކަން ކުރަންވެސް ފަސޭހަވާނެ. ވަކިތަނެއްގައި ތިއްބާ ބޭނުންވާ ހުރިހާ މައުލޫމާތެއް އެއްކުރެވޭނެ. ހޯދޭނެ.

    15
    2
  2. ރިއޯ

    ކަލޭގެ ނާގާބިލުކަމުންދޯ މިކަން މިރާއްޖެއަށް ފެތުރިގެން ދިޔައީ. އަދިވެސް މިތިބެނީ އެބިރުވެރިކަމުގަ

    36
    1
  3. އަރީ

    ކަލޯ ތިޔަކަންކުރަން މާލަސް ވެއްޖެ.. ކަލޭމެން ޒިންމާނަގަން ޖެހޭނެ... ބޯޑަރު ބަންދު ނުކޮއް ރާއްޖެއިން ބޭރުން މީހުން އެތެރެކުރަމުން ދިޔައީ ކަލޭމެން

    37
  4. ދުންތަރި

    ދެގަީން ދެގަޑިން ނޫސްކޮންފަރެންސް ބޭއްވިއަސް އެންމެން ގޭގަ މަޑުކޮށްގެން ތިއްބަސް ސަެރުކާރުން ކޮރޯނާވައިރަހަށް ދުނިޔެއަށް ގޮންޖަހާލާ މިންވަރަށް ތައްޔާރުވެފައިވާކަމަށް ދެއްކުމަށް މަސައްކަތްކުރިނަމަވެސް މާލެތެރެއިން އާންމު މީހެއްގެ ކިބައިން އަދި އޭނާގެ އާއިކާއިން ކޮރޯނާ ވައިރަސް ފެނުމަކީ މިކަމުގައި ސަރުކާރުން ޒިންމާ ވާންޖެހޭ ކަމެއްގެ ގޮތުގައި ބަލަން ޖެހެއެވެ. ސަބަބަކީ ރާއްޖެއިން ބޭރުން އައި ވަކި ބަޔަކު ކަރަންޓީނު ނުކޮށް މާލެ ތެރެއަށް ދޫކޮށްލުމުން ކަމަށް ގިނަ ބަޔަކު ދަނީ ތުޚުމަތުކުރަމުންނެވެ. މިނޫން ހާލަތެއްގައި މާލެތެރެއިން މިފަދަ ގޮތެއްގައި ކޮރޯނާވައިރަސް ހުރި މީހުން ފެނަން ނުޖެހޭނެކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.ސަރުކާރުން ދައްކާ ވާހަކަޔާ ޢަމަލަކާ ދިމައެއްނުވޭ

    22
    1
    • މާލެ މީހާ

      ނާ ޖީބައް ވަންނަވަރު ކުޑަވާތީ ރީސޯޓް ތައް ހުޅުވާޅާ...

  5. ޑައެލޯގް

    ކަލޯމެނަކަށް މިކަމެއްނުވާނެ އެގޭނީ ޓިޝޫއިން ބޯޅަކުޅެން އެހެންނޫނީ ކީއްވެ ރަގަޅަށްގޮސްއޮއްވާ މިހެންވާންވީ

    24
    1
  6. ކާފަބޭ2020

    އަދިވެސް ދިދަދަނޑިއަށް އަ މާންދިދަނަގާކަށްނުވޭތޯ ތިޔަޢުޅެނީ " ދަންބެރަށްވުރެތަގުޑި" ދިގުވެގެން ސިއްހީބޭފުޅުންގެއާދޭސްތަކަށް ފުރަތަ މަފަރުވާ ކުޑަކުރީކޮންބައެއްތޯ؟ މާލެ ފުރަބަންދުކުރު މުން ވަކިބަޔަކަށް ވިޔަފާރިކުރެވިފައަނެއްބަޔަކު ބައިބަޔަށް ކަންކަން މަތީ އަނގަ މަޖާކުރަންތިބެވިގެންނުވާނެ އެހެންނަ މަވެސް ފެންނަނީ ތަފާތު މަންޒަރެއް ހިތާހިތާ އަ މިއްލަނަފްސާސުވާލުކޮށްލަށްވާ!!!!!!!!

  7. ހަސަންބެ

    އެންމެ މުހިއްމީ ސަރުކާރުގެ ޒިންމާދަރު ވެރިން ތެދުވެރިވުން ރައްޔިތުންނަށް އޮޅުވާނުލުން މިކަމަށް ތައްޔާރުވާތާ 3މަސް ވެރިން މައުލޫމާތު ދެނީ މިތިބީ ފުރިހަމަޔަށް ތައްޔާރުވެގެން.
    އެކަމަކު އެންމެ މުހިއްމު އަސާސީ ތަކެތި ބޭުނުންވާ ފަރާތަކަށް ފޯރުކޮށް ދޭން ހަދަންވީގޮތެއް ނޭގިފަ. ކުއްލިހާލަތުގަ އެތަށްބަޔަކު މަގުމަތިވީ ކާނެ ބޯނެ ގޮތެއްނެތި. ތިހާވަރަށް ބަޔަކަށް ތައްޔާރުވެވޭނީ. " މިހާރު ތިޓީމް ރަގަޅުވާނީ ސީފުހޭ ކަރުދާހުން ބޯޅަކުޅެން "

  8. އުސައިދު

    އަނެއްކާ އަނެއް ދޫ ވިހަ ކަލޭގެ..އިރާދަ ނުލާ ވާހަކަ ދައްކާމީހުންގެ ދުލުގެ ވިހަ ކަން މިގައިމަށް ޖެހިފަ މިވަނީ

  9. ޝާހް، ރ.ވާދޫ

    ކަލޭ ވާހަކަ ނުދައްކާހުރޭ! ބޭރުންއަންނަ ދިވެހިން ކަރަންޓީނުކުރުވިއިރު، ބޭރުންއަންނަ ޓޫރުސްޓުން ރިސޯޓުތަކަށް ފޮނުވާ މިތަން މިބިރުވެރިކަމަށް ވައްޓާލި އެކަކުތީ! ބުނެބަލަ މީދޮގެކޭ! ރަނގަޅުދެން ތިބުނާގޮތްނޫން އެހެންގޮތެއް އެބައޮތްތަ؟ ތީ މިޔަދު ކަލެއާ، ތަންތާންގަތިބޭ ވެރިން ނުބުންޏަސް އެންމެ ކުޑަކުއްޖާއަށްވެސް އެނގޭވަރު!

  10. ވަށަފަރު މުދިމު

    މީނަ މި ކީޔޭ އެއްޗެހި ހަދާންވެސް ހުންނަ މީހެއް ނޫންތަ

  11. ތޮއްޑޫ ކުރެދިމާގެ އީސާ

    އެންމެ މުހިންމުވީ ނާގާބިލު ސަރުކާރުން ޑްރާމާކުޅެ މީހުންނަށް ކަންދެއްކުން، ބޮޑެތިހަރަދުކޮށް ޗާޓަރުފްލައިޓް އަޅައިގެން ސަރުކާރުގެ ވެރިންގެ މަސްލަހަތު އޮތްމީސްމީހުން ނާއި މުއްސަނދިން ގެންނަން ބޮޑެތިހޭދަކުރުން. ލަންޑަނުގައި ތިބި މީހުންނާއި މެލޭޝިއާގައި ތިބިމީހުންނާއި އިންޑިޔާގައި ތިބި މީހުންނާއި ލަންކާގައި ތިބިމީހުން ގެނައުން.
    "ނިކަމެތި އާދައިގެ ދިވެހި މީހާ، މާލޭގައިި ދުވަހު ކުއްޔަށް ކޮޓަރިނަގައިގެން އެހުރީ މާލެއިން ރަށަށް ނުދެވިފައި ފްލައިޓުން ޖާގަނުލިބިގެން، ކަނޑުބޯޓެއްނެތިގެން" ލަންޑަނާއި މެލޭޝިއާ އިންޑިއާ ލަންކާގައި ތިބި މީހުން ގެނެވިއްޖެ. އެހެންވީމައި މުހިންމުވީކަން އެއޮތީވެފައިއެނު ތޮއްޑޫ ވަހީދު.
    ކޮވިޑް ހުއްޓުން މުހިންމުވިނަމަ، އެންމެ ފުރަތަމަ ދުވަހުންފެށިގެން ރިސޯޓްތަކުގެ މުވައްޒިފުން ކަރަންޓީނު ކުރިގޮތަށް މާލޭ އެއާޕޯޓްގައި މަސައްކަތް ގެސްޓުނާއި ކޮންޓެކްޓްވާގޮތަށް މަސައްކަތްކުރާ މުވައްޒިފުންވެސް ތިބޭނީ ކަރަންޓީނުވެފައި.
    މިރޯގާއެއް ފެތުރިގެން މުޅި ދުނިޔެ ބިރުވެރިކަމެއްގެ ތެރޭގައި އުޅޭތާ ތިންމަސްވީއިރުވެސް ކަލޭމެންނަށް އަދިވެސް ރާއްޖޭގެ މީހުން އުޅޭ ރަށްރަށަށް ނުވަތަ ރާއްޖޭގެ ރަށްރަށުގައި ހުރި ހޮސްޕޮޓަލްތަކަށް މިބައްޔަށް ޓެސްޓްކުރެވޭނޭ ނިޒާމްތަކެއް ގާއިމްކޮށްނުދެވޭ. ރަށްރަށުން ޝައްކުވާމީހަކު ފެނިއްޖެއްޔާ ނާލު ބައްތެއްޔެއްގައި މާލެފޮނުވާ ނިޒާމް ގާއިމްވެފައި މިއޮތީ. ވެދާނެ އެކުވެރި އިންޑިޔާއިން ބުނީކަމަށް ތިމަންނަމެން ޓެސްޓް ކިޓް ދޭނަމޭ ކަލޭމެން ކޮންމެހެން އެކަމާއި އުޅޭނޭކަމެއްނެތޭ. އެމީހުން އަތުން އެބުނާ ކިޓެއްލިބޭނީ މިރާއްޖެ ނެތިދާފަހުން. އެކަހަލަ ބައެއްއެއީ އެކަމަކު ނަމްބަރު 1 އެކުވެރިޔާ، މިވެރިކަން ހިމާޔަތްކުރާ އެކުވެރިޔާ.
    ތިހެން މީސްމީހުންނަށް ފޯނުކޮށް ނުހޮރުއްޕާނު ނުކޮށް ތިއަށްވުރެން މާރަނގަޅުވާނެ މަސްވަޅުލާފައިވާ ރަށަށްގޮސް ބިމެއް ހޯދައިގެން ކަރާހައްދައިގެން އަވަށްޓެރިންނަށް އެއެއްވެހި ބަހަން ހުރިއްޔާމު، ދެދުނިޔޭގެ ބާއްޖަވެރިކަން ލިބިދާނެ. މިހާރު ތިޔާ އުޅޭގޮތުން ތެދެއް ހެދެން އޮންނަ ތަނަކަށްވެސް ތިހެދެނީ ދޮގެއް. ހެޔޮކަމެއް ކުރެވެން އޮންނަ ތަނަކަށްވެސް ކުރެވެނީ ދެއްކުންތެރި ނުބައިކަމެއް.