ކެނެޑާ އިން މީގެ ކުރިން ކޮވިޑް-19 ޖެހިގެން އެއްދުވަސް ތެރޭގައި މީހުން މަރުނުވާ އަދަދަކަށް މިއަދު ކޮވިޑް-19 ޖެހިގެން މީހުން މަރުވެއްޖެއެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިއަދު ކެނެޑާ އިން ވަނީ 181 މީހަކު މަރުވެފެފައެވެ.

ކެނެޑާ އިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 1191 އަށް އަރާފައެވެ. ކެނެޑާ އިން މީގެ ކުރިން އެންމެ ގިނަ މީހުން މަރުވީ މިދިޔަ އަންގާރަ ދުވަހު އެވެ. އަންގާރަ ދުވަހު އެގައުމުން 123 މީހުން މަރުވިއެވެ.

މިއަދު ކެނެޑާ އިން 1546 މީހަކު ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވިއެވެ. މިއަދަކީ ކެނެޑާ އިން ތިން ވަނަ އަށް އެންމެ ގިނަ މީހުން ފައްސިވި ދުވަހެވެ. އެގައުމުން ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ 29925 އަށް އަރާފައެވެ.

ކެނެޑާއިން ބަލި ޖެހުނު މީހުންގެ ތެރެއިން 9,671 މީހަކު މިހާރު ވަނީ ބަލިން ރަނގަޅު ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު