އެމްޑީޕީ އޮތީ އިދިކޮޅު ހުރިހާ ޕާޓީތަކެއް ހިސޯރުކޮށްގެން ކަމަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

" ވަގުތު " އަށް މައުލޫމާތު ދެއްވަމުން ޑރ.ހަލީލް ވިދާޅުވީ އެއް ކެންޑިޑޭޓް އަކު ނެރުމަކީ އިދިކޮޅުން އަމިއްލަޔަަށް ދެކޭ ހުވަފެނެއް ކަމަށެވެ.

" އިދިކޮޅުގައި އެހާ ގުޅުންތަކެއް ނެތް. ހަގީގަތުގައި އެމްޑީޕީން މިކުރާ މަސައްކަތީ އެމްޑީޕީ ބޭނުންވާ ސިޔާސަތުގެ ދަށުން އިދިކޮޅު ހުރިހާ ޕާޓީ ތަކެއް ހިސޯރުކޮއްގެން އެމްޑީޕީ ބޭނުންވާ ނަތީޖާތަށް ނެރުން " ހަލީލް ވިދާޅުވިއެވެ.

ހަލީލް ވިދާޅުވީ އިދިކޮޅު އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަނެއް އުފެދި މިހާރު ވަނީ ކޯޅުންތަށް އުފެދެން ފަށާފައި ކަމަށާއި އެކަކު ދައްކާ ވާހަކަ އަކާއި އަނެކަކު ދައްކާ ވާހަކަ ދިމާ ނުވާކަމަށެވެ.

" އެ ކެންޑިޑޭޓަކު ނެރުމަކީ އެބޭފުޅުންގެ ތާރީހާއި، އެބޭފުޅުންގެ އެތެރޭ އޮތް ހަމަޖެހުމަށް ބަލާފައި ވާނެ ކަމެއް ނޫން " ހަލީލް ވިދާޅުވިއެވެ.

ރޭ އިދިކޮޅު ފަރާތް ތަކުން އއ ރަސްދޫގައި ބޭއްވި ޖަލްސާގައި އިދިކޮޅު ކެނޑިޑޭޓެއް އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށާއި އެ ކެންޑިޑޭޓަކީ ގުޅިފައިވާ ޕާޓީތަކުން ސަޕޯޓްކުރާ އެއް ކެންޑިޑޭޓަކަށްވެގެން ދާނެ ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވަނީ ވިދާޅުވެފައެވެ.

އިބޫ ވިދާޅުވީ، އިދިކޮޅު އެއް ކެންޑިޑޭޓެއް ހުންނާނެ ކަމަށާއި ރައްޔިތުން ކުރަންވީ ކަމަކީ އެ ކެންޑިޑޭޓަށް ވޯޓު ދޭން ތައްޔާރުވުން ކަމަށެވެ. އަދި ވައްކަމާއި އަނިޔާވެރި ކަމަށް ފާޅުގައި ނޫނެކޭ ބުނުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބޮކި ބޮކި ބޮކި

    ޔާނު އޮތީ ކަލޯ ހިސޯރުކޮއްފަ !

  2. ހައިހޫނު

    އިދިކޮޅު މީހުން ކެންޑިޑޭޓެއް ނެރޭނެގޮތެއް ވިސްނާ ވިސްނާވެސް ނުވިސްނުނު ދެންހެދޭނީގޯސް

  3. ނަފުރަތު

    ތިބުނީ ވަރަށއރަނގަޅުވާހަކައެއް.