00:02

23:24

22:54

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް: ބީއެމްއެލްގެ އޭޓީއެމްތައް ހުޅުވާފައި ހުރީ. އެ ތަންތަން ހުރީ ބަންދުކޮށްފައެއް ނޫން.

22:53

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް: މި ދުވަސްތަކުގައި ޓްރާންސްމިޝަންގެ އަދަދު ހުއްޓޭނެ މިގޮތަށް ލޮކްޑައުންކޮށްފައި އޮތީމަ، ޓެސްޓް ކިޓްތައް ހޯދުމުގެ މަސައްކަތް ކުރަމުން މިދަނީ. ފައިސާ ހޭދަކުރަން ޖެހޭ ނަމަ، އެކަން ކުރާނަން. ލިބޭ ވަރަކުން ހޯދަމުން މިދަނީ.

22:37

މާލެ އިން މިހާތަނަށް ފެނުނު ކޭސްތަކާ ގުޅިގެން 50 ގެއެއް މޮނިޓަރިން ހާލަތުގައި އޮތް ކަމަށް ބުނެފި.

22:26

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް: މިރޭ ހައްޔަރު ކުރި މީހުންގެ ތެރޭގައި ބިދޭސީން ވެސް ހިމެނޭ.

22:23

ރާއްޖޭގައި މިވަގުތު ތިބީ 290 ޑޮކްޓަރުން، 2970 ނަރުހުން. މީގެ 50 ޕަސަންޓު މީހުން ބޭނުން ކުރަނީ ކޮވިޑް-19 އާ ގުޅިގެން ހިނގާ ކަންކަމުގައި.

22:18

އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގް: ޖެނުއަރީން ފެށިގެން އަޅުގަނޑުމެން މިހާރު ވެސް ވަނީ ކެޕޭސިޓީ އިތުރުކޮށްފައި. ވަރަށް ބައިވަރު ކަންކަން ކުރެވިއްޖެ. އަޅުގަނޑުމެން ކަންބޮޑުވަނީ މިހާރު ހުރި ވަރަށް ކެޕޭސިޓީ ނުކަތާ ވަރަށް ހިދުމަތް ނުދެވިދާނެތީ.

22:15

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް: އަޅުގަނޑުމެންނަށް މިވަގުތު ކުރެވޭނެ އެންމެ މުހިންމު ކަމަކީ ވީވަރަކުން ގައިދުރުވެ، އަތް ދޮވެ، ބަލީގެ އަލާމާތެއް ފެނިއްޖެ ނަމަ، އައިސޮލޭޓްވުން.

22:14

ޑރ. ޝީނާ: މާލޭގައި ހަލުވިކަމާ އެކު، ބަލި ފެތުރޭ ނަމަ، އަތޮޅުތެރެއިން ހުރިހާ ސިއްހީ ހިދުމަތްތެރިން ގެނައި ނަމަވެސް، ފަރުވާދެވޭނެ ކެޕޭސިޓީއެއް ނެތް. ހަމަ ފަރުވާ ނުދީ ދޫކޮށްލަން ޖެހޭނީ. އަޅުގަނޑުމެން ސަމާލުވާން ޖެހޭ މިހާރު ވަރަށް ބޮޑަށް.

22:10

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް: ހައްޔަރު ކުރި މީހުންނާ މެދުގައި އަމަލު ކުރި ގޮތް ފަހުން ފުލުހުން ހާމަކުރާނެ. ކަރަންޓީން ފެސިލިޓީއަކާ ހަމައަށް އަދި ނުގެންދޭ.

22:07

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް: ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިތުރުން ބޮޑެތި ބަލިތަކަށް ފަރުވާދޭ މީހުން ވެސް އެބަތިބި ކަރަންޓީން ފެސިލިޓީތަކުގައި. ކޮންމެ މީހަކަށް ވެސް އެމީހަކަށް ބޭނުންވާ ފަރުވާދީގެން މަސައްކަތް މި ކުރަނީ.

22:06

22:04

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް: މި މަސް ނިމުމުގެ ކުރިން ވެންޓިލޭޓަރުން ބައެއް ލިބޭނެ.

22:03

ޑރ.ޝީނާ: ވަރަށް މުހިންމު ކަމެއް ގައިދުރު ކުރުން. އާއިލާ ވިޔަސް، ރައްޓެހިވިޔަސް ވީހާވެސް ދުރުގައި އުޅުން އެއީ މުހިންމު ކަމެއް. އަޅުގަނޑުމެންނަށް އަދި ފެނުނީ 10 ވަރަކަށް ކޭސް. އަދި ހަ ގުނަ އުޅޭނެ. 100 އެއްހާ މީހުން އަދިވެސް މި ބަލީގައި އުޅޭނެ. ހާއްސަކޮށް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ބޮޑުވީމަ.

22:01

އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގް: އަޅުގަނޑުމެން މި އަދަދުތައް ދައްކާލީ ކޮމިއުނިޓީ ޓްރާންސްމިޝަން އައީމަ، ރިވިޝަން ހަދާފައި.

21:55

އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގް: ފުރަތަމަ 14 ދުވަހުގެ ތެރޭގައި 29،000 އަށް ބަލި ޖެހުނު މީހުންގެ އަދަދު އެރުމުގެ ފުރުސަތު އެބައޮތް. އެކަމަކު، ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅު އަޅައި، ގޭގައި ތިބޭ ނަމަ، އެ އަދަދު 29 ވެސް ދަށް ކުރެވިދާނެ.

21:55

އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގް: ސީދާ ބަލި ޖެހުނު މީހުންނާ ގުޅުން ހުރި 274 މީހުން ވަނީ ހޯދިފައި. ބައެއް ކޮންޓެކްޓުންގެ އަލާމާތްތަކެއް ހުރުމުން އެމީހުންގެ އިތުރު ކޮންޓެކްޓްސް ވަނީ ހޯދިފައި. އަދި މި މަސައްކަތް ނިމުނީކީ ނޫން.

21:54

21:53

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް: 8:30 އިން ފެށިގެން ފުރަތަމަ ހަތް މިނެޓްގެ ތެރޭގައި 74 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި.

21:52

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް: އައިސޮލޭޝަން ފެސިލިޓީތަކުގައި 61 މީހުން އެބަތިބި. ކަރަންޓީން ފެސިލިޓީތަކުގައި 1053 މީހެއް އެބަތިބި. ވޭތުވެދިޔަ 24 ގަޑިއިރު، ރާއްޖޭގައި ހުރި ފްލޫ ކްލިނިކްތަކަށް 97 މީހަކު ވަނީ ދައްކާފައި.

21:51

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް: 16 މީހަކަށް ބަލީގައި ޝިފާ ވަނީ ލިބިފައި. ފަރުވާދެމުން ދަނީ 11 މީހަކަށް. ދެ މީހަކު ތިބީ ރާއްޖެ އިން ބޭރުގައި. އެ ދެމީހުންނާ ބެހޭ މައުލޫމާތެއް އަޅުގަނޑުމެންނަށް ނުލިބޭ.

21:50

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް: މިހާތަނަށް 3614 ސާމްޕަލެއް ނަގާފައި ވަނީ، ޕޮޒިޓިވްވެފައި ވަނީ 28 މީހެއް. ނެގަޓިވްވީ 3294 މީހެއް. ނަތީޖާ ނުލިބެނީ 292 ސާމްޕަލެއް. އޭގެތެރޭގައި ކުރެއްދޫގެ 246 ސާމްޕަލެއް ހިމެނޭ.

21:47

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް: މި ދައްކާލި ސްލައިޑްތަކަކީ އަޅުގަނޑުމެން އެއްވެސް ކަމެއް ނުކޮށްފިއްޔާ އެކަން ވާނެ ގޮތުގެ ބިރުވެރި މަންޒަރު. މަސައްކަތް ކުރަންވީ ދުވާލެއްގެ މައްޗަށް ބަލި ޖެހޭ މީހުންގެ އަދަދު މަދު ކުރަން.

21:46

ޑރ. ޝީނާ މޫސާ: މި އެޕެޑެމިކްއާ ގުޅިގެން ލައްކައަކަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހިދާނެ. އެކަމަކު، އަހަރެއްހާ ދުވަހަށް މި ދެމިގެންދާނެ. އެއް މަސް ދުވަހުގެ ތެރޭގައި ޕީކަށް ދާނެ. ކުރިއަށް އޮތް ރޯދަ މަހުގެ ތެރޭގައި އެންމެ ބޮޑަށް ބަލި ފެތުރިގެންދާނީ.

21:45

21:43

ޑރ. ޝީނާ މޫސާ: 14 ދުވަހުގެ ތެރޭގައި ވެންޓިލޭޓަރު ލާން ޖެހޭލެއް ގިނަވާނެ. މިހާރު ދާ ގޮތުން ބައިވަރު އެނދެއް ނެތް. ސިއްހީ ހިދުމަތްތެރިންނެއް ވެސް ނެތް. ޑޮކްޓަރުންނާއި ނަރުހުންނެއް އެހާ ވަރަށް ނެތް. ހުސް އެނދެއްގައި ބޭއްވިޔަސް ހިދުމަތް ދެވެން ނެތް.

21:42

ޑރ. ޝީނާ މޫސާ: މި ހާލަތުގައި ތިބެއްޖެ ނަމަ، އަޅުގަނޑުމެންގެ ތެރެއިން ދެހާހެއްހާ މީހުން މަރުވެދާނެ.

21:41

ޑރ. ޝީނާ މޫސާ: މިހާރު އޮތް ހާލަތުން 4000 އެޑްމިޓް ކުރަން ޖެހޭނެ. އަޅުގަނޑުމެންގެ ސިއްހީ ނިޒާމުގެ ތެރޭގައި ނެތް މިހާ ގިނަ މީހުން އެނދުމަތި ކުރާކަށް. މިކަމުގެ ސަބަބުން ވަރަށް ގިނަ ބަޔަކަށް ހިދުމަތް ނުދެވިދާނެ. 10 ދުވަހުގެ ތެރޭގައި އެޑްމިޓްކުރަން ޖެހޭ މިންވަރު ގިނަވާނެ.

21:39

ޑރ. ޝީނާ މޫސާ: އަޅުގަނޑުމެން ފެނުނު ކޭސްތަކަށް ބަލާއިރު، އަންދާޒާ ކުރެވޭ ގޮތުގައި ސޯޝަލް ޑިސްޓެންސިން ހުރި ގޮތަށް ބަލާފައި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބަލި ޖެހުނު މީހުންގެ އަދަދު 22،000 އަށް ވުރެ މައްޗަށް އަރާނެ. އަދި އެޑްމިޓް ކުރަން ޖެހޭ މީހުންގެ އަދަދު ގިނަވާނެ.

21:32

21:11

ނެޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) އިން ބާއްވާ ނޫސްވެރިންގެ ބައްދަލުވުން ކުޑައިރުކޮޅެއްގެ ތެރޭގައި ފެށޭނެ.

20:42

20:40

20:22

19:46

19:21

19:20

18:54

18:50

18:04

17:58

17:34

17:13

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް: އަޅުގަނޑު އުންމީދުކުރަނީ ހަރުކަށި ވާން ޖެހޭ ހާލަތަކަށް ނުގޮސް، ރައްޔިތުން އެއްބާރުލުން ދޭނެ ކަމަށް. ކުރިއަށް އޮތް ތަނުގައި ފުލުހުން މަގުތަކުގައި ހަރަކާތްތެރިވާނެ.

17:08

16:59

އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ: އަސްލު ސޯސް އައިޑެންޓިފައި ކުރެވިފައި ނެތް. އޭގެ ތަހުގީގު ކުރިއަށް އެބަދޭ. ކޮން މީހެއްގެ ފަރާތުން ބަލި އައީ ޔަގީންވީމަ އެ މައުލޫމާތެއް ހާމަކުރާނަން.

16:54

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް: ޑެލިވަރީ ހުއްޓާލައިގެން އަޅުގަނޑުމެންނަށް ތިބެވޭކަށެއް ނެތް.

16:53

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް: ކާބޯތަކެތި ލިބެން އެބަޖެހޭ އެންމެންނަށް. އެހެންވީމަ ޑެލިވަރީކުރުމަކީ މިވަގުތަށް އެންމެ ރަނގަޅު ގޮތް. މިއަދު 188 ލައިސެންސެއް ވަނީ ދޫކުރެވިފައި. 222 ލައިސަންސެއް އަދި ވިލިމާލެ އިން 19 ލައިސަންސެއް ދޫކުރި ޑެލިވަރީ ކުރަން.

16:53

16:52

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް: ޑެއިލީ ކޮންޓެކްޓްސް އެބައުޅޭ 40 އަށް ވުރެ މަތީގައި އެންމެ މީހެއްގެ ފަރާތުން. މިއީ ބިރުވެރިކަމެއް. މާލެ އިން މިހާރު ބަލާލިޔަސް ފެންނަނީ ޖެހިޖެހިގެން މީހުން ތިބޭތަން. މާސްކެއް އަޅައިގެން ކޮންމެ މީހަކު ނުކުތަސް ސަލާމަތެއް ނުވެވޭނެ. މިހާރު ދިމާވެގެން މިއުޅެނީ ހިތާމަވެރި ހާލަތެއް. މިއަށް ވުރެ ކުޑަ ކުރެވުނީސް ގައުމެއްގެ ގޮތުގައި މަސައްކަތް ކުރެވުނު ނަމަ. ލޮކްޑައުން ހާލަތުގައި ވެސް މަގުމައްޗަށް ނުކުންނަންވީމަ، އެހެން މީހުންނާ ދުރުގައި ތިބެން ދަސްކުރަންވީ.

16:48

އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ: ރާއްޖެ އިން ހެދި ސާވޭ ދައްކާ ގޮތުގައި ފުރަތަމަ ކޭސްއެއް އުޅޭތާ 14 ދުވަހުގެ ތެރޭގައި ޕީކަކަށް ދާނެ ކަމަށް ބެލެވޭ. އެހެންވީމަ ކުރިއަށް އޮތީ ބުރަ މަސައްކަތްތަކެއް އަދި ސަމާލުކަމެއް ދީގެން މަސައްކަތް ކުރަން ޖެހޭ. ބަލީގެ އަލާމާތްތަކެއް ހުރި ނަމަ، އެކަން އަންގަންވީ. ޑައިރެކްޓް ކޮންޓެކްޓްވި މީހުން ހޯދުމުގެ މަސައްކަތް މި ކުރަނީ. ވަރަށް ހަލުވިކަމާ އެކު، މަސައްކަތް މި ކުރަނީ އެހެންވެ އެހާ ގިނަ ކޭސްތަކެއް މި ފެންނަނީ.

16:43

އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ: މިވަގުތު ތިން ކްލަސްޓާއެއް އުޅެނީ. މާލެ އިން ފުރަތަމަ ފެނުނު ކޭސްއާ ގުޅުން ހުރި ފަސް ކޭސް، މިއަދު މި ފެނުނީ ވަކި ދެ ކޭސްއެއް. އެއްވެސް ކަހަލަ ގުޅުމެއް ކޭސްތަކުގެ ތެރޭގައި ނުފެނޭ. މީގެ މާނައަކީ ބަލި އުޅޭކަން. ކޮމިއުނިޓީ ސްޕްރެޑެއް އުޅޭ ކަން.

16:41

އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ: ކޭސް 26 އަކީ 23 ގެ ކޮންޓެކްޓެއް.

16:41

16:40

ފައްސިވި މީހުންނާ އެއްވެސް ވަރަކަށް ކޮންޓެކްޓްވެފައި ހުރި ނަމަ، ލަސްނުކޮށް ވީހާވެސް އަވަހަށް ކަމާބެހޭ ފަރާތްތަކަށް އެންގުމަށް. އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގް އެދިވަޑައިގެންފި.

16:38

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް: ކޭސް 23 އާ ގުޅިގެން 11 ކޮންޓެކްޓެއް ފާހަގަ ކުރެވިފައިވޭ. ކޭސް 21 އާ ގުޅުން ހުރި 61 މީހެއް ފާހަގަވޭ.

16:38

ހަތަރު ތަނެއް ވަނީ މޮނިޓަރިން ހާލަތަަށް ގެނެސްފައި.

 

16:35

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް: އައިސޮލޭޝަންގައި 61 މީހުން، ވެލިދޫގައި 28 މީހެއް، ފަރުކޮފުށީގައި ހަތް މީހުން، އެޗްއައިއެޗްގައި 25 މީހުން. ދަރުމަވަންތަ ހޮސްޕިޓަލްގައި އެކަކު އެބަހުރި. ހޮސްޕިޓަލްގައި ހުރީ ބަލިން ރަނގަޅުވެފައި ހުރި މީހެއް، 1،053 މީހެއް ކަރަންޓީން ފެސިލިޓީތަކުގައި އެބަތިބި. ކަރަންޓީނު ފެސިލިޓީތަކުގައި ތިބި 69 މީހުން ދޫކޮށްލެވިފައި ވަނީ.

 

16:33

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް: މިހާތަނަށް 3.580 ސާމްޕަލެއް ވަނީ ނަގާފައި. ނަތީޖާ ނުލިބި 294 ސާމްޕަލެއް. އެއީ ކުރެއްދޫ އިން 246 ސާމްޕަލެއް ހިމެނޭ.

16:21

16:14

16:01

16:00

15:54

ނެޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުން 4:15 އަށް ވަނީ ފަސްކުރެވިފައި. މިފަހަރު ނޫސްވެރިންގެ ބައްދަލުވުން ދަރުބާރުގޭގައި ކުރިއަށް ދިޔަޔަސް، ނޫސްވެރިން ތިބޭނީ އެމީހެއްގެ ސްޓޭޝަންތަކުގައި ނޫނީ ހަމަޖެހިފައިވާ ތަނެއްގައި.

15:50

15:37

14:29

14:28

13:28

13:21

12:55

12:44

12:11

12:04

11:39

11:14

11:03

10:36

09:09

08:42

03:34

03:02

02:29

01:48

އަލްޖީރިޔާއިން ކޮވިޑް-19 ޖެހިގެން އިތުރު 12 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ އަދަދު 483 އަށް އަރައިފި. އެގައުމުން އިތުރު 9108 މީހަކު ފައްސިވެ، ފައްސިވި މީހުންގެ އަދަދު ވަނީ 2268 އަށް އަރާފަ

01:47

ދެކުނު އެފްރިކާއިން ކޮވިޑް-19 ޖެހިގެން އިތުރު 14 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ އަދަދު 48 އަށް އަރައިފި. އެގައުމުން އިތުރު 99 މީހަކު ފައްސިވެ، ފައްސިވި މީހުންގެ އަދަދު ވަނީ 2605 އަށް އަރާފަ

01:47

މިސްރުން ކޮވިޑް-19 އަށް އިތުރު 13 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ އަދަދު 196 އަށް އަރައިފި. އެގައުމުން އިތުރު 1681 މީހަކު ފައްސިވެ، ފައްސިވި މީހުންގެ އަދަދު ވަނީ 2672 އަށް އަރާފަ

01:46

އައިލޭންޑުން ކޮވިޑް-19 އަށް އިތުރު 42 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ އަދަދު 486 އަށް އަރައިފި. އެގައުމުން އިތުރު 724 މީހަކު ފައްސިވެ، ފައްސިވި މީހުންގެ އަދަދު ވަނީ 13271 އަށް އަރާފަ

01:45

އެމެރިކާއިން އިތުރު 18365 މީހަކު ކޮވިޑް-19 އަށް ފައްސިވެ، އެގައުމުން ފައްސިވި މީހުންގެ އަދަދު 673215 އަށް އަރައިފި. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެގައުމުން 25067 މީހަކު ފައްސިވި

01:44

އެމެރިކާއިން އިތުރު 1250 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ އަދަދު 34384 އަށް އަރައިފި. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެގައުމުން 1796 މީހަކު ވަނީ މަރުވެފަ.

01:11

00:45

00:33


ކޮވިޑް-19 އަށް މާލެ އިން ފުރަތަމަ ފަހަރަށް މީހަކު ފައްސި (ޕޮޒިޓިވް) ވެގެން 24 ގަޑިއިރު ނުވަނީސް މާލެ އިން ފައްސިވި މީހުންގެ އަދަދު ވަނީ 03 އަށް އަރާފައެވެ. ކޮވިޑް-19 ޖެހުނު މީހުންނާއި ބައްދަލުވެފައިވާ މީހުން ދެނެގަތުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކަށަވަރުވަމުންދާ ކަމަކީ ސިއްހީ އެހީތެރިން މިހާތަނަށް ދެމުން އައި އެއްވެސް ނަސޭހަތެއް ގިނަ ބަޔަކު ގަބޫލު ނުކުރިކަމެވެ. އަދިވެސް މާލެ އިން ފުރަތަމަ ބަލި ޖެހުނު މީހަކު ދެނެގަނެވިފައެއް ނުވެއެވެ. އެހެންކަމުން އެމީހަކު ބައްޔާއި އެކު އަދިވެސް މާލެތެރޭގައި ހުރުން ގާތެވެ.

ނަމަވެސް މާލޭގެ މަގުމަތިން ފެންނަނީ އާއްމުން ވަރަށް ހަމަޖެހިގެން ތިބިތަނެވެ. ފިހާރަތައް ކައިރިއަށް ޖަމާވެ، ބަލީގެ ނުރައްކާތެރިކަން ވަނީ ހަނދާން ނައްތާލާފައެވެ. މިމަންޒަރު ތަކުރާރުވާނަމަ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުން ފެންނަމުންދާ ފަދަ މަންޒަރުތަކެއް ރާއްޖެ އިން ފެނުން އެއީ ދުރުކަމެއް ނޫނެވެ. ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން އޮތް ވަގުތު މިހާރުވެސް ފާއިތުވެއްޖެއެވެ. ނަމަވެސް ދެންވެސް ކުރެވެން އޮތް ކަމަކީ ގޭގައި މަޑުކޮށް، ސިއްހީ އެހީތެރިން ދައްކާ ވާހަކަ ގަބޫލު ކުރުމެވެ.

ދުނިޔޭގެ މަސްރަހަށް ބަލާއިރު އަދިވެސް ކޮވިޑް-19 ކޮންޓްރޯލް ވަމުން އަންނަ މަންޒަރެއް ނުފެނެއެވެ. އެންމެ ހާލަތު ގޯސް އެމެރިކާ އިން މަރުވާ މީހުންނާއި ބަލި ޖެހޭ މީހުންގެ އަދަދު ދަނީ ކޮންޓްރޯލެއް ނެތި މައްޗަށެވެ. އިޓަލީއާއި ފްރާންސްގެ ހާލަތު ވެސް މާބޮޑަށް ރަނގަޅެއް ނުވެއެވެ. އިނގިރޭސިވިލާތުން ވެސް ފެންނަނީ މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ މަންޒަރެވެ. ޔޫރަޕްގެ އެހެން ގައުމުތަކުން މަރުވާ މީހުންގެ އަދަދުވެސް އަންނަނީ އިތުރުވަމުންނެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގުން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ދޮގެއް؟

  ހަމްދަރުދީ ހޯދަންވެސް އެނގިބަލަ. އެތައް އިހުމާލެއް އޮތްއިރު ރައްޔިތުންގެ ފަރާތުން މާފަށް އެދިފަ ރޮއިބަލަ. އަދިވެސް އުޅެނީ ދޮގު ހަދާ އޮޅުޗާލާ ރުޅުއަރުވަން.

  8
  2
 2. އަހުސަން

  މުގުރުގެބާރު ހިފާ ބަލާ ގޮތްދޫނުކުރާ ރައްޔިތުންގެ މައްޗަށް.. ކިހާދެ ރަކަމެއް ބުނަގޮތްހަދާބަލަ ގަމާރުން ނޭ.. އަހަރުމެންސަލަމަތެއްނުވާނެ ގޯސްހާލަތަކަށް އެޅިއްޖިއްޔާ ބަލާބަލަ ޔޫރޮޕައް ވަމުންދާ ގޮތް..

 3. ދ

  އަޅުގަނޑުމެން މިތިބީ ގޭގަ... ޒަރޫރީ ބޭނުންތައް ވެސް ދޫކޮށް ކެއްތެރިވެގެން، ފިހާރައިން އެއްޗެހި ގެންނެވެން ދެން އަޅުގަނޑުމެން ގޭގަ ތިބިއިރު އަނެއް ބަޔަކު މަގުމަތީގަ... މަނާ ކަމެކޭ އަދަބް ލިބޭނެޔޭ ވިދާޅުވީމަ ގޭގަ ހުރިއިރު މަގުމަތީގަ ވެސް ހަމަ އެހާ މީހުން އެބައުޅޭ... މަގުމަތީގަ މިހެން އުޅޭ މީހުންނާ މެދު ފިޔަވަޅު އަޅަން ޖެހޭ.... މާ ދޯދިޔާ ވުމުގެ ސަބަބުން މިހާ ސީރިޔަސް ވީ... ހަރުކަށި ވާން ޖެހޭ...

 4. Anonymous

  ޢުހުދުހަގުރާމައިގެ ދުވަހު މާތް ރަސޫލާ ސ.އ.ވ ތީރު އުއްކަވާ ބޭކަލުން ކޮޅެެއް ފަރުބަދަ މަތީގައި ބައިތިއްބަވާފަ ....ހަދީޘްފުޅު ކުރެއްވީ ތިޔަ ބައިމީހުން ތިޔަ ތަނުން ނުފައިބާށޭ އެއީ އަަހަރެމެން ގަދަ ވިޔަސް ނުވަތަ ބަލިވިޔަސް..އެކަމު އާޚިރުނަތީޖާ ވީ ކިހިނެއްތޯ.؟ އެބޭކަލުންގެ ތެރެއިން ގިނަ ބަޔަކު އެކަމަށް ފުރަގަސްދެއްވީ...އިސްލާމުން ގެ ތެރެއިން އެތަށްބޭކަލުން ޝަހީދު ވީ އަދި އެތަށް ގެއްލުމެއް ކުރިމަތިވީ...(ޢިސްލާމީ ތާރީޚުން ބައްލަވާލައްވާ)....މި ޙަދީޘް އިން ލިބިދޭ ޢިބްރަތް ކަންކަމާ ހަވާލުވެފައި ތިބޭ ވެރިންގެ އަންގާގޮތަށް ނޫޅެ ތިމާމެންގެ އަމިއްލަ ރައުޔަށް ކަންތައް ކުރަން ފެށުމުން ލިބޭނެ ހިތި ނަތީޖާ

 5. ﷲ ގެ އަޅެއް

  މިއަދު ކީވެގެންތޯ ބިރު ތިގަންނަނީ، ﷲ އަންގަވާފާ ގޮތަށް ނޫޅެވުނީމަތޯ؟ ނޫނީ ކޮރޯނާ ވައިރަސް ދެކެތޯ؟ ދެންވެސް އެ އިލާހަށް ކުންތަންވެ ތައުބާވެ އެއިލާހަށް ދެ އަށް އުފުލާ ދުއާ ކޮށް ބަލަ. 100% މުސްލިމް ޤައުމެކޭ ދުލުން ބުންޏަކަސް އަމަލުން އެކަން ނުދެއްކެންޏާ މިފަދަ ކިތަންމެ ކަމަކާ ކުރިމަތިލާން ޖެހޭނެ. ފޭސްބުކް ވައިބަ މެސެންޖަ މިކަހަލަ ކިތައް ޝޯސަލް ނެޓް ވޯކުން ކިތައް މީހުންގެ ފިރިން މީހުންގެ އަބިންނަށް ރައްޓެހިވެގެން އުޅޭ ދެ ޖިންސުގެ ޒުވާނުން އޮރިޔާން ފޮޓޯ އަދި ވީޑިއޯ ފޮނުވަ ފޮނުވާ ތިތިބީ ﷲ ތައާލާގެ ކޯފާ އެެއް ދުވަހަކުވެސް ނާނާނެ ކަަމަށް ހީ ކޮށްގެންތޯ؟ 2020 ގެ ތަސައްވަރަކީ ހަމަ އެކަނި ޓެކްނޮލޮޖީ ގެ ގޮތުން ކުރިއަރާ މީހުން ތަރައްޤީވާ އަހަރަކަށް ހަދައިގެންތޯ؟ މިހާރު އިނގިއްޖެ އެއްނު ހަމަ އެކަނި އެކަމެއް ނޫކަން 2020 ގަ ވާނީކީ. ދެންވެސް ދިވެހިންނެތް ހެއެއް ނާރާނެ. މިވައިރަހުގަ އެއްލަ ދިވެހިން މަރުވީމަތޯ ހޭއަރާނީ. ދިވެހިންނޭ ހޭ އަރާށޭ.

 6. Anonymous

  ބަޑުހައިވީމަ ފިހާރަތަކަށްވެސް ދާނެ

  12
  3