އދ. މަހިބަދޫ ބަނދަރުގައި އަޅާފައި ހުރި ލޯންޗުތަކެއްގައި ރޯކޮށްލުމުގެ ޒިންމާ، ހަނގުރާމަވެރި ނިރުބުވެރި ޖަމާއަތް އައިސިސް އިން އުފުލައިފިއެވެ.
ނިރުބަވެރި އަމަލުތައް ދިރާސާކުރާ އިންޓެލިޖެންސް ސައިޓެއްގައި މިކަން ހާމަކޮށް ބުނެފައިވަނީ، މަހުބަދޫގައި ފަސް ލޯންޗެއްގައި ރޯކޮށް އަންދާލިކަމުގެ ޒިންމާ އައިސިސް އިން އުފުލާފައިވާ ކަމަށެވެ. އަދި އެ ޖަމާޢަތުން އެކަން ހާމަކޮށްފައި ވަނީ، ޖަމާޢަތުގެ ފަރާތުން ނެރުނު ބަޔާނެއްގައި ކަމަށް އެ ސައިޓުގައި ބުނެފައި ވެއެވެ.
އެ ސައިޓުގައި ބުނެފައިވާ ގޮތުގައި މަހިބަދޫގައި އައިސިސް އަށް ވާގިވެރިވާ ބަޔަކު، ލޯންޗުތަކުގައި ރޯކޮށްލާފައިވަނީ އެކަމަށް ޚާއްސަކޮށްގެން ހަދާފައިވާ އާލާތެއް ބޭނުންކޮށްގެން ކަމަށެވެ. އަދި މިއީ މިފަދަ ގޮތަކަށް ރާވައިގެން ރާއްޖޭގައި އައިސިސް ޖަމާޢަތުން ދިން ފުރަތަމަ ޙަމަލާ ކަމަށްވެސް އެ ސައިޓުގައި ބުނެފައި ވެއެވެ.
ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހިންގާ ނިރުބަވެރި ހަމަލާތައްކާއި ބެހޭ މަޢުލޫމާތުތަކާއި ޖަމާޢަތްތަކުން އެ ހަމަލާތަކާއި ގުޅިގެން ދައްކާވާހަކަތައް ހާމަކުރާ އެ ވެބްސައިޓުގައި، މަހިބަދޫ ލޯންޗުތައް ރޯކުރި ގޮތުގެ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
މަހިބަދޫ ލޯންޗުތައް ރޯކޮށްލި ހާދިސާގެ ޒިންމާ އައިސިސް އިން އުފުލާފައިވާއިރު، ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މިއީ ބަޔަކު ގަސްތުގައި ކޮށްފައިވާ ކަމެއް ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވެސް ވިދާޅުވެފައި ވެއެވެ.
ސީޕީ ވިދާޅުވެފައި ވަނީ، މިފަދަ ކަންކަމަކީ ހަރުކަށި ފިކުރާއި، މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގާ އޮޕަރޭޝަންތަކާއި ގުޅިގެން ހިތްހަމަ ނުޖެހޭ ބަޔަކު ކުރަމުން އަންނަ ކަންކަން ކަމަށެވެ.
މަހިބަދޫ ފަޅުގައި އަޅާފައިވަނިކޮށް ރޯކޮށްލި އުޅަނދުތަކުގެ ތެރޭގައި ހިމެނެނީ، އދ. އަތޮޅުގެ ކައުންސިލްގެ ލޯންޗާއި އެ އަތޮޅުގައި ބޭނުންކުރާ ސީ އެމްބިއުލާންސަކާއި އެޗްއެމްއެޗްއައި އާއި އެޗްއެމްއެޗްއައި 2 ގެ އިތުރުން ދެ ޑިންގީ އެކެވެ.
ރާއްޖޭގައި މީގެ ހަތަރު ވަރަކަށް މަސް ކުރިންވެސް އައިއެސް އަށް ތާއީދު ކުރާ ބަޔަކު، އެ ޖަމާޢަތަށް ވާގިވެރިވާކަން ހާމަކޮށްދޭ އަމަލުތައް ރާއްޖޭގެ ބައެއް ރަށްތަކުގައި ހިންގާފައި ވެއެވެ. އެގޮތުން ށ. މާއުނގޫދޫގެ ފާރުތަކުގައި އައިސިސްގެ ލޯގީ ކުރެހި މައްސަލައެއް ވެސް މީގެ ކުރިން ފެންމަތިވެފައި ވެއެވެ. މީގެ އިތުރުން އައިއެސްއަށް ވާގިވެރިވާ ބަޔަކު ވަކި ޖަމާޢަތްތައް ހަދައިގެން ބައެއް ރަށްތަކުގައި ހަރަކާތްތެރިވަމުން ދިޔަ މައްސަލަވެސް ކުރިން ފެންމަތިވެފައި ވެއެވެ.
އެބީތާތައް ހާދަ މޮޅޭ ޖިންމާ އުފުލަން. ދަތި ދޭތެރެއެއްގައި އޮވެ ގުދުވެލާފަ އެއުފުލާލި އުފުލާލުން ފާހަގަކޮށް ރާއްޖޭގައިތިބި އެމީހުންގެ ޕަޕެޓުން އަތްޖަނުޖަހާ ދޫކޮށްލާވަރެއް ނޫން.
ކަލޭވެސް ވާނީ ކޮންމެވެސް މީހެއްގެ ޕަޕެޓަކަށް. ލަދެއް ޙަޔާތެއް ނެތި މިތަނަށް ކޮމެންޓު ތިކުރަނީ
ޔޫސޭތީ އައިސިސް ޕަޕެޓެއް ދޯ. ދެން އަތްޖަހާ. ކަލޭމެން ހަދަން އުޅުނު އެތި ވެއްޖެ. ޓުއަރިޒަމް ހުއްޓިއްޖެ. މަގޭ ސުވާލަކީ ކަލޭމެން ކައިބޮއި ބޭސް ފަރުވާ ކުރަނީ އަފްގާނިސްތާނުން ފޮނުވާ ތަކެތިންހޭ؟
ތަނެއްދޮރެއް ނޭންގި ނުކިޔަވާ ބޮޑުތުނބުޅި ލައިގެން ތެޅޭ ބައެއްގެ ވާހަކަ ތިދައްކަނީ. އެއީ ގަމާރު ޖާހިލުންގެ ޓެރެރިސްޓު ބައިގަނޑެއް. (މިބުނީ އައިސިސްއަށް ވާގިވެރިވާ މީހުންގެ ވާހަކަ، ވަރަށް ރަނގަޅަށް ދީނަށް އުޅޭމީހުންވެސް އެބައުޅޭ، އެމީހުންގެ ވާހަކައެއްނޫން މިބުނެ ކޮމެންޓް މިކުރީ)
އޭގެ މީ ހެއް ދޯ ތީ.
މިބީތާ ތަކަކީ، ބަޔަކު ކަމެއްކުރީމަ، ކަންކަން ނުވާހާލުގަވެސް އަމިއްލަޔަށް އޭގެ ޒިންމާނަގާ އެމީހުންގެ ގަދަކަމުން އެމީހުންކުރިކަމެއް ކަމަށް ގައްޑާވާން ކަންކަން ބޮލުއަޅާ ބައިގަނޑެއް. ރާއްޖެއަށް މިވައިރަސް ގެނައީވެސް އމީހުންކަމށް ބުނެފާނެއަދި.
ސަމާލުކަން ހޯދަން ކުރާ ތިކަހަލަ ކަންކަން ހަބަރައް އެރުވުމަކީ އެފަދަ މީހުންނަށް ލިބޭ ބާރަކަށްވާނެ
ރަނގަޅު، ކިރިޔާ ޝައްކެއް ވާއިރަށް ވާހަކަ ދައްކާކަށް ނުވާނެ. ރަނގަޅަށް ތަހުގީގު ކޮއްފައި ވާހަކަ ދައްކަންވީ. ނޫނީ ތިޔަދެވެނީ ފިނޑި ބަޔަކަށް ފްރީކޮށް ޕަބްލިސިޓީ!
އެމީހުންނަށް ހިއްވަރު ލިބޭނެ އެކޮޅުމަތިން. ހޫރުޕަރިންގެ ކިބައިން. ނައިސްގެން އެތިބަ ތެޅެނީ.
މިހާރު ޕަބްލިކުގައި ދެކެވެމުން އަންނަ ކޮވިޑު މާލޭގައި ފެތުރެން ދިމާވި ސަބަބާއި ގުޅޭ ޑައިލޯގުމަތީން މީހުންގެ އެޓެންޝަން ބަދަލުކޮއްލުމައް އުފައްދާލި ވާހަކައެއް ކަމައް ބޮޑައް ބެލެވެނީ. ކަރަންޓީނު ނުވެ ނިކުތް މީހުންގެ ތެރޭ ބޮޑުންނާއި ގުޅޭ ބަޔަކު ތިބިކަން މިހާތު ޔަގީނާއި ގާތައް ދޭހަވާން ފަށައިފި.
ތީ ހަމަ ތިކަން ހިގާފާނެ މަގެއް!
އައި ސިސް އަކީ ޕަބްލިސިޓީ ހޯދަން އުޅޭބައެއް އެއްވެސް ބާރެއް އޮތްބައެއްނޫން މީހަކަށް ގެއްލުމެއް ލިބޭ ކޮންމެކަމެއް އެއީ އެމީހުން ކުރިކަމަކަށް ހަދައި ބަޔާންތައްނެރެނީ . ބައެއް ހާދިސާތައް ތައް އެބަހުރި ޒިންމާނަގާފަހުން އެކަންވީ ގޮތުގެ ހަގީގަތް ހާމަވެފަ އެއްވެސް ގުޅުމެއް ނެތް ކިތައްމެ ކަމެއްގައި ބޯގަޅާލަނީ .. އައި ސިސް އަށް ވުރެއް މިކަމުގައި އެމްޑީ އެމް ގެ އަތެއްވުން ކައިރި އެއީ އިސްލާމްދީނުގެ އަގުވައްޓާލަން
ما شاء الله.
މިއޮއްދަތި ހާލުގައި ?
ކުރިޔައްއޮތީ ބަރަކާތްތެރި ރޯދަ މަސް
ބިރެއްވެސް ނުގަނޭތަ
ޢޮބާބެ... ޖިންމާތަ ހަމަ؟؟ ބީތާއިން ފެނިއްޖެ ލިޔުމުންވެސް..
ހުސް ފޭކު.. ކޮވިޑު ފެތުރެންޖުހުނު ސަބަބު ފޮރުވަން އުފައްދާ ކުރުވާހަކަ. ޓުރަމްޕުވެސް ތިކަހަލަ ވާހަކަ އެބަ އުފައްދާ ސިޓުއޭޝަން މިސްމެނޭޖު ކުރެވުނީމަ ޑައިވާޝަން އުފައްދަން.
އެބައިގަނޑުފުހެލަންއެބަޖެހޭ. އެއީ ދީނަށް މަލާމާތްކުރާބައެއް
ތިބައިގަނޑު ވެސް ފޮހެލަން ޖެހޭ. ތީ އިންސާނިއްޔަތު ކަމެއް ނުހުންނަ އަނިޔާވެރި ބައެއް
އިންސާނިއްޔަތުކަން އެން މެ މައްޗަށް ހުރެފަ އަނިޔާވެރިކަން އަ މުދުން ނުވެސް ދަންނަ މީހުން އިސްލާ މްދީނަށް ފުރައްސާރަކޮށްފައި ފާޑުފާޑުގެ ރިޕޯޓުނެރެ ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަ މަށް ބުރޫއެރުވޭތޯ މަސައްކަތްކުރަ މުން އެގެންދަނީ.
އެ މްޑީއެން؟
މުޅުގައުމައް ކޮވިޑު ޖައްސާފަ އެކަމުން ރެކެނެވެގެން ހަދާ ބަހަނާތައް.. ބޮއްސުންލައިފިކަން އެނގުނީމަ ހަދާނެ ނަހަދާނެ ނޭނގިގެން ރޮއެރޮއެފަ މިހާރު އައިސިސްއޭ އެލްޓީޓީއޭ ޕުރަބާކަރަންނޭ ކިޔަނީ. އަހަރެމެން ވާވެއްދޭތޯބަލަން..ކަލޭމެން ކޮވިޑު ކަންތަކުގެ ޒިންމާ ނަގަންޖެހޭނެ.. ޝަރީއަތައްވެސް ދާންޖެހޭނެ.
މީ ފަސޭހައިން ދޫކޮށްލެވޭނެ ކަންތައްތަކެއްނޫނޫނޫން.
މިއީ ޔަހޫދީންނާއި މިސަރުކާރުން ބޭނުންވާގޮތް ދެންބުނާނީ މިތާގަ ޓޭރަރިޒަމް އެބައޮތޭ ކިޔާ މިގައުމުވެސް ފުޑާލާނީ. އެމެރިކާވަނީ އިރާގު،އަފްޣާނިސްތާން،ލީބިޔާ،މިސްރު މިހެންގޮސް އިސްލާމީ ގައުމުތައް މިހެންކިޔާފަ ފުޑާލާފަ. ސުވާލަކީ ތިޔަ އައިސިސްއަކީ މުސްލިމް ޖަމާއަތެކޯ އެކަމު ދުވަހަކުވެސް އިސްރޭލަކަށް ހަމަލައެއްނުދޭ މިއީ އެމެރިކާ އަޑީގައޮވެގެން އުފައްދާފައިވާ ޖަމާއަތެއް ދެން ހަރުކައްޓޭކިޔައި އިސްލާމްދީނަށް މިތާއޮތް ލޯބިގެއްލުވާލާނީ
ޒިންމާ ނެގިއްޔާ ދެން ބަދަލު ދޭންވީ އެއްނު.
އައިސިސް އަކީ ސީދާ ޔަހޫދިންނަށް ވާގިވެރިވާ ބައެއް، މިމީހުން ގެ ހަމަލާތއް ގިނައިން ދޭނީ އިސްލާމީ ގައުމު ތަކުގައި، ދުވަހަކުވެސް އިޒްރޭލަށް ހަމަލާ ނުދޭ. ދެން އަނެއްކާ މިމީހުންގެ ހަމަލާ ތކުގައި ގިނައިން މަރުވާނީ މުސްލިމުން، މަދު ފަހަރެއްގައި ނޫނީ ކާފަރަކު މަރެއް ނުވާނެ.
﴿سورة الحـجـرات ٦﴾ يَا أَيُّهَا الَّذِينَ آمَنُوا إِنْ جَاءَكُمْ فَاسِقٌ بِنَبَإٍ فَتَبَيَّنُوا أَنْ تُصِيبُوا قَوْمًا بِجَهَالَةٍ فَتُصْبِحُوا عَلَىٰ مَا فَعَلْتُمْ نَادِمِينَ
(49:6) އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެގާތަށް فاسق އަކު خبر އަކާއިގެން އަތުވެއްޖެނަމަ، އޭގެ ދޮގުތެދުބަލައި، حقيقة ހޯދާށެވެ! (އެއީ) ނޭނގިތިބެ، ތިޔަބައިމީހުންނަށް ބަޔަކަށް ގެއްލުންދެވިދާނެތީއެވެ. ފަހެ، އެހެންވެއްޖެނަމަ، ތިޔަބައިމީހުން ކުރިކަންތަކުގެ މައްޗަށް ހިތާމަކުރާ ބަޔަކުކަމުގައި ތިޔަބައިމީހުން ވެދާނެތެވެ.
ކަންނުވެ ނަންވާ މީހުން! ކޯވިޑްއަކީވެސް އައިސިސްމީހުން ހެދި ވައިރަސްއެކޯ އެމީހުން ކިޔަނީ!
ތިބުނާ މީހުން މިހާރު ތިބޭނެ ތިރަށުގައި ދެވޭނެ އެހެން ދިމާލެއް ނޯއްނާނެ ހިފާހައްޔަރުކުރޭ
އިންޑިޔާ ފޯސް ގެނެސް ރުކުވާލާންވިވަގުތު މިގާތް ވަނީ ޓެރަރިސްޓް ހޯދަންގޭމް ޖައްސާފައި ދެން މިއިންޑިޔާބައިގަނޑު މިތަން ހިފާނީ އެންޑް އިސްޓޯރީ
މިހާ ނުބައި ނުލަފާ ޝައިތާނީ ފިކުރުގެ ކުފުރުގެ ބައެއް މާދީނީ ބޯޑު އަޅުވައިގެންތިބެ މުޅިދުނިޔެ ހަލާކުކުރަމުން މިދަނީ. ދެން ތިކަމުން ތިޔަބައުގަނޑަށްވި ފައިދާއަކީ ކޮބަޔޯ؟ ނަމުގަ މިސްލިމު، ކަމުގަ ޔަހޫދީން.
ދެބޯގެރިދުއްބިޔަސް ބޮޑުވަރުދޯ. މިކަހަލަ ހަބަރުތަކަކީ ހަގީގީި ޓެރެރިޒަމް ޕްރޮމޯޓްކޮށް އެއަށް ތަރުހީބު ހޯދަދޭން ކުރާކަމެއް
އައިސިސް އަކީ އިސްލާމްދީނުގެ ދުޝްމަނުން. ސީދާ އިސްލާމްދީނުގައި ނުވެސް ނެތް ކަންކަން ކުރާ ބަޔެއް. ތިމީހުންގެ ތެރޭ މިއުޅޭ އެއްވެސް ދީނީ ޢިލްމުވެރިއެއް ނުހުންނާނެކަން ޔަގީން. ދީނުގެ ކަންފުޅެއްވެސް ނޭންގޭ ބައެއް އެއީ.
އިންޑިޔާ ސިފައިން ރާއްޖެއިން ބާލަން ހުރިހާ ރައްޔިތުން ގޮވާލަންޖެހޭ.. ވަގުތު ފާއިތުވުމުގެ ކުރިން...
އިސްލާމް ދީނުގެ ކަންކަން އެނގޭ މީސްމީހުން ވެރިކަމަށް އަަރާ އެންމެ ކުޑަމިނުން ޝަރީއަތް ވެސް ގާއިމު ނުކުރެ.. އައިސިސް އަށް ވާގިވެރި ނުވާ އިލްމުވެރިން ދާނީ ﷲގެ މަދު ރުފިޔާ ކޮޅަކަށް ދީން ވިއްކަމުން