ހުރިހާ ރަށެއްގައި އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓާލަން އަންގައި، ރާއްޖޭގެ ހުރިހާ ރަށެއް ފުރަަބަންދު ކޮށްފިއެވެ.

މިކަން ހާމަކޮށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ދާދި ދެންމެއަކު ނެރުނު އެންގުމެއްގައި ވަނީ، ރާއްޖޭގެ ހުރިހާ ރަށެއް ފުރަބަންދު ކުރަން ނިންމާފައިވަނީ، ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، ރައްޔިތުންގެ ސިއްޙަތާއި ރައްކައުތެރިކަމަށްޓަކައި ރާއްޖޭގައި އިއުލާނުކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކަމަށެވެ.

މި އެންގުމުގެ ދަށުން، 17 އޭޕްރިލް 2020 ވަނަ ދުވަހުގެ ހަވީރު 6:00 އިން ފަށައިގެން ރާއްޖޭގެ ހުރިހާ ރަށެއް ފުރަބަންދު ކުރުމަށް ވަނީ ނިންމާފައެވެ.

ރާއްޖޭގެ ހުރިހާ ރަށެއް ފުރަބަންދުކުރުމަށް ނިންމައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ:

1. ޒަރޫރީ ބޭނުމެއްގައި މެނުވީ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓާލުން.

2. މި އެންގުމުގެ އެއްވަނަ ނަމްބަރުގައި ފިޔަވަޅު އަޅާފައިވާ ހާލަތުގައި، ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އެނޫންވެސް ޒަރޫރީ ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް، ލޯކަލް ކައުންސިލްތަކާއި ކަމާބެހޭ އިދާރާތައް ގުޅިގެން ވިލަރެސްކުރުން.

3. ދިރިއުޅޭ ގޭބިސީ ފިޔަވައި، އަމިއްލަ ތަންތަނާއި އާންމު ތަންތަންވެސް ހިމެނޭގޮތުން، އެއްވެސް ތަނެއްގައި ގިނަ ބަޔަކު އެއްވެއުޅުން ހުއްޓައިލުން. ވަކިން ޚާއްސަކޮށް، ޕާޓީތަކާއި ޙަފްލާތައް ބޭއްވުމާއި، މާހެފުމާއި، ދަތުރުދިޔުމާއި، މޫދަށް އެރުމާއި، ކުޅިވަރުކުޅުމާއި، އިޖުތިމާޢީ އެނޫން ހަރަކާތްތައް ބޭއްވުން ވެސް ހުއްޓާލުން.

4. ބަލިން ރައްކައުތެރިވުމަށް، ކަމާބެހޭ އިދާރާތަކުން ދީފައިވާ އިރުޝާދުތަކާއި އެއްގޮތަށް ހުރިހާ ވަގުތެއްގައި ވެސް ޢަމަލުކުރުމާއި، ޒަރޫރީ ބޭނުންތަކަށް ތަންތަނަށް ގޮސް އުޅުމުގައި ވެސް ގައިދުރުކަން ބެހެއްޓުން.

5. ވޭތުވެދިޔަ ތަނުގައި މާލެއިންނާއި، ރިސޯޓުތަކުންނާއި، ސަފާރީތަކުން ރަށްރަށަށް ދަތުރު ކޮށްފައިވާ ފަރާތްތަކުން ކޮވިޑް-19 އަށް ޝައްކުވާ އަލާމަތެއް ފެނިއްޖެނަމަ، ލަސްނުކޮށް އެޗްޕީއޭ އަށް އެންގުން.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރެފައިވާ މި އެންގުމުގައި ވަނީ، "މަތީގައި އެހެން ބަޔާންކޮށްފައި ވީނަމަވެސް، އަހުރެން ކަނޑައަޅާ ޚާއްސަ ހާލަތްތަކުގައި، އަހުރެން އަންގާ ގޮތެއްގެ މަތިން ޢަމަލު ކުރެވޭނެ،" ކަމަށެވެ.

މި އެންގުމުގައި ބަޔާންކޮށްފައިވާ ފިޔަވަޅުތައް ތަންފީޒުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމައަށް ޢަމަލުކުރުމަށް އެންމެހައި އިދާރާތަކަށް ވަނީ އަންގާފައެވެ. އަދި މި އެންގުމާއި ގުޅިގެން ދައުލަތުގެ ކަމާއި ބެހޭ މުއައްސަސާތަކުން އަޒާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި، ދޭ އިރުޝާދުތަކާއި އެއްގޮތަށް ޢަމަލު ކުރުމަށް ވެސް މި އެންގުމުގައި އަންގާފައި ވެއެވެ.

މިރޭ މުޅި ރާއްޖެ ފުރަބަންދުކޮށް އެކަން އަންގާފައި ވާއިރު، މީގެ ދެ ދުވަސްކުރިން ވެރިކަންކުރާ މާލެ އިން ފުރަތަމަ ފަހަރަށް ވަނީ ކޮވިޑް-19 ގެ ކޭސް އެއް ފެންމަތިވެފައެވެ. އެއަށްފަހު އިދާރާތަކުން އެކަމާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރަމުން ދަނިކޮށް، އިތުރު ދެ މީހަކު ވެސް މި ވައިރަސް އަށް ވަނީ ފައްސި ވެފައެވެ.

މިކަމާއި ގުޅިގެން މުޖުތަމަޢުގެ ތެރޭގައި ފުރަތަމަ ފަހަރަށް ވައިރަސް ފެތުރެން ފަށާފައިވާކަން ވަނީ ޔަޤީންކުރެވިފައެވެ. އަދި އިއްޔެ އެންމެ ފުރަތަމަ ކޮވިޑް-19 އަށް ފައްސިވީ މީހާކީ ލޯކަލް ޓްރާންސްމިޝަންއެއްކަން މިހާރު ކަށަވަރުވެފައިވާ ކަމަށް އެޗްޕީއޭއިން ވެސް ވަނީ ވިދާޅުވެފައެވެ. އޭނާގެ ގައިން އިތުރު މީހަކަށް އަނެއްކާ ބަލި ޖެހުނު ކަން ކަށަވަރު ވުމުން ރާއްޖޭގެ ހާލަތު މިހާރު އޮތީ ނުރައްކާތެރި ފައްތަރެއްގައި ކަމަށް ބެލުމުގެ ޖާގަ އެބައޮތެވެ.

މާލެއިން ކޮވިޑް-19 އަށް ފައްސިވެފައިވާ މީހަކު ފެނުމާއި ގުޅިގެން މާލެ ސަރަޙައްދު ވެސް މިހާރު އޮތީ ފުރަބަންދުކޮށްފައެވެ. އެހެން ފުރަތަމަ ވައިރަސް ފެނުނު ދުވަހު 24 ގަޑިއިރަށް އިއުލާނުކުރި ފުރަބަންދުގެ މުއްދަތު މާލޭގައި އިއްޔެ ވެސް ވަނީ 24 ގަޑިއިރަށް ދިގުދަންމާފައެވެ. މާލެ ސަރަޙައްދު ފުރަބަންދު ކުރިކަން ހާމަކޮށް ނެރުނު އެންގުމުގައި، ބުނެފައި ވަނީ. މާލޭގައި (މާލެ، ހުޅުމާލެ، ވިލިމާލެ) މަގުމައްޗަށް ނުކުމެ އުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާ ވާނެ ކަމަށެވެ.

ކޮވިޑް-19 ޖެހިފައި ހުރި މީހަކު މާލެ އިން ފެނުމުން މިހާރު މާލޭގެ އެލާޓް ލެވަލް ވަނީ ރަތައް ޖައްސާފައެވެ. ރަތް އެލާޓް ނެރެނީ އެއްވެސް ގައުމަކަށް ދަތުރުކޮށްފައި ނެތް މީހުންގެ މެދުގައި ބަލި ފެތުރެން ފެށުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ސާޅަނގަ

    ނަޝީދުއާއި ސަރުކާރުގެ ބޮޑުންގެ ފެމިލީ މީހުން ރާއްޖެ ގެނެސް ކަރަންޓީނު ނުކޮށް ދޫކޮށްލި ކަމުގެ ހިތި ދިވެހިންނަށް މިފެންނަނީ

    354
    8
    • ޙަސަން

      ކިހާދެރަ ދެން .

      65
  2. މަމެން

    ފަޅުރަށްރަށަށްވެސް ނޭރޭނެތަ؟

    71
    6
  3. Anonymous

    ލއަިގެންކާނެ އެއްޗެއް ހޯދަން މަހަށް ދެވޭނެބާ

    94
    5
  4. ދދދދދދ

    ކާބޯތަކެތީގެ ވާހަކަ ދައްކަނީ ރުޅިއަރުވަންތަ. ރަށްރަށު މީހުނޭ ވީހާ ގިނައެއްކޮށް ލިބުނުހާ ގިނައެއްކޮށް ގަނޑުކޮށް ތަކެތި ގަނެ ގެއަށް ވައްދާ. މީ ހުސް ފޭކު ވާހަކަ ދައްކާ ބައެއް. މާލޭގަ މިމީހުންގެ ބަސް އަހައިގެން ތިބި މީހުން މިތިބީ ބަނޑަށް ޖެހިފަ.

    258
    7
  5. ޢެމީހާ

    ކަރަންޓީނު ނުކުރޭތަ އެމީހުން. . . ☹️☹️?

    86
    3
  6. ދިރާސާ

    މި އެންގުމުގެ 3 ވަނަ ނަންބަރަށް ބަލާއިރު، ރަށްރަށުގައި ހޮޓާ، ކެފޭ، ރެސްޓޯރަންޓުގައި ކެއިންބުއިމުގެ ހިދުމަތް ދެވޭނެ ކަމަކަށް ނުދެކެން. އެހެން ނަމަވެސް ޓޭކްއަވޭ އަދި ޑެލިވަރީގެ ހިދުމަތް ދެވިދާނެކަމަށް ފެނޭ. އަދި 3 ވަނަ ނަންބަރުގައި އޮތް ގޮތުން ޖަމާއަތުގައި ނަމާދުކުރެވިދާނެ ކަމަކަށްވެސް ނުދެކެން. ނޫސްވެރިން މިސުވާލުތައް މަބްރޫކާކޮށް ރައްޔިތުންނަށް ސާފުކޮށްދެއްވުން އެދެން.

    37
    2
  7. އެޑަމާ

    އާއިލާ ކައިރިއަށް ދާން ވ ބޭނުން. ޭ މިހުރީ މާލޭގަ ތާށިވެފަ.ހުންނާނެ ތަނެއްވެސްނެތް. މިހާރު މި ހިފައިގެން އުޅޭތަނައް 76+ ޔޫއެސް ޑޮލަރު ދައްކަންޖެހޭ ކޮންމެ ދުވަހަކު .ކެއުމަށް ވަރަށް ދަތި. ބޭރަށް ނުނިކުމެވޭތީ ފުޑްސ އަށް އޯޑަރ ދޭންވެސް ވ އުނދަގޫ ލައިންތައް އަބަދު ބިޒީ.

    32
    1
  8. ޢަހުމަދު

    ޢަދިވެސް ނުވޭތަ ބޭރަށް ނިކުމެ އުޅޭމީހުން މާސްކް އަޅަން އަންގާކަށް. ހުރިހައި އެންމެނަށް މާސްކްނެތް ކަން އިނގޭ. އެކަމަކު ކޮންމެވެސް އެއްޗަކުން މޫނު ނިވާކުރަން އަންގަބަލަ. އޭރުންވެސް ކޮންމެސް ވަރަކަށް ޓްރާންސްމިޝަން ހުއްޓޭނެ. މޫނުގަ އެއްޗެއް އަޅަން އަންގައިފިއްޔާމުން މީހުން ނިކުންނަވަރުވެސް މަދުވާނެ. ދިވެހިން މޫނު ނިވާކުރަން ފޭހިވާނެ.

    53
    1
  9. ޓިނު

    މިވަގުތަކީ އެއްބަޔަކު އަނެއްބަޔަކު ފިތުނަ ވެރިކަން އުފެދޭގޮތަށް ވާހަކަދައްކަން ވީ ވަގުތެއްނޫން އެންމެންވެސް ގިނަވަގުތު އަޅުކަންކޮއް ﷲ ހަޒުރަތުގަ މިކަމުން ސަލާމަތް ވޭތޯ ދުޢާކުރުން މަތީ ދެމިތިބެން ވީ ވަގުތު މަރުގެ ތުން މަތީ އެންމެން ތިބިކަން ހަނދާންކޮށް އާޙިރަތަށް ހެޔޮއަމަލު ގިނަކުރާށެ

    49
  10. ޑަރޭ

    މިހައި ގިނަދުވަސް ލިބި އެއްގޮތަކަށްވެސް ތައްޔާރުވެވިފަނެއް. މިހާރު ކާއެއްޗެއްވެސް ލިބުން ދަތިވާ ހިސާބަށް ދިޔައީ. ސަރުކާރުން އެއްޗެހި އެއްނުކުރާށޭބުނީމަ ބޭނުންވާވަރަށް ގަނެގެންއުޅުނީ . މިއަދު ޑެލިވަރީ ކޮއްދޭ ތަނަކަށް ކާންބޭނުން ވާއެއްޗެއް ހޯދަން ގުޅުނީ މުޅި ދުވަހު މަސައްކަތް ކުރިފަހުން ދެން ބުނީ ވައިބާކޮށް ލާށޭ ލިބޭނީ އާދީއްތަ ދުވަހުއޭ.....ވައިބާ ކޮށްގެން މިެިންނަނީ އާދީއްތަ ދުވަހުވެސް ލިބޭނެކަމުގެ އެއްވެސް ޔަގީން ކަމެއްނެތް......ޕުލޭނިން ލެވަލްގަ 100% ފެއިލް. ހިތާމަކުރަން މިގައުގަ ތިބި ގާބިލް މީހުންގެ ބޭނުން ނުހިފާތީވެ.

    38
    1
  11. މާމިގިލީ މީހާ

    މާ ބޮޑަށް ލަސްވިފަހުން ރަށްތައް ލޮކްޑައުން ތިޔަ ކުރީ. ސަބަބަކީ މާލެއިން ބަލި ފެނިއްޖޭ ގޮވި އިރަށް، މާލޭ ތިބި ރާއްޖެތެރޭ ގިނަ މީހުން ފުރައިގެން އެމީހެއްގެ ރަށަކަށް ގޮސްފި. މިސަރުކާރުން ކުރިޔާލައި ފިޔަވަޅުތައް އެޅި ނަމަ މިހިނެއް ނުވިސް. ސަރުކާރުން ޖަހާ ބެރެކާ، ހެލްތް މިނިސްޓަރުގެ ރާގަކާ ދިމާލެއް ނުވޭ...

    53
    2
  12. ރާއްޖެ ތެރޭގެ ހާލު ޖެހިފަ ތިބި މީހުން

    އެއްދުވަހަށް މުހިން މު ބޭނުން ތަކަށް މާލެ އައިސް ރަށަށް ނުދެވި މާލޭ ގައި ތާށިވެފަ ތިބި މީހުން އެބަތިބި..ދަރިން ކޮޅު ރަށުގައި.. މިކީ ސަރުކާރުން ވިސްނާން ޖެހޭކަ މމމެއް ނޫންބާ،!މިއަށް ވުރެ ހަޔާރ ރިސްކު އޮތް ގައު މު ތަކުން މީހުން ގެންނަ ވާހަކަ ދެކެވެ،ވިސްނެ...އެ މިސް މީހުނަށް ރަށުގައި ކަރަންނީން ވު މަށް ނަ މަވެސް ގޮތެއް ހޯދާދޭނެ ބަޔަކު ނެތްބާ

    41
    1
  13. ރާއްޖެ ތެރޭގެ ހާލު ޖެހިފަ ތިބި މީހުން

    އެއްދުވަހަށް މުހިން މު ބޭނުންތަކަށް މާލެ އައިސް މާލޭގައި ތާށިވެފަ ތިބި މީހުންނާ ދޭތެރޭ ސަރުކާރުން ވިސްނާކަށް ނުވޭބާ.. މިއައްވުރެ ހަޔާރ ރިސްކް އޮއެ ގައު މު ތަކުން މީހުން ފެންނަން ވާހަކަ ދައްކާ ވިސްނެ..ދަރިންކޮޅު ދިރިއުޅުން ރަށުގަ.. ވަރަށް ދަތި ކަ މެއް މީ......

    17
    1
  14. ޑައެލޯގް

    ތިޔަކުރާ ފުރަބަންދެއްގަ އެއްވެސް ގަޓެއް ނުހުރޭ، މީހުންތައް ބޭރުގައި އުޅެނީ. މަނާކުރަންޖެހޭތާގަ މަނާނުކޮށް ރައްޔިތުން ބަސްނާހައޭކިޔާ ރައްޔިތުން ގޯސްކުރަނީ އެކަމު ސްޓިކާޖަހަންވީމަ ވަގުތުންޖަހާ. ކިނބުލަށް އެގެނީ ދެފައިތަޅާފަ ރޯން

    48
    1
  15. ކައްދަ

    ދެންއިވޭނީ ކާޑުކޮޅު ހުސްވާއަޑުކަންނޭގެއެހަދާފައި އޮތް ކޮންޓެންޖެންސީ ޕްލޭންތަންފީޒުވާއިރު! ކާއެތިކޮޅެއް ނުލިބި ދިފާއީބާރުކެޑިކޮރޯނާ އަށް އޭރުހޭވައްލާ! ޥާވާ ރަގަޅަށް ގައުމު ހިންގަވާއެބަ! ސްޓިކާޖަހަން ތިބި މީހުން ލައްވާ ކާއެތިކޮޅު ގެޔާ ހަމައަށް ފޯރުކޮށްދީބަލަ!މިހެން ބުނީމާ ދެންވެސް ރޮއެގަނޭ!

  16. މޫނާ

    ފުރަބަންދު ބޯޑު އަޅުވާގައުމުތަކުގައި ރައްޔިތުންނަށް ކާއެތިކޮޅު ފޯރުވައިދެވޭގޮތް ހަމަޖެހިފައި އޮވޭ! ގޭބަންދުކޮށްފަ ކާއެއްޗެއްނުދީ ބޭތިއްބީމަ އެއީކޮންވައްތަރެއްގެ ޕަބްލިކްހެލްތެއްތޯ؟

  17. ޑރ އެލެކްސް

    މިކަމުގައި އެލެކްސްގެ ބަހަކީ ކޮބައިތަ؟ ދެތިން ދުވަސްވެއްޖެ. ކޮސް ވާހަކައެއް މިއިން ނޫހަކުން ނުފެންނަތާ. ނޫސްވެރިންވެސް ކޮހަކު ދައްކާ ކޮސް ވާހަކަ ނޫސްތަކުގައި ލިޔޭ ވިއްޔާ. ޑރ އެލެކްސް ދުނިޔޭގައި އެބަހުރިތޯ؟

    5
    1
  18. ޝީޒާ

    މާލެ ފުރަބަންދު ކުރި ދުވަހު އަދި ފުރަބަންދު ކުރިވަގުތު ޕާންބީޗް ރެޒޯޓުން ބޭރު ކޮށްލި އެތައްބަޔަކު ވަންނާނެ ތަނެއް ނެތި މާލޭގެ މަގު މަތި ވެފަ. ރަށަށް ނާދެވިފަ.

  19. އަލީ

    މާލޭގަ އެބަތިބި މިހާރުވެސް ރެސޯޓް ތަކުން ބޭރުކޮށްފަ ރަށަށް ނުދެވި މަގުމަތި ވެފަ ތިބި އެތައް ބަޔަކު. ޗަންޕާގެ ރަށްތަކުން މީހުން ފޮނުވާލީ މަލެއިން ފުރަތަމަ މީހާ ފަށްސިވިކަން އެގި މާލެ ފުރަބަންދު ކޮށްފަ އޮށްވާ. އެމީހުން މިހާރު ތިބީ ހާލުގަ ޖެހި މަގުމަތި ވެފަ ރަށަށް އާދެވޭނެ ގޮތެއް ނެތިފަ.

  20. މަދަނީ

    މަދަނީ ބަސްނާހަން ދަސްކޮށްދީފައި، ބަސް އަހާށޭ ބުނީމާ ބަސްއަހާނެތަ! އެކަމުގެ ހިތިކަން މިފެންނަނީ.

  21. ކުދުވާނޑި މުހުންމާ

    އަނެއްކާވެސް ހަމަ އަމާބުނީތީ ފަރަށްދާ އުސޫލުން ކަމެއްކޮށްލަނީ. ބަލަ ތިހެން މުޅިރާއްޖެ ލޮކްޑައުންކުރީމައި ބަޔަކު ތިބެގެން ބަނޑަށް މަރުވާނީ.
    ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އެނޫންވެސް ޒަރޫރީ ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް، ލޯކަލް ކައުންސިލްތަކާއި ކަމާބެހޭ އިދާރާތައް ގުޅިގެން ވިލަރެސްކުރުން. މިހެން ބުނާއިރު ތިޔަބުނާ ލޯކަލް ކައުންސިލްތަށް އޮތީ ނިދާފައި، އެމީހުންނަށް ހަމަ އެއްކަމެއްވެސް ނުވާނެ. ކައުންސިލް ތަކުގައި ތިބިމީހުންނަށް ކުރެވޭނެހާވެސް ކަމަކީ ސަރުކާރުގެ އުޅަނދުތަކުގައި ދަރިން ގޮވައިގެން ފިނި ބުރުޖެހުން. ދެންވެސް ހުރިހާ ކަމެއް މާލޭގައި ހުރި ތަނަކަށް ޖަމާނުކޮށް މިބައްޔަށް ޓެސްޓް ކުރެވޭނޭ ޓެސްޓް ކިޓްތަށް ރާއްޖޭގެ ރަށްރަށުގެ ހަސްފަތާލުތަކަށް ފޮނުވަދީބަލަ. ބުނާ އަޑުއިވޭ މީގެ ތިންދުވަސްކުރިން އައްޑޫގައި އެކަހެރިކުރި މީހެއްގެ ސާމްޕަލް އަދިވެސް މާލެއަށް ފޮނުވޭގޮތްނުވެގެންނޭ އުޅެނީ، މާލެ ލޮކްޑައުންކުރީމައި މޯލްޑިވިއަން ދަރުތުރުނުކުރާތީ، މޫސުން ގޯސްވުމުގެ ސަބަބުން އައްޑޫގައި އިިންޑިއާ މިލިޓަރީން އޮޕަރޭޓްކުރާ ހެލިކޮޕްޓަރަށްވެސް ދަތުރު ނުކުރެވިގެންނޯއުޅެނީ.
    ޓެސްޓް ކިޓްތަށް ރާއްޖޭގެ ރަށްރަށުގެ ހޮސްޕިޓަލްތަކަށް ފޮނުވައި މިބައްޔަށް ފަސޭހަކަމާއި އެކު އަވަހަށް ޓެސްޓް ކުރެވޭނޭގޮތް ހަދާ އެހެން ނޫނީ މުޖުތަމައު ތެރޭ ބިރުވެރިކަން އުފެދިގެން ހިނގައިދާނެ. މިހާރުވެސް

    13
    • ޜދ

      ޢެމީ ހުން ތިބޭނީ ކަާގެންނު..އެމީހުން ބޭނުންވާނީ ރައްޔިތުން ބަނޑަށް މަރަން

  22. ހަސަން ލަތީފް

    ތީ ކިއްކުރަން ކުރާ ކާފިއު އެއް. ވަކި ބަޔަކަށް ދޯ ޑެލިވަރީ. ފުލް ސިކިއުރިޓީ އާއި އެކުގައި "ރާޖާ" އަންނި އެއުޅެނީ ފިހާރަތަކަށް ވަދެ ހަރޑުވެރ ސާމާނުގަންނަން.

    އެކަން ނުހުއްޓުވޭ.. ހަމަ ނިކަމެތި ރައިޔަތުމީހާގެ މައްޗަށް އެކަނި ގާނޫނު ހިގަނީ..

    އޭނާ ވަނީ ގާނޫނަށް ވުރެ މަތީގަ ތޯ.؟

    ނޫނީ ގާނޫނަށް ގޮންޖަހަނީ ތޯ.؟

    އެހެން ނޫންނަމަ އިބޫ އާދޭސް ކުރީ ތީ ހަމަ ގޮތް ދައްކާލަން ތޯ.؟

    ނޫނީ ކޮރޯނާވައިރަސް އަށް ބިރުދައްކަނީ ތޯ.؟

    މީނާގެ ގަދަކަން ދައްކަންވެގެން ތޯ.؟