ސަރުކާރު ބަލި ކުރުމުގައި އިދިކޮޅު ފަރާތްތަށް ގޮތް ހުސްވެފައިވާކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ވަކީލެއްގެ ގޮތުން މަސައްކަތް ކުރެއްވި މަހުފޫޒު ސައީދު ގަބޫލު ކުރައްވައިފިއެވެ.

މަހުފޫޒުގެ ޕާސަނަލް ބްލޮގުގައިވާ ލިޔުމެއްގައި ވިދާޅުވީ "ޤަބޫލުކުރިޔަސް ނުކުރިޔަސް، ދިވެހިރާއްޖޭގެ މި އަނިޔާވެރި ސަރުކާރު ބަލިކުރުމުގައި އިދިކޮޅު ފަރާތްތައް ގޮތް ހުސްވެފައިވާ މަންޒަރު އޮތީ ހާމައަށް ފެންނާން " ކަމަށެވެ.

އަދި އިސްލާޙަށް މަސައްކަތެއް ކުރުމަށް ވިސްނި ގިނަ މީހުންނާއި، އެމީހުންނަށް ފަހުން ވާގިވެރިވީ އެންމެންވެސް ތިބީ ޖަލުގައި، ނުވަތަ ރާއްޖޭގެ މާޙައުލާ ދުރުގައި ކަމަށާއި ރާއްޖޭގެ ޤާނޫނުއަސާސީގެ ދަށުން އުފައްދާފައިވާ މިނިވަން މުއައްސަސާތައް އޮތީ ވެރިކަމުގެ ބާރުގެ އުނގަށްވެއްޓި، ރިޝްވަތާ ފަސާދައިގައި، ނުވަތަ ޒާތީ މިނިވަންކަމުގެ ބިރުވެރިކަމުގެ ކަސްތޮޅުގައި ބަނދެވިފައި ކަމަށް މަހުފޫޒު ވިދާޅުވިއެވެ.

މަހުފޫޒުގެ ލިޔުމުގައި ވަނީ އަނިޔާވެރިކަން ހާމައަށް ފެންނައިރުވެސް އެކަމާ އިޢުތިރާޟު ކުރުމެއްނެތީ ބިރުވެރިކަން އިންތިހާއަށް އޮތުމުން ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ސަރުކާރުން ކުރަމުން ގެންދާ ޣައިރު ޤާނޫނީ ޢަމަލުތައް ހުއްޓުވުމަށް ރައްޔިތުންގެ މަޖިލިސް ކަމަރު ބަނދެލިއިރަށް އެކަން ހުއްޓުވާލީ ސަލާމަތީ ބާރުތައް ބޭނުންކޮށްގެން މެންބަރުން ހިފައި ހައްޔަރުކޮށްގެން، އަދި މަޖިލިސް ތަޅުއަޅުވާފައިވާ ކަމަށާއި ސަރުކާރުގެ ނުފޫޒުން ކޮށްފައިވާ ޣައިރު ދުސްތޫރީ ޢަމަލުތަކަށް ސުޕްރީމް ކޯޓުން އިޢުތިރާޟުކުރުމުން، އެ ކޯޓުގެ ކޮންޓްރޯލް އަލުން ހޯދީ އެ ކޯޓުގެ ދެ ފަނޑިޔާރަކު ހިފައި ހައްޔަރުކޮށްގެން ކަމަށް މަހުފޫޒު ވިދާޅުވިއެވެ.

"ޤާނޫނީ ގޮތުން ބާއްވަންޖެހޭ އިންތިޚާބު ބޯމަތިވާއިރު ވާދަވެރި ކެންޑިޑޭޓެއްގެ ހިލަމެއްވެސް ނެތް. ރިޔާސީ އިންތިޚާބެއްގެ ފޯރީގެ ބަދަލުގައި ފެންނަނީ މާޔޫސްކަމާއި ޖަލަށް ލާ މީހުންގެ ޢަދަދު ކޮންމެ ދުވަހަކު އިތުރުވާތަން" މި ލިޔުމުގައި މަހުފޫޒު ވިދާޅުވިއެވެ.

ބިރުވެރިކަން އުފެދެނީ މިހާ ހިސާބުން ކަމަށާއި މިހާރު ސަރުކާރަށް ތާއީދުނުކުރާ ފަރާތްތަކުން ފެންނަ ހަމަހިމޭންކަމާއި، މަޑުމައިތިރިކަމަކީ، މު މުޖުތަމަޢުއަށް އަންނަން އޮތް ތޫފާނެއްގެ ލިސާނަކަށް ވެދާނޭކަމަށް މި ލިޔުމުގައި ވެއެވެ.

މުއައްސަސާތައް މެދުވެރިކޮށް އިންސާފު ނުލިބޭ މުޖުތަމަޢުތަކުގައި މީހުން އިންސާފު ހޯދަން މަސައްކަތްކޮށްފައި ހުރިތަން ފެންނަނީ އަމިއްލައަށް ކަމަށްވެސް މަހުފޫޒު ވިދާޅުވިއެވެ.

މަހުފޫޒު މިހެން ވިދާޅުވެފައި މިވަނީ އިދިކޮޅު ފަރާތްތަކުގެ ހަރަކާތް ހުއްޓިފައިވާ ދަޑިވަޅެއްގައިކަން ފާހަގަކޮށްލެވެއެވެ. އެއް ކެންޑިޑޭޓެއް ނެރުމުގައި އެއްބަސްވުމަކަށް ނާދެވުމާއި ސަރުކާރު ވައްޓާލަން ދިން ތާރީހުތަކުގައިވެސް އެއްވެސް ކުރިއެރުމެއް ނުލިބުމުގެ ސަބަބުން އިދިކޮޅު ލީޑަރުން މިއަދު ވީ ތަނެއް ނޭނގޭ އިރު އިދިކޮޅު ކޯލިޝަންތެރޭގައި ކޯޅުމާއި ބައިބައިވުން އުފެދެމުންދާ ކަމުގެ އަޑު ދަނީ ގަދަ ވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. Anonymous

    ދޮންކަލޯ ތިވާގޮތަކީ ރައްޔިތުންތިބީ ހިތްހަމަޖެހިއުފާވެރިކަން ކަންމަތީވާތީ ބަޔަކު ވެރިކަމައިގެން ދައްކާވާހަކަތަކަކީ ސީދާ ކަނޑައެޅިގެން ދޮގިކަން ފަޅާ އެރީމަ މަގުތަކަށް ނުކުންނާނެ މީހަކު ނުވުން. ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓެއް ނެތީމަ ކަލޭމެންނަށް ނެތް ކެމްޕޭނު ކުރެވޭކަށްވެސް.

  2. ޝައުކަތު

    ޣައިރު ޤާނޫނީ ކޮން އަމަލުތަކެއްކަން އަޅެ ނިކަން ބުނެލަދީބަލަ "މަހްފޫޒޫ". ސާބިތު ކުރެވޭ ވަރުގެ އެއްމެ މައްސަލައެއްވެސް ފެންނާކަށް ނެތް. ސާބިތު ކުރެވިއްޖެ ނަމަ ސާބިތު ވި މީހުން އެތިބީ ޖަލުގައި ހުކުމް ތަންފީޒު ކުރަން. ސަރުކާރުގެ ކުޑައެއް ބޮޑެއް ގާތްމީހެއް ތިމާގެ މީހެއް ބެލުމެއް ނެތި، ކުށެއްކޮށްފިކަމަށް ތުހުމަތު ކުރެވިއްޖެ ހިނދެއްގައި އެކަން ބަލާ ތަހްގީގް ކުރުމަށްފަހު، އެދަނީ ފަިޔަވަޅު އަޅަމުން. އެކަން ކުރި ދެވަނަ ސަރުކާރެއް މިރާއްޖެއަކު ފަހު ގެ ތާރީހުގައި އައިސްފައެއް ނުވޭ.

    • ާލިނަލިު

      ޢަލީ
      2ލޯކަނުމީހުނައްނުފެންނާނެ

  3. އަހުމަދު

    އިދިކޮޅުގައި އަބަދުވެސް އޮތީ ބައިބައިވުން. 4 ލީޑަރުންވެސް ވެރިކަންބޭނުންވޭ!

  4. ޙާލުގެދުލުން

    ރަާއްޖޭގައި ޤާނޫނީ ޙުކޫމަތުނުހިންގާ 45 އަހަރު ހޭދަވުމަކީ ރަޔޔިތުންނަށް ކުށް އޮޅި ކުށަށް ފާޅުގައި އަރާގަތުމަށް ޖެހިލުންނުވިސަބަބު ރައީސް ނާޞިރުގެ ވެރިކަމުނފެށިގެން މިއަދާހަމައަށް ނާއިބު މިނިސްޓަރުންފެށިގެން މަތީ މީހަކު ކޯޓާއި ހަމަައަށް ގެންދެވިފައެއްނެތް އެއީތޯ

  5. ޚަވާރިޖު

    ކަލެއަށް އަޅެ މިވާގޮތް ރޭކާނުލާތީ ތީ ވަކީލުކަމަށް ކުފޫހަމަ މީހެއްތޯ ސުވާލު އުފެދޭ! މިކިޔައިދެނީ އަޑުއަހާ: މުޅި އިދިކޮޅު އޮތީ ނަޝީދުގެ ކަސްތޮޅު އެޅުވި ބަނދެވިފަ. ވީމާ އެކަމާ އިދިކޮޅު މީހުން ތިބީ މާޔޫސްވެފަ. ސަރުކާރު ފަޅިން މީހުންނަށް ހިތްހަމަޖެހުމާ އުފާވެރިކަމާއި މިނިވަންކަން އިޙްސާސް ކުރެވި ރާއްޖޭގެ 99% އޮތީ ޔާމީނާއެކު. އޯކޭތަ! އެނގިއްޖެތަ!

  6. ހިންދުކޮޅު

    މަހުފޫޒް އަކީ ދެއޮޅި އެއްނުވާ ބޯގަޅި އެއް

    • ގަޅި

      ގަޅި ނޫން ބަޔަކަށް އުޅެނީ އަދުރޭއާ ރުބެލްއާ. އެނޫން އެންމެންނަކީ މޮޔައިން!

  7. ބަވަނަ/މާލެ

    މަހުފޫޒު ކަލޭވެސް ދެންއަންނާނީ މިފަޅިޔަށް މުޅި ދިވެހި ރާއްޖެ ތަރަށްގީވަމުންއަންނަ ހަލުވިބާރުމިން ކަލެޔަށްވެސް ތަސައްވުރު ކުރެވިއްޖެ.

    • އޭނ

      ހޭއަރާ! އެއޮތީ ސަރުކާރާ ދެކޮޅަށް މިލިޓެންޓް ވިސްނުން އިސްކުރަން!

  8. އަހްމަދު

    ތިޔަގޮވެލިފަތިތިޔަގޮވާބޭފުޅުންނަކީ އަބަދުވެސް އިދިކޮޅުމީހުން އެމީހުންނައްސަރުކާރު ރަނގަޅެއްނުވާނެ ކެންޑިޑޭޓަކުނުނެރެވިގެންއުޅެނީ ހުރިހާލީޑަރުންވެސް ވެރިކަންބޭނުންވާތީ ތިޔަސޮރައެވަރުނޭގެނީތޯ ނޫނީ އެހެންބުނަންނުކެރެނީތޯ؟

  9. ހުސޭނުބޭ

    ޤަބޫލުކުރިޔަސް ނުކުރިޔަސް ފެންނަން އޮތް ޙަޤީޤަތަކީ އަނިޔާވެރިންނަކަށް މި ސަރުކާރެއް ބައްޔެއް ނުކުރެވޭނެ.

  10. އަބްދުއްލާ

    މިކަލޭގެ އަށް ކަމެއްވި ހަދާނެއް ހުރިހެން ހީއެއްނުވޭ .ސަރުކާރު އޮތީ ގާނޫނީ ގިއުގަނޑުގެތެރޭގަ. ޕާޓީއެއް ހަދާ އެޕާޓީ އަށް ކުށްވެރިންވައްދާ ގާނޫނީ ބާރު ކަނޑުވާލަން މަސައްކަތް ކުރިޔަކަސް ގޮތް ހުރި ސަރުކާރަކުން ދީލައެއް ނުލާނެ. ގާނޫނު ނެގެހެއްޓުމާ ގާނޫނުން އަދަބު ކަނޑައެޅެންފެށުމުން އަނިޔާވެރިކަމޭ ކިޔަނީ މީހުނަށް އޮޅުވާލުމަށްތަ ؟ މިހަރު މީހުން އެއަށްވުރެ ހޭލުންތެރި

  11. ހުސޭނުބެ

    ދޮންކަލޯ ދަތް އުނގުޅައިގެން ތުނބުޅި ރީތިކޮށްގެން ހުރެވޭތޯ ބަލާ!!!! ބޭކާރު އަނގަ ނުތަޅާ!!!

  12. ސަނދުވާ

    ސާބަހޭ ކޯލިޝަން. މޮޔަބައެއް. ރައީސް ޔާމީނަކީ، ވެރިކަމަށް ކުފޫހަމަވާ، ޖެހޭވަޔަށް އޮޑިދުއްވަން އެނގިވަޑައިގަންނަވާ މޮޅު ކެޔޮޅެއް. ސާބަހޭ ރައީސް ޔާމީން.

  13. އާދަނު

    މަ އެންމެ ވާހަކައެއް އަހާލަން ބޭނުންވަނީ. މުއައްސަސާތައް ބަނދެވި ކޮރަޕްޝަނޭ ކިޔާ އަނގަ ފުޅާކުރާއިރު ކޮރަޕްޝަންގެ ބައްޕަ ކަމަން އެންމެން ގަބޫލުކުރާ އަދީބްގެ ވަކީލަކަށް މަސައްކަތް ކުރީ ކީއްވެ؟ ކޮރަޕްޝަނޭ ފަސާދައޭ ކިޔަން ކަލެއަށްވުރެ ހަޔާތް ކުޑަ މީހަކު ނެއް.

  14. ރީތި މޫސަ

    މިސަރުކާރު ވައްޓާލަންޖެހޭ އެއްވެސް ސަބަބެއްނެތް އެންފުރަތަމަ ނިކުތީ ކޮންސަބަބެއް އޮވެގެންތޯ؟ އަބަދުނުކުމެ ކަމަކާނުލާ ގަޑުބަޑުކުރާކަށް ފުރުސަތެއްނުލިބޭނޭ މިފެންނަނީ އެމަންޒަރު ދެންފެންނާނީ ކުރެވުނުމޮޔަކަންތަކާހުރެ ގެޔައްވަދެފިލާތިބޭތަން ރައިއްޔަތުން ބޭނުމީ ކަންކުރެވޭ ވެރިޔެއް މަގުމަތީ މުޒާހަރާކުރާ ވެރިޔެއް ބޭނުމެއްނޫން ވަރަށްސާފު

  15. ޖެޓެ

    ބަލަ ކަލޭ ފުރަތަމަ މިނިންވަން ވަކީލަކަށްވެ ހުރެ އަގަތަޅާބަލަ މޯދެން ކާކު