ރާއްޖޭގައި ހަލުވިކަމާއި އެކު ކޮވިޑް ފެތުރެން ފެށީ އަމިއްލަ އިހުމާލުން ކަމަށާއި ދެންވެސް ގޭގައި ތިއްބެވުމަށް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުނޫން ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި ހަލުވި ކަމާ އެކު ކޯވިޑް ފެތުރެން އެ ފެށީ އިރުޝާދު ތަކަށް ކަމޭ ނުހިތާތީ ކަމަށެވެ.

"ހިތާމައާ އެކު ދަންނަވަން. ރާއްޖޭގައި ހަލުވި ކަމާ އެކު ކޯވިޑް ފެތުރެން އެ ފެށީ އިރުޝާދު ތަކަށް ކަމޭ ނުހިތާތީ. އަމިއްލަ އިހުމާލުން. ދެންވެސް ގޭގައި ތިއްބަވާ! ޖިސްމާނީ ދުރުމިން ހިފަހައްޓަވާ! ﷲ ގެ ރަޙްމަތަށް އެދެން." ރައީސް މައުމޫން ވިދާޅުވިއެވެ.

https://twitter.com/maumoonagayoom/status/1251033964871061505

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ.އިބްރާހީމް އަފްޒަލް ވިދާޅުވީ މާލެއިން ޕޮޒިޓިވްވި މީހުންނާ ޑައިރެކްޓް ކޮންޓެކްޓްވި މީހުން އިންތިހާއަށް ގިނަވީ އިރުޝާދުތަކަށް ތަބާނުވެ، ޕާޓީތައް ބޭއްވުމާއި މަސްދަތުރު ދިއުން ފަދަ ކަންތައްތައް ކޮށްފައި ވާތީ ކަމަށެވެ.

މާލެ އިން ކޮވިޑް-19 ފެނުމުން މާލެ ފުރަބަންދު (ލޮކްޑައުން) ކޮށްފައި ވީނަމަވެސް އަދިވެސް މާލޭގެ ފިހާރަތައް ކައިރިއަށް ވަރަށް ގިނަ އަދަދެއްގެ މީހުން ދަނީ ޖަމާވަމުންނެވެ.

ދެދުވަސް ތެރޭގައި މާލެ އިން ވަނީ ކޮވިޑް-19 ޖެހިފައި ތިބި ފަސް މީހުން ފެނިފައެވެ. އަދި ރާއްޖެ އިން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 25 އަށް އަރާފައެވެ. އޭގެ ތެރެއިން އަދި ބަލިން ރަނގަޅުވީ 16 މީހުންނެވެ. ދެމީހަކު ރާއްޖެ އިން ފުރައިގެން ގޮސްފައި ވާތީ މިހާރު ރާއްޖޭގައި ބަލި ޖެހިފައި ތިބީ 07 މީހުންނެވެ. މިއެންމެންނަކީ ވެސް ދިވެހިންނެވެ.

ކިޔުންތެރިންގެ ހިޔާލު

43 ކޮމެންޓް

  1. Anonymous

    ރައީސް މައުމޫން

    42
    39
  2. ނަމަ

    ރައީސް މައު މޫނު ހި މެނޭ ދޯހަލި ސަރުކާރުގެ އިހު މާލުންނޭ ބުނީ މަ މާތާހިރު ވާނެ

    142
    31
  3. މޫން

    ސަރުކާރުގެ އިހުމާލު މާބޮޑު. ބޭރުގައުމުތަކުން ގެނެސް މާލެތެރެއަށް ދޫކޮށްލީ. މީ %100 އިހުމާލު.

    181
    14
  4. ކޮރޯނާ ރިއަލިޓީ

    މިއީ ދިވެހި ދައުލަތުގެ ވެރިން ތަބަކަކަށް ލައިގެން އާންމު ރައްޔެތުންނާ ހަމަ އަށް ގެނެސްދިން އެއްޗެއް.

    168
    12
  5. ކިޔުންތެރިޔާ

    ކާފަމެން އަރާމާއި ލައްޒަތުގަ ރުބޭލުމެން ލައްވާ ކައްކައިގެން ބޮޑު ސޯފާގަ ދެފައި މޭޒުމައްޗަށް ނަގައިގެން ކުޅިބަލަން ތިއްބަސް، އަހަރުމެން އުޅެންޖެހެނީ ވަރަށް ދަތި ހާލުގަ. 1 ދުވަހު މަސައްކަތްނުކޮށްފިއްޔާވެސް ކާނެ އެއްޗެއް ނުލިބޭ. އަލިފާން ފޮއްޓެއްގެވަރުގެ ތާކު ބޮޑު އާއިލާއެއް ދިރިއުޅެމުން އަންނައިރު ކާފަމެން ގެނައި ނާގާބިލު ސަރުކާރުން އަހަރުމެންކަހަލަ ނިކަމެތިންނަށް ފަސޭހައިން ކަމެއް ކުރެވޭނެ އެއްވެސް އިންތިޒާމެއް ހަމަޖައްސައެއް ނުދެވުނު. ދެން މަގުމައްޗަށް ނުނުކުމެ ވަކި ކޮންތަނަކަށް ދާނީ؟މަގު މައްޗަށް ފުރާނަ އަތްމައްޗަށް ލައިގެން މި ނުކުންނަނީވެސް ބަނޑުފުރާނަ މުއްތިކުރަން.

    154
    10
  6. ހަސަން ލަތީފް

    ރަގަޅުވާހަކަފުޅެއް..
    ކިއްކުރަން ކުރާ ކާފިއު އެއް. ވަކި ބަޔަކަށް ދޯ ޑެލިވަރީ.

    ފުލް ސިކިއުރިޓީ އާއި އެކުގައި "ރާޖާ" އަންނި އެއުޅެނީ ފިހާރަތަކަށް ވަދެ ހަރޑުވެރ ސާމާނުގަންނަން.

    އެކަން ނުހުއްޓުވޭ.. ހަމަ ނިކަމެތި ރައިޔަތުމީހާގެ މައްޗަށް އެކަނި ގާނޫނު ހިގަނީ..

    އޭނާ ވަނީ ގާނޫނަށް ވުރެ މަތީގަ ތޯ.؟

    ނޫނީ ގާނޫނަށް ގޮންޖަހަނީ ތޯ.؟

    އެހެން ނޫންނަމަ އިބޫ އާދޭސް ކުރީ ތީ ހަމަ ގޮތް ދައްކާލަން ތޯ.؟

    ނޫނީ ކޮރޯނާވައިރަސް އަށް ބިރުދައްކަނީ ތޯ.؟

    މީނާގެ ގަދަކަން ދައްކަންވެގެން ތޯ.؟

    139
    4
  7. އަލީ

    ރަނގަޅު ވާހަކައެއް. ތިކަހަލަ ނާގާބިލު ބަޔަކަށް ވޯޓުދީ ވެރިކަން ހަވާލު ކުރުން އެއީ އެންމެ ބޮޑު އިހުމާލު އަހަރުމެންގެ.

    171
    6
  8. ފގސގެ

    ސަރުކާރުން މިބަލި މާލެއަށް ފެތުރީ

    95
    2
  9. މޫރިތި

    ކިރިޔާ ކަ މެއްވާ އިރަށް ރައްޔިތުންގެބޮލުގަ އިލްޒާ މް ނާޅުއްވާ.ކަންކަން ރާވާ ކަ މުގެބިރުވެރިކަން ރައްޔިތުންނަށް އަންގައިދޭން ނޭނގުނީ މަ ވާގޮތް.ބިރުވެރިކަ މެއް ނެތްކަން އިނގިގެން ދިޔަ ކެބިނެޓް ބައްދަލުވުމުގަ އެއްވެސް ގައިދުރުކަ މެއް ނެތް.އެވަރުންނުވެ މަޖިލިސް ހުޅުވަން ނިން މާ ކޮ މިއުނިޓީ ސްޕްރެޑް އެއްނެތް ކަން ލީޑަރަކު އިއުލާން ކޮށް. ސަރުކާރު އައްނަ ހަފްތާ ހުޅުވަން ނިން މާ، ކާފިއު އުވާލީ މަ ރައްޔިތުންނަށް އެދެވުނީ ކޮން މެސެޖެއްތޯ ސުވާލުކޮށްލަން.

    71
    2
  10. ގަޅޯ

    މީ ދެން ކާކު.....ގޭގަ ތިބޭށޯ،،،،،،،
    ބޮޑު ޖޯކެއް ދެން...
    ދިވެހި ރައްޔިތުންނަށް ކޮން ކަމެއް ކައޭ ކޮއްދިނީ...
    30 އަހަރު ވެރިކަމުގައި ދިވެހި ރައްޔިތުންގެ ހައްގުތައް ފޭރިގަނެ، ރައްޔިތުންގެ ފައިސާއިން، މަޖާކޮއް، ކައިބޮއި އުޅޭ ބކައޓެއް ތއީ ބުރޯ...
    ތިއީ ބޮޑު މަހުޖަނެއް،،،ކޮން ކަމެއް އަހަރެމެން ކަހަލަ
    އާދައިގެ އާއްމުންނައް ތިބޭފުޅާ ކޮއްދިނީ...
    ގޭގަ ތިބޭށޯ ކިޔާފަ އަނގަ ހުޅުވަން ކެރޭތަ....

    59
    10
  11. ޒީރޯޓޮލަރަންސް

    ސަރުކާރުގެ އިހުމާލު ބޮޑެއްނޫންބާ؟.ހެދުނު ދޭ އޯޑަރު ރޭގަޑު 9، 10 ޖަހާއިރު ނުލިބޭ. ނުލިބޭތާ ލިބޭނެކަމެއްވެސް ނޭގެ. އިންތިޒާމް ކުރަން ސަރުކާރަށް ނޭގުނީކީ ނޫންބާ؟ ދެންވެސް އަވަހަށް ރަގަޅު ފިޔަވަޅު އެޅޭނެގޮތްވާން މިޖެހެނީ.

    59
    1
  12. ައަންނިބެ

    މިކަމަކީ އެންމެންގެ އިހުމާލުން ވެގެން އުޅޭކަމެއް.

    10
    55
  13. ތަރުބިއްޔަތު

    ރައްޔިތުން ތަރުބިއްޔަތު ކޮށްފައިވަނީ ބަސްނޭހުމާއި ނޭއްގާނީ ކަމާއި މަދަނީ ބަސްނޭހުމަކީ ބޮޑުވެގެންވާ ބޮޑު ހައްގެއްކަމަށް ބުނެދީގެން. ރައްޔިތުން ތަރުބިއްޔަތު ކުރިގޮތަކަށް ރައްޔިތުން އުޅޭނެ. ޗައިނާ މީހުން އެގޮތަށް އުޅުނީ އެގޮތަށް ތަރުބިއްޔަތު ކޮށްފައިވާތީ.

    56
    3
    • Anonymous

      100 ގެ ވާހަކައެއް

      24
      2
  14. ވިސްނާލުމަށް އެދެމޭ

    މައު މޫނު ފުރިހަ މަޔަށް ޒިން މާނަގަންޖެހޭ ގައު މު މިއަދު ތަހައް މަލުކުރާ ކޮއް މެ ދެރަނިކަ މެތިކަ މެއްގަ...ތިއީ އަސްލު އިހު މާލުވި ފަރާތެ...ރައްޔިތުން ކުއްވެރިކޮއްފަ އުނދޯލިހެއްލަން ބޮޑުންތިބެނީ ޓްވީޓްކުރަން..ރައްޔިތުން ބަންދުކޮއްފަ ގޭގަތިބޭނެ ތިބޭފުޅުން ރައްޔިތުންނަ ކާންބޯންދީ ޒަރޫރަތްތަ ފުއްދަދޭނަ މަ...ބަޔަކު ބެރުޖެހިޔަސް އެއް މެން ނަށަންނުޖެހޭ..ދިވިހެރާއްޖެއަށް މިވައިރަސް އައީ މަދިރިއެއްގެ ޒަރިއްޔާއިންތަ... ނޫނީ ވައިގެތެރޭގަ ޕެރަޝޫޓުންތަ...ކެތްވާނީ ވަކިވަރަކަށް..ފިރިންނާ އަނބިންނާ ދަރިން ވަކިވެފަ މިތިބީ..އާއިލާތައް ނިކަ މެތިކަން ޓްވީޓަކުން ވިސްނިދާނެތަ..ބަސްއަހަންބޭނުން އަހަރެ މެން އެކަ މަކު ސަރުކާރުން ރައްޔިތުންގެ ކެކުޅުންތަކަށް ހައްލެހޯދަދިނު މުގެ ބަދަލުގަ ތަކުލީފުޖައްސަނީ....ސަރުކާރެއޮތު މުގެ މާނައެއް އެބައޮތްތަ..ރައްޔިތުން ހާސްވެ ނި މިދަނީ...ތިއީ އަ މިއްލަ ލެޔަށް މުލުނެތް ރަހު މެނެތް ހިތެއްގެ ވެރިއެއް..އެއްބަފާ ކޮއްކޮ ހަވަރަށްދީގެން ކުޅިބަލަން ތިއިނީ ކިހާހިތް ހަރުވީ މަ...އަހަރެ މެންނާ މެދު ކޮންރަހު މެ ތިހިތުގައޮންނާނީ....

    49
    4
  15. ނޫރު

    ބޭރުގައި ތިބި މީހުން ގެނައުމުގެ ސަބަބުން ވީގޮތެއް މިއީ..ދެން މިކަމުގެ ޒިންމާވާ ފަރާތްތައް އަމިއްލަ ވިސްނުންފުޅުގެ އެހީގައި ހޯއްދަވާ. ވ ސަލާމް

    63
    1
  16. ސަރުދާރު

    މަނިކުފާނު އެބައުޅޭތަ؟

    40
  17. ދަވާލި19

    ހޮރުގަ އޮވެފަ ހާލަތު އެމްމެ ގޯސްވިވަގުތު ބޯދިއްކޮށްލާފަ ރައްޔިތުން ބޮލައް ހުރިހާކަމެއް ކަނޑާލީ ކިހާ ސަޅި

    62
    6
  18. ކަފަކޮށީ ކަލޭގެ

    މމމމމމިބަލިމަޑުކަނއ މާލެތެރެއަށް މިފެތުރުނީ މައުމޫނު ބޮލައް ލައިގެން ތިޔަ ގެންގުޅޭ އަންނި ހައިޥަާނުގެ ޢާއިލާަގެ ސަބަބުން މާތްﷲ މި ބަލިމަޑު ކަމުން މިޤައުމު ސަލާމަތް ކުރައްވާށި

    56
    1
  19. Anonymous

    ނެޕީ ޖަހައިގެން އޮވެބަލަ

    37
    3
  20. ފާދިގު މަކުނު

    ޜައްޔިތުންނޭ ކޯވިޑް ކޭތަ ހިފާފި

    ކީބޫޖެހޭނޭ މިކަމުގެ ޒިންމާނަގަން ހުރިހާއެންމެން ގޭގަ ތިބީ ބޮޑުންގެ ދަރިން ބޭރުން ގެނެސް މާލެތެރެޔަޢް ދޫކޮޢްލީ މިހާރު މިއުޅެނީ ކޯވިޑް ކޭތަ ހިފާގެން!!!!!! ޙުރިހާ ނޮހުރުއްޕާނެއް ޔައުނީ މުސީބާތް ރައްޔިތުނައް!!!!!

    44
    1
  21. ކާފަރ

    ކާފަވެސް ބަހެއް ހަދާލީދޯ

    37
    5
  22. ހުސޭނުބޭ

    ފޮޓޯއިން އެ ފެންނަނީ މައުމޫނު އިހްމާލުގެ ބޮޑު މީހާއަށް ބައިއަތުހިފާތަން! ދެން ތިހެން ގޮވާނެކަމެއްނެތް!

    37
    1
  23. ކެޔޮޅު

    މާލެތެރެއައް ރޯގާ ފެތުރެގަތީ ބޮޑުންގެބަޔަކު ރާއްޖެއިން ބޭރުން މާލެއައް ކަރައްޓީނުގަ ނުތިބެ ފެތުރިގަތީމަ މިއީ ހަޤީގަތް!!!

    47
  24. ކެޔޮޅު

    މާލޭގެދޮރު ކުއްޔައްދީފާ ރާއްޖެއިން ބޭރުގަ ދިރިއުޅޭ ސަރުކާރުގެ މަތިފަޑީތިބިމީހުންގެ އާއިލާތައް މާލެގެނައީ ސަރުކާރުން ގަސްތުގަ!

    50
  25. ރައްޔަތުން ފަނާވުން އެޖެންޑާ-19

    އެއްވެސްކުށެއް ނެތް ނިކަމެތި މައުސޫމް އިންސާނަކު ނުހައްޤުން ޖަލަށްލައި އަނިވެރިވުމުގައި ކޯލިޝަނުގައި ތިބި މީހުންގެ ނުބައިނުލަފާ ކަން ހައްދުންނަށްޓައި ދިޔައީމަ މާތްﷲ ހުރިހައިދޮރެއް ބަންދު ކުރެއްވުން!

    24
    1
  26. ނާސިރު

    ބަލި މީހުންނާއި ބަލިމީހުން ތިބިގޭދެ ރައްޔިތުންނަށް އެނގެންޖެހޭ

    21
  27. ކެޔޮޅު

    މާރޗް14އިންފެށިގެން އަންނަމީހުން ކަރަންޓީނުކުރަން ނިން މީ މާރޗް 10ކުން 13 އައާހަމަޔައް ބޭނުންވާމީހުން މިޤައުމައް ވައްދާފަ!!

    26
    1
  28. ޙަސަނު

    ލާދީނީ ސުންޕާ ސަރުކާރުން ދިވެހިންނަށް ވެދުން ކުރި 19 ހަދިޔާ ހައްތަހާވެސް މިހިރަ ފެންނަނީ

    24
  29. ސހެިދބ

    މަސްދަތުރައް ބޯޓު ފުރިއިރުގަ ފުރި ހާބަރުގަ އެކަން ހުއްޓުވާނެ ފުލުހުންނެތީ އެއީ ކޮންބަޔެއްގެ އިހހމާލުތޯ..؟ މީހުން މަހައްދާން ޖެޓީއައް ދިޔައިރު އެތާ އެމީހުން ބޭރައް ދިއުން ހުއްޓާނެ ބަޔަކުނެތުމަކީ ކޮންބަޔެއްގެ އިހުމާލެއް.؟ އެޔާޕޯޓުގަ ތިބޭ ރެޕުން ޕުރޮޓެކްޓިވް ހެދުން ނާޅާ އެތާގައި ހަރަކާތްތެރިވުމަކީ އެއީ ކޮންބަޔެއްގެ އިހުމާލެ.؟

    21
    1
  30. ސހެިދބ

    މަސްދަތުރައް ބޯޓު ފުރިއިރުގަ ފުރި ހާބަރުގަ އެކަން ހުއްޓުވާނެ ފުލުހުންނެތީ އެއީ ކޮންބަޔެއްގެ އިހހމާލުތޯ..؟ މީހުން މަހައްދާން ޖެޓީއައް ދިޔައިރު އެތާ އެމީހުން ބޭރައް ދިއުން ހުއްޓާނެ ބަޔަކުނެތުމަކީ ކޮންބަޔެއްގެ އިހުމާލެއް.؟ އެޔާޕޯޓުގަ ތިބޭ ރެޕުން ޕުރޮޓެކްޓިވް ހެދުން ނާޅާ އެތާގައި ހަރަކާތްތެރިވުމަކީ އެއީ ކޮންބަޔެއްގެ އިހުމާލެ.؟ ..

    19
    1
  31. މަބުރޫކު މުރާކި

    މަގޭ އަނގަ ހިރުވާ މީނަ ފެނުނީ މަވެސް ލަދެއްވެސް ނުގަތެއްނު ރައްޔިތުންގެ ބޮލުގަ އަޅުވަން އަންނަގަ ވޯޓް ހޯދަން ހާދަ ޖާހިލު ކާފަގަނޑެކޭ މީ

    23
    2
  32. ޟަމީލް

    މިދޯހަޅި ސަރުކާރުގެ ސަބަބުން.

    24
    2
  33. ހަގީގަތް

    ބެއްޔާ ވާހަކަ ނުދައްކާ. މިހާރު ބެއްޔާ ދައްކާ ވާހަކަ ގަބޫލް ކުރާނެ މީހަކު ނެތް. ބެއްޔާގެ ވެސް ބައިވެރިވުން އޮތް ސަރުކާރުން ބަލި ފެތުރީ

    28
    2
  34. ހައްވަ

    ކިތަންމެ ހަޅޭކެއް ލެވިޔަސް ޔާ މީނު ވައްކަން ނުކުރާ ކަމަކަށް ވަގުތަކަށް ނެހެދޭނެ!

    • ޑިމޮކްރަޓިސްޓް،ރ.ވާދޫ

      މިހާރު ޔާމީނުއާ މި ޅިގަތީއޯ؟ މީ އަނިޔާވެރި ސަރުކާރުން ވެރިންގެ ދަރިންގެނެސް މާލެތެރެޔަށް ދޫކޮށްލުމުގެ ނަތީޖާ. އެކަމަކަށް މަބުރޫކަކަށް ޖަވާބެއްނުދެވޭނެ. މީ ހަގީގަތް. އަނގަނުތަޅާ ދެންވެސް 14ދުވަސް ވަންދެން ގޭގައޮވެވޭތޯބަލާ.

    • ތެދެއް

      ޔާ މީނެއް އަނެކަކެއް ކިޔާނެ ކަމެއްނެތް. އެހެންމީހަކު ވައްކަންކުރިކަމަށް ހެދޭނެ ހަމައެކަކުވެސް ނުހުންނާނެ. މީހުންނާ ދިމާޔަށް ހިތަށް އައިހާ އެއްޗެއް ގޮވުމުގެ ބަދަލުގަ ތިމާ އިސްލާހުވާންވީ.

  35. ކާށި

    މީހުންދެކެ ރުޅިއަޔަސް ތީ ބޮޑުވަރު މިކަލަ ދަނޑިވަޅެއްގައި މީހަކު ރަގަޅު ނަސޭހަތެއްްދިނަސް ތީތަ ދެކޭގޮތް ތި ވިސްނާގޮތް ބަދަލުކުރަން އެބަޖެހޭ އެހެންނޫނީ އަމިއްލަ ނަފްސައްވެސް ރަގަޅުކަމެއްނުކުރެވޭނެ! ހަހިތަށް އަރާ 30 އަހަރުގެ ކުރީގައި ރާއްޖެ ނެތީބާ؟ ވެރިކަމެއްނުކުރަނީބާ؟ ތައްޔިތުންނަށް ކޮށްދޭން ޖެހޭކަމެއްނޯންނަނީބާ؟ ދެން 30 ތިރީސް އަހަރު ދުވަހަކުވެސް ނުނިމޭ، ވެރިއަކުވެސްނާދޭ، ހައްތާވެސް ތިރީސްއަހަރުގެ ވެރިކަން ނިމުމެއްނެތް!

  36. ޢައްޗި

    ބޭބެ ޖަލުގައި އެން މެ ހަފްތާއަކު މަޑުކޮށްލަން ޖެހުނީ މަ ޔާ މީން ވެރިކަ މުންބާލާ ނާޤާބިލްބަޔަކު ގެނެސްގެން އަނގަތަޅަން ކެރޭބާ!

    4
    1
  37. ދެރަ ކަމެއް

    އަމިއްލަ އިހުމާލުން ކިހިނެއްހޭ ފެތުރޭނީ މާލޭގައި ނެތް އެއްޗެއް؟ ބޭރުން އަންނަ ކޮންމެ މީހަކު 14 ދުވަހުގެ މުއްދަތުގައި މާލެއަށް ނުގެނެސް ކަރަންޓީނުގައި ސަރުކާރުން ބަހައްޓާނަމަ، މާލެއަށް ކިހިނެެއް ހޭ ކޮވިޑް އައީ؟ ކޯލިޝަންގައި ހުއްޓަސް ބޮޑުވަރު. ކޯލިޝަން ސަރުކާރުގެ އަމިއްލަ އިހުމާލު!. މިހާލަތުގައި ރައްޔިތުން ތިއްބާ ރައްޔިތުންގެ މަތި އަޅުވަން ކެރޭތަ؟ ކުރިން ވެރިކަން ކޮށްފަ އި ހުއްޓަކަސް ރައްޔިތުންނާއި މެދު ކުލުނެއް ރަހުމެއް ނެތް ވަރު މި ފެންނަނީ. ސަރުކާރުގެ އިހުމާލޭ ބުނަން ނުކެރޭނަމަ މާ ރަނގަޅުވާނެ ހެޔޮ ދުއާ ކޮށްދިނިއްޔާ. ހިތްވަރު ލިބޭ ބަސްކޮޅެއް ލިޔުނިއްޔާ. ޑޮނޭޝަންސް ގިނަކުރިއްޔާ. މި ހިތާމަވެރި ވަގުތު ފާއިތުވަންދެން ނަމަވެސް އަމިއްލަ ކޮއްކޮ ގޭ ބަންދަށް ބަދަލުކޮށްދިނިއްޔާ. ހަމަ ގައިމުވެސް މައުމޫން ޖަލުގައި ހުރި އިރު ކިތައް ފަހަރު ގޭ ބަންދަށް ބަދަލުކޮށްދިން. މާތް ﷲ އަހަރުމެން އެންމެން މި ބަލި މަޑުކަމުން ސަލާމަތް ކޮށްދެއްވާންދޭ. އާމީން.

  38. ކޯވިދު

    ޜަންތިރީސް އަހަރު ބޯދަށަށްލައިގެން ނިދަން ނޯވެވިގެންތޯ ތިއުޅުއްވަނީ؟ ބޮލޭމްގޭމް ޖައްސަން ފުރުސަތެއް ދެންނުދޭނެ!

  39. ޑ

    އަމިއްލަ އިހުމާލާ، ވެރިންގެ ދަރިންގެ އިހުމާލުން.

  40. ތެރީޝާ

    ތިޔަވާހަކަދައްކަވާ ރައްޔަތުން ކުއްވެރި ކުރައްވައިރު ޙުދު ތިމަން މަނިކުފާނުގެ ވެރިކަމުގައޭ ހަމަ އެކަނި މިމާލޭގެ ރައްޔަތުންނައް ގޯތި ނުދީ މާލެޔާ ހުޅުމާލޭގަ ބިންތައް ހިއްކާފަ ނުދީ ބިންތައް ހިސޯރުކޮއް 100 ފޫޓް 100 ފޫޓް ގޮޅިއެއްގައި 4 5 ކުދިންގޮވައިގެން އުޅެންޖެއްސީ މިއަދު އަރާ ދިޔަވިދާޅުވަނީ އަމިއްލަ އިހުމާލުން ދެން ކިހިނެއް ވެގެންތޯ އެންމެ ފުރަތަމަ ޕޮޒިޓިވްވިމީހާ ޔައް ޖެހުނީ ކާކުގެ ކިބައިންތޯ މިސުވާލްގެ ޖަވާބް ދެއްވަބަލަ މިގައުމައް މިބަލި އައީ ބޭރުގައުމަމުންކަން މިޔޮއްކިޔާ ނަގަނީ އެހެންވީމަ ކަރަންޓީނުކޮއް ޓެސްޓު ހަދާ ނައްސި ވީމައެއް ނޫންތޯ މީހުން ދޫކުރީ މީގެ މާނަޔަކީ ކޮންމެވެސް ބަޔެއްގެ އިހުމާލުން ބަޔަކު އެތެރެ ވީކަމަކައް ނޫންތޯ މިވަނީ