މާލޭގައި ކޮވިޑް-19 ހަލުވިކަމާ އެކު ފެތުރެމުން ދާތީ ކުރިއަށް އޮތް ދެ ހަފްތާއަށް ފުރަބަންދުގެ މުއްދަތު ދަންމާލައިފިއެވެ.
ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ނެރުއްވި ބަޔާނެއްގައި ވަނީ އާންމު ސިއްހަތުގެ ގާނޫނުގެ ދަށުން ފިޔަވަޅުތައް އެޅުމަށް މަގުފަހި ކުރުމުގެ ގޮތުން މިހިނދުން ފެށިގެން އިތުރު 14 ދުވަހަށް މާލެ ސަރަހައްދު ފުރަބަންދު ކުރަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން މުހިންމު ގިނަ ފިޔަވަޅުތަކެއް އަޅަން ކަމާބެހޭ ފަރާތްތަކަށް މައިމޫނާ ވަނީ އަންގަވައިފައެވެ.
އެ ތިން ފިޔަވަޅަކީ:
1- މާލެ، ހުޅުމާލެ، ވިލިމާލޭގައި އުޅަނދު ދުއްވުމާއި އާންމުން ނުކުތުން މަނާކުރުން.
2- މާލެ، ހުޅުމާލެ، ވިލިމާލޭގައި ޕަބްލިކް ޓްރާންސްޕޯޓް ހިދުމަތް ހުއްޓައިލުން.
3- މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި، ގުޅިފަޅަށް މީހުން އަރައި ފޭބުން ހުއްޓާލުން.
މާލެ ސަރަހައްދު 14 ދުވަހަށް ފުރަބަންދު ކުރަން ނިންމީ، އެގޮތަށް އެ ސަރަހައްދު އޮންނަތާ ދެ ދުވަސް ފަހުންނެވެ. މީގެކުރިން ކޮވިޑް-19 ފެތުރުން ހުއްޓުވުމަށްޓަކައި ހަވީރު 5:00 އިން ފެށިގެން ރޭގަނޑު 8:00 އާ ހަމައަށް މީހުން ބޭރަށް ނުނިކުމެވޭ ގޮތަށް ކާފިއު އިއުލާންކުރިއެވެ. އެ ކާފިއުއަށް ގިނަ ބަޔަކު ބޯލެނބިއެވެ.
މާލެ ސަރަހައްދު ފުރަބަންދު ކުރި ނަމަވެސް ބައެއް މީހުން މަގުމަތީގައި އުޅުމަށް ހުރަހެއް ނެތެވެ.
މާލޭގައި (މާލެ، ހުޅުމާލެ، ވިލިމާލެ) މަގުމައްޗަށް ނިކުމެ އުޅުމާއި އެއްގަމު އުޅނދުފަހަރު ދުއްވުން މަނާ ކުރުން، މިހިނދުން ފެށިގެން 14 ދުވަހުގެ މުއްދަތައް: pic.twitter.com/WFV2hEaV5z
— Health Protection Agency (@HPA_MV) April 17, 2020
އެ މީހުންގެ ތެރޭގައި ހިމެނެނީ:
1- ސިފައިންނާއި ފުލުހުން.
2- ސިއްހީ ހިދުމަތްދޭ ތަންތަނުގެ މުވައްޒަފުންނާއި އެމީހުންގެ އުޅަނދު.
3- އެމްބިއުލާންސް.
4- އެންއީއޯސީ ގެ ފާސް ލިބިފައިވާ މީހުން.
5- އެންއީއޯސީގެ ފާސް ލިބިފައިވާ މީޑިއާތައް.
6- މޯލްޑިވްސް ޕޮލިސް ސާވިސް އިން ހުއްދަދޭ މީހުން.
ފިޔަވަޅުތައް ތަންފީޒު ކުރުމާއި ވަގުތަށާއި، ހާލަތަށް ރިއާޔަތްކޮށް، އަޅަން ޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމާއި ޒަރޫރީ ބޭނުންތަކަށް މަގުފަހިކޮށްދިނުމުގެ ކަންކަން ހަމަޖައްސާނީ ފުލުހުން ކަމަށް މައިމޫނާގެ އެންގެވުމުގައިވެއެވެ.
ރާއްޖެ އިން މިހާތަނަށް 27 މީހެއްގެ ގައިން ބަލި ވަނީ ފެނިފައެވެ. އަދި ހަމައެކަނި މާލެ އިން އެކަނި ވެސް ހަތް މީހެއްގެ ގައިން ބަލި ފެނިފައިވެއެވެ.
އަނެއް އުނދަގޫ ފެށިފަ މިއޮތީ.. ކާ އެެއްޗެެއް ލިބެނީ އެެއްނޫން.. ވަކިބަޔަކު މޮޅުގައުޅުނީމަ ރައްޔިތުމީހާ އަށް ހުރިހާ ދެރައެއް
ސަރުކާރުން ގޮވަމުން ދިޔައީ ނިކަމެތި ރައްޔިތުން ގިނައިން ކާބޯތަކެތި ނުގަނެ ދުވަހުން ދުވަހަށް ވާވަރަށް ކާބޯތަކެތި ގަތުމަށް ، ނަމަވެސް ސަރުކާރުގެ ބޮޑުންވަނީ އެމީހުންގެ ގުދަންތަކަށް ފުރިބާރުވާ ވަރަށް ކާބޯތަކެތި ވަށްދާފަ! މިޔަދު ހުރިހާ ނިކަމެތި ކަމެށް ލިބެމުން މިދަނީ ނިކަމެތި ރައްޔިތުމީހާއަށް
ބަންގާޅިންތައް ރަށަށް ފޮނުވޭނެގޮތް ހެދުމަށް އެގައުމުގެ އެންބަސީއަށް އަންގާ ބޭރުކުރޭ މިރާއްޖޭގެ ގަވާޢިދާ ޚިލާފަށް އުޅޭ ހުރިހާ ބިދޭސީން! ރިސޯޓްތައް ހުއްޓުމަކަށް އައުމުން އެތަންތަނުން ފޭބި ހުރިހާ ބިދޭސީން އެކިއެކި އަތޮޅުތަކަށް ބެހިގެންފި!! މާލެ ފުރިއްޖެ!! މިވަބާއިން ގައުމު ސަލާމަތްކުރާށޭ އިބްރާގިމް މުހައްމަދު ސާލިހު ކައިރީ ދިވެހި ރައްޔިތުން ބުނާތާ އެތައް ދުވަހެއްވެއްޖެ!! ވެރިކަމަށް އައީވެސް ބިދޭސީންގެ ކަންކަން ހަމަމަގަށް އަޅުވާނަމޭ ބުނެ ވަޢުދެއް ވެގެން!!
ބަޑަށް މަރުވާނެ ފަހަރު
ދެން ރޯދަމަހުވެސް މިހެން ތަ އުޅެން ވި
އިހުމާލުގެ މައްސަލަ ތަހުޤީޤުކުރޭ މިހާރުން މިޙާރަށް. މިކަހަލަ ނާޤާބިލް ބަޔަކާއި ސަރުކާރު
ބަލަ ތިތަނުގަ ތާށިވެފަ މަގުމަތި ވެފަ ތިބި ރިސޯޓް މުވައްޒފުންނައް އެމީހުންގެ ރަށާއި ހަމަޔައް ދެވޭނެ ގޮތެއް ހަދާބަލަ. ރައްޔިތުން ބިކަކޮށް އިތުރައް ހާލުގަ ނުޖައްސާ.
ހާދަ ދެރައޭ މިވީގޮތް.. ރަށައް ދެވޭނެގޮތް ހަދާދެއްވާ..
ރަގަޅު ނިންމުމެއް....ކޮންމެހެން ކުރަން ޖޭހޭ ކަމެއް... އެކަމަކު ?????????????
24 ބަންދު އެކަމު މީހުން މަގުމަތީގަ، ގޭގެއަށް އެގޭގޭ ކުއްޔަށް އުޅޭ ފަރާތްތައް އެކުވެރިން ބިޓުން ގެއަށް ވައްދަނީ، ސަރުކާރޫ މާލޭގެ ގެތަކުގެ އަހުލުވެރިންނަށް އަންގަބަ ކުއްޔަށް އުޅޭމީހުން ވެސް އެގެއެއްގައި ކައިނިދާ ހަދާ މީހުން ފިޔަވައި އިތުުރު މީހުން ނުވައްދާށޭ
ކިހާތާހިރު..ރަށަށް އަންނަބޭނުންގެންތިބި މީހުން ރަށަށްއަންނަންއުޅެނީ ފެންކުޅި ކުޅޭކަށްނޫން.. މާލޭގަ ހައްޔަރުކޮއްފަ އެ މީހުން ބޭތިއްބު މުން ލިބޭނެގެއްލުން މާބޮޑު...ރަށުގެ ހާލަތު ރަގަޅުކުރަންވެސްތިބި މީހުން މާލޭގަ ތާށިކުރަނީ...ރަށުގަ ކާބޯތަކެއްޗަށްޖެހިފަ މިތިބެނީ...ސަރުކާރުގެ އިހު މާލުން ވައިރަސް މާލެތެރެއަށް ފެތުރުނީ ސަރުކާރުގެ ފުރިހަ މަ އިހު މާލުން....ވައިރަސް ޖެޓެއްގަ އެތެރެވީއެއްނޫން..އިންތިޒާ މު ހަ މަޖައްސަންތިބީ ސަރުކާރުން ސަރުކާރަށް ނޭގޭ ކުރަންވީކަ މެ ނުކުރަންވީ މަ..ކުޑަކެކުރި ބޮޑުކެކުރި ތަފާތުކޮށް ލިބިފައޮތް ބާރާނުފޫޒުން ވަކިބަޔަކަށް ހާއްސަ އި މްތިޔާޒުތަކެދިނީ މަ ވީގޮތް....ފުރަބަންދުވާންވެސް ރަށަށް ފޮނުވަދީބަލަ.. މާލެއަށްވުރެ ރަގަޅުވާނެ...
ޕ21 އަށް ޤާނޫނީ ގޮތުން ފިޔަވަޅުން އަޅަން ޖެހޭނެ.
ޙަޤީގަތަކީ... އެއްވެސް ފިހާރައަކުން ގުޅީ މަ ފޯނެއް ނުނަގާ. ނަންބަރު ދިނީ ޑެލިވަރީ ކުރަން ގުޅާށޭ ކިޔާފަ. ޢެކަމު މިއަދުވެސް ގުޅި ހުރިހާ ފިހާރައެއްވެސް ނުނަގާ ފޯނެއް. ނޫނީ އޮންނަނީ ނިވާާލާފަ...? ނުވިތާކަސް ފިހާރަތަކުގަ ހުންނަނީ މުދާ ހުސްވެފަ. ކާބޯތަކެތި ލިބޭނެ މަގެއް ހޯދައިދީފަ ފުރަބަންދު ކުރާނަމަ އޯކޭ ދޯ!
ސަރުކާރުން ރައްޔިތުންނައްއެއްވެސް އެހީތެރިކަމެއްނުދީ ތިގޮތައްފުރަބަންދުކުރީމަ ހާލުގަޖެހެނީ ނިކަމެތިރައްޔިތުން ދެވަނަވިސްނުމަކައްގޮސް މިނޫންއެހެންގޮތެއް ހޯދަދޭން ސަރުކާރައްގޮވާލަން
حسبنا الله و نعمل وكىل
ހެޔޮބަހެ މެނުވީ ނުބުނާތި.ދިމާވެފާ މިވާ ކަންތަކުން އަރާގަތުމައް ވަރަށް ހިތްވަރު ކުރަން އެބަޖެހޭ.ކެތްތެރިކާމާ އެކު ކަން ކަމާކުރިމަތިލުން އޮތީ.އެންމެން ވެސް ފަރުދީ ޒިއްމާ އަދާކުރޭ.އަމަލުތަށް އިސްލާހު ކޮށް ގިނަގިނައިނަ ދުއާ ކުރޭ.
ބޭރަށް ނުކުމެ އުޅޭ މީހުނަށް ފިޔަވަޅު އަޅާބަލަ ހެޔޮނުވާނެ. މަގުމަތީ މީހުން ފުރިފަ. ފިހާރަތައް ދޮރުމަތި ފުރިފަ. ސޯޝަން ޑިސްޓެންސިން އެއް ނެތް. އިންތިޒާމްތައް ރަންގަޅު ކޮށްދީބަލަ. ހަރުކަށިވެ ދެއްވާ.
ޙެޔޮނުވާނެ އަހަރެމެން ރިސޯޓުން އައިސް ތިބި މީހުން ރަށައްފޮނުވަދީ
ޢެތާގަ 30 ދުވަހު ކަރަންޓިންުކުރިޔަސް ހެވޭ
މިތާ ކުލި ދައްކައިގެން ނޫޅެވޭނެ
ޢެހންނޫނީ އަހަރެމެން ޓެސްޓު ކޮއްފަ ފޮނުވާ
ބަޑަށް މަރުވަނީޔޭ
ފުވައްމުލަކަށް ދާން ޓިކެޓް ނަގައިގެން ތިބި އެތައްބައެއް ހާލުގަޖެހިއްޖެ ސަރުކާރުން ކީތްތަ މިކުރަނީ މި މީހުން ގެންގޮސް ފުވައް މުލަކުގަ ކަރަންޓީނު ނަ މަވެސް ކޮއްދެއްވުން އާދޭހާ އެކު ސަރުކާރު ދަންނަވާލަ ދެއްވާ ވަގުތު ކުދިންނޭ. ބަނޑު ފުރާނަ މުތްތި ކޮއްގެން ދޯ އުޅޭ ވޭނީ
މާލޭގަ މަޑުކުރެވޭކައް ނެތް.. ހާލުގަ ޖެހިއްޖެ.. ހެޔޮނުވާނެ ރަށައް ފޮނުވަދީ..
ވާން އޮތް ކަމެއް ވެފަ އޮތީ. ދެން އޮތީ މިއާ ހާލަތާއިގެން އުޅެން. ފާހަގަކޮށް ލަން ބޭނުން.
- އިނގޭ މާސްކް ނެތްކަން. މާސް ހުންނަންވާނީ ސިއްހީ ފަރުވާދޭ މީހުންނަށް ރަސާވް ކުރެވިފައި. ޢެކަމަކުވެސް އެޗް ޕީއޭއިން އެބަ އަންގަންޖެހޭ ބޭރަށް ނިކުމެ އުޅޭ ހުރިހައިއެންމެން މޫނު މަތި ކޮންމެވެސް ގޮތަކަށް ނިވާކުރަން. އޭރުން ވެސް ކޮމިޔުނިޓީ ޓްރާންސްމިޝަން ކޮންމެވެސް ވަރަކަށް މައިތިރިވާނެ.
އެއްކަމެއްވެސް ނޭގޭނެ ކުރާކަށް އެގޭނީ ދެފައިތަޅާފަރޯން ކިބުލަށް
މާލޭގަ ތިބި މީހުން ރަށްރަށަށް ދިއުން ރައްކާތެރި އެއް ނޫން.. އެކަމަކު ބޭސްފަރުވާ އަށާ އެކި އެކި ޒަރޫރީ ބޭނުން ތަކުގަ މާލެ ގޮސް ކޮޓަރި ކުއްޔަށް ހިފައިގެން ތިބި މީހުން ހާލުގަ ޖެހިއްޖެ.. މީގެ ތެރޭގައި ރިސޯޓްތަކުން ރަށަށް ދާން އައިސް ތިބި މީހުން ހިމެނޭ... މި މީހުންނަށް ކޮންމެވެސް ކަހަލަ އެހީތެރިކަމެއް ފޯރުކޮށްދޭން ޖެހޭ...