ކޮވިޑް-19 އާ ގުޅިގެން އެންއޯސީން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތައް އޮންލައިންކޮށް ކުރިއަށްގެންދަން ނިންމައިފިއެވެ.

މިއީ މާލެއިންް ކޮވިޑް-19 ހަތް ކޭސް ފެނިފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެންއޯސީން ނިންމި ނިންމެވުމެކެވެ.

މިހާރު އޮންލައިންކޮށް ނޫސްވެރިންގެ ބައްދަލުވުން ބޭއްވުމަށް ތައްޔާރީތައް ދަނީ ވަމުންނެވެ.

މިއަދު 15:30 ގައި އެެންއޯސީން ބާއްވާ ނޫސްވެރިންގެ ބައްދަލުމެއް އޮންނާނެއެވެ.

ނޫސްވެރިންގެ ވައިބާ ގްރޫޕްގައި ހެލްތް މިނިސްޓްރީގް މީޑިއާ އޮފިޝަލް ވިދާޅުވިގޮތުގައި، އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް އޮންލައިން ޕްލެޓްފޯމެއް ބޭނުންކޮށްގެން މި ނޫސްވެރިންގެ ބައްދަލުވުން ގެންްދެވޭނެ އިންތިޒާމްތައް ހަމެޖެހިގެން ދާނެ ކަަމަށެވެ.

"ނޫސްވެރިންނަށް ސުވާލު ކުރެވޭ ފަދަ ރަނގަޅު ޕްލެޓްފޯމެއް މިކަމަށް ހިޔާރު ކުރަނީ" އެ އޮފިޝަލް ވިދާޅުވިއެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް މާލެ ސިޓީ ވަނީ ދެ ހަފްތާގެ މުއްދަތަކަށް ފުރަބަންދު (ލޮކްޑައުން) ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ވާނުވާ

  އިސްލާ މިކް މިނިސްޓްރީ އިން ދަނީ އިސްލާ މިކް ސްޓޫޑިއޯގަ މަސައްކަތް ކުރާ ސްޓާފުން އޮފީހަށް ނެރެން މަޖުބޫރު ކުރަ މުން

  2
  2
  • ާައާދަމުގެ ދަރި

   ލާދިނީ ނުވައްޗޭ

   2
   1
 2. Anonymous

  ނާޤާބިލީން