މާލެ ސަރަހައްދުން އިތުރު 4 ތަނެއް ކަރަންޓީންކޮށްފި އެވެ.

މިހާރު ދަރުބާރުގޭގައި އޮންލައިންކޮށް ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، މާލެ ސަރަހައްދުގައި މިއަދު އިތުރު ހަތަރު ތަނެއް މޮނީޓަރިންގގެ ހާލަތުގައި އެބަ އޮތް ކަމަށެވެ.

އެ ހަތަރު ތަނަކީ

މ. ވީނަސް

މ.ފްލައިޓް ވިއު

ހ ޕާކް ސައިޑް

މާލެ ސްކޮޔާ

އެ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް އަޒީޒް ވިދާޅުވީ، ކާށިދޫ މޮނީޓިރިންގ ހާލަތުން އާއްމު ހާލަތަކަށް ގެނެސްފައިވާ ކަމަށާއި، އަދި އެކަހެރި ކުރަން ޖެހޭ ފަރާތްތައް އެކަހެރިކޮށްފައިވާ ކަަމަށެވެ.

އަދި މިވަގުތު މޮނީޓަރިންގގެ ހާލަތުގައި ހުރީ ޖުވެލި މޯލްޑިވްސް އާއި، ބޮޑުފުށި ރިސޯޓުގެ ކޮންސްޓްރަކްޝަން ސައިޓާއި، މޯލްޑިވިއާނާ ސަފާރީ ކަމަށެވެ.

މީގެ ކުރިންވެސް މާލެ އާއި ހުޅުމާލޭގެ 22 ތަނެއް މޮނީޓަރިންގ ހާލަތަށް ގެނައެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވަނީ ފައްސިވި މީހުންނާ އެއްވެސް ވަރަކަށް ކޮންޓެކްޓްވެފައި ހުރި ނަމަ، ލަސްނުކޮށް ވީހާވެސް އަވަހަށް ކަމާބެހޭ ފަރާތްތަކަށް އެންގުމަށް އެދިވަޑައިގެންފައެވެ.

މާލެ އިންމިހާތަނަށް އަށް މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. މިއާއެކު މި ބައްޔަށް ފައްސިވި ދިވެހިންގެ އަދަދު 13އަށް އަރާފައިވާއިރު، ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 28 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު