މާލެ ސިޓީގައި 24 ގަޑިއިރު ޑެލިވަރީ ހިދުމަތް ދެވޭ ގޮތް ހަދައިފިއެވެ.
ފުލުހުން މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ގިނަ އަދަދެއްގެ ޕެންޑިން ޑެލިވަރީތަކެއް ހުރުމާއި އެކު ޑެލިވަރީ ކުރުމަށް ދީފައިވާ ވަގުތަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އެގޮތުން މިހާރު ޑެލިވަރީ ކުރުމުގެ ވަގުތު ވަނީ 24 ގަޑިއިރަށް ބަދަލުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މާލެ ސިޓީގައި ޑެލިވަރީގެ ހިދުމަތް ދިނުމަށް ފުލުހުން މީގެކުރިން ކަނޑައަޅާފައިވާ ވަގުތަކީ ހެނދުނު 9:00 އިން މެންދުރު 2:00 އަށް އަދި ހަވީރު 3:00 އިން އިރުއޮއްސި 6:00 އަށް އަދި ރޭގަނޑު 8:00 އިން 11:00 އާ ހަމައަށެވެ. ހިދުމަތް ދެވޭނީ ފުލުހުން ދޭ ހާއްސަ ހުއްދައެއް ލިބިފައިވާ ފިހާރަތަކަށާއި ކެފޭ ރެސްޓޯރެންޓު ތަކަށެވެ.
މާލެ ސިޓީގައި 24 ގަޑިއިރު ޑެލިވަރީ ހިދުމަތް ދެވޭ ގޮތް ހަދާފައި މިވަނީ ޑެލިވަރީގެ ހިދުމަތާއި ގުޅިގެން އާއްމު ރައްޔިތުންގެ ފަރާތުން އެތައް ޝަކުވާތަކަކާއި ކަންބޮޑުވުންތަކެއް ފާޅު ކުރަމުން އަންނަ ވަގުތެއްގައެވެ.
ގިނަ ބަޔަކު ބުނާ ގޮތުގައި ދީފައި ހުރި ނަންބަރުތަކަށް ގުޅިޔަސް ފޯނު ނަގަނީއެއް ނޫނެވެ. އެހެން ބައެއް ފޯނުތައް އޮންނަނީ ނިއްވާލައިފައެވެ. ބައެއް ފިހާރަތަކުން އޯޑަރު ނެގުމަށް ފަހު، ހަބަރެއް ނުވެ އެތައް ގަޑިއިރެއް ވެއްޖެއެވެ. އެއް ގަޑިއިރުތެރޭގައި ޑެލިވަރީކޮށްދޭނެ ކަމަށް ބުނި ނަމަވެސް، އެ ހިދުމަތް ނުދީ އެތައް ގަޑިއިރެއްވެއްޖެއެވެ.
މާލެ ސިޓީގައި ޑެލިވަރީގެ ހިދުމަތް ދިނުމަށް ނިންމާފައިވަނީ މާލެއިން މިދިޔަ ބުދަ ދުވަހު ކޮވިޑް19 އަށް މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން މާލެ ސިޓީ ފުރަބަންދު ކުރުމާއި ގުޅިގެންނެވެ.
ޔޭ
ތިދައްކާ ވާހަކައިގެ އިތުބާރު އޮތް ހިސާބެއް ބަލަން ރަމަލުޖަހާ މީހެއްގެ ކައިރިއަށް ދާންމިއުޅެނީ!
ޙެދުނުން ފެށިގެން މިގުޅަނީ އަދި އެއްވެސްތަނަކުން ފޯނެއް ނުނަގާ ބިޒީވެފަ
މމާ އޮގަނައިޒް ކަމަށްހަދައިގެން ނޫސްތަކުގަ މޮޅުވާހަކަ ނުޖަހަބަލަ. ހަރާމޭ ތިޑެލިވަރީކުރާއެއްވެސް ތާކުން އޯޑަރެއް ފޯނެއްނަގާނަމަ. ނުވަންޏާ ގޭދޮށު ފިހާރަތަކަށް ތިކަންކުރަން ހަވާލުކޮށްބަލަ. ވަކިބަޔަކު ނަގައިގެން ވާކަމެއް ހަރާން. ދެދުވަސްކުރިން އޯޑަރުކުރި އެއްޗެހި ވީތަނެއްނޭންގެ. އޯޑަރު ނަގާތަނެއް މިމާލެޔަކުނެތް.
މާލޭގެ މާހައުލު އޮތްގޮތުން 24 ގަޑި އިރު ޑެލިވަރީ ކުރުމަކީ ނުރައްކާތެރިކަމެއް. ރޭގަނޑުގެ ވަގުތުތަކުގައި ޑެލިވަރީކުރުމަކީ މީހުން މަގުމައްޗަށް އިތުރުވުމާއި އަދި ކުށުގެ މާހައުލު އިތުރުވުމަށް ލިބޭ ފުރުސަތެއް. ދުވާލުގަޑީގައި ފިހާރަތަކުން ގޭގެއަށް ޑެލިވަރީކުރުމަށް ފުރުސަތުދީފައި، ރޭގަނޑުގެ ވަގުތުތަކުގައި ހޯލްސޭލްކުރާ ފިހާރަތަކުން ކުދި ރީޓެއިލް ފިހާރަތަކަށް ޑެލިވަރީ ކުރުމާއި، ޓީޖެޓީން ރިސޯޓްތަކަށާއި ނޯތްހާބަރުން ރަށްރަށުގެ ބޯޓްތަކަށް ޑެލިވަރީ ކުރެވޭނޭގޮތް ހެދުމަކީ ރަށުތެރެ ތޮތްނުޖެހި ބާރުކުޑަކޮށް ޑެލިވަރީ ނިޒާމް ހަމަޖެހިގެންދާނެކަމައްކަމަށްދެކެން.