ސްރީލަންކާގެ ދަ ކެޕިޓަލް މަހާރާޖާ އޯގަނައިޒޭޝަން (ޓީސީއެމްއޯއެލް) ގެ އަހަރީ ޖަލްސާގައި މެހުމާނެއްގެ ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ތަގުރީރު ކުރައްވަން ފުރުސަތު ދެއްވުމުން މައުޟޫ އަބުރާލުމަށް ފަހު ރާއްޖޭގައި މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ވާހަކަ ދައްކަވައިފިއެވެ.

ސްރީލަންކާގެ ދަ ކެޕިޓަލް މަހާރާޖާ އޯގަނައިޒޭޝަން އިން ރައީސް ނަޝީދު އަށް ދައުވަތު އެރުވީ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން ވާހަކަ ދެއްކެވުމަށެވެ.

ޓީސީއެމްއޯއެލް ގެ އަހަރީ ޖަލްސާގައި އިއްޔެ ކުރެެއްވި ތަގުރީރަށް ފަހު ބައެއް ސުވާލުތަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ ވާދަ ކުރައްވަން ފުރުސަތު ލިބިވަޑައިގަންނަވާނެ ކަަމަށާއި އިންތިހާބު ކާމިޔާބު ވެސް ކުރައްވާނެ ކަމަށެވެ.

"އިންތިހާބުގައި އަދި އޮތީ އަޅުގަަނޑަށް ވާދަ ނުކުރެވޭ ގޮތަށް. ދެން އެންމެ ފަހުން އެމީހުން ބުނާނެ އަޅުގަނޑަށް ވާދަ ކުރެވޭނެއޭ. އަދި އަޅުގަނޑު އުއްމީދު ކުރަނީ އަނެއްކާވެސް އިންތިހާބު ކާމިޔާބު ކުރަން،" ނަޝީދު ވިދާޅުވިއެވެ.

އިންތިހާބުގައި ވާދަކުރެވޭނެ ކަމަށް ނަޝީދު ވިދާޅުވި ނަމަވެސް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ނަޝީދުގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާތީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ނަޝީދަށް ވާދަކުރެއްވުމުގެ ފުރުސަތު ގާނޫނީ ގޮތުން ވަނީ ބަންދުވެފަ އެވެ.

ދާދި ފަހުން އދގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން ރައީސް ނަޝީދަށް އިންތިހާބުގައި ވާދަ ކުރެވެން ޖެހޭނެ ކަމަށް ނިންމާފައިވާއިރު މި ނިންމުން ބަލައި ނުގަންނަ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ހަބީބު

    ނަސީދުގެ މައްސަލައަކީ އެއީ

  2. ޙަމޭ

    މައުލޫއަކީ ކޮންޗެއް ކަމެއް ނޭންގޭ ކިހިނެއް ދެން ހަދާނީ މިވަރު މީހުން ވެރިކަމައް އަރުވަން މިއުޅެނީ.

  3. މަހަށްދޭބަލަ

    އިންތިހާބުގަައި ވާދަކުރަން ފަހު ވަގުތު ފުރުސަތު ލިބޭނެ ކަމަށް ތަމެން ކެނެރީގެ ނަޝީދު ބުންނަސް ފަހު ވަގުތުގައި ވެސް ކުޅަދާނަ އެއް ނޫނޭ ތަމެންނަށް މަމެން ޕިންކީންގެ ވެރިކަމުގައި ރިޔާސީ އިންތިޚާބުގައި ވާދަ ކުރަން ޖާގަ ހޯދަން. މީ ރައީސް މައުމޫނުގެ ވެރިކަމެއް ނޫން މީ ރައީސް ވަހީދުގެ ވެރިކަމެއް ވެސް ނޫން މީ މަމެން ޕިންކީންގެ ވެރިކަން. ތަމެން ނަށް އެކަން މިހާރު ރަނގަޅަށް އިނގޭނެއެއް ނޫންތޭ. ކުޅަދާނަ އެއް ނޫން ތަމެންނަށް މަމެންގެ ސަރުކާރު މެދުވެރިކޮށް ތަމެންނަށް ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބެއް ގައި ބައިވެރިވާން. މިރާއްޖޭގައި ރިޔާސީ އިންތިޚާބު ވެސް ބާއްވާނެ ބާއްވާނީ ވެސް ރައީސް ޔާމީން އެކަނި ކެންޑިޑޭޓަކަށް ނެރެގެން އެހެން އެކަކު ވެސް ނުހުންނާނެއޭ. ތަމެން ނަށް މިކަމުގައި ކުރެވޭނެ ކުރާނެ އެއް ކަމެއް ވެސް ނޯންނާނެއޭ. ސިފައިން މެދުވެރިކޮށް ވެސް އަދި ފުލުހުން މެދުވެރިކޮށް ވެސް މަމެންގެ ވެރިކަން ވައްޓާ ނުލެވޭނެއެވެ. އެއީ ވާނެ ކަމެއް ނޫނެވެ. ތަމެން ރަންރީނދޫ ޓްވިޓަރޭ މެން މަހަށް ދޭބަލަ މަަހަށް މަހަށް މަހަށް މަހަށް ދޭބަލަ..

  4. ރެޓޭ

    ވެރިކަމާހެދި މޮޔަވެފަ. މަރުމަތީގަވެސް ގޮވާނީ "އިންތިޚާބު އިނތިޚާބު މަގޭ ވެރިކަން މަމީ ރައީސް" މިހެން

  5. ކަޅޭ

    މީ ލަދު ހަޔާތް ކުޑަ މީހެއް ތިއޮތީ ހޮވިފަ

  6. މަހަށްދޭބަލަ

    ރިޔާސީ އިންތިޚާބުގައި ވާދަކުރަން ފަހު ވަގުތު ފުރުސަތު ލިބޭނެ، ކާމިޔާބު ވެސް ކުރާނަން ކަމަށް ކެނެރީގެ ނަޝީދު ބުނާނަމަ އޭގެ ދެކޮޅަށް ވިސްނަންވީ ޔަގީން އެމެން ވާނީ ފެއިލް ކަން. ކަން މިހެން ހުރުމުން ދެން ރިޔާސީ އިންތިޚާބު މަތިން ތަމެން ރަންރީނދޫ ޓްވިޓަރޭ މެން ހަނދާން ނައްތާލާ ރަށުތެރޭން އެހެން ކަމަކާއި ގެން އުޅެގަ އެއިރުން މާ ތާހިރުވާނެ އެއް ނޫންތޭ. މަހަށް ދޭބަލަ ދެން. މަހަށް މަހަށް މަަހަށް ދޭބަލަ..

  7. ހައިހޫނު

    ތިއޮތީ ހޮވިފަ ދެން ހުވާކުރޭ ލަންކާގެ ރައްޔިތުންގެ ކުރިމަތީގަ އޭރުން އީޔޫ އިންބުނާނެ ތީރާއްޖޭގެ ރައީސޭ.

  8. މަހަށްމަހަށް

    ރިޔާސީ އިންތިޚާބުގައި ވާދަކުރަން ފަހު ވަގުތު ފުރުސަތު ލިބޭނެ، ކާމިޔާބު ވެސް ކުރާނަން ކަމަށް ތަމެން ބުނި ނަމަވެސް ތިޔާއީ ކަނޑުގައި އަޅާލާ ރޮނގު ތަކެއް ނޫންތޭ ތަމެން ބުންނެއް ނޫންތޭ ޖީއެމްއާރު ވެސް ނުބޭލޭނެއޭ އެމެން ސޯޓަށް ދަންދެން ބާލާ ނަގާ އެއްލާލާފައެއް ނޫންތޭ އެހެރީ. ކޮޒް މަމެން ޕިންކީން މީ ތަމެން ބަލި ގަންނުވާލުމުގައި ވަރަށް ބޮޑެތި މީހުންނޭ ބިކޮޒް މަމެން ނަކީ މީ އިދިިކޮޅު އެމްޑީޕީން ފެބް އެކެއްގައި ގެންނަން އުޅުނު ބަގާވާތް ނާކާމިޔާބު ކޮށްލާ އެމެން އަތަށް އެކަން ގޮއްވާލުމުގައި ވޯލްޑް ރިކޯރޑް ފޮތުން ޖާގަ ހޯދި ހަމަ އެކަނި މީހުންނޭ. ބޫމް ބޫމް އޯއް އޯއް އޯއް ތަމެން ނަކީ އެއީ ގިއްގެޅެން ދެން ބަލި ވެފައި ތިބި ބަޔެކޭ މިއަދު ރަންރީނދޫ ޓްވިޓަރޭ މެންނޭ އޯއް އޯއް ތަމެން ވަނީ މިއަދު ގިއް ގެޅެން ދެން ބަލިވެފައެއް ނޫންތޭ. އައި ޓްރައި ޓު ކޮންސެންޓްރޭޓް އޮން ޔުއަރ ލޫޒިންގް ގޭމްސް. އޯއް އޯއް އޯއް ބޭބީ ތަމެން ޕާރޓީގެ ނަމެއް ވެސް ނޯންނާނެއޭ ދެނެއް މަހަށް ދާށޭ މަހަށް ދާށޭ މަހަށް ދާށޭ ދެން މަހަށް ދޭބަލަ..

  9. މަހަށްމަހަށް

    ހަމަ ތެޅި ތެޅި ތިބެން ޖެހޭނީ ތަމެންގެ ނަމެއް ނޯންނާނެ 2018 ގެ ރިޔާސީ އިންތިޚާބުގެ ކެންޑިޑޭޭޓުންގެ ލިސްޓްގައި. ތަމެން ތިޔާ ގޮތަށް ބުންޏެއް ނޫންތޭ ޖީއެމްއާރުވެސް ނުބޭލޭނެއޭ ނުބޭލޭތޭ އެއޮތީ ބާލާފައި. މަހަށް ދޭބަލަ ދެން. މަަހަށް މަހަށް މަހަށް މަހަށް ދޭބަލަ..

  10. ހުސޭނުބޭ

    ހަމަހޭގައި ނުހުންނަ ވަގުތުކޮޅަކާ ދިމާވީމާ ވީގޮތް އެއީ.

  11. މުހައްމަދު

    ކީތްކުރާނީ . މީހާހުރީ ވެރިކަމާހުރެ މޮޔަވެފައި

  12. ދަބަދާ

    ކެނެރީގެ ނަޝީދުގެ ވެރިކަމުގައި އޭނާ އަށް ކަން ކުރަން ނޭނގި އަދި އޭނާގެ ކިބައިގައި ގައުމު ދެކެ ލޯބި ވުމުގެ ކުޑަވެސް ނިޝާނެއް ނެތުމުން އޭނާ ކަޓް ކާން ވެގެން ޖީއެމްއާރަށް ވިއްކާލީ ހުޅުލެ އެއާރޕޯރޓް އަދި އޭނާ އަށް ބައި އެޅޭ ގޮތަށް މާލޭގެ ޕަބްކލިކް ޓްރާންސްޕޯރޓް ނިޒާމް ހަވާލު ކުރީ ތާކުން ތާކު ނުޖެހޭ ދަ ކިއްލި ތަޅާ ގްރޫޕް އާއި އޭ އެހެން ވެގެންނޭ އެނިޒާމް ފެއިލް ވީ. މާލެ ސަރަަހައްދުގައި ޕަބްލިކް ޓްރާންސްޕޯރޓް ޚިދްމަތް ދެވޭނީ ހަމަ އެކަނި ސަރުކާރުގެ ކުންފުނި ތައް އެގޮތުން މާލެ ސަރަހައްދުގެ ޕަބްލިކް ލޭންޑް ޓްރާންސްޕޯރޓް ނިޒާމް މިހާރު އެެއޮތީ އެމްޕީއެލް އާއި ހަވާލު ކޮށްފައި އެކުންފުނިން އެކަން ކުރަމުން އެދަނީ ލާރޖް ކޮށް ޔޫ ވިލް ސީ ދަ ފެންޓާސްޓިކް ރިޒަލްޓް ސޫން. ތަމެން ގެ ވެރިކަމުގައި ކަންކަން ކުރަން ނޭނގި ކަޓް ކާލައިގެން ކަނޑު ފައްތާ ފިލްމް ކުޅުނަސް މަމެން އެެގޮތަށް ކަންކަން ނުކުރާނަމޭ ހަމަ ހުވައޭ މިބުނީ މާލޭގެ މަގުތަކަކީ ސިންގަޕޯރގެ ސެންތޯސާގެ މަގުތަކަށް ހަދާނަމޭ މަމެން ޕިންކީންގެ ވެރިކަމުގައި. ރަންރީނދޫ ޓްވިޓަރޭ ދެން ސީލަބަލަ ސީލާ ސީލާ ސީލާ ސީލާ ދަ ސީލާ. ބަދާ ބަދާ ބަދާ ކަޅަ ބަދާ ވަލި ބަދާ ދަ ބަދާ...

  13. ރުޒާނާ ޗޮއްޕަޓު

    އެފަކީރު ވެރިކަމާހުރެ ބޯ ގޮވާފަ ހުރީމަ އެހެން ވެދާނެނު. އެވަރު ކަމެއްތަ އެއީ؟