މާލެ އިން ކޮވިޑް-19 އަށް ފަހުން ފައްސިވި ދެ މީހުންނަކީ، ފައްސިވި މީހަކާއި ބައްދަލުވި ބައެއް ނޫންކަަމަށް ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

މިހާރު ދަރުބާރުގޭގައި އޮންލައިންކޮށް ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ މެޑިކަލް އޮފިސަރ ޑރ. ނަޒްލާ ވިދާޅުވީ، މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން އެއް ކޭސްއަކީ ރާއްޖެއިން 23 ވަނަ އަށް ކޮވިޑް-19 ޖެހުނު މީހާއާ އާއި ގުޅުން ހުރި ކޭސްއެއް ކަމަށެވެ. އަދި މިއަދު ފައްސިވި އަނެއް ދެ ކޭސްއަކީ މިހާތަނަށް ފެނުނު ކޭސްއަކާއި އިތުރު ގުޅުމެއް ހުރި ކަމަށް ފާހަގަކުރެވޭ ދެ ކޭސް ކަމަށް ފާހަގަކުރެވިފައި ނުވާ ދެ ކޭސް ކަމަށެވެ.

އަދި މި ދެ ކޭސްގައިވެސް ބަލި އެރި ގޮތް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ، މިވަގުތު ތިން ކްލަސްޓާއެއް އުޅޭކަން ފާހަގަކޮށްފައެވެ.

"އެއީ މާލެއިން ފުރަތަމަ ފެނުނު ކޭސްއާއި ގުޅުން ހުރި އެބައުޅޭ 5 ކޭސް، އެތަނުން އެއް ކޭސްއާއި ރިލޭޓެޑް އެއް ކޭސް، އެއީވެސް ކްލަސްޓާއެއްކަމަށް ބަލާަފައި، އޭގެ އިތުރުން، މިއަދު އަޅުގަނޑުމެންނަށް ފެނުނު ވަކި ދެ ކޭސް، އެއީ އެއްވެސް ކަހަލަ ގުޅުމެއް ކޭސް ތަކުގެ ތެރޭގައި ނުފެންނަ ދެ ކޭސް". ނަޒްލާ ވިދާޅުވިއެވެ.

އިތުރު ތަފްސީލް އަންނަނީ...

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޏަމްޏަމް

    ޢެ ވެދާނެ ފައްސިވި މީހާ ބީހުނު ސަރަހައްދެއްގަ އަތްލީކަ މަށް.

    17
  2. ހާލަތު

    ކީއްވެގެން ހޭ ރިޒޯޓު މުއައްޒަފުން ރިޒޯޓުން ބާލާފަ މާލެއަށާ، ރަށްރަށަށް އެރުވީ ޓެސްޓް ނުކޮށް އަދި މަދުވެގެން ސާޅީސް ފަސް ދުވަސް ނުކޮށް، ސާދަ ދުވަސް ފަހުންވެސް އޭގެ އަލާމާތް ފެންނަމުން އެބަދޭ، އަބަދު ނޫސް ކޮންފަރެންސުން ނުފުދޭ!

    23
    1
  3. ޑައެލޯގް

    ކޮބާ ތިޔާބޭފުޅުންގެ ތައްޔާރީތަކަށް ހަމަސުމެއް

    26
    1
    • ސުން

      ތައްޔާރުވިނަމަތާ. ލިބުނު ހުރިހާ އެހީއެއް ބަނޑުއަޅާނެ ގޮތްތައް ހޯދީ. އެއީ ކުރި ތައްޔާރީއަކީ. ދެން މިތިބަ ދެމީހުން ދެއިރު ދެދަޅަށް އެކައްޗެއް ކިޔައި ރައްޔިތުން ގުބޯ ހައްދަން ޓީވީއަށް އަރާނެ. އެއީ މިހާތަނަށް ކުރެވުނު ކަންކަން.

  4. މަރުމޯލު

    ޤަބޫލެއް ނުކުރެވޭނެ ތި ވާހަކަތަކެއް ، ދުނިޔޭގައި ބަލި އެވަރަށް ފެތުރުނުއިރު އޭރު ރާއްޖެއަކުނެތް ، އެކަމަކު ބޭރުގައި ތިބި ބަޔަކު ރާއްޖެއަންނަން ފެށިފަހުން މިކަމެއް މިފެށުނީ ، ހަޤީގަތް ހާމަކުރޭ

    13
    1
  5. ޢަލިބެ

    ބަލިއެރުމަށް ބަލިހުރިމީހަކާ ސީދާ ގާތުން ބައްދަލުނުވިޔަސް ވައިރަސް ހުރިމީހެއްގެ ކިބައިން ކިނބިއްސަކުން ނުވަތަ ކެއްސުމަކުން ވިރަސްގޮސްފައި ހުރިތަނެއްގަ އަތްލެވިދާނެދޯ. ސީދާ ނުގުޅުނަސް މިވައިރަސްއާ ބެހޭ މަޢުލޫމާތައް ބަލާއިރު މިވައިރަސް އެހެންގޮތަކުން އަރާކަމަކަށް އަދި ހާމަކުރެވޭ މަޢުލޫމާތަކުން އެނގޭކަށްނެތް.