ހުޅުމާލޭގެ ދެ މާޓަކާއި ސެލޫނަކުން ރޭގެ ވަގުތެއްގައި ވައްކަން ކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހުޅުމާލޭގެ ދެ މާޓަކާއި ސެލޫނަކުން ރޭގެ ވަގުތެއްގައި ވައްކަން ކޮށްފައިވާ ކަމަށާއި، އެ މައްސަލަތައް ފުލުހުން ބަލަމުންދާކަމަށެވެ. އަދި އެ ތިން ތަނުންވެސް ވަގުން ފައިސާ ގެންގޮސްފައިވާކަމަށާއި މިހާތަނަށް މި މައްސަލަތަކުގައި މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

ރޭގެ ވަގުތެއްގައި ވައްކަން ކޮށްފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާކް ކައިރީގައި ހުންނަ ތިން ތަނުން ކަމަށާއި، މައްސަލައިގެ ތަހްޤީގު ކުރިއަށްދާތީ އިތުރު މައުލޫމާތު ދެވެން ނެތްކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ހުޅުމާލޭގެ ތިން ތަނަކުން ރޭގެ ވަގުތެއްގައި ވައްކަން ކޮށްފައި މިވަނީ، ހުޅުމާލޭގައި ހުންނަ ކުންފުންޏެއްގެ އޮފީހަކަށް ވަގަށް ވަދެ، އެއޮފީހުގެ ތިޖޫރި ހަލާކުކޮށްލައިގެން މިދިޔަ ބުދަ ދުވަހުގެ ރޭ ވައްކަން ކުރަން އުޅުނު ދެމީހުން ފުލުހުން ހައްޔަރުކޮށްފައިވަނިކޮށެވެ.

ހުޅުމާލޭގައި ވައްކަމުގެ މައްސަލަތައް އިތުރުވަމުންދާ އަންނާތީ ހުޅުމާލޭ ޕޮލިސް ސްޓޭޝަނުން ހާއްޞަ އޮޕަރޭޝަނުން ހިންގާކަން ފުލުހުން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ތަހުގީގް

    ހުޅުމާލެ އިން ވައްކަން ކުރަނީ ހުޅުމާލޭގައި ތިބޭ ފުލުހުން ގެ ދޯ ހަޅިކަމުން އެތާ ހުންނަ އެންމެ އިސް ވެރިމީހާ ލޮލަށް ނުފެނޭ ރޭގަނޑު ހަވީރު ތިނެއް ޖެހީމާ ވެރިން ދިޔައީ ދެން ނިމުނީ އަނެއްކާވެސް އަނެއް ދުވަހު އަންނާނީ ދެން ތިބޭ ކުދިން އުޅޭނެ ގޮތަކަށް އުޅެންވީ މީ ރިއަލިޓީ އަކީ

  2. ތަހުގީގް

    އެތާ ތިބި ވެރިން ނޫޅޭ އެކަން ރަނގަޅު ކުރާކަށް އެކްސިޑެންޓް އެވަރު ވައްކަން އެވަރުަ ދެ މީހަކު ގޮޅި އަށްލާފަ ވެރިންނަށް ފޮޓޯ ފޮނުވުނީމަ ނިމުނީ