މާލޭގައި ޑެލިވަރީގެ ޚިދުމަތަށް ސިފައިން ނިކުމެއްޖެ އެވެ.

އެކަން ހާމަކޮށް ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ވިދާޅުވީ، ގެތަކަށް ޑެލިވަރީ ހިދުމަތް ދިނުމަށް އެސްޓީއޯއަށް އެހީތެރިވުމުގެ މަސައްކަތް ސިފައިން ކުރަމުން އަންނަ ކަމަށެވެ.

ޑެލިވަރީ ހިދުމަތަށް ސިފައިން ނުކުތްއިރު، މިހާރު މާލެ ސަރަޙައްދުގައި އޮތީ 24 ގަޑިއިރު ޑެލިވަރީ ހިދުމަތް ދެވޭނެ ގޮތަށް ހުއްދަ ދީފައެވެ.

ޑެލިވަރީގެ ހިދުމަތް ދިނުމަށް ފުލުހުން މީގެކުރިން ކަނޑައަޅާފައިވާ ވަގުތަކީ ހެނދުނު 9:00 އިން މެންދުރު 2:00 އަށް އަދި ހަވީރު 3:00 އިން އިރުއޮއްސި 6:00 އަށް އަދި ރޭގަނޑު 8:00 އިން 11:00 އާ ހަމައަށެވެ. ނަމަވެސް މިހާރު ޑެލިވަރީ ކުރުމުގެ ވަގުތު ވަނީ 24 ގަޑިއިރަށް ބަދަލުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ފުލުހުން ވިދާޅުވެފައި ވަނީ މިގޮތަށް ޑެލިވަރީ ގަޑިއަށް ބަދަލު ގެންނަން ޖެހުނީ، ގިނަ އަދަދެއްގެ ޕެންޑިން ޑެލިވަރީތަކެއް ހުރުމުން ކަމަށެވެ.

މާލެ ސިޓީގައި 24 ގަޑިއިރު ޑެލިވަރީ ހިދުމަތް ދެވޭ ގޮތް ހަދައި، ސިފައިން ޑެލިވަރީ ހިދުމަތަށް ނެރެފައި މިވަނީ، ޑެލިވަރީގެ ހިދުމަތާއި ގުޅިގެން އާއްމު ރައްޔިތުންގެ ފަރާތުން އެތައް ޝަކުވާތަކަކާއި ކަންބޮޑުވުންތަކެއް ފާޅު ކުރަމުން އަންނަ ވަގުތެއްގައެވެ.

މާލެ ސިޓީގައި ޑެލިވަރީގެ ހިދުމަތް ދިނުމަށް ނިންމާފައިވަނީ މާލެއިން މިދިޔަ ބުދަ ދުވަހު ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން މާލެ ސިޓީ ފުރަބަންދު ކުރުމާއި ގުޅިގެންނެވެ. ކޮވިޑް-19 އާއި ގުޅިގެން ފާއިތުވެދިޔަ 2 ދުވަހު މާލެ ފުރަބަންދަށް ގެންގޮސްފައި ވާއިރު، އެ މުއްދަތު އިތުރު 14 ދުވަހަށް ދިގުދެންމުމަށް ސަރުކާރުން މިއަދު ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އިބްރާހިމް

    ބަންގާޅިން މަގުތަކުގައި އުޅެނީ 14 ދުވަސް ކަރަންޓީންއަށް ދާން ބޭނުންވެގެންނޯ.. ރަގަނޅަން
    ކާންލިބިފަ ފަސޭހައިން ހުރެވެޔޯ

    18
    2
  2. އުސައިދު

    ސާބަހޭ މިނިސްޓަރ އަމީން ..ސާބަހޭ ސިއްހީ ޚިދުމަތް ތެރިންނާއި ސިފައިންނާއި ފުލުހުންނަށް ❤

    34
    3
    • ސާބަސް ސަރުކާރު

      ހޫ ސާބަސް ދީދީ ތިބޭ.. މަގު މަތިވެ ބަނޑަށް ޖެހި ދެލޯބޮޑުވެފަ އެއް މެން މިތިބީ..ކަލޭ މެންތިބޭ ސާބަސްދޭން..އަ މީންއަށް ހަ މަ ސާބަސް ދޭންޖެހޭ މާލެތެރެއަށް ވައިރަސް ސަޕްލައިކޮއްދިނީ މަ.. މާރިޔާއަށް ސާބަސްދޭންޖެހޭ ސިފައިން ނިދިނަގާލާފަ ހުއްޓު މެނެތި އާއިލާއަށް ވާގޮތެނޭގި ސިފައިން ގޭނެނީ...

      • ޔާންޓެ

        ކަލޭމެން އޭރު ބޭރުމަތީގަ ދުވެދުވެފަ މުޅި މާލެތެރެއަށް ބަލި ފަތުރާފަ މިހާރު ދެން ކީކޭ ކިޔާކަށް

  3. ޙޭލާ

    ޜޭގަި ނޫސް ކޮންފަރެސްގައި ސިފާބުނި ޑެލިވަރީގެ މައްސަލައެއް އުޅޭކަމަަށް ފާހަަގައެއް ނުކުރެވެއޭ ، މީހުން އެހާ ކަންބޮޑުވެެގެންވެސް ނޫޅެޔޭ ، ދޮގުހެދުންތޯ އެންމެ މޮޅު ކަމަކީ ، މަބުރޫކު ބުނާހެން ޖަވާބެއް ނުދެވޭނެ އެއްވެސް ސުވާލެއްނެތް، ކޮންމެސް އެއްޗަކުން ފުއްދާލެވޭނެ

    20
    2
  4. ޝުކުރިއްޔާ

    ސޯލްޖަރސް އިން އެކްށަން! ރެސްޕެކްޓް!

    23
  5. ފިކުރު

    އަވަސް ދިޔަވަޅުތައް އަޅައި މީސްތަކުން ގެ ތަކުގައި މައިތިރި ކުރުވަންޖެހޭ ސިފައިންނާ ފުލުހުންނާ އެކަށޭނެ އާން މުން ވޮލަންޓިއަރ ގޮތުގައި ނެރެ ޑެލިވަރީ ކުރު މަށް އިންތިޒާ މު ކުރެވޭނެ. ކަން މަތި ފިހާރަތަކަށް ވަގުތުން ފުލުހުން ފޮނުވާ މާސްކު އަޅުވައި ގައިދުރު ކޮށް ކިޔު ހަދުވަންވީ މިކަން ހަ މަޖެއްސެންވާނެ 2 ގަޑިއިރުތެރޭ

    18
  6. ދޮންބެ

    މިފަދަ ކޮންމެ ދަނޑިވަޅެއްގައި ސިފައިން ދައްކާ ހިއްވަރަށް ސާބަހާި އައްސަރިބަސް ރައްދު ކުރަން . ހިތާމައަކީ ދިވެހިން ވަރަށް އަވަހަށް އެކަންކަން ހަނދާން ނެތޭކަން.

    58
  7. ޖިން

    މިވަރުން ކަންތައް ކޮއްދޭއިރުވެސް ޝުކުރު ނުކުރޭ

    13
  8. އެންޒީ

    Al hamdulillaah, mikahala nurakkaatheri dhandivalhehgaves rayyithunnah takaa nikume rakkaatheri gothuga bas naahaa ulhuhvaa rayyithunnahkaaboa thakethi foaru kohdhinumah thi kurahvaa oagaatheri masaikathuga Allaah SW barakaai lahvavaa heyo dharuma thiya enmeha beyfulhunnah dhehvaashi adhi enmehaa rayyithunnah mikamuga rakkaatherikan Allaah minvaru kurahvaashi. Adhi roadhi barakaai mi gaumuge binthakuga ithuru kurahvaashi; ♥️

  9. ޝުކުރިއްޔާ

    ސިއްހީޚިދު މަތްތެރިންނާ ފަރުދާގެ ފުރަގަހުގައި ރެއެއްދުވާލެއްނެތި މަސައްކަތްކުރާ ހުރިހާފަރާތްތަކަށްވ ފައްފަށުންވ ޝުކުރިއްޔާ!