ދުނިޔޭގެ އެހެން ޤައުމުތަކާއި އަޅާބަލާއިރު، ރާއްޖެއިން ކޮވިޑް-19 އަށް ފައްސި (ޕޮޒިޓީވް)ވި މީހުން، ބައްދަލުވެފައިވާ މީހުންގެ އަދަދު ގިނަ ކަމަށާއި، މިއީ ބިރުވެރި މަންޒަރެއް ކަމަށް ރައީސް އޮފީހުގެ އަންޑާ ސެކެރެޓަރީ އަދި ރާއްޖޭގެ ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މަބްރޫކް ވިދާޅުވީ، ރާއްޖެއަށް ފެނުނު ކޭސްތަކަށް ބަލާއިރުގައި މި ފެންނަ އެންމެ އުނދަގޫ މަންޒަރުތަކެއް ކަމަށެވެ.

"ރާއްޖެއަށް ފެނުނު ކޭސްތަކަށް ބަލާއިރުގައި މި ފެންނަ އެންމެ އުނދަގޫ މަންޒަރަކީ އާއްމު ގޮތެއްގައި ދުނިޔެގޭ އެހެން ގައުމުތަކާއި އަޅާ ކިޔާ އިރުގާ، އަޅުގަނޑުމެންގެ ތެރެއިން ފެނުނު ކޮންޓެކްސްޓް، ބައްދަލުވެފައި ތިބި މީހުންގެ އަދަދު ގިނަ". މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، އެހެން ގައުމުތަކުގައި އެވްރޭޖް ގޮތެއްގައި 30 ވަރަަކަށް މީހުންނާއި ކޮންމެ ދުވަހަކު ދިމާވާ ކޮންޓެކްޓްސް ތިބިއިރު، ރާއްޖޭގައި މި ފެންނަނީ 40 މަތީގައި ބައެއް ބޭފުޅުންގެ ކޮންމެ ދުވަހަކު ކޮންޓެކްޓް އުޅޭ ތަން ކަަމަށެވެ.

"ބިރުވެރި މަންޒަރެއް މިވަގުތު ފެންނަނީ، މިހާރާއި ހަމައަށް އައިއިރުގައި، މި ދެއްކުނު ހުރިހާ ވާހަކައެއް ދެއްކިފައި އޮއްވާ ކުރެވިފައި ހުރި ކަންތައްތައް ވިސްނާލީމަ އެތައް ބޭފުޅުންނަކަށް އިނގޭނެ އެއްވެސް ވަރަކަށް ބެލުމެއް ނެތި މީހުން ގިނަ އަދަދަށް އެއްވެ އުޅުން، ބުރު ޖަހަން ދިއުން، ދަންނަ މީސް މީހުންގެ ގެއަށް ދިއުން، އަދި މިހާރުވެސް މާލެ މަގުމަތި ބަލާލީމަ ފެންނަ މަންޒަރު، ހަމަ ޖެހިޖެހިގެން މީހުން ތިބޭތަން". މަބްރޫކް ވިދާޅުވިއެވެ.

 

މިއަދު އޮންލައިންކޮށް ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް - ފޮޓޯ: ރައީސް އޮފީސް

މަބްރޫކް ވިދާޅުވީ،ކަމެއް ޖެހުމުން ބޭރަށް ނުކުތް ނަމަވެސް، ދުރުދުރުގައި ތިބުން އެއީ ކުރެވިދާނެ ކަމެއް ކަމަށެވެ. އަދި މާސްކް އަޅައިގެން ނުކުތަސް މީހުން ސަލާމަތް ނުވާ ކަން އޭނާ ވަނީ ފާހަގަކޮށްފައެެވެ.

އެ ނޫސްވެރިންގެ ބައްދަލުވުން ނިންމާލަމުން މަބްރޫކް ވިދާޅުވީ، މިހާރު އޮތް ހާލަތަކީ އެންމެ ނުރައްކާތެރި ހާލަތެއް ކަމަށެވެ. އަދި އަޅުގަނޑުމެންގެ ތެރޭގައި މި ބަލި އުޅޭކަން އިނގޭ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

"މިކަމުގެ ސަމާލުވުން ކޮންމެހެންވެސް މުހިންމު". މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، މި ބަލި ފެތުރިފައި އޮތް މިންވަރު އަންދާޒާ ކުރެވޭ މިންވަރު މިރޭ ހާމަ ކުރެވޭތޯ ބަލާނެ ކަމަށެވެ.

"ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ތިޔަބޭފުޅުން އަމަލު ކުރަންވީ ގޮތަށް އަމަލު ނުކުރެއްވިއްޖެނަމަ މިކަމުގެ ނަމްބަރުތައް އަޅުގަނޑުމެންނަށް ނުހިފެހެއްޓޭ ހިސާބަށް ވުރެ މައްޗަށް ކޭސްތައް އިތުރުވެގެން ހިނގައިދާނެ". މަބްރޫކް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މި ފުރަބަންދު ހާލަތުގައި ކަންތައް ކުރަން ޖެހޭ ގޮތަށް ފަރުވާތެރިކަމާއެކު ކަންތައްކޮށްފިނަމަ ސަލާމަތުގެ އައްސޭރިއަކަށް ދިއުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

"އަޅުގަނޑުގެ އިލްތިމާސްއަކީ މިކަން މިިގޮތަށް ދެކިގެން މަސައްކަތް ކުރުން، ހަގީގަތުގައި ތިބޭފުޅުން ވިސްނަވަންވީ ހަމަ ކޮންމެ މީހެއްގެ ގައިގަވެސް މި ބަލި ހުރެދާނެކަން، އަދި ބަލިހުރި މީހަކު ހުރެެދާނެ ކަމަށް ދެކިގެން އަޅަން ޖެހޭ ހުރިހާ ފިޔަވަޅު ތިޔަ ބޭފުޅުން އަޅުއްވަން ޖެހޭ". މަބްރޫކް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހާލަތު

    ކީއްވެގެން ހޭ ރިޒޯޓު މުއައްޒަފުން ރިޒޯޓުން ބާލާފަ މާލެއަށާ، ރަށްރަށަށް އެރުވީ ޓެސްޓް ނުކޮށް އަދި މަދުވެގެން ސާޅީސް ފަސް ދުވަސް ނުކޮށް، ސާދަ ދުވަސް ފަހުންވެސް އޭގެ އަލާމާތް ފެންނަމުން އެބަދޭ، އަބަދު ނޫސް ކޮންފަރެންސުން ނުފުދޭ!

    12
    2
  2. ޢަހުމަދު

    ރާޢްޖެއަށް މިބަލި މިއައީ ސަރުކާރުން ބޭރުގައި ތިބި ދިވެހިން ގެންނަން ނިންމި ނިންމުމުގެ ސަބަބުން.

    13
    3
  3. ކާފ

    މމުޒާހަރާތައްހުއްޓުވިގޮތައް މަގުތައްވެސް ހުސްކޮއްދެއްވާ

    11
  4. ކޮކްޓެއިލް އަލިބ

    ން އެހެންވެއްޖެއްޔާ ކޮންބައެއް ދައްކާވާހަކަތޯ ގަބޫލްކުރާނީ ވިސްނަވާ މިޔޮއް ހުރިހާ ދުވަހުދެއްކި ވާހަކަ ގަބޫލް ކުރެވެމުންދިޔައީ ތިޔަ ޕޮޒިޓިވްމީހާ ފެންނަންދެން އެކަމަކު މިައަދަކުނެއް ގަބޫލްކުރެވޭކައް އެއީ މިގައުމުގައި ތިޔަބުނާ ވައިރަސް ހުރިމީހަކު ނެތިސް ކުއްލިޔަކައް މީހެއްގެ ފަރާތަކުން އެބަލިފެނި އޭނާޔައް އެބަލި ޖެހުނުގޮތެއް ނޭންގުނު އެކަމަކު މިގައުމުން މިހާތަނައް ބަލި ފެނިފައިވަނީ ބޭރުގައުމުތަކުން ރާއްޖެޔައް އައިބަޔެއްގެ ފަރާތުން ދެންކީއްވެގެންތޯ ކަަރަންތީނުކޮއް ތޭސްޓްކޮއް އެންމެން ދޫކޮއްލީމާ މިބަލިފެނުނީ މީއަރަތެއްތޯ މިކަމުގައި ސޯސަލް މީޑިއާ ތަކުގައި އެދައުރުވާ ވާހަކާގައި ކޮންމެވެސް ހަގީގަތެއްވޭ ތިޔަ ވިދާޅުވާ އެއްޗެއް ދިމަލެއްނުވޭ އެއީ 35 މީހުންނާއީ 40 މީހުންނައް އެއްދުވަހު ބައްދަލު ކުރެވޭނެ ގޮތެއް ނުވިސްނޭ 24 ގަޑިއިރު ތެރޭގައި ގަޑިއަކު މީހަކާ ބައްދަލުކުރިޔަސް 35 40 ހަމަނުވޭ އެހެންވީމާ ތިޔަ އަންހެންމީހާޔަކީ ވަރައް ކުޅަދާނަ މީހެއްތާ

    11
  5. މަގޭ ގައުމު

    އަސްލުވެސް ދިވެހިންނަކީ ވ ފަރުވާކުޑަ ބައެތް.ކިތަންމެ ރަނގަޅު ނަސޭހަތެއް މީހަކު ދިނަސް ގަބޫލެއް ނުކުރާނެ.

  6. ސާބިތު

    ކޮބާ އެއްކަލަ އެލެކްސް ކަލޭގެ މަޖިލިސް ނުބާއްވާންތަ..؟ އިއްޔެވެސް އުޅުނީ ހަރޑުވެރފިހާރަޔަށް ވަދެގެން..؟

    ކާފިއުއަށް ގޮންޖަހާފަ.. ތިމާވަރެއް ނެތިގެން.. މިހާރު ހޮރަށް ވަނީދޯ؟ އެގޮލާ ބިރުގަތީދޯ؟

    ރައީސަށާއި، ގާނޫނަށް އަދި އާންމު އުސޫލަށް ގޮންޖަހާ މިހާރު ބިރުން ފިލީ ދެންފެންނާނީ 10ވަރަކަށް ދުވަސް ކޮށްފަ އަނެއްކާ ހަޅޭއްލަވަނަް ފަށާނެ