ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލާނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މޮނީޓަރިންގ ހާލަތަށް ގެންނަ ރަށްތައް އެކަނި ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅެވެއްޖެއެވެ.

އެ މިނިސްޓްރީން ވިދާޅުވީ، މުޅި ރާއްޖޭގެ ހުރިހާ ރަށެއްގެ މިސްކިތުގެ ޖަމާއަތް މެދުކަނޑާނުލާ ކުރިއަށްގެންދިއުމަށް ދަންނަވާ ކަމަށެވެ. އަދި ޖަމާއަތް މެދުކަނޑާލާނީ އެޗްޕީއޭއިން މޮނީޓަރިންގ ހާލަތަށް ގެންނަ ރަށްރަށް އެކަނި ކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.

އަދި ޖަމާއަތުގައި ނަމާދު ކުރުން މަދުކަނޑާލަން ޖެހޭ ރަށްރަށް އިސްލާމިކް މިނިސްޓްރީން އަންގާނެ ކަމަށް އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

އެ މިނިސްޓްރީން މިގޮތަށް އަންގާފައި ވަނީ، މިއަދު އިރުއޮއްސި 6:00 އިން ފެށިގެން މުޅި ރާއްޖެ ފުރަބަންދު ކުރުމަށް ނިންމުމާއި ގުޅިގެން ބަޔަކަށް އޮޅުން އަރާފާނެތީއެވެ،

އިސްލާމިކް މިނިސްޓްރީން ކުރިން ވެސް އިރުޝާދު ދީފައިވާގޮތުން، ރަށަކަށް އަރާ ފޭބުން ސަރުކާރުން މަނާކޮށްފި ނަމަ، އެ ރަށެއްގައި ވެސް އެ ހާލަތު ދެމިއޮތްހާ ހިނދު ފަރުޟު ނަމާދުތަކާއި ހުކުރު ނަމާދުގެ ޖަމާއަތް މިސްކިތްތަކުގައި ނުހެދޭނެއެވެ.

މާލެއިން ކޮވިޑް19 އަށް ކޭސް ފެނިފައިވާެއިރު، މާލެ ސިޓީ އާއި ރިސޯޓްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރާ ގޮތަށް ނިންމި ނިންމުން މާދަމާ އަސްރު ނަމާދަށް ހަމަވާނެ އެވެ.

މިހާރު މާލެ ސަރަހައްދުވެސް އޮތީ 14 ދުވަހަށް ފުރަބަންދުކޮށްފައެވެ. އަދި މިއަދު ހުކުރު ހުތުބާ ވަނީ ސްޓޫޑިއޯއިން ލައިވްކޮށްފައެވެ.

ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލަނީ އެ ރަށެއްގައި ކޮވިޑް-19 ފެތުރުނަ ނުދިނުމަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ދަށުންނެވެ.

މި ހާލަތުގައި މިސްކިތްތަކުގައި ހަމައެކަނި ބަންގި ގޮވުމަށާއި ބަންގީގެ ފަހުގައި "ހުރިހާ އެންމެން ގޭގައި ނަމާދުކުރައްވަވާ،" މިގޮތަށް ގޮވުމަށް ވެސް އިސްލާމިކް މިނިސްޓްރީން ކުރިން ބުނެފައިވެއެވެ.

މިސްކިތްތަކުގައި ނަމާދު ނުކުރި ނަމަވެސް ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމަށާއި ސުންނަތް ނަމާދު ގިނަކޮށް، ގިނަ ގިނައިން ދުއާކޮށް އިސްތިގްފާރު ކުރުމަށް ހުރިހާ ރައްޔިތުންނަށް އިސްލާމިކް މިނިސްޓްރީން ނަސޭހަތްތެރިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ގަމު މީހާ

    މިހާރު އެގަހު ކޭލެއް މި ގަހު ކޭލެއް ނޭނގޭ ހިސާބަށް ދާއިރު އެކި ޢާއިލާތަކުން މީހުން މިސްކިތަށް ޖަމާވަމުން އެދަނީ...ޚާއްސަކޮށް އުނުރުން ދުވސްވީ ބޭފުޅުންވެސް....ދެން ކަރަންޓީން ކުރާއިރު އޮންނާނީ އެންމެން އެންމެނާ ބައްދަލުވެފަ....އެހެންވީމާ ތަންކޮޅެއް ފުންކޮށް ވިސްނަވާ....

    10
  2. ރާއްޖޭގެ މީހާ

    މާލޭގައި މިކަންކުރީ ހަމަ މިހާލަތަށް ދިޔައިމަތޯ؟

  3. ބުނެދެއްވާ

    އާނ ތީއަޅުގަނޑުގެވެސް ސުވާލަކީ މީގެކުރިންމާލޭ މިސްކިއްތަކުގަ ޖަމާޢަތުގަނަމާދުކުރުން މެދުކަނޑާލީ އެއިރު މާލެ އެޙާލަތައްގޮސްގެންތޯއޭ

  4. ކޮރޯނާ ޗަން

    ދާނެކަމައްތަ؟ މިސްކިތައްގޮސް ރަށުގެ ހުރިހާ މުސްކުޅިންނަށް ޖައްސަން