މާލެއިން މިއަދު ނިޔާވި މީހާ މަރުވީ ގުދުރަތީ މަރަކުންކަން އެނގިއްޖެ އެވެ.

މިއަދު ހެނދުނު މާފަންނު ގެއަކުން ނިޔާވެފައި ވަނީ އުމުރުން ދުވަސްވީ އަންހެނެއް ކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ އޭނާ ނިޔާވެގެން އެ އިދާރާއަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 10:40 ހާއިރު ކަމަށެވެ.

މިކަމާއި ގުޅިގެން ބެލި ބެލުމުން، ޝައްކު ކުރެވޭފަދަ އެއްވެސް ކަމެއް ފާހަގަކުރެވިފައި ނުވާކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ، މި އަންހެން މީހާ ހޮސްޕިޓަލަށް ގެންގޮސް ބެލި ބެލުމުން، އޭނާ ނިޔާވެފައި ވަނީ "ނޯމަލް" މަރެއްގައި ކަމަށް ހޮސްޕިޓަލުން ވެސް މަޢުލޫމާތު ދީފައިވާ ކަމަށެވެ.

-އިތުރު ތަފްސީލު އަންނަނީ-