މާލެ ސިޓީ ފުރަބަންދުކޮށްފައިވާ ދަނޑިވަޅުގައި ބޭރުގައި އުޅެމުންދާ މީހުންނާ މެދު މިރޭ 20:30 އިން ފަށައިގެން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ދީފިއެވެ.
މީގެ އިރުކޮޅެއް ކުރިން ފުލުހުން ކުރި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، މިރޭ 20:30 އިން ފެށިގެން މަގުމަތީގައި އުޅޭ އާއްމުންނާއި ދެކޮޅަށް ފިޔަވަޅު އަޅަމުންގެންދާނެ ކަމަށެވެ.
Starting from 20:30hrs tonight, we will take actions against anyone on the streets. So please go back inside and #StayAtHome! Your cooperation is greatly needed to control the community spread of #COVID19.#COVID19Maldives
— Maldives Police (@PoliceMv) April 17, 2020
އެހެންކަމުން ގޭގައި ތިބުމަށް ނަސޭހަތްތެރިވާކަމަށް އެ ޓްވީޓުގައި ވެއެވެ.
އަދި މި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އެންމެންގެ އެއްބާރުލުން ބޭނުންވާކަމަށް ފުލުހުން ވިދާޅުވިއެވެ.
އިއްޔެ އާއި ހަމައަށް ފުރަބަންދު ވަގުތުގައި ބޭރުގައި އުޅުނު އެއްވެސް ފަރާތަކަށް ފިޔަވަަޅު އަޅާފައެއް ނުވެއެވެ.
މާލެ ސިޓީ އިތުރު 14 ދުވަހަށް ފުރަބަންދުކޮށްފައި ވަނީ މިއަދުއެވެ.
މާލެ އިން މިހާތަނަށް 8 މީހަކު ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައިވާެއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު 28 އަށް ވަނީ އަރާފައެވެ.
7
ސާބަހޭ ޕޮލިސް. މިގޭ ކައިރީވެސް މީހުން ބޭރުގަ ހޯބޯ ލަވާ އަޑު އިވޭ
އަބިދަރިން ނަށް ކާންލިބޭނެ ގޮތް ނުހަދާ އިންޒާރު ދިނަސް ނިކުންނާނެ، ޑެލިވެރީ ކުރާ ތަންތަން ބޮއްސުންލާފަ، ސަރުކާރުން ޑެލިވެރީ ކޮށްދޭ ނިޒާމް އެއް ނުރާވާ. ދެން އަޅާ ފިޔަވަޅެއް އަޅާ، ނުކުންނާނެ
އަޅުގަޑު މިއަދު ސިފައިންނަށަ 2 ފަހަރު ގުޅައިފިން އެކަމަކު ސިފައިން އަޅާވެސް ނުލައި ފިލްމު ކުޅޭ ނިއުމާ މެން ގެ އާ ޖެހިގެން ހުރި ބާންގާޅީންގެ ފިހާރަ ކައިރި ބަންގާޅީން ނާއި ދިވެހިން ހީވަނީ އެހެން ކަމެއް ހެން ކޮބާތޯ ސިފައިންގެ ޒިންމާ ކޮބާ ކުރި ކަމެއް ކީއްކުަން ކިޔަނީ ފިޔަވަޅު އަޅާ ވާހަކަ މީގެ ތެދުކަން އެންގޭނެ އެތަނުގައި ހަރު ކޮށްފައި ހުރި ކެމޭރާތައް ބެލީމަ
މާ ބޮޑަށް ލަސްވެއްޖެ. 1 އިރު ކައިގެން ތިބެންވިއަސް އެބަޖެހޭ ގޭގަ ތިބެން. ފިޔަވަޅު އަޅައި. ނަމުގަ ލޮކްޑައުން ކަމުގަ އާދައިގެ ދުވަހެއް. ބޯހަލާކު.
ކާއެއްޗެހި ގެނެސްދީ ކޮސްވެގެން ނޫޅި އޭރައް ގޭގަ އޮވެވޭނި
ކޮބާ އެއްކަލަ އެލެކްސް ކަލޭގެ މަޖިލިސް ނުބާއްވާންތަ..؟ އިއްޔެވެސް އުޅުނީ ހަރޑުވެރފިހާރަޔަށް ވަދެގެން..؟
ކާފިއުއަށް ގޮންޖަހާފަ.. ތިމާވަރެއް ނެތިގެން.. މިހާރު ހޮރަށް ވަނީދޯ؟ އެގޮލާ ބިރުގަތީދޯ؟
ރައީސަށާއި، ގާނޫނަށް އަދި އާންމު އުސޫލަށް ގޮންޖަހާ މިހާރު ބިރުން ފިލީ ދެންފެންނާނީ 10ވަރަކަށް ދުވަސް ކޮށްފަ އަނެއްކާ ހަޅޭއްލަވަނަް ފަށާނެ
ތިކަންކުރަން މާލަސްވެސް ވެއްޖެމިހާރު އެކަ މަކު ދެރައީ،ގެެއަށް ކާއެތިކޮލު ގެނެސްދޭނެ ނިޒާ މެއްނެތީ މަ
ބޭރަށް ނިކުތުން މަނާ އެކަމަކު މާދަމާއިން ފެށިގެން އެމް ޕީ ލް މުއައްޒަފުން ޑިއުޓީއަށް ނިކުންނަންޖެހޭ ... ސަރުކާރު މުއިއްޒަފުންނަށް ޗުއްޓީ މީ ކޮންކަހަލަ ހަމައެއް
ފިޔަވަލު އަޅަނީ ދިވެހި ރައްޔިތުންނަށް. ބަންގާލިންނަކީ މިގައުމުގާ އެއްވެސް ގާނޫނެއް ގަވާއިދެއް ނުހިނގާބައެއް. ރާއްޖެ އަންނަގޮތަށް ޕާސްޕޯޓް އެއްލާލައި ހުރިހާ ލިޔެކިޔުމެއް ނައްތާލާފަ މިބުނަނީ ތިމަންނަ ގެނައި އެޖެންސީން ތިމަންނައަށް އަޅައެއްނުލިޔޭ.
ކާތަކެތި ހުސްވެއްޖެ. ޚކިބޫ ބުނި ޑެލިވަރީ ވަނީ ފެއިލް ވެފައި
ތިީ ރަނގަޅު ކަމެއް ބަސްނޭހުމުގެ ނަތީޖާ އިޓަލީ އިގިރޭސި ވިލާތް ވެސް ހައްދުން ނެއްޓުނީ ފަރުދީ ޒިންމާ އެންވެސް ނަގާ
އަޅުގަނޑު ތިކަމާއި ހަމަ ތާޢީދު! ވަރަށް ހަރުކަށިވާންޖޭ، ނޫނީ މިކަމެއް ކޮންޓްރޯލެއް ނުވާނެ
ކޮބައިތޯ އިންޑިއާއިން ގެނައި ވަފުދު. މަހީކުރީ އެވަފުދު ވަޑައިގަތީމަ ދެން ރާއްޖެ މިއޮތީ ހުރިހާ ގޮތަކުން ރައްކާތެރި ކުރެވިފައި ކަމަށް. ޕޮލިހުން ނިކަން އެބޭފުޅުން ވީތަނެއް ސާފުކޮށްލަ ދެއްވަބަލަ. އޭރުން ދެއްތޯ ތިބޭފުޅުންނަށް އިތުބާރު ކޮށްފައި ގޭގައި މަޑުކުރެވޭނީވެސް.
ތިހެން ވިދާޅުވާނެ ފުރަބަންދު ކުރާ ކޮންމެ ފަހަރަކު ވެސް. ދެމީހަކު ޖޫރިމަނާ ކޮށްލީމަ ނިމުނީ. މަގުމަތީގައި ދިވެހީންނާއި ބިދޭސީން އުޅެނީ އުޅޭނެގޮތަކަށް.! މީހުން ޖެހިލުންވާވަރުގެ ފިޔަވަޅެއް ކެރިގެން ތިބޭ އަޅާލާ ބަލާ!! ޔަގީން ބޭރަށް ނިކުންނާކަށް ނުކެރޭނެ.!! އެވަރުގެ ލިޔާގަތާ ގާބިލްބައެއް ފުލުހުންނަކީ!
އެބަ ރަނގަޅުވޭ. ލަފާކުރެވޭގޮތުން މިދިޔަ ދެދުވަހު ސިފައިން ހަރުކަށިނުވީ ޑެލިވަރީގެ ކަންކަން މުޅިން ހަމަޔަކަށް ނޭޅޭތީހެން ހީވަނީ. ޒަރޫރީބޭނުންތަކަށް ބޭނުންވާ ސާމާނު ލިބޭގޮތްވީމަ ދެން ވެވުނު އެންމެ ހަރުކައްޓެއްވާންވީ. އެންމެންވެސް ގަބޫލުކުރަންވާނެ އެ ހަރުކަށިކަން އެއީ އެންމެންގެ ރައްކާތެރިކަމަށްޓަކައި ވާ ހަރުކަށިކަމެއްކަން.
މިހާރުވެސް ފިޔަވަޅު އަޅާ. އެއީ ބުއްދިވެރ ކަމަކީ އަހަރެން ދެކޭގޮތުގައި.
ފިޔަވަޅު އަޅައިދެއްވާ.. މުޒާހަރާ ރޫޅަލާ ގޮތައް މީހުންގެއަށް ނޫނީ ޖަލަށް ގެންގޮސްދީ.. ނޫނީ އާންމުން ނިކުންނަންވީތޯ މީހުން ހުއްޓުވަން
އިންޒާރު ނޫންދޭންވީ! އުމަރު ބުނާހެން ބަޑިހިފައިގެން ނުކުންނަންވީ!
ވަރައް ފުރިހަމަ ނިންމުމެއް އެކަަމަކު ފިރިހެނުން މަގުމަތިން ހަތްޔަރު ކުރާއިރު އަންހެނުންވެސް ހަތްޔަރު މުރެވެން ޖެހޭނެ. ޢެމީހުން ވަކި މަދެއް ނޫން މަގުތައްމަތީގައި. ( އަމިހްލަ މީހާގެ އާއިލާ އައްޓަކާ ވިސްނާލާފަ ގޭގައި މަޑުކޮއްްްްދެއްވާ )
ޢަވަހަށް ފިޔަވަޅު އަޅާ ކާންނުދީ މިހާރުވެސް ބަޑަށް މަރު ނޫންބާ މިވަނީ!
ބަސްއަހައިގެން ގޭގަތިބިމީހުން އަދިވެސް ތިބީ ހަަ ބަސްއަހައިގެން ގޭގަ ތީކަލޭމެންކުރަން އެގޭކަމަކީ ޖޫރިމަނާކުރުން ބަލަ ގޭގެއަށް ކާތަކެތި ފޯރުކޮށްދީބަލަ ތިޔަތިބީ އަތަށް ގޮވާފަ ފެންހުސްވެގެން އެނިކުންނަންފަށަނީ ބިރުވެރި ހުސްއަނގަ އެހެންމީހަކު އެއްޗެއް ބުނެފިއްވާ ޖޮރިމަނާ މީވާ ސަރުކާރެއް ޔާމީންގެ ޓިމް އާއި ހަވާލް ކުރޭ ޔަގީން ވަރަށް ސަޅިކޮށް ތިކަން ރާވައިގެން ކުރާނެކަން ޔާމީނަކީ ހިކުމަތްތެރި ވިސްނުންތެރި ބޭފުޅެއް ދޫކޮށްލާ
އިންޑިއާ ސިފައިންނާއި ތިކަން ހަވާލު ކޮއްލަނިކޮށް މައިތިރިވެދާނެ. އޭރުން ބަލިޖެހިގެން މަރުވެފައިތިބި މީހުންނަށްވުރެ ސިފައިން ތަޅައިގެން ބީތާއަރާފަތިބި މީހުން ކުރީގަ އުޅޭނީ.
ދެން ފިޔަވަޅު އަޅާބެޔަ!!!..
ތިހެން އިންޒާރު ދީ ދީ ހުއްޓަސް ނުވާނެދޯ މޮޔަތަކާ...
މިރާއްޖެ މި ބިރުވެރިކަމުގެ ތެރެޔަށް ވައްޓާލީ ސަރުކާރުންނެވެ. ސަރުކާރުގެ ދޯހަޅިކަން އިންތިހާއެވެ. ސަރުކާރަށް ބަރޯސަވާ މެންބަރުންނާ މަޖިލިސްގެ ރައީސްވެސް މަޖިލިސްތެރޭގައިވެސް މި ބަލިމަޑުކަމަށް ހަޖޫޖަހާ އިދިކޮޅަށް ބަލިޖައްސާފަ މިވެނިހެން ހަދާނަމޭގޮވާ އަޑު އިވުނެވެ. ސަރުކާރުން ކިރިޔާވެސް ހިރިލާތަންފެނުނީ މަޑިސީލަ ޕްރޮގްރާމުން ސަރުކާރަށް ޕްރެސަރު ކުރީމައެވެ.