މާލެ އިން 10 ވަނަ މީހަކު މީހަކު ބައްޔަށް ފައްސިވެ، ރާއްޖެ އިން ބަލި ޖެހުނު މީހުންގެ އަދަދު 30 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި ޓުވީޓެއްގައި ބުނީ މާލެ އިން ކޮވިޑް-19 އަށް އެންމެ ފަހުން ފައްސިވި ދިވެއްސަކީ 27 ވަނަ އަށް ފައްސިވި މީހާއާ ޑައިރެކްޓް ކޮންޓެކްޓެއް ކަމަށެވެ. ޑައިރެކްޓް ކޮންޓެކްޓެއްގެ ފަރާތުން ބަލީގެ އަލާމާތްތައް ފެނި، ހެދި ޓެސްޓުގެ ނަތީޖާ ފައްސިވެފައިވާ ކަމަށް އެ ޓުވީޓުގައިވެއެވެ.

މި މީހާ އައިސޮލޭޝަން ފެސިލިޓީއެކަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ބެލެވޭ ގޮތުގައި މި މީހާ ވެސް ގެންދާނީ ހުޅުމާލޭގައި ހުންނަ ފަރުކޮޅުފުށި އައިސޮލޭޝަން ފެސިލިޓީއަށެވެ. މާލެ އިން މި ބަލި ޖެހުނު އެންމެން ވެސް މިހާރު ފަރުވާދެމުން ދަނީ ފަރުކޮޅުފުށީގައެވެ. އަދި އެހުރިހާ އެންމެންގެ ހާލު ވެސް މިވަގުތު ރަނގަޅެވެ.

ރާއްޖެ އިން މިހާތަނަށް ބަލި ޖެހުނު ދިވެހިންގެ އަދަދަކީ 15 އެވެ. އެއީ މާލެ އިން ބަލި ޖެހުނު 10 މީހުންނާއި އިނގިރޭސި ވިލާތުން ރާއްޖެ އައި ހަތަރު ދިވެހިންނާއި ފިލިޕީންސުން ރާއްޖެ އައި ދިވެއްސެކެވެ. ދެން ބަލި ޖެހުނީ ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އައި ފަތުރުވެރިންނާއި ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނެވެ.

މިހާތަނަށް ފަރުވާއެއް ހޯދިފައި ނުވާ މި ބަލިން ސަލާމަތްވުމަށް ސިއްހީ މާހިރުން ލަފާ ދެނީ ގޭގައި ތިބުމަށެވެ. އަދި ސާފުތާހިރުވުމުގެ ގޮތުގެ އަތް ދޮވުމާއި މޫނުގައި އަތް ނުލުން ފަދަ ކަންކަން ކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޙަސަނާ

    ސުބުހާނައްލާހު......އަޅުތަކުން މުސީބާތްތަކުން ސަލާމަތްކުރައްވާ ރަސްކަލާކޮ...ޔާﷲ އަޅަމެންގެ މި ދިވެހިރާއްޖެ މިނުރައްކަލުން ސަލާމަތްކުރައްވާ އިބައިލާހުއައް އަޅުކަންކުރާމިސްކިތް ތަކުގާ ރައްކާތެރިކަމާއެކު އަޅުކަންކުރެވޭނެ ގޮތްﷲގެ ރަހުމަތުންތަނަވަސްކޮއްދެއްވާންދޭވެ..އާމީން

    41
    • އާމީން

      އާމީން

      24
  2. ވިސްނާ

    ތިމީހާ އައިސޮލަެޝަން ގެންދާއިރު ހުންނާނީ އަނެއްކާވެސް ބަޔަކާ ކޮންޓެކްޓް ވެފަ ، އެހެންވީމާ މާލޭގެ އެންމެން ޓެސްޓް ކޮށްދީ ހެޔޮނުވާނެ، މީކުޑަ ތަނެއް ޓެސްޓް ކުރެވޭނެ

    22
  3. މާމިގިލީ މީހާ

    މިހާރު ސަރުކާރު އޮތީ ގޮތް ހުސްވެ ނޭވާ ހޮޅިއަށް އެޅިފަ. ހަތަރެސްކަން ހަމަ ވެފަ. މިފެތުރޭ ސްޕީޑައް ބަލާ ނަމަ، ވަރަށް ގިނަ އަދަދެއްގެ ބަޔަކު ރާއްޖެއިން މަރުވެގެންދާނެ. މީ ސަރުކާރުން ރާއްޖެ ގެނައި ބައްޔެއް.

    20
    3
  4. މިއަދު

    ރާއްޖެއަށް މިވައިރަސް އެތެރެކުރީ ދަޢުލަތުގެ އިސްވެރިން އަދި އެކަން ސިއްރުކޮށް މުޅިގައުމަށް މިވައިރަސް ފެތުރުމަށްވެސްމިވަނީ ސިއްރިއްޔާތުގައި ބޮޑުހަރަކައިތްތަކެއްހިންގާފައި ޔާﷲ މިނުރައްކާތެރި ވައިރަސް މިގައުމުން ނެތިކޮށްދެއްވާންދޭ އަދި މިބަލިޖެހިފައިވާ އެއްމެހާމުސްލިމުންނަށް އަވަސް ޝިފާއެއް ދެއްވާންދޭ

    22
  5. ޖދޖދ

    ?

    12
  6. ހުސޭނުބޭ

    ކޮވިޑް 19 އަށްވުރެވެސް މި ސަރުކާރުގެ ދެކް ބިރުގަނޭ! ސަރުކާރުގެ ނާޤާބިލްކަމުން! މަގޭ އާއިލާ މީހަކަށް ކަމެއްވެއްޖިއްޔާ ކުރެވޭނެކަމެއް ނެތް! މާތްﷲއަށް ދުޢާކުރުން އެކަނި އޮތީ!

  7. ޗައިވާލާ

    އަޅުގަޑު ބުނާނީ ބަލިޖެހުނުއެއްމެންގެ އަދަދު ވީއެންމެ އަވަހަކަށް ހާމަކޮށް ފަރުވާ އައް ފޮނުވާށޭ ތިޔަގޮތަށް ދުވާލަކު މީހަކު ހާމަ ކުރަން ލަސް ކުރަމުން ދާނަމަ އޮތްބެއް ނޯންނާނެއޭ. ބައެއް ބޭފުޅުން ހާމަ ކުރަމުން އެގެންދަނީ ސައްޚަ އަދަދު ކަމަށް މިހާރު އެބަ ޔަޤީންވޭ .

    1
    1
  8. ވިސްނާލުމަށް އެދެމޭ

    ޓެސްޓްކޮއްފަ މާލޭން މީހުން މަދުކުރޭ....ބަންދުކޮއްފަ މާލޭގަ ތާށިކުރު މުން ގިނަބަޔަކު ނުރައްކަލަށް ހުށަހެޅެނީ.... މާލޭން ފޭބޭނެގޮތެ ހޯދަދީ...ޓެސްޓްކުރެވޭނެގޮތެ ހޯދަދީ....

    3
    2
  9. އިދިކޮޅު މިހާ

    ކިހާ ދެރަ ކަމެއް ކަމެއްވާ އިރައް ސަރުކާރޭ ބޮޑުންނޭ އެމީހެއްގެ އަމިއްލަ ނަފްސު ދިފާއު ކޮށް ފަރުދީ ޒިންމާ އަދާ ކުރެވޭތޯ ބަލާބަލަ....ބަލި ޖައްސަވަނީ ހެއްދެވި ފަރާތުން ގެންދަވަނީ ވެސް އެ ފަރާތުން . މީކީ މީހަކަށް ކުރެވޭނެ ކަމެއް ނޫން ދަރިންނޭ.........ހޭ އަރާބަލަލަ...

  10. ދަރަނި ދަންތުރަ

    އާމީން

  11. ޒަހަަާ

    މާލެ ވެފަ ތިބެ ހަމަ ތިބެ