ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ނުދީ، ގައިދުރުކަން އިހްތިޔާރު ނުކޮށްފިނަމަ 21 ދުވަސް ވާއިރު ރާއްޖޭގައި ފަރުވާ ނުދެވޭ ވަރަށް ބަލި މީހުން ގިނަވެ 2000 ވަރަކަށް މީހުން މަރުވެދާނެ ކަމުގެ އިންޒާރު ސަރުކަރުން ދީފިއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. ޝީނާ މޫސާ ވިދާޅުވީ މިހާރު ފެންނަ މަންޒަރަށް ބަލާއިރު މިހާރު ވަރަށް ގިނަ ބަޔަކަށް ހިދުމަތް ނުދެވި ހިނގައިދާނެ ކަމަށެވެ. "14 ދުވަހުގެ ތެރޭގައި ވެންޓިލޭޓަރު ލާން ޖެހޭލެއް ގިނަވާނެ. މިހާރު ދާ ގޮތުން ބައިވަރު އެނދެއް ނެތް. ސިއްހީ ހިދުމަތްތެރިންނެއް ވެސް ނެތް. ހުސް އެނދެއްގައި ބޭއްވިޔަސް ހިދުމަތް ދެވޭކަށް ނެތް. އޭގެ މާނައަކީ މި ހާލަތުގައި ތިބެން ވެއްޖިއްޔާ 2000 މީހުން މަރުވެގެން ހިނގައިދާނެ." ޑރ.ޝީނާ ވިދާޅުވިއެވެ.

ޑރ.ޝީނާ އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރެއްވީ ރާއްޖޭގެ ސިއްހީ ދާއިރާގައި ކެޕޭސިޓީ ހުރިވަރަށް ވުރެ އިތުރަށް ބަލި މީހުންގެ އަދަދު އިތުރުވެގެން ހިނގައި ދާނެތީއެވެ. "މާލޭގައި ހަލުވިކަމާ އެކު، ބަލި ފެތުރޭ ނަމަ، އަތޮޅުތެރެއިން ހުރިހާ ސިއްހީ ހިދުމަތްތެރިން ގެނައި ނަމަވެސް، ފަރުވާދެވޭނެ ކެޕޭސިޓީއެއް ނެތް. ހަމަ ފަރުވާ ނުދީ ދޫކޮށްލަން ޖެހޭނީ. އަޅުގަނޑުމެން ސަމާލުވާން ޖެހޭ މިހާރު ވަރަށް ބޮޑަށް." ޑރ.ޝީނާ ވިދާޅުވިއެވެ.

ޑރ.ޝީނާ ވިދާޅުވީ ގައިދުރު ކުރުން އެއީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. "އިލާ ވިޔަސް، ރައްޓެހިވިޔަސް ވީހާވެސް ދުރުގައި އުޅުން އެއީ މުހިންމު ކަމެއް. އަޅުގަނޑުމެންނަށް އަދި ފެނުނީ 10 ވަރަކަށް ކޭސް. އަދި ހަ ގުނަ އުޅޭނެ. 100 އެއްހާ މީހުން އަދިވެސް މި ބަލީގައި އުޅޭނެ. ހާއްސަކޮށް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ބޮޑުވީމަ" ޑރ.ޝީނާ ވިދާޅުވިއެވެ.

މާލެ އިން ބުދަ ދުވަހު ކޮވިޑް-19 ޖެހިފައި ހުރި މީހަކު ފެނުމާއި އެކު ރާއްޖޭގެ ހާލަތު ވަނީ ވަރަށް ބޮޑަށް ނުރައްކާ ވެފައެވެ. ބުދަ ދުވަހުން ފެށިގެން މިހާތަނަށް 08 މީހަކު ވަނީ މާލެ އިން ކޮވިޑް-19 އަށް ފައްސިވެފައެވެ. އަދި ރާއްޖެ އިން ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 28 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

 1. ސިއްދީގު

  ވޯސްޓް ކޭސް ސިނާރިއޯއަށް ފުރިހަމަޔަށް ތައްޔާރު ކަމަށް ބުނެ ދެއްކިވާހަކަ ކޮބާ؟ ހުސް އޮޅުވާލުންތަށް ހެޔޮ ނުވާނެ ސަރުކާރުން ދޮގު މައުލޫމާތު ފެތުރުން ހުއްޓާލަން ވެއްޖެ ދޯ.. އަހަރެމެން ގޭގައި މިތިބީ..

  126
  33
  • އެނޯ

   އެވަރަށް މީހުން ބަލިވާން ފަށައިފީވިއްޔާ ފަރުވާ ދެވޭނެ ގޮތެއް؟ އެއްފަހަރާ 000'12 މީހުންނަށް ފަރުވާ ދެވޭނެ ގޮތް އިންތިޒާމުކުރެވޭތޯ ބަލަމާ. މާލޭ ސަރަހައްދު 500'2، އަދި ކޮންމެ އަތޮޅެއްގަ 500 މީހުންނަށް އެއްފަހަރާ އަސާސީ ޚިދުމަތް ދެވޭނެ އިންތިޒާމު. އިތުރަށް، އެމެންޑީއެފުން އަވަސް އެމްބިއުލާންސް ޚިދުމަތް މާލޭ ސަރަހައްދާއި އަތޮޅުތަކާ ދެމެދު ދިނުން. އިތުރަށް މީހުން ވަޅުލުމުގެ ކަންތައް އިސްލާމިކް އަދި ހޯމް މިނިސްޓްރީން ވިލަރެސް ކުރުން.

 2. ޑެއިލް

  އެކަމަކު ކުރިން ކިޔަމުންއައީ އެންމެ ނުރައްކާ ހާލަތަށްވެސް ތައްޔާރޭ. މިހާރު ކިހިނެއް މިވީ.

  134
  25
 3. ސޖސހ

  ވެންޓިލޭޓަރު ގަންނަން ނިންމީ އިހައް ދުވަހު. ކީއްވެތަ ފެބްރުއަރީގަޔާއި ޖެނުއަރީގަ އެކަމުގަ ނޫޅެނީ......

  101
  17
  • ސަޕްލައި ޑިމާންޑް

   ސަޕްލައިކުރާނެ ބަޔަކު (ޗައިނާ) ނެތީމަ.

   5
   5
 4. Anonymous

  މާތްﷲ ގެ އިރާދަފުޅުން މިފަދަ ޙާލަތަކަށް ނުދާނެ. މިއީ ކުޅިވަރު ވާހަކައެއް ކަމަށް ނުދެކި އެއްމެހައި އަޚުންނާއި އުޚްތުން ސިއްޙީ ޚިދްމަތްތެރިންގެ ނަސޭޙަތް އަޑުއަހާ ކިޔމަންވޭ. މާﷲ މިނުރައްކާތެރި ވަބާއިން އަޅަމެންނާއި އެއްމެހައި އިންސާނުން ނަޖާކުރައްވާށި. އާމީން.

  226
  4
 5. ބެވުން

  ނޫނޭ މޮޅެތި ކޮމެންޓުކޮށްފަ މަސްދަތުރުދޭ! ދިވެހިންނަކަށް ބައްޔެއް ނުޖެހޭނެޔޯ! އަދިވެސް ބޮޑާވެފަ ބަވާފަ އުޅޭ!

  112
  6
 6. ޕޮލިސް ކޮންސްޓަބަލް އަޙްމަދު ސޮބްރީ / ދިއްގަރު

  ހުސް ފޭކް ވާހަކަ
  މިއީ ކުޅޭ ގޭމެއް
  އަހަރެމެން ޑިއުޓީ ތަކަށް24 ގަޑިއިރު ނެރެންވެގެން
  98000 މީހުން ހަމަވީމަ މިގޭމްގެ ކުޅިގަނޑު ނިމޭނެ.

  6
  7
 7. ދީދީ

  ބޮޑަށް ބެލެވެނީ ސަރުކާރުން ކުރީގައި އެދެއްކި މޮޅުވާހަކަތަށް އެދެއްކީ އިންޑިޔާ ސަރުކާރަށް ބަރޯސާވެ އެވެރިންގެ ބަހަށް ހެއްލިގެންކަމަށް. އިންޑިޔާ މީހުންނަށް ހެއްލިގެން އުޅޭ ކޮންމެ ބަޔަކަށްވެސް ލިބޭނީ މިކަހަލަ ލަނޑު. ރައީސް ޔާމީން ވެރިކަމަށް އައުމާއި ހިސާބަށް ދިވެހިންނަށް ގަބޫލުކުރެވިފައި އޮތީ އެމްއާރުއައި މެޝިންތަކަކީ ރާއްޖޭގައި ނުބެހެއްޓޭނެ އެއްޗެއްކަަމަށް. ޢެވެސް އިންޑިޔާ މީހުން ކިޔާދީފައި އޮންނަގޮތް. އެންމެ ފަހުން އިންޑިޔާ ނުރުހުނަސް މާލޭގައި އައްޑޫގައި އެހެރީ އެމެށިންތަށްވެސް ބެެހެއްޓިފައި. މިސަރުކާރުން ވެސް އިހްލާސްތެރިކަމާއި އެކު ދިވެހި ރައްޔިތުންނަށް ސިއްހީ ހިދުމަތެއްދޭން ބޭނުން ކަމަށް ވަންޏާމު އެންމެ ފުރަތަމަ ޖެހެނީ އިންޑިޔާގެ ނުހޮރުއްޕާނުން ސަލާމަތްވާން. އެމީހުންގެ އުނގަށް ވެއްޓިގެން ތިބޭކަމަށްވަންޏާމު ދުވަހަކުވެސް މިރާއްޖެއަށް ކުރިއެރުމެއް ނުލިބޭނެ.

  20
  3
 8. ނުހަނު

  އަޅެ ހެޔޮ ނުވާނެ ގޭގަ މަޑުކޮއްލަބަ

  103
  3
 9. ބޭރުމީހާ

  ރާއްޖެއަށް މިދިމާވި ޙާލަތާމެދު ދެރަވެ ހިތާމަ ކުރެވެއެވެ. ނަމަވެސް ތެދަށް ބުނާނަމަ ބުނެވޭނީ މިސަރުކާރުންވެސް ދޮގު މަޢުލޫމާތު ރައްޔިތުންނަށް ހާމަ ކޮށްފައި އެބަހުއްޓެވެ. ކުޑަމިސާލަކަށް ދާނަމަ މިނިމަމްވޭޖު ފަދަ އެތައްކަމެއްގައި!

  16
  3
 10. Anonymous

  މަރުމޯލުން ތިބީ ވެރިކަމުގައި. ޥަކިބަޔަކަށް ވަކިގޮތެއް ހެދުމުގެ ނަތިއްޖާ މީ

  18
  2
  • ޑެެބް

   ދެން ކިޔާ ސަރުކާރޭ ?

 11. ރައްޔިތުމީހާ

  އާއް މު ރައްޔިތުންގެ ބޮލަށް ޒިން މާތައް ކަނޑަ މުން، ނޫސްކޮންފަރެންސްތައް ދެ މުންދާއިރު ،( މިބަލި މި މާލޭގައި ފެތުރު މާއި ބެހޭގޮތުން) ޢާއް މު ރައްޔިތުން ކުރާ ސުވާލުތަކަށް ޖަވާބެއް ހަ މަ ނުދޭނަންތަ؟ މި ވައިރަސް ޗައިނާއިން ފެނި، މިބަލި ފެތުރެ މުން " ނުރައްކާތެރިކަ މުގެ އެލާ މް އަޅަ މުން" ދިޔައިރު ( މިއީ މާ ބޮޑުކަ މެއް ނޫންކަ މަށް ހަދައިގެން) ސަރުކާރުގެ އެކިއެކި އިސްފަރާތްތަކުން ދައްކަވަ މުން ގެންދެވި ވާހަކަތަކާއި ޖެއްސެވި ޖޯކު ތައް ހަނދާން އެބަހުރިބާ؟ ދައްކާނެހާ ވާހަކައެއް ދައްކާފައި، ކުރާނެހާގޮތަކަށް ކަންކޮށްފައި، ނޫސްކޮންފަރެންސެއްވެސް ނުދެވޭފަދަ އާދައިގެ ނިކަ މެތިން ބޮލަށް ކަނޑާލު މަކުން ނުފުދޭނެ.

  14
 12. ބޯ ހަލާކު

  ކޮބާ.. އެންމެނޭ.. ހޭ އެބަ އަރާތަ.. 2 މަސް ވަންދެން އަނގަ ހުއްޓާ ނުލާ ކުރި އާދޭސް އަޑު ނޭހީމަ ވީ ގޮތް މީ.. މާ ކޫލް ވެލައިގެން އުޅުނެއް ކަމަކު ބަލި ޖެހުނީމަ ކޮންމެ މީހަކު އިންނާނީ ފިނި ހިކަންޖެއްހެން.. ދިވެހިންނަށް ވިސްނޭނީ ކޮންމެ ކަމެއްގެ ވެސް ލަނޑު ލިބި ވަގުތު ފާއިތު ވީމަ..

  9
  7
  • އަލީ

   ވައިރަސް މާލެ އެރީ އުދުހިފަ އެމެރިކާއިން ވައިގެ ޒަރީއާއިން އައިސްހޭ؟ ހުރިހާ ތަނެއް ބަންދު، ގެސްޓުން ނާދޭ... ދެން ކާކުހޭ ވައިރަސް ގެނައީ؟

 13. ކަޅު ސޮރު

  ޑޮކް ޝީނާ ، ތިޔަގެރެންޓީ ދެއްވީ ކާކުތޯ؟ އެއްކަލަ ސޭކް ސޮރު ދެއްތޯ؟ ބައްލަވާ! ކުރިއަށް ވާން އޮތް ކަންތަށް ތަށް އެނގެނީ ހަ މަ އެކަނި މާތްﷲހަށް ތިބޭފުޅާ އަށާއި ، ވަށާގެން ތިވާ ބޭބޭފުޅުން ނަކަށް ކުރިޔަކުން ވާން އޮތް ކަ މެއް ނޭނގޭނެ ، ގަބޫލުފުޅު ކުރައްވާ! ކުފުރު ވެރިވެ ނުލައްވާ! ޔާ ﷲ މި ނުރައްކާތެރި ވައިރެހުން އަޅަ މެން ދިވެހީން ސަލާ މަތް ކުރައްވާށި ،އާ މީން

  17
  2
 14. ކާފަ

  ކޮބާ ގެސްޓުން ނުގެނެވިގެން ބަނޑައްޖެހިދާނެތީ އުޅުން މީހުން ކޮބާ؟ މިއޮތީ ގެސްޓުންވެސް ނިުގެނެވި އެންމެން ނުރައްކަލަކަށްވެފަ! ޢަދި މުޅި އިޤްތިސާދު ހަލާކުވެފަ،، އަމާންކަން ގެއްލިފަ. ޢެއިރުވެސް ރައްކާވެ އިސްލާމް ދީނުގެ ކަރަންޓީން އުސޫލުން ރާއްޖެ ދިވެހިންނާ ބޭރުމީހުންނަޢް ބަންދު ކޮއްލިނަމަ،... އެކަމު މިަދު ވަގިތު ފާއިތުވެއްޖެ...

  15
  1
 15. ދިހަހާސް

  ބްރޯ. އުގައިލްގެ ވާސްޓް ކޭސްގަ ވެސް އޮތީ ދިހަހާސް މީހުން މަރުވާ ވާހަކަ. ކިހިނެއް ތި ކިޔަނީ. އެއި ވެންޓިލޭޓަރާ ޑޮކްޓަރުންނާ ނަރުހުންނާ އެނދާ ބޭހާ ހުރެގެން ވެސް ވާވަރު.

 16. ބަޅ

  ކެނެރީގޭ ބުއްޅަބޭ ރެސްޕޮންސިބިލިޓީ ނަގަން ޖެހޭނެ މިކަމުގައި

  19
  9
 17. ށަބީ

  ސަދަގާތް ދިނުމަކީ ޝިފާއެއް(ހަދީސް)

  23
  2
  • ގޯނި

   ދެން އަވަހަށް ދޭންވީނު؟

 18. ސަމީރު

  ކޮބާތައް ބުނި ރިސޯޓުތައް.. ހުސް ދޮގު ދޯ ހެދީ... ބަލަ މަރުވާނެއް މީހުންނާއި މަރުނުވާނެއް މީހުން އިގޭނީ މި މޮޔަ ޑރ. ކަށް ނޫ. މިހެން ވާނީ ޑރ. ގަނަމުގައި ކުޅޭ ކުޅޭ މީހުން ތިބީމާ

  8
  3
 19. ސާމަރާ

  މަމެން ގޭގަ ތިބޭތާ ގަރުނެއް މިވަނީ. ކަލޭމެން ތިކުރާ ކަމެއް ތިކުރަނީ

 20. ރީތި ދޯ ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ

  Mimeehun heevani mathi isverrin kame vejehya emees meehuna hidhumai dheveygoe hadhaafa laari gandu thalhaalafa thibeh faruvaa kuranshey kiyafa, raiyithu aadhaige meehun baliveema Maru vaan dhookohla vahaka adhi MAA avaha ebah dhakaye dho.bodu balaaai v rulhi gadhave ebah eyo anani roahdamas ...? Kon maburook kaburukeh tha meeni maulumath dheyn anga haavaan kankan vaaneye kiyafa??

 21. ޢަހުމަދު

  މިގިތަށް އަބަދުވެސް ތެދު ހަދާފައި ސައްހަ މައުލޫމާތު ގެނެސްދީ. ބައެއް ދިވއހިންނަށް ހަޖަމު ނުވެދާނެ. ބައެއް ބަލި މީހުން އުޅޭ ޑޮކްޓަރުދޭ ލަފާ އަޑުއަހަން އުނދަގޫވާ މީހުން. އެފަދަ މީހުންގެ އާއއިލާވެސް މަސައްކަތް ކުރާނީ މައުލޫމާތު ބަލިމީހާއަށް ފޮރުވުމަށް. ސަރުކާރުން މި އުސޫލު ނުގެންގުޅޭތި.

 22. އަބުދުލް ﷲ ރަސީދު

  ކިތައް ނޫސްވެރިން ގެ ބައްދަލު ވުމުގަބާ ބުނީ އެއްމެ ނުރައްކާ ހާލަތަށް ވެސް ތައްޔާރު
  މި އުޅޭ އަލީ ވަހީދު ވެސް ބޮޑާ ކަމާ އެކު ނުބުނޭ ބާ ހުރިހާ ގޮތަކައް ވެސް މިތިބީ ތައްޔާރު ވެގެން ނޭ
  ޑރ ސިނާ ހަގީގަތް ހާމަ ކޮއް ދިނީ ފުރަތަމަ އިބޫ އައް
  އޭގެ ދެތިން ދުވަސް ފަހުން ރައްޔިތުންނާ މިހާމަ މޮއްދިނީ
  ދެން ރޮއި ހޭރޭ ނެ ކަމެއް ނެއް

 23. ގޭގަ

  ކޮމެންޓެއް ކޮށްލީމަ ނިމުނީ، ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކެއްގެ ސަބަބުން މިހާ ތަނަށްވެސް ސަލާމަތުން މި ތިބެވުނީ، ސިޔާސި ބޭނުމެއް ފުއްދޭތޯތަ އަދިވެސް އުޅެންވީ، ގޭގަ ތިބޭށޭ ބުނީމަ އެކަން ގަބޫލު ކުރިނަމަ މިހެނެށް ނުވާނޭ އެއްފަހަރުވެސް ހިތަށް އަރުވާލަބަލަ، ސަރުކާރަކުން އޮޅުވައެއްނުލާ އޮޅިގެން ތިޔައުޅެނީ ސިޔާސީ ވެގެން އުޅޭ ބަޔަކަށް، ކޮންމެ ދިވެއްސެއްގެ ހިތުގަ އޮންނަ ސުވާލަކަށް ސަރުކާރަކުން ޖަވާބެއް ނުދެވޭނެ، އެކަމަކު ކަމެއް އޮޅުން ފިލުވަން އުޅޭނަމަ އެކަން ވާނެ، ބަސް އަހައިގެން ގޭގަ ތިބޭނަމަ އެހިސާބަކައް ނުދާނެ،،،

 24. ީއިބްރާ

  ބަލަ ކަލޭމެން މާލެ މީހުންނަށް ރާއްޖެތެރެ ފެންނަނީ ކަމެއް ޖެހުނީމަތަ؟ އަތޮޅުތެރެއިން ހުރިހާ ސިއްހީ ހިދުމަތްތެރިން މާލެ ދާކަށް ނުޖެހޭ ކޮންމެހެން. އަތޮޅުތެރެއަށް ކަމެއް ދިމާ ވެއްޖެއިޔާ ކޮންބައެއް އަންނަނީ އެހީވާން؟